
ޕީޕަލް މެގަޒިންގެ އެންމެ ރީތި 10 ހެދުމުގެ ތެރެއިން ”ޓޮޕް ރެޑް ކާޕެޓް“ގެ މަގާމު ކޭޓް ވިންސްލެޓް ހޯދައިފި
ޕީޕަލްސް މެގަޒިން އިން ކޮންމެ އަހަރަކުވެސް ހޮވާ ”ޓޮޕް ރެޑް ކާޕެޓް“ގެ މަގާމް މިއަހަރު ލިބިފައި ވަނީ ކޭޓް ވިންސްލެޓް އަށެވެ. ޕީޕަލްސް މެގަޒިން އިން ”ޓޮޕް ރެދް ކާޕެޓް“ ގެ މަގާމް ލިބުނު ފަރާތް ތައް އިއުލާން ކޮށްފާ ވަނީ ބުދަ ދުވަހު އެވެ.
ޕީޕަލް މެގަޒިން ގެ ސްޓައިލް އެޑިޓަރ ކްލެރިސާ ކްރޫޒް ބުނި ގޮތުގައި ޕީޕަލްސް މެގަޒިން އިން ”ޓޮޕް ރެޑް ކާޕެޓް“ ހޮވުމުގެ ކުރިން ހާހެއްހާ ފޮޓޯ ބެލުމަށް ފަހު އެ ފޮޓޯ ތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ފޮޓޯ ހޮވަނީ އެވެ.
އެންމެ ރީތި ދިހަ ހެދުން ހޮވަނީ ވީއެމް އޭ އެވޯޑް ދިނުމަށް ބާއްވާ ހަފްލާ ގެ ތެރެއިން ފޮޓޮ ނެގުމަށް ފަހު އެ ފޮޓޯ ތަށް އަޅާ ކިއުމަށް ފަހު އެވެ.
މިއަހަރުގެ އެންމެ ރީތި 10 ހެދުން ލީ ތަރިންގެ ތެރޭގައި ޓޭލަރ ސްވިފްޓް، ބިއޯންސޭ، ވެނެއްސާ އަދި ލޭޑީ ގާގާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
ކޭޓް ވިންސްލެޓް މި އެވޯޑް މި ހޯދީ މި ހުރިހާ ތަރިންނާ ވާދަ ކުރުމަށް ފަހު އެވެ.
ކޭޓް ވިންސްލެޓް އަކީ އުމުރުން 33 އަހަރުގެ ހޮލީވުޑް ގެ ނަން މަޝްހޫރު އެކްޓްރެސް އެކެވެ.ކޭޓް ވިންސްލެޓް ވަނީ ”ރިވޮލޫޝަނަރީ ރޯޑް“ ފަދަ މަޝްހޫރު ވަރަށް ބައިވަރު ފިލްމް ތަކުގައި އެކްޓް ކޮށްފައެވެ.
ހަމަ މިއަހަރު ”ނިއުޔޯކް މެގަޒިން“ އިން ”ބެސްޓް އިންގްލިޝް ސްޕީކިންގް އެކްޓްރެސް އޮފް ދަ ޖެނެރޭޝަން“ގެ ލަގަބް ކޭޓް ވިންސްލެޓް އަށް ވަނީ ދީފައެވެ.