
މަޝްހޫރު ލަވަކިޔުންތެރިޔާ މާރީ ޓްރެވާސް މަރުވެއްޖެ
-އަހްމަދު ނަޒީރު-
އެމެރިކާގެ ނަން މަޝްހޫރު ލަވަ ކިއުންތެރިޔާ މޭރީ ޓްރެވާސް މަރުވެއްޖެ އެވެ. މޭރީ މަރުވެފާ ވަނީ ޑޭންބަރީ ހޮސްޕިޓަލުގައި ކެމޯތެރަޕީ ފަރުވާ ދެމުން ދަނިކޮށް 16ވީ ބުދަ ދުވަހު އެވެ.
މޭރީ ވަނީ 2005ވަނަ އަހަރުގައި ލިއުކީމިއާ ގެ ޝިކާރަ އަކަށް ވެސް ވެފައެވެ. ނަމަވެސް އެ ފަހަރު އޭނާ ވަނީ ފަރުވާ ދީ ރަނގަޅު ކޮށްފައެވެ.
މޭރީ އުފަން ވެފައި ވަނީ 1936ވަނަ އަހަރު ނޮވެމްބަރ 9ވަނަ ދުވަހުގައެވެ. އޭނާ މަރުވި އިރު އުމުރަކީ 72 އަހަރެވެ. މަރުވުމުގެ ކުރިން 4 ކައިވެންޏެއް މޭރީ ކޮށްފައި ވެއެވެ. ނަމަވެސް އެތަނުން 3 ކައިވެނިވަނީ ރޫޅިފައެވެ. މޭރީ މަރު ވިއިރު އޭނާގެ 2 އަންހެން ދަރިންނާ 2 މާމަ ދަރިން އެބަތިއްބެވެ. 1961ވަނަ އަހަރު މޭރީ ވަނީ އެމީހުންގެ އަމިއްލަ މިއުޒިކް ބޭންޑެއް ހަދާ އޭރު އެމެރިކާގާ ހުރި އެންމެ މަޝްހޫރު ލަވަ ކިޔާ ބޭންޑް އަށް ވެފައެވެ. އެ ބޭންޑް މީހުންގެ މަގްބޫލު ކަން ހޯދާފާ ވަނީ ”ބްލޮވިންގް އިން ދަ ވިންޑް“ މި ލަވައިންނެވެ.
މޭރީ އުފަން ވެފާ ވަނީ ލުއިސްވިލް ގެ ކެންޓަކީ އަށެވެ. ނަމަވެސް އުޅެބޮޑުވީ އާއިލާ އާ އެކު ނިއު ޔޯކް ގެ ގްރީންވިޗް ވިލޭޖް ގައެވެ.މޭރީ ތައުލީމް ހާސިލް ކޮށްފައި ވަނީ ލިޓްލް ރެޑް ހައުސް ސްކޫލް އިން ގްރޭޑް 11އާ ހަމަ އެށެވެ.
މޭރީ ޓްރެވާސް އަކީ މި 2009ވަނަ އަހަރު ހޮލީވުޑް އިން މަދުވެގެން ދިޔަ ތަރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ތަރިއެކެވެ.