
ރޭ ހިނގި މާރާމާރީގައި ޒަޚަމްވި ޒުވާނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ
މުޙައްމަދު ޝަފީޢު
ރޭ މަޖީދީމަދު ލަގްޒަރީ ކައިރީގައި ހިނގި މާރާމާރީގައި, ތޫނު އެއްޗަކުން ޙަމަލާދީ, ޒަޚަމުކޮށްލި ޒުވާނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެނިކޮށް މަރުވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި ރޭ 11:15 ހާއިރު ހިނގި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން މަރުވެފައިވަނީ, ސ.ހުޅުދޫ, ލިލީމާގޭ, އަބްދުﷲ ފަރުހާދު (18 އ) އެވެ. ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި މިމާރާމާރީގައި އޭނާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ޙަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަޚަމުވި ކަމަށާއި, ޒަޚަމުތަކަށް ފަރުވާދެނިކޮށް އޭނާ މަރުވެފައިވަނީ ރޭ ފަތިހު ގާތްގަނޑަކަށް 3:35 ހާއިރުކަމަށެވެ.
ފަރުހާދަށް ހަމަލާދިންކަމަށް ބެލެވެނީ މަޖީދީމަގުގައި ހުރި މޯބައިލް ފިހާރައެއްގައި ހުރެފައި މަޖީދީ މަގުން އޭނާގެ ގެއާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށެވެ.
-
ހޯމަ، މާޗް 9 2009، 19:15
މި ދެން ކިހާ ދެރަ ވެއްޖެ ކަމެއް ދޯ. މިކަން ހުއްޓުވޭނެ ވަރުގެ ބަޔެއްވެސް މިއޮއް ފަދަ ކުޑަ ކުޑަ ދިވެހި ރާއްޖޭގައި ނެތީބާ؟؟ ހައްލަކީ ހަމަ އުމަރު.. މީހެއް މަރައިފި މީހާގެ ފަރާރުން ޤިސާސް ހިފެން ޖެހޭނެ. އިސްލާމް ދީނުގެ ޤާނޫނާްއި އެއްގޮތަށް އަމަލު ކުރެވެން ޖެހޭނެ. މީ %100 މުސްލިމް ޤައުމަކަށް ވާ ހިނދު އިސްލާމީ ޤާނޫނާއި އެއް ގޮތަށް އަމަލު ނުކުރެވެނީ ކީއްވެގެންބާ!؟؟ އެއް ފަހަރުވެސް މި ގޮތަށް އަމަލު ކޮށްފިނަމަ ހަމަ ގައިމުވެސް މާރާމާރީތައް ހުއްޓުވޭނެކަން ޔަޤީން.. ފަރުހާދުގެ މައިން ބަފައިންނަށް ކެއްތެރިކަން މި ދަނޑިވަޅުގައި މާތް ރަސްކަލާނގެ ދެއްވާށި. އާމީން.
-
ހޯމަ، މާޗް 9 2009، 19:26
މިފަދަ ޢަމަލުތައް ކުރާ ކުށްވެރިންނަށް އެކަށީގެންވާ ހަރުކަށި އަދަބު ދެވިގެންނޫނީ މިކަހަލަ ކަންތައް ހުއްޓުމަކަށް ނާންނާނެ، އެކަމަކު އެހެންނެއްނޫން މިވަނީކީ. ބޮޑެތިހާ ކުށްތައްކޮށްގެން ޖަލަށްލާފައި ތިބި ކުށްވެރިންވެސް މިއަދުގެ ސަރުކާރުން އެވަނީ އިސްލާހުވުމަށް ފުރުސަތުދިނުމުގެ ގޮތުންނޭ ބުނެ އެއެއް މިއެއް ނުބަލާ އެމީހުން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާފައި. ޖަލުގައި ހުރި ކުށްވެރިއަކަށް ކަމެއް ވާއިރަށް ނޫސްބަޔާން ތަކާއި ސަރުކާރުގެ މިޑިޔާ ތަކުން ގޮވާއިރަކު ހީވާނީ އެހެން ކަމެއްހެން. ކީއްކުރާ ހިއުމަންރައިޓްސް ކޮމިޝަން އެއް. ކުށެއްނެތް ދިވެހި ދަރިން މަރަމުން ދާއިރު އަޑެއް ބަޑެއްވެސް ނީވޭ.
-
ހޯމަ، މާޗް 9 2009، 19:53
ފުލުހުންގެ ކެމެރާތަކަކީ ބޭނުންހިފޭ އެއްޗަކަށް ނުވަނީތޯއެވެ. އަޅުގަނޑު ރައްޓެހި ފުލުހަކު ބުނިގޮތުގައި އެކެމެރާތަކުން ގިނަކެމެރާތަކަކީ މަސައްކަތް ނުކުރާ ކެމެރާތައް. އެވެސް ފައިސާތަކެއް ހަރަދުކުރެވިފައިވާކަމެއްކަން ނޫސްތަކުން އެގިފައިވޭ. ނަމަވެސް އެކަން ކޮށްފައިވާގޮތުގެ ހަގީގަތް ހާމަނުކުރެވި އެވަނީ ކީއްވެތޯއެވެ. ފުލުހުންގެ އޯޑިޓް ރިޕޯޓް މިވަގުތުންވަގުތަށްނެރެ އެހުރިހާކަމެއް ބަލާ ރަގަޅުކުރުމަށް ގޮވާލަން. އަދި އޯޑިޓް ރިޕޯރޓް ނުނެރެވާ ސަބަބު ރައްޔިތުންނަށް އެގެން ބޭނުން....މަރީ..
-
ހޯމަ، މާޗް 9 2009، 20:15
މާލެމިވަނީ ނާމާންތަނަކަށްވެފަ.ގެއިން ބޭރަށް ނިކުމެފަ ސަލާމަތުން ގެއަށްވަދެވޭނޭކަމުގެ އުއްމީދެއްނެތް. ފުރާނައިގެ އަގެއްނެތް. އެމެރިކާ އަށް ވުރެ ސުލްހަވެރި ރާއްޖެ މިހާރު މާނުރައްކާ.
-
ހޯމަ، މާޗް 9 2009، 21:54
މިޤައުމަށް ނަސްތުވާތަކެތި އެތެރެކުރުމަކުން އަދަބެއްގެ ގޮތުގައި މަރާކުރިމަތިލާކަށް ނުޖެހޭ މިފަހަރު ގިނަމީހުން ގެ ވޯޓު ލިބޭނީ މަޖްލިސްގެ މެމްބަރުން މަޖްލިސްއަށް ޙާޟިރުވުމުގެ ޤަވާޢީދަށާއި ޑްރަގް އެތެރކުރާމީހުންނަށް މަރުގެ އަދަބުދޭން މަޖްލިސްއަށް މައްސަލަ ހުށަހަޅަން އެމީހުންގެ އެޖެންޑާގައި ހުންނަ މީހުންނަށް ޒުވާނާއޭ ލިޔެފަ އޮތީމަ ހީވަނީ އަންހެނެއްހެން އެކަން ރަނގަޅުކޮށްގެން ލިޔުމަށް ގޮވާލަން =އަޑާއާދަނު =
-
ހޯމަ، މާޗް 9 2009، 23:37
ފުލުހުންގެ ފަރާތުން ފުލުހުންނަށް ތާއީދުކުރާ ކޮމެންޓުތައް ލިއާއިރު ފުލުހުނެގެ ޒިންމާ ވަކިކުޑައެއްނޫން. ވެއްޓުނީވެސް އގުބޮޑުކޮށް ހަރުކޮށްފައިވާ ކެމެރާ ސިސްޓަމުން ކެމެރާއެއްގެ ދަށަށް. ކޮބާތޯ ތިދައްކަވާ ވާހަކަ ތަކުގެ ހަގީގަތަކީ. ކިހާވަރަކުންތޯ ތިބޭފުޅުންނަށް މިކަންތައްތައް ހުއްޓުވޭނީ. ކޮށިކޮށިހަދަން މުޅިމާލެވެސް ދެވިދާނެ، އަދި ގައުމަށްވަންނަ ހުރިހާ ފައިސާއެއްވެސް ދެވިދާނެ. މިފަހަރުވެސް ކޯޓުތަކާއި ޕެނިޓެންސަރީ ނުބައިކުރުމުން ނިމޭނެކަމަށް ހީފުކުރައްވަނީތޯއެވެ. އައިސާ.
-
އަންގާރަ، މާޗް 10 2009، 06:17
ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރުމަށް އިހްމާލުވާތީ ކަމަށް ފެނޭ މިފަދަ ބޮޑެތި މާރާމާރީ ތައް ހިގަން މެދުވެރި މިވާ އެންމެ ބޮޑު އެއް ސަބަބަކީ. ދީނީ ހޭލުން ތެރިކަންވެސް ނުހުންނާނީ. ހައްޤަކާ ނުލާ މީހަކު މެރުމަކީ ކިހާ ބޮޑު ކަމެއްކަން ވިސްނިފައި އޮންނަނަމަ މިފަދަ ބޮޑު ޖަރީމާތަށް ހިންގުމަށް ފަސް ޖެހޭނެ. މިފަދަ އެންމެހާ ބަލިތަކުގެ ފަރުވާ އަކީ ކޮބައިބާ؟ ޙަލަކީ އިސްލާމް ދީނަށް ރުޖޫޢަވުން. -ރީފޯމް-
-
އަންގާރަ، މާޗް 10 2009، 08:12
މިފަދަ ގާތިލުންގެ މައިންބަފައިންވެސް އެބަ ޒިއްމާދާރުކުރުވެންޖެހޭ. މަގުމަތިންދާމީހަކަށް ހަމަލާދީ މަރާލާނީ ވަރަށް ތަފާތުގޮތަކަށް ބޮޑެތިކޮށްފައިތިބޭ ކުދިންކަމަށް ފެނޭ
-
އަންގާރަ، މާޗް 10 2009، 08:16
މިއީ ކުށެއް ނެތް މިހަކަށް ދިން ފުރތަމަ ހަމަލާއެއް ނޫން. މީގެ ކުރިންވެސް ގެއެއްގެ ގޮލިކަންމަތީގައި ވާހަކަދައްކަންތިބި ދެބޭންނަށްވެސް ވަނީ އެއްވެސް ކަމަކާނުލާ އެމީހުން ނުވެސް ދަންނަ މީހަލކު އައިސް ޙަމަލާދީފައި، އެމީހުންގެ ފުރާނަ ސަލާމަތްވި ހަމަކިރިއާ. ނަމަވެސް ހިތާމައަކީ އެމިހުން އަދި އެނޫންވެސް މިފަދަ ކަޓަރުގެ ޢަމަލުތައް ހިންގާ ފަރާތްތަކަކީ ކުށުގެ ރިކޯޑު އޮންނަ "ކެރިއާ ކްރިމިނަލުން"ކަން. ފުލުހުންވެސް ތިބެނީ އެއްގޯސްވެފަ، ޖަލަށްލައިފިއްޔާ އެމީހުން ފިލާ....ޢާއްމުން މަގުމައްޗަށްވެސް ނުކުންނާނެކަމެއް ނެތް