

އަޔަލެންޑަށް އޮސްޓްރޭލިޔާ ރަނގަޅު ފިލާވަޅެއް ދީފި
ކްރިކެޓް ވޯލްޑްކަޕްގައި ރޭ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އާއި އަޔަލެންޑް ބައްދަލުކުރި މެޗް 9 ވިކެޓުން އޮސްޓްރޭލިއާ ކާމިޔާބުކޮށްފިއެވެ.
ބާބަޑޯސްގައި ކުޅެވުނު މިމެޗްގައި ޓޮސް ލިބިގެން އޮސްޓްރޭލިއާގެ ކެޕްޓަން ރިކީ ޕޮންޓިން ގަސްތު ކުރީ ހީކުރިގޮތާ ހިލާފަށް އޮސްޓްރޭލިއާ ހޮވަން އަރާށެވެ. އަޔަލެންޑް ކުޅެން އަރާ އޮސްޓްރޭލިއާގެ އިތުބާރު ބޯލަރުންގެ ކުރިމަތީގައި އެއްވެސް ކަމެއް ނުކުރެވުނެވެ. އެޓީމުގެ ހުރިހާ ކުޅުންތެރިން 30 އޯވަރ ތެރޭ ނުބައިވިއިރު ޓީމުގެ ސްކޯއަކަށް ދެވިފައިވަނީ އެންމެ 91 ލަނޑެވެ. އެޓީމުން ކިރިޔާވެސް ހިއްވަރެއް ކުރެވުނީ 23 ލަނޑުހެދި މޯނޭއަށެވެ. އަޔަލެންޑްގެ ހަތް ކުޅުންތެރިއަކަށް ދެއަދަދަށްވެސް ސްކޯ ނުކުރެވެއެވެ. އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް އުކީ މެޗްގެ މޮޅު ކުޅުންތެރިޔާއަށްވެސް ހޮވުނު އޮސްޓްރޭލިއާގެ ގްލެން މެގްރާއެވެ.
ޖަވާބުގައި އސްޓްރޭލިއާ ކުޅެން އަރާ އެންމެ 12 އޯވަރ ތެރޭ 91 ލަނޑުހަދާ މެޗުން މޮޅުވެގެން ފެއިބީޢެވެ. އެޓިމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑުހެދި އެޑަމް ގިލްކްރިސްޓެވެ.
މިމުބާރާތުގައި ދެކުނު އެފްރިކާ އަތުންވެސް ތަފާތުބޮޑުކޮށް ބަލިވެފައިވާ އަޔަލެންޑް ދެވަނަ ބުރަށް އައީ ޕާކިސްތާން ބަލިކޮށްފައެވެ. ދުނިޔޭގެ ޗެމްޕިއަންގެ ހައިސިއްޔަތުން އޮސްޓްރޭލިއާ ވަނީ ބަންގާޅަށާއި އަޔަލެންޑަށް ކްރިކެޓްގައި ހިތުން ނުފިލާވަރުގެ ފިލާވަޅެއް ދީފައެވެ.
ކްރިކެޓް ވޯލްޑްކަޕްގައި މިއަދު ބައްދަލުކުރާނީ ދެކުނު އެފްރިކާއާއި ނިއުޒިލެންޑެވެ.--ކްރިކްއިންފޯ