ކޮންޑެނަސްޓް މަޖައްލާގެ ކިއުންތެރިންގެ ދެވަނައަށް އެންމެ މަގުބޫލު މަންޒިލަކަށް ދިވެހިރާއްޖެ

އޮކްޓޫބަރ 1 2009، 17:09 0 ޚިޔާލު

”ކޮންޑެ ނަސްޓް“ މަޖައްލާ ކިއުންތެރިންގެ ދެވަނަ އަށް އެންމެ މަގުބޫލު މަންޒިލަކަށް ދިވެހިރާއްޖެ ހޮވައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ނެރޭ ކޮންޑެ ނަސްޓް މަޖައްލާގެ ކިއުންތެރިންގެ 12ވަނަ އަހަރީ އެވޯޑުގެ ދެވަނަ ރާއްޖެއަށް ލިބިފައިވާކަން އިއުލާނުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓަންގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ކޮންޑެ ނަސްޓް މަޖައްލާގެ ކިއުންތެރިންގެ މެދުގައި ނެގި ހިޔާލު ހޯދުމަކުން ރާއްޖެއަށް ލިބިފައިވަނީ 95.04 ސްކޯއެވެ. ރާއްޖެއަށް އެންމެ މަގުބޫލު މަންޒިލުގެ ވަނަ ގެއްލިފައިވަނީ މެޑިޓެރޭނިއަމް ކަނޑުގައިވާ ޖަޒީރާ ގައުމެއް ކަމަށްވާ ”ރައިވަލް ސިކްލީ“ އައިލެންޑަށް 95.70 ޕޮއިންޓް ލިބުން ނެވެ.

ކޮންޑެ ނަސްޓް މަޖައްލާގެ ކިއުންތެރިންގެ އެންމެ މަގުބޫލު ގޮނޑޮދޮށެއް އޮތް ގައުމެއްގެ ގޮތުގައި ހޮވާފައިވަނީ ދިވެހިރާއްޖެ އަށެވެ. ކިއުންތެރިން ދިން ވޯޓުން ރާއްޖެއަށް ލިބިފައިވަނީ 95.70 ޕޮއިންޓް އެވެ. ތިން ވަނަ ލިބިފައިވަނީ ބާބަޑޮސްގެ ގޮނޑުދޮށް ތަކަށެވެ. އެގައުމުގެ ގޮނޑުދޮށް ތަކަށް 93.68 ޕޮއިންޓްވަނީ ލިބިފައެވެ.

މި މަޖައްލާއަކީ ޔޫޕަރުގެ ކިއުންތެރިންގެ މެދުގައި ވަރަށް މަގުބޫލު މަޖައްލާ އެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv