

ބޯހިޔާވަހިކަމުގެ އަގު އަތްފޯރާ ފަށަށް ގެންނަން ޖެހިފައި
ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވަންދެން ސިވިލް ސާވިސް އާއި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް މިވަނީ ކުޑަކޮށްފައެވެ. އެގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސާވިސް ކެޓަގަރީގައި ހިމެނޭ މީހުންގެ މުސާރަ އާއި އެލަވަންސްތަކުން 10 ޕަސެންޓަށް ކުޑަކުރިއިރު، ސަޕޯޓް ސާވިސް ކެޓަގަރީން ފެށިގެން ސިވިލް ސާވިސްގެ އެންމެ އިސް ކެޓަގަރީގެ މުވައްޒަފުން ނުވަތަ ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ އާއި އެލަވަންސްތަކުން 15 ޕަސެންޓް އުނިކުރުމަށް އެވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާމަނަންޓް ސެކްރެޓަރީންނާއި ވަޒީރުންގެ ނާއިބުންގެ ފެންވަރުގެ މަގާމްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކުން 20 ޕަސެންޓް އުނިކުރުމަށް މިންމައި އެކަން މިހާރު ކުރިއަށްވެސް އެބަދެއެވެ. ޚަރަދު ކުޑަ ސަރުކާރަކަށް މިސަރުކާރު ހެދުމަށް ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ މިއެވެ.
ކަން މިހެން އޮތްއިރު، ކަރަންޓަށް ކުރަންޖެހޭ ހޭދަ މިވަނީ އިތުރުވެފައެވެ. އެކަމުގެ ސަބަބުން ވިސްނަންޖެހޭ ވިސްނުންތައް މިވަނީ ގިނަވެފައެވެ. އެކަމާމެދު ވިސްނަން ޖެހިފައިވާއިރު، ތަކަތީގެ އަގު ހެޔޮވެގެން ދިޔަ ތަނެއް ނުފެނެއެވެ. ހުރިހާ ތަކެއްޗެއް އަތްފޯރާ ހިސާބަށް ތިރިވި ތަނެއްވެސް ނުފެނުނެވެ. ނަމަވެސް ފަގީރުންނަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތަން ފެނެއެވެ. ނުފެންނަ މަންޒަރަކީ މާލޭގައި މިދިރިއުޅޭ އަތޮޅު ތެރޭގެ އެތައް ސަތޭކަ މީހުންނަށް ފެސޭހަ ގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރާތެނެވެ.
”އެންމެންނަކީ ފަގީރުންގެ ލިސްޓްގައި އުޅޭނެ ބައެއްނޫން. އެކަމަކު އަޅުގަނޑުމެން ފަގީރުންނަށްނަށް ނުވިނަމަވެސް މިއަދު އުޅެވޭނެ ގޮތެއްނެތް. ކިހިނެއް އުޅޭތަނަށް ކުލި ދައްކާނީ. އެހާބޮޑު ހޭދައެއް ކުރާނީ. ގެދޮރުގެ ދަތިކަން މިއީ އެންމެ ބޮޑު މައްސަލަ. މުސާރާއިގެ ބޮޑު ބައި މިހޭދަކުރަނީ ގޭގެ ކުލި ދައްކަން. އެކަމަށް ހައްލެއް ހޯދުނުނަމަ މިއަދު ޝަކުވާ ކުރާކަށް ނުޖެހޭނެ. މުސާރަ ކުޑަކުރިނަމަވެސް އަޅުގަނޑުމެންގެ ޝަކުވާއެއް ނެތް.“ 11000 ރުފިޔާއަށް 3 ކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ އަހުމަދު އަލީ ބުނީ ހެޔޮ ވާހަކައެކެވެ. މުސާރަ ލިބޭ މިންވަރު މަދުވުމުން އެންމެ ބޮޑަށް އަސަރުކުރާނެ އެއްބަޔަކީ ތަންތަން ކުއްޔަށް ހިފައިގެން ތިބި މީހުންނެވެ.
”އަހަރެން މިއުޅޭ ގޭގައި އުޅެނީ 11 މީހުން. ގޭގެ ކުލި މިދައްކަނީ 4 މީހުންނަށް ބަހާލައިގެން. މިހާރު ކޮންމެ މީހަކު އަތުން 1000 ރުފިޔާ މަދުވިނަމަވެސް އެއީ ވަރަށް ބޮޑު އެއްޗެއް. ކުއްޔަށް ބަލާނަމަ، 4000 ރުފިޔާ އެމަދުވީ. ކިހާދަތިވާނެ. މިއީ ސަރުކާރުން ވަރަށް ވިސްނަން ޖެހޭކަމެއް. އަޅުގަނޑުމެންނަށް ކޮންމެވެސް އެހެން ގޮތެއް ހޯދައިދޭން އެބަޖެހޭ. މިކަމުގައި ކޮންމެވެސް ބަޔަކު ތެދުވާން އެބަޖެހޭ.“ މިއީ ޒުވާނަކާ ވާހަކަ ދައްކާލުމުން އޭނާ ފާޅުކުރި ޚިޔާލެވެ.
މުވައްޒަފުންގެ މުސާރަ ކުޑަވުމުން އެންމެ ބޮޑު މައްސަލައަކަށް ”ކުލީގެ މައްސަލަ ނުކުންނައިރު އެކަމާމެދު ވިސްނާލަންޖެހެ އެވެ. ކުލީގެ އަގު ދަށްނުވާ ސަބަބުތަކާމެދު ފިކުރު ހިންގަން ޖެހެއެވެ.
”އަހަރެމެންމީ ރާއްޖެތެރޭ މީހުން. ކުލި ކޮންޓްރޯލް މިކުރަނީ ވަކިބަޔަކު. ބަލާ މިހާރުވެސް ބޮޑެތި ކުންފުނިތަކުން ހަދަމުންދާ ތަންތަނަށް. އެތަންތަން ގިނައިން މިހަދަނީ ހަމައެއްބައެއް. އަގުތައް މިހިފަހައްޓަނީ އެމީހުން. އެމީހުން އެތަން ހެދުމަށްފަހު އެއް އަހަރުތެރޭ ފައިދާ ނަރެންޖެހޭ. ދެންވާނީ ކިހިނެއް. މަޖުބޫރު އެބަވޭވިހި ހާހުން، 30 ހާހުން އަގުކިޔަން.އެކަން ކޮންޓްރޯލު ކުރެވޭނެ ގޮތެއްވެސްނޯވޭ. ގޭވެރިމީހާއަށް އެކަމެއް ނުހުއްޓުވޭނެ. އޭނާވެސް އެއަގު ހިފަހައްޓަން ޖެހެނީ އެހެންވެ،“ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ޒުވާނަކު ނަން ހާމަނުކުރުމަށް އެދި އެނާއަށް ފެންނަ ގޮތް ބުނެދިނެވެ.
އޭނާ ބުނީ ކުލީގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށާއި އެކަމަށް ނުފޫޒު ފޯރުވާންޖެހޭ ކަމަށެވެ.
”ދިރިއުޅެވޭނެ ތަނެއް ނުވަތަ ބޯހިޔާވަހިކަން ހޯދައިދިނުމަކީ އަސާސީ ހައްގެއް. އެކަން ސަރުކާރުން ކޮށްދެންޖެހޭނެ. އޭގެ މާނައަކީ އަތްފޯރާ ފަށަށް އެކަން ގެންނަން ޖެހޭނޭ. އެކަން ކުރެވޭނީ ކުލި ކޮންޓްރޯލް ކުރެވިގެން. އެފަދަ ގިނަ ކުންފުނިތަކަކަށް އެކަން ކުރުމުގެ ފުރުސަތު ހޯދައިދީގެން. އެފަދަ ކަންކަމަށްވެސް ސަރުކާރުން އެހީތެރިވެގެން. އޭރުން ކުލި ކޮންޓްރޯލް ކުރެވިދާނެ. އެއީ އެއްގޮތް.“ އޭނާ ބުންޏެވެ.
”ދެވަނަ ގޮތަކީ ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާއެއް ރަޖިސްޓްރީ ކުރަންވީ. އެމީހުން ނުކުންނަންވީ. އެތައް ހާސްބަޔަކު އެޖަމިއްޔާގައި ބައިވެރިވާނެ. އެފަދަ ޖަމިއްޔާއެއް ހަދައިގެން ކުލި ކުޑަކުރުމަށް ގޮވާލައި އެކަން ހައްލަކަށް އަޅުވަންވީ. މިއީ އެންމެ ފަސޭހަގޮތް. ހިތަށް އެރިވަރަކަށް ބޯހިޔާވަހިކަން ދެވިގެން ނުވާނެ. އެއީ ކޮންޓްރޯލް ވާންޖެހޭނެކަމެއް. އަމިއްލަ ގެއެއްނަމަވެސް ކުއްޔަން ދެވެންވާނީ އެތަނުގެ ފެންވަރާ ބަލާފައި. އެކަން މޮނީޓަރ ކުރެވެންޖެހޭނެ. ބާޖިފުޓިއެއްވެސް 12000 ރުފިޔާއަށް އެބަދޭ. އެނޫން ގޮތެއް ނެތުމުން އެއަގުގައި އުޅެންޖެހިފައިވާ ކިތަންމެ މީހަކު އެބަވޭ.“ ޒުވާނާގެ ދެވަނަގޮތް އޭނާ ބުންޏެވެ.
ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މިވަގުތުން މިވަގުތަށްވެސް ކުލީގެ މައްސަލައަށް ކޮންމެވެސް ހައްލެއް ހޯދައިދޭން ޖެހިފައިވާ ކަމެވެ. އެމީހަކު ހިތަށް އެރި އަގެއްގައި ކޮޓަރިތަކާއި، އެޕާޓްމަންޓްތައް ކުއްޔަށްދޭއިރު، އަސާސީ ހައްގަކުން ބަޔަކު މަހުރޫމްވެގެންދާކަން އަޅުގަނޑުމެން ވިސްނަން ޖެހޭކަމެވެ. މިއީ ސަރުކާރާ އެއްފަދައިން ރައްޔިތުންވެސް، އަދި އިމާރާތްކުރާ ފަރާތްތަކުންވެސް ވިސްނަންޖެހޭ ކަމެކެވެ.
-
އާދިތްތަ، ސެޕްޓެމްބަރ 27 2009، 19:55
މިކަމަށް އޮތްހާވެސް ޙައްލަކީ، ބަންޑާރަ ބިމުގައި ހަދާފައިވާ ޢިމާރާތްތައް ކުއްޔަށް ދެވޭނެ އަގުތަކެއް ސަރުކާރުން ކަނޑަ އަޅުއްވަންވީ. އަދި ކުއްޔަށް ދިނުމުގައި ތަންހެދިފައިވާ ފެންވަރަށް ބަލައި އެފަދަ ތަންތަނަށް ވަކި އަގުތަކެއްވެސް ކަނޑަ އެޅުއްވިދާނެ. މިސާލަކަށް ކޮންމެ އަކަފޫޓަކަށް، 50 ރުފިޔާ ފަރުނީޗަރ ހުރިނަމަ އެއަށްވަކިން، އަގު ކަނޑައެޅުއްވިދާނެ. މިފަދަ ގޮތަކަށް ސަރުކާރުން ހަމަޖައްސާދީގެން މެނުވީ މިކަމަކަށް ޙައްލެއް ނެތް. އެހެނަސް ހިތާމަޔަކީ، ކުއްޔަށް ތިބޭ ނިކަމެތިންގެ ޙާލަތާއި މެދު ވިސްނާ ސަރުކާރެއްވެސް، އަދި ފަރުދެއްވެސް މިއަދު ނެތްކަމެވެ.=ޢަލީ=
-
ހޯމަ، ސެޕްޓެމްބަރ 28 2009، 12:16
މިކަމަށް އޮތްހާވެސް ޙައްލަކީ، ބަންޑާރަ ބިމުގައި ހަދާފައިވާ ޢިމާރާތްތައް ކުއްޔަށް ދެވޭނެ އަގުތަކެއް ސަރުކާރުން ކަނޑަ އަޅުއްވަންވީ.ބަންޑާރަގޯތިން ކުލިނެގޭނެމިންގަޑެއްސަރުކާރުންއަވަހަށްނިންމަންވީ، ހަމައެކަނި ރަށްރަށަށްދަތުރުކުރާ ދޯނިފަހަރަށްލާ ފޮށިގަޑުގެ ނާލުގެއަދަދުހަމަޖައްސާލައިގެންފަރުޖއްސޭކަށްނޯންނާނެ. އަދި ކުއްޔަށް ދިނުމުގައި ތަންހެދިފައިވާ ފެންވަރަށް ބަލައި އެފަދަ ތަންތަނަށް ވަކި އަގުތަކެއްވެސް ކަނޑަ އެޅުއްވިދާނެ. މިސާލަކަށް ކޮންމެ އަކަފޫޓަކަށް، 50 ރުފިޔާ ފަރުނީޗަރ ހުރިނަމަ އެއަށްވަކިން، އަގު ކަނޑައެޅުއްވިދާނެ. މިފަދަ ގޮތަކަށް ސަރުކާރުން ހަމަޖައްސާދީގެން މެނުވީ މިކަމަކަށް ޙައްލެއް ނެތް. އެހެނަސް ހިތާމަޔަކީ، ކުއްޔަށް ތިބޭ ނިކަމެތިންގެ ޙާލަތާއި މެދު ވިސްނާ ސަރުކާރެއްވެސް، އަދި ފަރުދެއްވެސް މިއަދު ނެތްކަމެވެ
-
ހޯމަ، ސެޕްޓެމްބަރ 28 2009، 13:04
އަމިއްލަގޯތީގައި ހަދާ ތަންތާގެ ކުލި ކޮންޓްރޯލްކުރުމްކީ ސަރުކާރަކަށް ކުރެވޭނެ ކަމެއްނޫނެވެ. ހިތައް ހަމައެރުމުން އެކަމެއްނުވާނެއެވެ. އެކަމަކު ކުއްޔަށްދޭތަންތަނުން ޓެކްސްނެގިދާނެއެވެ. އަދިމިފައިސާއިން ކުއްޔަށްއުޅޭމީހުންގެ ބޭނުންތަކަށް ކޮންމެވެސް މިންވަރެއްގެ ހައްލެއްހޯދިދާނެއެވެ. އަސާސީ ހައްގަކީ ރާއްޖޭގެ އެންމެއަގުބޮޑުބިމުން ކޮންމެރައްޔިތަކަށް ދިރިއުޅެވޭނެގޮތް ހެދުމެއްނޫނެވެ. ހުރިހާ އެންމެން މާލޭގައި އުޅެންޏާ މިހުރިހާމީހުންނަށް އަސާސީ ހައްގަކަށްވީތީވެ ގެދޮރުގެ ދަތިކަން ފިލުވައިދޭނެގޮތެއްބުނެބަލާށެވެ. އަނެއްހައްލަކީ ރަށްރަށުން ލިބެންނެތް ޚިދުމަތްފުރިހަމަކޮށް އެރަށްރަށަށް ހިޖުރަކުރުމަށް މަގުފަހިކުރުމެވެ. މިއީކީ ވަގުތުން ހައްލުކުރެވޭކަންކަމެއްނޫނެވެ.
-
ހޯމަ، ސެޕްޓެމްބަރ 28 2009، 13:16
ލިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ސަރުކާރާއި މަހުޖަނުންވެސް ވިސްނަންވެއްޖެ ކަމެއް. މާލޭގެ ރައްޔިތުން އަތުންފައިން މަސައްކަތެއް ނުކޮށްތިބެ އެމީހުންނަށް ލިބިފައިވާ ބަންޑާރަގޯތިން ނާޖާއިޒު ފައިދާ ނަގަމުން ގެންދަނީ. އަހަރެންވެސް ބުނެދީފާނަން 3 ވަނަ ހައްލު. މާލޭގެ ބަންޑާރަގޯތިތަކުން އަގުކޮންޓްރޯލް ކުރުމަށްފަހު ބިމުގެ ޓެކުސް ނަގަންވީ. ކުލިނުދެއްކޭ މީހުންނަށް ސަރުކާރުން ސަބްސިޓީސް ދޭންވީ. އޭރުން ތިޔަކަން ހައްލުވެދާނެ.މިކަމަށް އޮތްހާވެސް ޙައްލަކީ، ބަންޑާރަ ބިމުގައި ހަދާފައިވާ ޢިމާރާތްތައް ކުއްޔަށް ދެވޭނެ އަގުތަކެއް ސަރުކާރުން ކަނޑަ އަޅުއްވަންވީ.ބަންޑާރަގޯތިން ކުލިނެގޭނެމިންގަޑެއްސަރުކާރުންއަވަހަށްނިންމަންވީ، ހަމައެކަނި ރަށްރަށަށްދަތުރުކުރާ ދޯނިފަހަރަށްލާ ފޮށިގަޑުގެ ނާލުގެއަދަދުހަމަޖައްސާލައިގެންފަރުޖއްސޭކަށްނޯންނާނެ. އަދި ކުއްޔަށް ދިނުމުގައި ތަންހެދިފައިވާ ފެންވަރަށް ބަލައި އެފަދަ ތަންތަނަށް ވަކި އަގުތަކެއްވެސް ކަނޑަ އެޅުއްވިދާނެ. މިސާލަކަށް ކޮންމެ އަކަފޫޓަކަށް، 50 ރުފިޔާ ފަރުނީޗަރ ހުރިނަމަ އެއަށްވަކިން، އަގު ކަނޑައެޅުއްވިދާނެ. މިފަދަ ގޮތަކަށް ސަރުކާރުން ހަމަޖައްސާދީގެން މެނުވީ މިކަމަކަށް ޙައްލެއް ނެތް. އެހެނަސް ހިތާމަޔަކީ، ކުއްޔަށް ތިބޭ ނިކަމެތިންގެ ޙާލަތާއި މެދު ވިސްނާ ސަރުކާރެއްވެސް، އަދި ފަރުދެއްވެސް މިއަދު ނެތް.
-
ހޯމަ، ސެޕްޓެމްބަރ 28 2009، 15:10
އަކަފޫޓަކަށް 50ރުފިޔާ އެއީ ބޮޑު އަދަދެއް ކަން ކޮމެންޓު ކުރާފަރާތްތަކަށް ނޭގޭތީ އެއީ ދެރަކަމެއް. އަކަފޫޓަކައް 20ރުޔާ ވަރު ރަގަޅުވާނެ!
-
ހޯމަ، ސެޕްޓެމްބަރ 28 2009، 15:43
ކުއްޔަށްދޭ ތަންތނުން ޓެކްސް ނަގަންފަށައިފިއްޔާ އަނެއްކާ ވެސް ކުއްޔަށް އުޅޭމީހުނަށް އިތުރު ބޮލުގަރިއްސުމަކަށް ވާނެދޯ މިހާރު ކުއްޔަށްއުޅޭ ބައެއްތަންތަނުން އަންގައިފި ކަލޭމެންނަށްށޭ ޓެކްސް ފައިސާ ދައްކަންޖެހޭނީ، އެހެންވީމާ ގެދޮރުގެ ކުއްޔާ، ކަރަންޓްބިލް،ފެންބިލް ހުރިހާ ޚަރަދެއް ދޯ، ހާދަ ދެރައޭ ދޯ