
މަޝްހޫރު ލަވަކިޔުންތެރިޔާ އެވްރިލް އޭނާގެ 3 އަހަރުވި ކައިވެނި ރޫޅާލައިފ
ހޮލީވުޑް ގެ ނަން މަޝްހޫރު ޕޮޕް ލަވަ ކިއުންތެރިޔާ އެވްރިލް އޭނާގެ ފިރިމީހާ ޑެރިކް ގެ 3 އަހަރު ވެފައިވާ ކައިވެނި މިދިޔަ ބުރާސްފަތި ދުވަހު ރޫޅާލައިފިއެވެ.
އެވްރިލް އޭނާގެ މައި ސްޕޭސް ޕޭޖް ގައި ބުނެފައި ވަނީ އެވްރިލް އާއި ޑެރިކް އެކުގާ އުޅޭތާ މިހާރު 6 އަހަރު ވެއްޖެ ކަމަށެވެ.
”ޑެރިކް އާއި އަހަރެން އެކުގައި އުޅޭތާ މިހާރު 6 އަހަރު ވެއްޖެ. އަހަރެންގެ އުމުރުން 17ން ފެށިގެން އަހަރެމެންނަކީ އެކުވެރިން. ޑޭޓް ކުރަން ފެއްޓީ 19 އަހަރުގައި. ކައިވެނި ކުރީ 21 އަހަރުގާ.“ އެވްރިލް ގެ މައި ސްޕޭސް ޕާޖް ގައި އޭނާ ބުނެފައި ވެއެވެ.
އައިވެސް އެވްރިލް ބުނެފާ ވާ ގޮތުގައި އެދެމީހުނަކީ އަދިވެސް ދެ އެކުވެރިން ކަމަށާ އެދެމީހުން އެކުގާ ހޭދަ ކުރި ވަގުތަށް އޭނާ ފަހުރުވެރި ވާ ކަމަށެވެ. އަދިވެސް އެވްރިލް ގެ ހިތުގައި ޑެރިކް އަށް ވަރަށް ހާއްސަ މަގާމަކާ ވަރަށް ހާއްސަ ގަދަރެއް ވާ ކަމުގައި އެވްރިލް ބުނެފައި ވެއެވެ. އެވްރިލް އޭނާގެ މެސެޖް ނިންމާލާ ފައިވަނީ އޭނާގެ އާއިލާ އާއި އެކުވެރިންނާ އަދި ހުރިހާ ސަޕޯޓަރުންނަށް އެމީހުން ދޭ ހިތްވަރަށް ޝުކުރު އަދާ ކުރަމުންނެވެ.
މި ކަމާ ގުޅިގެން ޑެރިކް، މައި ސްޕޭސްގެ އޭނާގެ ބޭންޑް ޕޭޖް ގައި ޕޯސްޓް ކޮށްފައި ވާ ލިޔުމެއްގާ ބުނެފާ ވާ ގޮތުގައި ވޭތުވެ ދިޔަ 6 އަހަރަކީ އޭނާގެ ހަޔާތުގާ ވެސް އައި އެންމެ ހައިރާން ކުރުވަނިވި އަހަރުތައް ކަމުގައެވެ. ޑެރިކް ގެ ހިތުގައި އެވްރިލް އަށް ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ކަމަށާއި އެވްރިލް އާއި ޑެރިކް ދެމެދުގާ ގާތް އެކުވެރި ކަމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އޮންނާނެ ކަމުގައި ޑެރިކް ބުނެފައި ވެއެވެ.
އެވްރިލް އާއި ޑެރިކް ކައިވެނި ކޮށްފައިވަނީ 2006ވަނަ އަހަރު ޖުލައި މަހުގައެވެ. މި ހަފްލާ ބާއްވާފާ ވަނީ ކެލިފޯނިއާ ގެ މޮންޓެސިޓޯގައި ގައި އާއިލާ އަދި އެކުވެރިންނާ އިތުރު 110 ދިހަ މީހުން ކުރިމަތީގައެވެ. ޑެރިކް ވަނީ އެވްރިލް 2007ވަނަ އަހަރު ނެރުން ”ދަ ބެސްޓް ޑޭމް ތިންގް“ އަލްބަމްގައި ހަރަކާތް ތެރި ވެފައެވެ. އެދި މި އެވްރިލް ހަދަން ފަށާފާ ވާ އަލްބަމް ގައި ވެސް ޑެރިކް ދަނީ މަސައްކަތް ކުރަމުންނެވެ.