ކުރިއަށްއޮތް ފަސް މަހެއްހާ ދުވަހުގެތެރޭ ގާނޫނު އަސާސީ ނިންމަން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި

އަހުމަދު މުހުސިން ޖޫން 14 2007، 16:59 0 ޚިޔާލު

މިއަހަރުގެ ނޮވެމްބަރ މަހުގެ 30 ގެ ނިޔަލަށް (5 މަސްދުވަހުގެ ތެރޭ) ޤާނޫން އަސާސީ އިސްލާހުކޮށް ނިންމުމަށްޓަކައި ކުރިމަތިވާ ހުރަސްތަކަކީ ކޮބައިތޯއައި އެތާރީޚަށް

ގާނޫނު އަސާސީ އިސްލާހުކޮށް ނިންމަން ތާވަލެއް ރޭވުމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރީ ކޮމެޓީގެ ތެރެއިން 5 މެންބަރުންގެ ކުޑަ ކޮމިޓީއެއް އުފައްދައިފި އެވެ.

ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރީ ކޮމެޓީގެ މުޤައްރިރު ލ އަތޮޅު މެންބަރ މުހައްމަދު ނައީމް)މޮނާޒާ ނައީމް( ވިދާޅުވީ އެކޮމެޓީއަކީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރ ފާތިމަތު ދިޔާނާ ސައީދު ހުށަހެޅުއްވި ހުށަހެޅުން ފާސްވުމާ ގުޅިގެން މަޖިލީހުގެ ރައީސް އިދާރީ ކޮމެޓީގެ ލަފަޔަކަށް އެދިވަޑައިގަތުމުން އެމުއްދަތުގައި އެކަން ކުރެވޭނެގޮތްތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެކުލަވާލި 5 މެންބަރުންގެ ކޮމެޓީ އެކެވެ.

ނައީމް ވިދާޅުވީ އަންގާރަ ދުވަހުގެރޭ ބޭއްވި އެކޮމިޓީގެ ވަރަށްދިގު މަޝްވަރާތަކަކަށްފަހު ނެގި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ނ އަތޮޅު މެންބަރ ޢަބްދުﷲ ޔާމީން, މާލޭ މެންބަރ މުހައްމަދު ޝިހާބު, މ އަތޮޅު މެންބަރ އަނީސާ އަހުމަދު, ހއ އަތޮޅު މެންބަރ އަހުމަދު ސަމީރު އަދި ތ އަތޮޅު މެންބަރ ޑރ ހުސައިން ރަޝީދު ހަސަނެވެ.

ނައީމް ވިދާޅުވީ ދިޔާނާގެ ހުށަހެޅުމުގައި ވަނީ މައިގަނޑު ތިންކަމެއް ކަމަށާއި އެއީ ޑެޑްލައިނަކާއި ފާސްކުރުމުގެ ހުރަސްތައް އަދި ޓައިމްލައިނެއް ކަމަށެވެ.

” އެކަންތައްތަކަށް އެކޮމެޓީން ބައްލަވާނީ. މިކަން ކުރެވޭނީ ކިހިނެތްތޯއާއި އެކަމަށްޓަކައި ކުރަން ޖެހެނީ ކޮންކަމެއްތޯ ބަލާނެ. އަދި ޑްރާފްޓިންގ ކޮމެޓީއާއި އެނޫން ކޮމެޓީތަކާވެސް ވާހަކަދައްކާ ހަދައިގެން އިދާރީ ކޮމެޓީއަށް ގޮތްތަކެއް ހުށަހަޅާނީ. ދެން އިދާރީކޮމެޓީން މަޖިލީހުގެ ރައީސަށް އެގޮތްތައް ހުށަހަޅާނީ“ ނައީމް ވިދާޅުވިއެވެ.

ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އެކޮމެޓީގައި ހިމެނޭ ތ އަތޮޅު މެންބަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ދެން އޮތީ 24 ހަފުތާ ކަމަށާއި އެދުވަސްތަކުގައި އެކަން ކުރުމަށްޓަކައި މަޖިލީހުގެ ޤަވާއިދަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ޝެޑިއުލް ރޭވުމާއި ޤާނޫން އަސާސީ ހެދުމަށް ހުރި ހުރަސްތައްވެސް ނައްތާލަން ޖެހޭނެ ކަމަށެވެ.

މާލޭ މެންބަރ މުހައްމަދު ޝިހާބު ވިދާޅުވީ އިދާރީކޮމެތީގެ ރިޕޯޓަށް ބަލައި އަންނަ އާދީއްތަ ދުވަހުގެ ޖަލްސާއަށް އެކަންކަން އެޖެންޑާ ކުރެވޭވަރުވާނެ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv