17 އަހަރުގެ އަންހެން ކުއްޖަކު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި

މިއުސަމް އައްބާސް މާޗް 7 2009، 18:03 5 ޚިޔާލު

17 އަހަރުގެ އަންހެން ކުއްޖަކު ގއ.ގެމަނަފުށީ ވަލުތެރެއަށް ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބެލެވޭ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެމަނަފުށިން ގެނެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ ނަންތަކެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނެފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖާއަކީ އާންމުކޮށް ގެއްލޭ ކުއްޖެއް ކަމަށާއި, އޭނައާ އެކު ބަދަލުއަހުލާގީ އަމަލު ހިންގައިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އޭނާގެ ދޮންބައްޕަވެސް ހިމެނޭ ކަމަށެވެ.

” މީގެ އެއްމަސް ކުރިންވެސް އެއަންހެން ކުއްޖާ ގެއްލިގެން ހޯދަމުންދިޔަ އިރު ފެނިފައި ވަނީ ފަޅު ގެއެއްގެ ތެރެއިން ކަމަށް ބުނޭ. އޭރުވެސް އޭނައާ އެކު އެކި މީސްމީހުން ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ކިޔާ އުޅޭ. އެދުވަހު ފެނުނީވެސް އެގޭގައި ނިދާފައި އޮއްވާ“ އެރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ. ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތަރު މީހުންނަކީ މުހައްމަދު ނިޔާމް, ނިޝާމް އިބުރާހިމް, ޝިނާޒު މޫސާގެ އިތުރަށް އެ އަންހެން ކުއްޖާގެ ދޮންބައްޕަ ކަމަށްވާ ކާސިމް މަނިކު އެވެ.

އެރަށުން ވާހަކަދެއްކި މީހަކު ނަންހާމަ ނުކުރުމަށް އެދެމުން ބުނެފައި ވަނީ މީގެ ދެރޭ ކުރިން އެ އަންހެން ކުއްޖާ ގެއްލިގެން ރަށު އޮފީހުން ރައްޔިތު އެއްކޮށް ހޯދަން ފެށިތާ މާގިނަ އިރުތަކެއް ނުވެ ފެނުނު ކަމަށެވެ.

” އެކުއްޖާ ފުލުހުންނަށް ކިޔައިދިން ކަމަށް ބުނެ ރަށު ތެރޭގައި މައުލޫމާތު ފެތުރިފައިވާ ގޮތުގައި އޭނާ ނިދާފައި ވަނިކޮށް މިހަތަރު މީހުން އޭނާ ގެންގޮސް ފުއްޓަރުފަރާތު ވަލުތެރޭގައި ބަރަހަނާކޮށް ބަނދެ, އޭނާއާ އެކު ބަދުއަހުލާގީ އަމަލުތައް ވަނީ ހިންގާފައި“ އޭނާ ކިޔައިދިނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މި ޤައުމުން މިކަހަލަ ކަންކަން ހުއްޓުވަން ދީނީ ޢިލްމުވެރީންގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ވެއްޖެ. " ބަންޑާރަ ޑޮޓް ކޮމް " ކިޔާ ދިވެހި ވެބްސައިޓަކުން އަހަރެން މިއަދު ކީ އާޓިކަލެއްގައި ރާއްޖޭގެ އިސްލާމިކްމިނިސްޓްރީގެ ޙާލަތު ވަރަށް ރަނގަޅަށް ބުނެދީފައި އެބައޮތް. ދީނުގެ ކަންކަމަށް ދެވޭ ސަމާލުކަން މިހާރަށް ވުރެ ބޮޑުކޮށް، އިސްލާމިކް މިނިސްޓްރީވެސް މިހާރަށް ވުރެ ޒިންމާދާރުވެގެން މިކަހަލަ އަޚްލާޤީ ބަލިތަކަށް އެދެވޭ ހައްލެއް ހޯދޭނީ. މިރާއްޖެއަށް މާތްﷲ ހެޔޮގޮތް މިންވަރުކުރައްވާށި. އާމީން

    ހޮނިހިރު، މާޗް 7 2009، 20:46
  2. އަސްލު ހީވާގޮތުން ވިއްޔާ މިތަނުގަ މައްސަލަޔަކީ އަންހެން ކުއްޖާ.ލިޔުމުން އެނގުނު ގޮތުގައި އެކުއްޖަކީ ކުރިންވެސް އެކަހަލަ ގޮތަކަށް އުޅެމުން އައި ކުއްޖެއް.އޭނަގެ އަމަލުތަށް ހުންނަގޮތުން ފިރެހެނުން ލެނބުމަކީ ވަރަށް ގާތް ކަމެއް.އެހެންވީމަ އަންހެން ކުއްޖާ ދޫކޮށްލުމުގެ ބަދަލުގައި އޭނަ އާވެސް ސުވާލުކުރެވެން ޖެހޭނެ.ކުރިން އޭނަ ކޮއްފަހުރި އެޒާތުގެ ކަންތައް ބަލައި އޭނައަށްވެސް އަދަބު ދެވެން ޖެހޭނެ.އެހެން ނޫނީ އަނެއްކާވެސް ގެއްލިގެން ހޯދަނިކޮށް އަނެއްކާވެސް ފިރެހެނަކާ އެއްކޮން ފެނުމަކީ ގާތްކަމެއް.އަދި މިއީ އޭނައަށް ލިބޭ އިތުރު ހިތްވަރަކަށްވެސް ވެދާނެ.

    ހޮނިހިރު، މާޗް 7 2009، 23:25
  3. މިކަމާއި ދީނީ އިލްމުވެރިންނާއި ގުޅުމެއްނެތް. ކުރީން ބައެއްފަހަރު‮ ދީނީ‮ ބޭކަލުން‮ (ހާއްސަކޮށް‮ މުދިމުންނާއި‮ އިސްލާމު‮ އަދި‮ ގުރުއާން‮ ‬މުދައްރިސުން)‮ ބައިވެރިވިނަމަވެސް‮ މިފަހަރު‮ އެމީހުންގެ‮ ރޯލެއްނެތް‮.‮ އަދި‮ މިކަމުގެ‮ ހައްލަކީ ކުދިންނާއި‮ ބޮޑަތިމީހުން‮ ނަށް‮ ސެކްސް‮ އެޑިއުކޭޝަން‮ ދިނުން‮ ކަމަށްފެނޭ‮.‮ އަދި‮ ޖިންސީ‮ ވާހަކަތައް‮ ތަންކޮޅެއް‮ ލަދުނުގަނެ‮ ދެއްކުން‮ ކަމަށް‮ ފެނޭ‮.‮ ގައުމުކުރިއަރާނީ އޭރުން‮‮.‮ 0041‮ އަހަރު‮ ފަހައްގޮސްގެނ‮ް‮ ނުވާނެ‮.‮ އެއީ‮ ޖާހިލިއްޔާ‮ ޒަމާން‮.‮ ‬

    ހޮނިހިރު، މާޗް 7 2009، 23:31
  4. ދިވެހި ރާއްޖޭގައި ތިބީ ހުސް މުސްލިމުން. މިބުނީ ދިވެހި ކޮންމެ ރައްޔިތަކީ މުސްލިމެއް. ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް މަނާކުރުމަކީ ހަމައެކަނި އިސްލާމިކް އެފެއާޒްގެ ވާޖިބެއް ނޫން. ދިވެހި ދައުލަތުގެ ކޮންމެ މުއައްސަސާއަކީ މުސްލިމުންގެ ތަންތަން، ދިވެހި ޤައުމުގެ އިސްލާމީ ވަންތަކަމާއި އަޚްލާޤިއްޔާތު ހިފެހެއްޓުމަށް އިސްލާމިކް އެފެއާޒްއިން ކުރައްވާ ކަންތައް ނުފެންނަ ކަމަށް ބުނާ މީހަކީ ޙަޤީޤަތުގައިވެސް ލޯފަން މީހެއް. އިސްލާމިކް އެފެއާޒް އައިފަހުން ދީނީ ހޭލުންތެރިކަން އިތުރުވެފައިވާކަން ބަޔަކު ޤަބޫލުނުކުރިއަސް ދިވެހިންގެ ތެރެއިން ގިނަބަޔަކު ޤަބޫލު ކުރޭ. ދަރިން އެކަނިމާއެކަނި އުޅުމަށް ބެލުމެއް ނެތި ދޫކޮށްލުމަކީ މިނިސްޓަރީގެ ޒިންމާއެއްތޯ؟ ތިޔަ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ޤާނޫނުއަސާސީ ހަދަން ތިބި މީހުން އެ ޤާނޫނުގައި އިސްލާމީ ކަންތަކާ ބެހޭ ގޮތުން ޤާނޫނު ޢުޤޫބާތުގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމާ ދެކޮޅު ހެދީވެސް އަހަރެމެން މިހެން ބަލަން ތިއްބައެވެ. އެކަން ވެސް އެޅޭނީ އިސްލާމިކް އެފެއާޒްގެ ބޮލުގައެވެ. 10950 ދުވަހުން ބަޔަކު އުފައްދައި މި ދިވެހި ބިމުގައި އަށަގެންނުވި ފަސާދަ 100 ދުވަހުގެ ތެރޭގައި ނައްތާލެވޭނެ ކަމަށް ޤަބޫލު ކުރުމަކީ ބުއްދި ޤަބޫލު ނުކުރާ ކަމެކެވެ. ބައެއްގެ ބޮލުގައި ތުހުމަތު އަޅުވައި، ތިމާގެ ޒިންމާއިން ރެކިގަންނަ ބަޔަކަށް ނުވާށެވެ! ކެރިގެން ތިމާގެ ޒިންމާ އުފުލާށެވެ! ނަތީޖާ އިސާހިތަކު ފެނިގެންދާނެއެވެ. = މުޙައްމަދު އަނީލް =

    އާދިތްތަ، މާޗް 8 2009، 00:23
  5. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަކި އެ ޖަމާޢަތެއްގެ ތެރޭގައި އުޅޭ އެންމެންގެ ވާޖިބެކެވެ. މި ލިޔުމުން ދޭހަވާ ގޮތުގައި ރަށުގެ ގިން ބަޔަކަށް މިކަން އެބަ އެނގެއެވެ. އެ މީހުން ރިޕޯޓް ކުރީ ކޮންފަރާތަކަށް ބާވައެވެ، ކަމާ ބެހޭފަރާތުން އެކަން ބަލާ ތަޙުގީގު ކުރިބާވައެވެ، ސޮސައެޓީގައި ވިޔާނުދާ ނުބައި ކަމެއް ހިންގާނަމަ އެންމެފުރަތަމަވެސް މީހުންނަށް އެކަމާ ކުރެވޭނީ ޝައްކެކެވެ، އެޝައްކުގެ ވާހަކަ ކަމާ ބެހޭ ފަރާތައް ހުށަހެޅުމުން އެކަމެއް ހިނގާތޯ ބަލާ ކަމުގެ ޙަގީގަތް ދެނެގަތުމަކީ ކަމާ ބެހޭ ފަރާތުގެ ޒިންމާ އެކެވެ. ޙަގީގަތެއް ނެތް ކަމެއް ނަމަ އެބަޔަކު ދޫކޮށް ލާނީއެވެ. މިހާރު މިވާގޮތަކީ ވާނެއެއްޗެއް ވީމާ ކުއްވެރިވި ބަޔަކަށް އަދަބު ދެނީއެވެ. މީ ޒިންމާ ނެގުން ކަމަކަށް ނުބެލެވެއެވެ. ތިޔަރަށުގެ ރަށުއޮފީހާ ،ކޯޓާ އަދި ޕޮލިސް ޑިޕާޓްމެންޓްވެސް މިކަމުގައި ޒިންމާ ނަގާފައި ނުވާކަން އެނގެއެވެ. ޒިންމާ ނުނަގާ ބަޔަކު ބޭތިއްބުމުގެ ބޭނުމެއް ނެތެވެ.

    އާދިތްތަ، މާޗް 8 2009، 08:08
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv