
އެލްމާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި
އެލްމާ އެވޯޑް ނުވަތަ އެމެރިކަން ލެޓިނޯ މީޑިއާ އާޓްސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ.
މި ރަސްމިއްޔާތު އޮތީ 17ވީ ސެޕްޓެމްބަރ ދުވަހު ލޮސް އެންޖެލްސްގެ ރޮއިސް އޮޑިޓޯރިއަމް ގަ އެވެ.
މި ރަސްމިއްޔާތުގާ ބެސްޓް ކޮމެޑީ އެކްޓްރެސް ލިބުނީ ސެލޭނާ ގޮމޭޒް އަށެވެ. މި އެވޯޑް ސެލޭނާ ގޮމޭޒް އަށް ލިބިފައި ވަނީ އޭނާ ކުޅެފައި ޑިސްނީ ޗެނަލް ސީރީސް އެއް ކަމަށް ވާ ”ވިޒާޑްސް އޮފް ވޭވަލީ ޕްލޭސް“ އަށެވެ.
މި ރަސްމިއްޔާތު ގައި ނަން މަޝްހޫރު ވަރަށް ގިނަ ތަރިންތަކެއް ވަނީ ބައިވެރި ވެފައެވެ.
މީގެ އިތުރުން ސެލޭނާ ގޮމޭޒް ވަނީ އެލްމާ އެވޯޑް ގައި އެންމެ ރިތި ހެދުން ލީ 5 ކުދިންގެ ތެރޭގައި ވެސް ވަނީ ހިމެނިފައެވެ.
މީގެ އިތުރުން އެކި އެކި ތަރިންނަށް ވަނީ މި ރަސްމިއްޔާތު ގައި އެވޯޑް ދީފަ އެވެ.
އެލްމާ އެވޯޑް އަކީ 1995ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެކްޓަރުންނަށާ, ފިލްމު ތަކަށާއި، ޑައިރެކްޓަރުންނަށް އަދި މިއުޒިކް ދާއިރާގާ ހަރަކާތް ތެރި ވާ ތަރިންނަށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑް އެކެވެ.