މޫސަވީގެ މައްޗަށް ތަހުގީގު ހިންގަން އީރާނުން ނިންމައިފި

ޖުލައި 2 2009، 16:36 0 ޚިޔާލު

އީރާންގެ ރިޔާސީއިންތިޚާބާ ގުޅިގެން އެންމެ އެގައުމުގައި ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުއްވި މީރު ޙުސައިން މޫސަވީގެ މައްޗަށް ތަހުގީގު ހިންގުމަށް އެގައުމުގެ ސަރުކާރުގެ ބާސިޖް ހަނގުރާމަވެރިން ނިންމައިފިއެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް މޫސަވީއާއި އޭނާއަށް ތާއީދުކުރާ މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބާސިޖް ހަނގުރާމަވެރިން މޫސަވީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 10 އަހަރު ދުވަހަށް ޖަލަށްލުމުގެ ހުކުމެއްއަންނާނެއެވެ.

އީރާންގެ ރަސްމީ ނޫހެއްކަމަށްވާ ފަރުސްއިން ހާމަކޮށްފައިވާ ގޮތުގައި މޫސަވީގެ މައްޗަށް ދައުވާކޮށްދިނުން އެދި ބާސިޖް ހަނގުރާމަވެރިން ވަނީ އީރާންގެ ޕްރޮސެކިއުޓަރޖެނެރަލްއަށް ސިޓީއެއް ފޮނުވާފައެވެ.

އީރާންގެ އިންތިޚާބަށް ފަހު އެގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި 20އަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv