
ނެލީ ފަރޓާޑޯ އިނގިރޭސި އަދި ސްޕެއިން ބަހުން ކިޔާފައިވާ އާ އަލްބަމް ”މި ޕްލޭން“ގެ ”މަނޮސް އަލް އައިރެ“ ބިލްބޯޑް ޗާޓް 1ވަނާގައި
ނެލީ ފަރޓާޑޯ ގެ އިންގިރޭސި ބަހުން އަދި ސްޕެއިން ބަހުން ކިޔާފާ ވާ އާ އލްބަމް ”މި ޕްލޭން“ގެ ”މަނޮސް އަލް އައިރެ“ ލަވަ ބިލް ބޯޑް ހޮޓް ލެޓިން ޗާޓް 1ވަނަ އަށް އަރައިފިއެވެ.
ނެލީގެ އާ އަލްބަމް ގެ މިލަވަ ކިޔައިދީފައިވާ ލަވަ ކިއުންތެރިޔާ ވަނީ ނޯތް އެމެރިކާގެ ލަވަ ކިއުން ތެރިންގެ ތެރެއިން ފުރަތަމަ ފަހަރަށް ބިލްބޯޑް އަށް އެރުމުގެ ޝަރަފް ލިބުނު ލަވަ ކިއުންތެރިޔާ އަށެވެ.
ނެލީގެ ”މި ޕްލޭން“ އަލްބަމުގައި ނެލީގެ އިތުރުން ލަވަ ކިޔާފާ ވަނީ އެލެކްސް ކިއުބާ، ޖުއާން ލުއިސް، ޖޫލިއެޓާ ވެނެގާސް އަދި ލަ މާލާ ރޮޑްރިގުއޭސް.
ނެލީ ފަރޓާޑޯ މަޝްހޫރު ވެފާ ވަނީ އޭނާގެ އަލްބަމް ”ވޯ ނެލީ“ އިންނެވެ. އެ އަލްބެމްގައި އޭނާ ކިޔާފާ ވާ ލަވަ އެއް ކަމަށް ވާ ”އައިމް ލައިކް އަ ބާރޑް“އަށް ވަނީ ގްރެމީ އެވޯޑް ވެސް ލިބިފައެވެ.
އެއަށްފަހު 2003ވަނަ އަހަރު ”ފޯކްލޯ" ކިޔާ އަލްބަމެއް ނެލީ ނެރުނެވެ. އެއަށް ފަހު 2006ވަނަ އަހަރު ”ލޫސް“ ކިޔާ އަލްބަމެއް ނެރުމަށް ފަހު މި އަހަރު މި ނެރުނު އަލްބަމަކީ ނެލީގެ 4ވަނަ އަލްބަމެވެ. 51 ތަފާތު އެވޯޑަކަށް ނެލީ އެކި ފަހަރު މަތިން ނޮމިނޭޓް ވެފާ ވާ އިރު އެ ތަނުން 8 އެވޯޑް އޭނާ ވަނީ އެކި ފަހަރު މަތިން ކާމިޔާބު ކޮށްފައެވެ.