
ރައީސް ނަޝީދު ތީމުގޭގައި އުޅުއްވުން
އެންމެ ވަރުގަދަ ޑިމޮކްރަސީކަމަށް ބައެއް މީހުން ބުނާ އެމެރިކާގެ ރައީސްކަމުގެ ހުވާ މިއަދު އެވަނީ އާ ރައީސަކު ކުރައްވާފަ އެވެ. ކަޅުނަސްލުގެ ރައީސް, އޮބާމާ ރައީސްކަމަށް ކެމްޕޭނު ކުރެއްވި އިރު އެންމެ ގަދައަށް ދެއްކެވި އެއް ވާހަކަފުޅަކީ ގުއަންޓަނާމޯބޭ ޖަލު ބަންދުކުރުމުގެ ވާހަކައެވެ. ނަމަވެސް މީގެ 5 ދުވަސްކުރިން އޮބާމާ ވިދާޅުވީ ”އެއީ ހީކުރިވަރަށް ވުރެ މާ އުނދަގޫ ކަމެއް“ ކަމަށެވެ. އަދި ފަސޭހަކަމާއެކު އެކަން ވާން ނެތްކަމަށެވެ. ވެރިކަމަށް ވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި އެޖަލު ބަންދުކުރައްވާނެ ކަމަށް އޮބާމާ ވިދާޅުވިނަމަވެސް އެއީ ވާނެކަމެއް ނޫނެވެ. އެކަން އޮބާމާގެ ދުލުން މިހާރު މިވަނީ ވިދާޅުވެސް ވެފައެވެ. އަލަށް ވަޑައިގަންނަވާއިރު މިކަހަލަ ކަންތައްތައް ދިމާވާނެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ކަންތައް އޮތީ މިގޮތަށެވެ.
މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މުހަންމަދު ނަޝީދު ވަނީ ތީމުގޭގައި ދިރި ނޫޅުއްވާނެ ކަމަށް, ކެމްޕޭނު ތެރޭގައި ވިދާޅުވެފައެވެ. ނަޝީދު އެ މޭރުމުން އެތައް ފަހަރަކު ވާހަކަ ދެއްކެވިއެވެ. އެގޮތަށް ވާހަކަ ދައްކަވަން ޖެހިވަޑައިގެންނެވި ސަބަބުތައްވެސް އެބަހުއްޓެވެ. އެކަން ދިރާސާ ކުރެއްވުމުން ސިޔާސީ މަސްލަހަތު އެކަމުގައި އޮތް މިންވަރާއި, ސިޔާސީކުލަ ޖެހިފައިވާ މިންވަރު އެނގިގެން ދެއެވެ. އޮބާމާވެސް އެފަދައެވެ. ޖަލުގެ ވާހަކަ އެތައް ފަހަރަކު ދެއްކެވީ ކީއްވެކަމާއި, އެގޮތަށް ވިދާޅުވީ ކޮންވިސްނުން ފުޅެއްގައި ކަމާއި, އެކަމުގައި ސިޔާސީ ކުލަ ޖެހިފައިވާ މިންވަރު, ދައްކަވާފައިވާ ވާހަކަތައް ދިރާސާ ކުރުމުން ހާމަވެއެވެ.
ދަންނަވަން މިއުޅެނީ ކެމްޕޭނު ތެރޭ ވިދާޅުވެފައިވާ ބަހަކުން ނުވަތަ ވާހަކައަކުން ތިމާއަށް ނުވަތަ އަނެކާއަށް ލިބޭ ގެއްލުން ބޮޑުނަމަ, އެނޫން ގޮތަކަށް އެކަން ބަދަލު ނުކުރާންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ތީމުގޭގައި ނަޝީދު ނޫޅުއްވާނެކަމަށް ވިދާޅުވިނަމަވެސް ތީމުގޭގައި އުޅުއްވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށް ނުވަނީ އެގެކޮޅުގައި ނަޝީދު އުޅުއްވުމުން ލިބޭ ފައިދާއަށްވުރެ, އެނޫން ތަނެއްގައި ނަޝީދު އުޅުއްވުމުން ލިބޭ ގެއްލުން (އަހަރެންގެ ނަޒަރުގައި) ބޮޑުކަމުން ނެވެ.
ތީމުގެ އިމާރާތް ކުރެވިފައިވާ ގޮތާއި, ފަރުމާކުރުންތަކުން އޮފީސް އިމާރާތަކަށްވުރެ ބޮޑަށް އެތަން ވައްތަރީ އަދި ބޭނުން ހިފޭނީވެސް ބަޔަކު ދިރިއުޅުމަށްކަމަށް ގަބޫލު ކުރެވެއެވެ. ތަން އިމާރާތް ކުރި މަގުސަދަކީ ބަޔަކު ނުވަތަ ރައީސް ދިރިއުޅުއްވުމެވެ. އެހެންވެ, ވަކި މަގުސަދެއްގައި އިމާރާތްކުރެވިފައިވާ ތަނެއްގެ ބޭނުން އެހެންގޮތަކަށް ބަދަލުކޮށްލާއިރު އެކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ.
އިހުގައި ތީމުގެއަށް ހިނގި ޚަރަދު ބޮޑެވެ. ކުރެވެމުންދިޔަ ހޭދަތައް ގިނައެވެ. މިއަދު އެޚަރަދުތަކާއި, ހޭދަތަކާއި, ‘އިއްޒަތް’ ނަޝީދު ބޭނުންފުޅުވެ ވަޑައިނުގެން ނަމަވެސް އެފަދަ އިމާރާތެއް ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޭނުންވެއެވެ. އެހެން ނޫންނަމަ މުލީއާގެއަކަށްވެސް އިތުރު މަރާމާތެއް ބޭނުމެއް ނުވާނެއެވެ.
ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މާލޭގައި މިހާރު ބޭނުންކުރަމުންދާ ސަރުކާރުގެ ހުރިހާ އިމާރާތްތަކަށްވުރެ ތީމުގެ ހުރިހާ ގޮތަކުންވެސް ރަނގަޅުކަމެވެ. އެތަނަކީ ދުވަސްވެ ވީރާނާވެފައިވާ ތަނެއް ނޫނެވެ. މީގެ 5 އަހަރު ނުވަތަ 10 އަހަރު ފަހުންވިޔަސް އެތަނުގެ ބޭނުން ކުރެވިދާނެ ތަނެކެވެ. މިއަދު އެތަން އޮފީސް އިމާރާތަކަށް ހެއްދެވުމަށްފަހު, އެހެން ތަނެއްގައި ރައީސުލްޖުމްހޫރިއްޔާ އުޅުއްވާނަމަ މާގިނަ އަހަރުތަކެއް ނުވަނީސް ރައީސުލްޖުމްހޫރިއްޔާއަށް އާ ‘ގަނޑުވަރެއް’ ބޭނުންފުޅު ވާނެއެވެ. މިހާރު ހުރި ހިލާލީގެއާއި, މުލީއާގެއަކީ ޒަމާނަށް ބަލާއިރު ދުވަސްވީ ތަންތަނެވެ.
ތީމުގެ އޮފީސް އިމާރާތަކަށް ބަދަލުކުރެއްވުމުގެ ބަދަލުގައި ތީމުގޭގައި ހުރި ތިން އިމާރާތް ބައިކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ. ނައިބު ރައީސަށާއި, ރައްޔިތުން މަޖިލީހުގެ ރައީސަށާއި, މިހެންގޮސް އުޅުއްވާނެ ގެކޮޅެއް ދައްކަވަން ޖެހޭ އެތައް ވެރިންނެއް ގައުމުގައި ތިއްބެވިއިރު ތީމުގޭގެ ބޭނުން ހިފިދާނެ އެވެ. ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފަސޭހަވާނެ އުސޫލަކުން ތަން ރޭވިފައިވުމާއި, ޒަމާނީ ސާމާނު ހުރުމާއި, ކުޑަ ޚަރަދަކުން ސެކިއުރިޓީ ބެލެހެއްޓެން އޮތުމުން ތީމުގޭގައި ރައީސް ނަމަވެސް ނައިބު ރައީސް ނަމަވެސް ނުވަތަ އެހެން ރައީސެއް ނަމަވެސް ދިރިއުޅުއްވުމަކީ މުހިންމު ކަމެކެވެ.
ތީމުގެވެސް މާދަމާ ވާނީ ތާރީޚަކަށެވެ. 30 އަހަރު ވެރިކަން ކުރެއްވި ވެރިޔާ އެންމެ ފަހުން އުޅުއްވީ އެގެކޮޅުގައެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސްވެސް އެގެކޮޅުގައި އުޅުއްވުމަކީ ތާރީޚަށް ދުކޮށްލެވޭ މެސެކެޖެވެ. ގައުމުގެ ރައީސުން ދުވާލަކު ގެކޮޅެއް ބޭނުން ކުރެއްވުމުގެ ބަދަލުގައި އެއް އިމާރާތަކަށް އެޝަރަފް ދިނުން މުހިންމެވެ. އެކަން ކުރެއްވޭނީ މިހާރުގެ ރައީސް ނިންމަވާ ނިންމެވުމަކުން ނެވެ.
-
ހޯމަ، ޖެނުއަރީ 19 2009، 18:41
އަވަހަށް ރައިސް ނަސީދު ގޮތްދޫކުރައްވާ ތީމުގެއަށް ބަދަލުވެވަޑައިގަތުމަށް ފެނޭ ތިވިދާޅުވާގޮތަށް ތާހިރުދިރިއުޅުމެއްއުޅެވޭނީ އޭރުން މުލިއާގެމަރާމާތަށްތިކުރާ ހަރަދަކީ ބޭކާރުހަރަދެއް ތިކަންވަގުތުންހުއްޓާލާ ބައެއްވައުދަކީ ފުއްދޭނެވައުދެއްނޫން ތަކމުގައި މާވަރުގަދައަށްތިހިފާއްޓަނީ ގައިމުވެސް ކޮންމެވެސް ސިއްރެއްއޮންނާނެތާ؟ ސުޖާ
-
އަންގާރަ، ޖެނުއަރީ 20 2009، 10:49
ރައްޔިތުން ބޭނުންވާގޮތްބަލަން ޖެހެނީ ވަކިކަހަލަ ކަންތައް ތަކެއްގައިތަ؟ދިވެހި ހުރިހާދަރިންވެސް ބޭނުން ވާނީ ރައީސް ތީމުގެ ކަހަލަ ރައީސްއަށް ހާއްސަ ކުރެވިފަވާ ތަނެއްގަ ހުންނެވުމަށް. އެއީމައުމޫނަށް ހާއްސަ ތަނެއް ނޫން.
-
އަންގާރަ، ޖެނުއަރީ 20 2009، 11:15
އަޅުގަނޑަށް ހަމައެއްގޮތަކަށްވެސް ނުފެނޭ ރައީސް އެގޭގައި ދިރިނުއުޅުއްވާނެކަމަށް ވިދާލުވެފަ އޮވެފާ ގަނޑުވަރުގައި ދިރިއުޅުއްވަން ނިންމެވުމަކީ! އޭރުން މީހުން ވަރަށް ފާޑުކިޔާނެ. އަނެއްކާ ވަޢުދަކާވެސް ޚިލާފުވާނެ. ވަޢުދު ޚިލާފުކުރުމަކީ މާތްކަލަނގެ ނަހީކުރެއްވިކަންތަކުގެ ތެރެއިން ބޮޑު ފާފައެއް. ވީމާ، ރައީސް ނަޝީދު އެފަދަކަމެއް ނުކުރައްވާނެކަމަށް އަޅުގަނޑު އުމްމީދުކުރަން. "މުފައްކިރު"
-
އަންގާރަ، ޖެނުއަރީ 20 2009، 18:31
ނަޝީދު ތީމުގެ އަށް ހަމަ ބަދަލުވާއިރަށް ނޫސް ތަކުގައި ޖައްސަވާނެ ނަޝީދު އަމަލަކާ ބަހަކާ ދިމަލެއް ނުވެއޭ... އެދުވަހަކުން އެލިޔުން ތަކުގައި ނުހުންނާނެ ޙަރަދުތަކާ އެހެން އެއްޗެހީގެ ވާހަކައެއް...
-
އަންގާރަ، ޖެނުއަރީ 20 2009، 23:31
mއަޅުގަޑު ދަންނަވާނީ އެމްޑީޕީ ވެރިކަމަށް އައީ ބޮޑުގަޑުވަރަކާ އަތްނުފޯރާވަރުގެ އަގުބޮޑު ލޯންޗްތަށް ހޯދައިގެން، މިސުރުގެ ރަސްރަސްކަލުން އުޅޭގޮތްބަލާފަ އެގޮތަށް ރަސްކަންކުރާކަށްނޫނެވެ.@
-
އަންގާރަ، ޖެނުއަރީ 20 2009، 23:47
މަށަށް ފެންނަގޮތުގައި ރަޢީސް ތީމުގޭގައި އުޅެންވީ އަދި އެއައްވުރެ ފުރިހަމަ ގަނޑުވަރެއް އަޅުންވައިގެންވެސް އުޅެންވީ.... އެހެންނަމަވެސް އަހަރެމެންނަށްވެސް ބޯހިޔާވަހިކަން ހޯދައިދީފައި އެއީ ހަމައަހރެމެންވެސް ބޭނުން ރައީސަށް އިހުތިރާމްކުރަން ޣަދަރުކުރަން ..އެހެނަސް ކުރީގެ ރަޢިސް މަޢުމޫނުވެސް ހަނދާން ނައްޓާލީ މިބުނެވުނުކަހލަ އެތައްކަމެއް.