

ކޮރެޔާގެ ރީތީގެ އަންހެނާ އާއި ފިރިހެނާ ހޮވުމުގެ މުބާރާތް ރާއްޖޭގައި ބާއްވަނީ
ކޮރެއާގެ ރީތީގެ އަންހެނާ އަދި ފިރިހެނާ ހޮވުމުގެ މުބާރާތް ޖޫންމަހު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުން ބުނެފިއެވެ.
ޓޫރިޒަމް ޕްރޮމޯޝަން ބޯޑްގެ ޑެޕިއުޓީ ޑިރެކްޓަރ މާރކެޓިން އަބްދުﷲ ނައީމް ވިދާޅުވީ ކޮރެއާ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ޗަންޑޯ ޓްރެވަލް އިން އިންތިޒާމް ކޮށްގެން ބާއްވާ މިއިވެންޓް އަންނަމަހުގެ ފަހުކޮޅު ބާއްވާނެ ކަން ޓުރިޒަމް ޕްރޮމޯޝަން ބޯޑަށް އެގިފައިވާ ކަމަށާއި ނަމަވެސް ބާއްވާނެ ވަކިދުވަހެއް ދަންނަވަން ނެގޭ ކަމަށެވެ.
”އެމީހުން ހޮވާނީ އެމީހުންގެ އިޝްތިހާރު ތަކުގައި ބޭނުން ކުރުމަށް އެމްބަސެޑަރެއް.މިއިވެންޓްގެ ސަބަބުން ކޮރެއާގައި ރާއްޖެ އިޝްތިހާރު ވަގެންދާނެ.އެގޮތުން ޗަންޑޯ ޓްރެވެލްސްގެ ފަރާތުން ކޮރެއާގެ ނޫސްތަކުގައި މިއިވެންޓްގެ ވާހަކަތައް އިޝްތިހާރު ކުރާނެ“ނައީމް ވިދާޅުވިއެވެ.
މިއިވެންޓާއި ބެހޭގޮތުން ކޮރެއާގެ ނޫހެއް ކަމަށްވާ ސޯލްޓައިމްގައިވާ ގޮތުން މިއިވަންޓްގެ ފުރަތަމަ ބުރު ކުރިއަށްދާނީ ވެރިރަށް ސޯލްގެ 5 ތަރީގެ ހޮޓަލެއް ކަމަށްވާ 15 ފަންގިފިލާގެ ހޮޓަލް ޑިވިޗާ ޗިންގް ޑަންގް ގައެވެ.އަދި މިއީ މިއިވެންޓް ބާއްވާ ދެވަނަ ފަހަރެވެ.ފުރަތަމަ ފަހަރަށް މިއިވެންޓް ބާއްވާފައިވަނީ 2006 ވަނަ އަހަރުގައެވެ.
”ފުރަތަމަ އިންޓަނެޓް މެދުވެރިކޮށް ހުޅުވާލި ފުރުޞަތުގައި 841 ފަރާތަކުނަްވަނީ އެޕްލިކޭޝަން ހުށައަޅާފައި.ނަމަވެސް ރާއްޖެއަށް ޒިޔާރަތް ކުރާނީ 15 ފަރާތަކުން އެއީ 5 ފިރިހެން ބައިވެރިންނާއި 10 އަންހެން ބައިވެރިން“ ސޯލްޑައިމްގައިވެއެވެ.އެނޫހުގައިވާ ގޮތުން އެމީހުން ރާއްޖޭގައި ހޭދަކުރާ ދުވަސް ތަކުގައި ތަފާތު ޙަރާކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.މިޙަރަކާތްތައް ސްޕޮންސަރ ކުރީ ޗަންޑް ޓްރެވަލްސް އާއި ސީޖޭ މީޑިއާ ”އެކްސް .ޑީ.އެމް“ އިންނެވެ.