
ރައްޔިތުން ބޭނުންވާ ގޮތަށް ގުނޫތު ނުކިޔައިގެން ފޯކައިދޫ އޮފީސް އަނެއްކާވެސް ބަންދުކޮށްފި
ށ.ފޯކައިދޫ މިސްކިތުގެ މުދިމު ފަތިސްނަމާދުގައި ގުނޫތު ނުކިޔާތީ ރަށު އޮފީސް ބަންދުކޮށްފައި ހުންނަތާ 1މަހާއި ހަތްދުވަސް ފަހުން, އިއްޔެ ހުޅުވި ރަށު އޮފީސް އަނެއްކާވެސް މިއަދު ބަންދުކޮށްފިއެވެ.
ރަށު އޮފީސް ހުޅުވިތާ 24 ގަޑިއިރު ނުވަނީސް މިއަދު އޮފީސް ބަންދުކޮށްފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ގުނޫތު ނުކިޔައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެރަށުން ވާހަކަ ދެއްކި ފަރާތަކުން މިނޫހަށް މައުލޫމާތު ދިން ގޮތުގައި ރޭ ފަތިސްނަމާދުގައި ކިޔާފައިވަނީ ހަމައެކަނި ގުނޫތު ނާޒިލާއެވެ. އެއީ މުސީބާތްތައް ކުރިމަތިވެގެން އުޅޭއިރު އެކަމުން ސަލާމަތްވުމަށް އެދި ނަމާދުތަކުގައި ކުރަމުން އަންނަ ދުއާއެކެވެ.
”ގުނޫތު ކިޔާށޭ ބުނާ މީހުން މިބުނަނީ ތައުލީމުއްދިޔާނާ ގައި އޮންނަ ގުނޫތުވެސް ކިޔާށޭ. އެއީ އާންމުކޮށް ކިޔަމުން މިއަންނަ ގުނޫތު, އެހެންވެ އެ ނުކިޔައިގެން ރޭ ފަތިސްނަމާދަށްފަހު އިމާމާއި ދިމާލަށް ވަރަށް ހަޑިހުތުރު އެއްޗެހިވެސް ވަނީ ކިޔާފައި“ އޭނާ ބުންޏެވެ.
މިކަމާއި ގުޅިގެން މިސްކިތުގެ އިމާމް މުހައްމަދު ޝަކީބް މިއަދު ބުނީ އެކަމާއި ރައްޔިތުންގެ ބަޔަކު ހިތް ހަމަނުޖެހިގެން މިއަދު މެންދުރު ނަމާދަށް ދިއުމުން މިސްކިތަށް ވަނުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި ރޭގެ ފަތިސްނަމާދުގައި ކިޔާފައިވާނީ ހަމައެކަނި ގުނޫތު ނާޒިލާ ކަމަށާއި ތައުލީމުއްދިޔާނާގައި އެވާ ގުނޫތު ނުކިޔާ ކަމަށްވެސް ޝަކީބު ބުންޏެވެ.
ކަންމިހެން ހުރިއިރު އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލު މިއަދު ވިދާޅުވީ އިއްޔެ ފޯކައިދޫ މައްސަލަ ހައްލު ކޮށްފައިވަނިކޮށް އެމައްސަލަ އަނެއްކާވެސް ފެންމަތިވުމާއި ގުޅިގެން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝޭޚް މުހައްމަދު ޝަހީމް އެރަށަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ދެބައިމީހުންނާއި ވާހަކަ ދެއްކުމުގެ އިތުރުން މިސްކިތުގެ އިމާމާއިވެސް ވާހަކަ ދައްކާ ވަރަށް ސުލްހަވެރިކަމާ އެކީ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
”މިއީ 3 އަހަރުވެފައިވާ މައްސަލައެއް. މިމައްސަލަ ރަސްމީކޮށް މިނިސްޓްރީއަށް ހުށަހެޅުނީ މިދިޔަ ހަފްތާގައި. އޭގެ ކުރިން ފޯނުން ވާހަކަ ދައްކަމުން ދިޔައީ“ އަހުމަދުﷲ ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މިއަދު އެމައްސަލަ ކުރިމަތިވެގެން ދެކެވުނު ވާހަކަތަކަށް ފަހު ފަތިސްނަމާދުގައި ގުނޫތު ނާޒިލާގެ އިތުރުން ”ތައުލީމުއްދިޔާނާގައި“ ވާ ގުނޫތުވެސް ކިޔުމަށް މިހާރުވާނީ މުދިމަށް އަންގާފައެވެ. އަދި އެކަމުގައި މުދިމުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި ރައްޔިތުންވެސް ވަރަށް އިޚްލާސްތެރި ކަމާއެކި ވާހަކަ ދައްކާފައިވާ ކަމަށްވެސް އަހުމަދުﷲ ވިދާޅުވިއެވެ.
”މިއީ ދިގުލައިގެން އައިސްފައިވާ ކަމެއްވީމަ ހިތްހަމަ ނުޖެހުންތައް ހުންނާނެ, އެހެންނަމަވެސް ރައްޔިތުން އިޚްލާސްތެރިކަމާ އެކީ ވާހަކަ ދެއްކިކަމަށްޓަކައި ޝުކުރުވެރިވަން. އަދި އިމާމްވެސް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަން“ އަހުމަދުﷲ ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށްފަހު ސްޓޭޓް މިނިސްޓަރ އެރަށުން ފުރާވަޑައިގެންނެވީ, މިސްކިތުގައި އިމާމްވެ ނަމާދު ކުރުމުގެ ފުރުސަތު މުދިމަށް ދޭނެ ކަމަށް ރައްޔިތުން އެއްބަސްވުމުން ކަމަށެވެ.
-
އާދިތްތަ، މާޗް 8 2009، 20:26
ފަތިސްނަމާދު ފަހު ރަކްޢަތުގައި ޤުނޫތު ކިޔުމުގެ މައްސަލައިގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ޤުނޫތު ކިޔުމަކީ ސުންނަތެކެވެ. މިރައުޔަކީ ޝާފިޢީމަޛްހަބުގެ ރައުޔުވެސް މެއެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި އެއީ ބިދުޢައެކެވެ. އިޚްތިލާފީ މައްސަލައެކޭ ބުނުމުގެ މާނައަކީ އެކަމުގައި ވަކިބަޔަކަށް ޤުނޫތު ކިޔުމަކީ ބިދުޢައެއްގެ ގޮތުގައި ދުށްކަމުގައިވިޔަސް ﷲ ގެ ޙަޟްރަތުގައި ޙުކުމަކީ މިޔޭ ކަނޑައެޅިގެން ބުނަން ނޭނގުމެވެ. ދެގޮތުން ކުރެ ކޮންމެ ގޮތަކީވެސް ރަގަޅުގޮތްކަމުގައި ވުމުގެ ފުރުޞަތު އެބަ އޮތެވެ. ބިދުޢައެކޭ ބުނާ މީހުންގެ ދަލީލުތަކުގެ ތެރެއިން އެއްދަލީލަކީ، ފަތިސްނަމާދުގެ ފަހުރަކްޢަތުގައި ޤުނޫތު ކިޔުމަށް އައިސްފައިވާ ޙަދީޘަކީ ބަލިކަށި ޙަދީޘެއްކަމުގައި ނިންމުމެވެ. ނަމަވެސް އަޅުގަނޑު ދަންނަވާލަން ބެނުންވަނީ ހަދީޘް ޞައްޙަކުރުމާއި ޟަޢީފުކުރުމަކީވެސް އިޖްތިހާދީ މައްސަލައެއްކަމެވެ. އެކެއްގެ ކައިރީގައި ޞައްޙަ ޙަދީޘެއް އަނެކެއްގެ ކައިރީގައި ޞައްޙަ ޙަދީޘަކަށް ނުވުމަކީ ހަމަ ވެދާނެކަމެކެވެ. ވީމާ މިކަން ކަމުގައި އެންމެ ރަގަޅު ޙައްލަކީ އެއްބަޔަކު އެނެއް ބަޔކަށް އިޙްތިރާމު ކުރުމެވެ. ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޤުނޫތު ކިޔމާއި ނުކިޔުމާއި މިދެގޮތަކީވެސް ހަމަ އެންމެ ރަގަޅު ގޮތްގޮތެވެ. އަދި ޤުނޫތު ކިޔުމަށް ވިދާޅުވާ ބޭކަލުންވެސް ވިދާޅުވަނީ އެއީ ސުންނަތެއް ކަމުގައެވެ. ވީމާ މިހެން އޮތްކަމެއްގައި ފޯކައިދޫގެ މުޅިރައްޔިތުންގެ އެއްބައިވަންތަކަން ގެއްލިދިއުމަށް މެދުވެރިވާ ސަބަބަކަށް މިކަން ވެގެން ނުވާނެއެވެ. ޤުނޫތުކިޔުމަކީ ސުންނަތެކެވެ. އެއްބައިވަންތަކަމަކީ ވާޖިބެކެވެ. މިދެކަމުންކުރެ އިސްކުރާނެކަމެއް އެއްވެސް ބަޔަކަށް އޮޅިފައެއް ނުއޮންނާނެއެވެ. އަޅުގަނޑަށް ފޯކައިދޫގެ ރައްޔިތުންގެ ސްޓޭންޑްވެސް ރަގަޅެއް ނޫނެވެ. އަދި މުދިންމީހާގެ ސްޓޭންޑް އެއަށްވުރެ ގޯހެވެ. އޭނާގެ ފަހަތުގައި ނަމާދުކޮށް ޤުނޫތުކިޔުމަށް އެދެމުންދަނީ ޢާންމުންނެވެ. ނަމަވެސް އިމާމަކަށް ހުރީ ރާއްޖެއިންބޭރުންވެސް ކޮންމެވެސް ވަރަކަށް ތަޢުލީމު އުނގެނިގެން ރޯފިލާފައި ހުރި މީހެއްކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެއެވެ. ވީމާ މިފަދަ ބޮޑު ފިތުނައަކުން ސަލާމަތްވުމަށް އަޅުގަނޑު ދެކޭގޮތުގައި އޭނަގެ ސްޓޭންޑް ހިތާދެކޮޅަށްނަމަވެސް ބަދަލުކުރުމަކީ ނެތްކަމެއްނޫންކަމުގައި އަޅުގަނޑު ދެކެމެވެ.
-
އާދިތްތަ، މާޗް 8 2009، 20:42
މިރަށުގަ އެބަހުރި ގުނޫތުކިޔާ މިސްކިތެއް ގުނޫތުކިޔަން ބޭނުންމީހުން ގުނޫތުކިޔާ މިސްކިތައްދާނީ.ކިޔަންބޭނުން ނުވާމީހުން ނުކިޔާ މިސްކިތައް ދާނީ.މިކަމުގާ ޒުވާބުކުރުމެއްނެއް.އަދި ބުނަން އޮތީ މަތްކާގެ ހަރަމްފުޅުގައި ގުނޫތު ނުކިޔާކަން ދިވެހިންގެތެރެއިން ހައްޖައްގޮސްފައިވާ ކޮންމެމީހަކަށްވެސް އެނގޭނެކަން.މިތަނަކީ ދުނިޔޭގަ ތިބި އެންމެ ފުންނާބު އުސް ދީނީ އިލުމުވެރިން ތިބިތަން.އަދި ގިނަ އިލުމުވެރިން އިއްތިފާގު ވަނީ ދާއިމީކޮށް ފަތިސްނަމާދުގައި ގުނޫތު ކިޔުމަކީ ސުންނަތުންސާބިތުކަމެއްނޫނެވެ.ވީމާ ބަލިވީމަ އަމިއްލައަށް ބޭސްކުރުމުގެ ބަދަލުގައި ޑޮކުޓަރަށް ދައްކާއުސޫލުން ދީނީކަންކަމުގައި އަމިއްލައަށް ގޮތްނިންމުމުގެ ބަދަލުގައި ދީނީއިލުމުވެރިންގެ އިރުޝާދާއެއްގޮތަށް އަމަލުކުރުން މުހިންމެވެ.އެހެނީ ހަދީސްގަ އައިސްފަވަނީ އިލުމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންކަމުގައެވެ.ދެން މިސްކިތް ބަންދުކުރާމީހުންނަށް ބުނަންއޮތީ ބަގަރާސޫރަތުގެ މާނަބެލިނަމަ މިސްކިތްބަންދެއް ނުކުރާނެއެވެ.
-
އާދިތްތަ، މާޗް 8 2009، 22:54
ފަރުލާސުންނަތްވަކިކުރަންނޭގޭބަޔަކަށް ކިތަންމެދަލީލެއްދެއްކިޔަސް ޤަބޫލެއްނުކުރާނެ! ސިޔާސީކަމަކަށްހަދައިގެން އެއްބަޔަކުފިތުނައިގެ އަލިފާންގަނޑަށްތެޔޮއަޅަނީ ނޭގިތިބެގެނެއްނޫން! މާތްކުރެއްވިދެހަރަމުގަ ފަތިސްނަމާދުގަޤުނޫތުނުކިޔާކަންސާބިތުވާއިރު ދިވެހިރާއްޖެއެދެހަރަމަށްވުރެ މޮޅުއިތުރުވާނެތޯ؟
-
އާދިތްތަ، މާޗް 8 2009، 22:54
މިތަނުގައި ފުރަތަމަ ކޮމެންޓުކޮށްފައިވާ ބޭފުޅާ ދައްކަވާފައި އެވަނީ އުއްމަތުގެ ބޮޑެތި ދަންނަބޭކަލުން ވެސް ދައްކަވާފައިހުރި ވާހަކަތަކެވެ. ބަލިވީމާ ޑޮކްޓަރަށްދާ ވާހަކައިން މިސާލުތައް ދައްކާ ކިތައްމެ ވަރަކަށް ވެސް ޢިލްމީ ދަލީލުދެއްކިދާނެއެވެ. އެކަމަކު ދީނުގައި ވަރަށް ބޮޑަށް މަޞްލަޙަތަށް ބަލަން އޮވެއެވެ. މިތަނުގައި މި މުޢާމަލާތުކުރެވެނީ ޖާހިލު ޢާއްމުރައްޔިތުންގެ ބަޔަކާއެވެ. މިކަހަލަ މައްސަލައެއްގައި ރަސޫލާ ޢަމަލުކުރައްވާފައިވާ ގޮތަކުން ދަލީލު ނަންގަވައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވެސް ފަތުވާދެއްވަނީ އެގޮތަށެވެ. އިމާމު މީހާ މި ހަދާހެން، ގޮތްދޫނުކޮށް މިގޮތަށް ޢަމަލުކޮށްގެން ޢާއްމުންގެ މީހުންނަށް ޙައްޤު ގޮތް ބުނެއެއް ނުދެވޭނެއެވެ. އޭގެ ބަދަލުގައި މި ހިނގަނީ ކިހާ ބޮޑު ފިތުނައެއްތޯއެވެ؟ ޙިކްމަތް ބޭނުންކުރަން ޖެހެނީ އެހެންވެގެންނެވެ.
-
ހޯމަ، މާޗް 9 2009، 03:00
އަޖައިބުވެ އަންތަރީސްވޭ. މީހުން މިސްކިތަށް އެރުން މަނާކޮށް، މިސްކިތް ބަންދުކޮށް ހަދާ މީހުން ބިރެއްވެސް ފަހެ ނުގަނޭތަ؟ { ومن أظلم ممن منع مساجد الله أن يذكر فيها اسمه وسعى في خرابها أولئك ما كان لهم أن يدخلوها إلا خائفين لهم في الدنيا خزيٌ ولهم في الآخرة عذاب عظيم } (البقرة:114) މާނައީ: الله ގެ މިސްކިތްތަކާއި އެތަންތަނުގައި އެކަލާނގެ ޒިކުރު ކުރެވުން މަނާކޮށް އެތަންތަން ޚަރާބު ކުރުމާއިގެން ހިގާ މީހަކަށްވުރެ އަނިޔާވެރި މީހަކީ ފަހެ ކާކު ހެއްޔެވެ؟ އެފަދަ މީހުން ބިރުވެތިވާ ޙާލު މެނުވީ އެތަންތަނަށް ނުވަންނަހުށިކަމެވެ. އެމީހުންނަށް ދުނިޔޭގައި ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެމީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ. -ދީން އުނގެނޭ ކުއްޖެއް-
-
ހޯމަ، މާޗް 9 2009، 09:07
މިއީ ދިވެހިންގެ އަގީދާ ވޭތުވެދިޔަ 30 އަހަރު ވަރުގަދަ ވެފަވާ މިންވަރު. މިގޮތަށް ވަރުގަދަ ނުވިއްޔާ ރަނގަޅީ. ތައުލީމުއްދިޔާނާގަ އޮތް އެއްޗެއް އެއީ ސައްހަ އެއްޗެއްކަން ނޫނީ ނޫންކަންވެސް ނޭނގޭ ޖާހިލުންތަކެއް މިކަމުގެތެރޭ މިއުޅެނީ. ނަމާދުގަ ގުރުއާނުގެ ތަރުޖަމާ ނުކިޔައިގެން މައްސަލަ ނުޖައްސައިފިނަމަ ދެންރަނގަޅު. މުސްކުޅިފުރައިގެ މިހުންނަށް ހީވަނީ އެމީހުން އުމުރު ދުވަހު ތިބިގޮތީ އެންމެ ރަނގަޅު ގޮތްހެން. ކިތަންމެ ރަނގަޅު ވާހަކައެއް މީހަކު ބުންޏަސް ގަބޫލުކުރުމެއްނޯވޭ މިމީހުން.