
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތުގެ ނަމުގައި ޖަމިއްޔާއެއް ހަދައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތް ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފިއެވެ.
މި ޖަމްއިއްޔާ އުފެއްދުމުގެ މަގްސަދަކީ ރާއްޖެ ދެކެމުން މިދާ ޑިމޮކްރަސީގެ ޅަފަތުގައި ޒުވާނުންގެ ފުރިހަމަ ރޯލަކީ ގައުމެއް ގައުމަކަށް ހެދޭނީ ރަށު ބަންދުގައި ބަންދު ވެފައި ތިބޭ ރަށްވެހިނަށް ފާގަތި މުސްތަގްބަލެއް އަންނަން އޮތް ޖީލު ތަކަށް ވާސިލް ކޮށް ދެވޭނެ ހަމަ އެކަނި ވަސީލަތަކީ ޖަމްއިއްޔާ ޖަމާއަތް ތައް ކަމުން ޖަމްއިއްޔާ ތަކުގެ ރޯލް ފުޅާކޮށް ރަށްރަށުގެ ރަށް ވެހީންނަށް އެމީހުންގެ ހިތުގެ އުދާސްތައް ވެރިކަން ކުރާ ފަރާތްތަކަށް ރައްދުކޮށްދެވޭނީ ހަމައެކަނި މި ފަދަ ޖަމާއަތް ތަކަށް ކަމުގައި ދެކޭތީ ކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތު ވޮއިސްގެ ޗެއަރ ޕަރސަން އިބްރާހިމް މުހައްމަދު މިއަދު 25ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
މި ޖަމްއިއްޔާ އަކީ މުޅި ރާއްޖެ އަށް ހާއްސަ ކޮށް އުފެއްދި ޖަމްއިއްޔާ އެއް ނަމަވެސް މި ޖަމްއިއްޔާގެ ފުރަތަމަ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ނ. އަތޮޅު 3 ރަށެއްގައި ކަމުގައި އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.
އިބްރާހިމް މުހައްމަދު ވިދާޅުވިގޮތުގައި ރާއްޖޭގެ މާޒީގައި އުފެދިފައިވާ ގިނަ ޖަމްއިއްޔާ ތަކަކީ ހަމަ އެކަނި ކުޅިވަރަށް ހާއްސަ ކޮށް އުފެދިފައިވާ ޖަމްއިއްޔާ ތަކެއް ކަމަށާ ޒުވާން ރައްޔިތުންނަށް ފުރިހަމަ ވެއްޓެއް ޖަމްއިއްޔާ ތަކަށް ގާއިމް ކޮށްދެވިފައި ނުވާ ކަމުގައެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތު ވޮއިސްގެ އަމާޒަކީ މި ބިރުވެރި މާހައުލު އަމާން އޮމާން ފާގަތި ޖީލު ތަކަކަށް ވާސިލް ކޮށްދިނުން ކަމުގައި އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން މިއދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތް ވޮއިސްގެ އެޑްވައިޒަރ މުހައްމަދު ހަލީމް ވިދާޅުވިގޮތުގައި ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ގިނަ ޒުވާނުންނަށް މި ފަހަރުވެސް އިނާޔަތު ފައިސާ ނުދޭ ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމުގައެވެ.
އަދި ފިހާރަތަކުގައި ޒުވާނުން ގިނަ ވަގުތު ތަކެއްގައި މަސައްކަތް ކުރަމުންދާ ކަމަށާ އެހެން ނަމަވެސް އެ މީހުނަށް ލިބޭ މުސާރަ ވަރަށް ކުޑަ ކަމުގައެވެ.
އެހެން ކަމުން މިކަންތައް އިސްލާހު ކުރެއްވުމަށްޓަކައި މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ އެއް ކަނޑަ އެޅުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުއްވަން ވިސްނަވާ ކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތު ވޮއިސްގެ އެޑްވައިޒަރ ވިދާޅުވިއެވެ.
މީގެ އިތުރުން އެޑްވައިޒަރ ވިދާޅުވިގޮތުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތު ވޮއިސް އާ މުހާތަބުކޮށް ވިދާޅުވާ ކޮންމެ ބަހަކީ ވެސް އެންމެ ފުރިހަމަ މާނައިގައި އެބޭފުޅުން ބަލައިގަންނާނެ އެއްޗެކެވެ.