ކުއްލި ޚަބަރު: ރީތިރަށުގައި ހަޅުތާލުކުރަމުން ދަނިކޮށް ފުލުހުން އަރާ 12މީހުން ހައްޔަރުކޮށްފި

މުހައްމަދު އަފްރާޙް ނޮވެންބަރު 29 2008، 09:14 9 ޚިޔާލު

އަފްރާހް ވަޒީފާއާއި ބެހޭގާނޫނުން ލިބެންޖެހޭ ހައްގުތަކެއް ހޯދުމަށް ރިތީރަށް ރިސޯޓްގައި 200ށްވުރެ ގިނަ މުވައްޒަފުން ހަޅުތާލު ކުރަމުން ދަނިކޮށް ފުލުހުން އަރާ 12 މީހުން ހައްޔަރުކޮށްފި އެވެ.

ޓުއަރިޒަމް އެންޕްލޯއީ އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު މިހާދު ވިދާޅުވީ ރޭ 03:3 ގައި ފުލުހުންގެ 100 އެއްހާ މީހުން ޝީލްޑް, މުގުރު އަދި ޕެޕާ ސްޕްރޭ ހިފައިގެން އަރާ ހަޅުތާލުކުރަމުން ދިޔަ މީހުންގެ ތެރެއިން 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

” އެމީހުން މަސައްކަތް ކުރީ ހަމަނުޖެހުން ހިންގަން. ނަމަވެސް ސްޓާފުން މައިތިރިވެތިބީ. އެކަމަކު އެމީހުން ސްޓާފުންގެ Mޫނަށް ޕެޕާ ސްޕެރޭ ޖަހާ ވަރަށް އަނިޔާކޮށް ކަންތައް ކުރީ. ފުލުހުންނަށް އަދިވެސް ސަރުކާރު ބަދަލު ވެއްޖެ ކަމެއް ނޭގެހެން ހީވަނީ.“ މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ ފުލުހުން އަރާ ހިންގި ހަރަކާތްތަކުގެ ތެރޭގައި އެތަށް މުވައްޒަފުންނަކަށް އަނިޔާ ވެފައިވާ ކަމަށާއި އޭގެ އޭގެ އެމުވައްޒަފުންގެ ތެރޭގައި ޓުއަރިޒަމް އެންޕްލޯއީ އެސޯސިއޭޝަން)ޓީމް(ގެ ރައީސް ވެސް ހިމެނޭ ކަމަށެވެ.

” ޓީމްގެ ރައީސް އަހުމަދު އީސަގެ އަތްވެސް ވަނީ ބިންދައިގެން ގޮސްފައި. އަންހެން ބައެއް ސްޓާފުންނަށް ވެސް ވަނީ އަނިޔާވެފައި. ބައެއް ސްޓާފުން ބިރުން މިހާރު ތިބީ ގެސްޓް އޭރިޔާއަށް ގޮސްފައި.“ މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ ފުލުހުން އަރާ 13 މީހުންގެ ލިސްޓެއް ކިއުމަށްފަހު އެމީހުން ނަކީ ވަޒީފާއިން ވަކިކޮށްފައިވާ ބައެއް ކަމަށާއި އެމީހުން ރަށުން ފޭބުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެމީހުންތިބީ އެރަށުގައެވެ. ފުލުހުންވެސް ތިބީ އެރަށުގައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. nިކުމެދާނެ ނަތީޖާއަކާމެދު ވިސްނުންރަގަޅު ހާދިސާތަކެއް. ވިސްނުމެއްނެތި ކޮސްފިކަމަކުން ދިމާވާ ކަމެއްގެ ނަތީޖާ ވަރަށްގޯސްވެފައިވެސް އެބަހުރި. ހޭލުންތެރިވުން ވަރަށްމުހިންމު. އެކުވެރިކަމާ ކެއްތެރިކަމާ އިޚްލާސްތެރިކަން ކުރިޔަށް ނެރުން ބުއްދިވެރި

    ހޮނިހިރު، ނޮވެންބަރު 29 2008، 09:26
  2. މީ ހާދަ ހެއްވާ ކަމެކޭ ދޯ. ސްޓާފުން އެމީހުންގެ ހައްގު ތައް ނުލިބިގެން އުޅެނިކޮށް ފުލުހުން އެމީހުން ގައިގަ ތަޅާ އަނިޔާ ކޮށް ވަޒީފާ އިން ވަކިކޮށް ހެދުމަކީ ފުލުހުންނަށް ކޮން ބާރެއްގެ ދަށުން ކުރި ކަމެއް ހެއްޔެވެ.؟ މިއީ ކުރީގެ ސަރުކާރުން ރާވައި ގެން ކުރި ކަމެއް ކަން އަޅުގަނޑަ ޔަގީނުން އެނގެއެވެ. އަދި ހޯމް މިނިސްޓަރު ކޮބާ ހެއްޔެވެ؟ ފުލުހުންނާ ދޭ ތެރޭ ފިޔަވަޅު ނާޅަން ހެއް ޔެވެ؟ - ޓުއާ އޮޕަރޭޓަރެއް. ސްލައިސް . ޖަޒީރާ އިންސާފު ވެރިކޮށް ނޫސް ވެރިކަން ކުރާނަމަ މި ކޮމެންޓް އެޕްރޫވް ކުރާނެ އެވެ.

    ހޮނިހިރު، ނޮވެންބަރު 29 2008، 09:39
  3. މިއީވަރައް ހިތާމަ ކުރަންޖެހޭ ކަމެއް! ދިވެހި ރައްޔިތުން އައްނި އަށް ވޯޓް ދިނި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ކަމުގެ އުއްމީދުގައި. މިގޮތަށް ކަންތައްދާނަމަ އައްނިއަށް ވޯޓް ދިންމީހުން އައްނިއާ ދެކޮޅަށް ނިކުންނާނެ.

    ހޮނިހިރު، ނޮވެންބަރު 29 2008، 09:50
  4. ފުލުހުންނަށް ސަރުކާރުބަދަލުވީކަންނޭގެޔޭ ބުނީމަ ހީވަނީ މިއީ ސިޔާސީ މަގްސަދެއްގަ ގަސްދުގަ ކޮށްގެންއުޅޭ ކަމެއްހެން. ނަމަވެސް މިއީ އެފަދަކަމެއްކަމަކަށް ގަބޫލެއްނުކުރެވޭ. އެސޯސިއޭޝަނެއްގެ ނާއިބް ރައީސް ދައްކަން ވަރަށްމޮޅުވާހަކައެއް. ތިއީ ތިތަނުގެ މެނޭޖުމަންން ހަދަންއުޅޭ ގުޖަޑެއް.

    ހޮނިހިރު، ނޮވެންބަރު 29 2008، 09:50
  5. ފުލުހުންނައް އަދިވެސް ހީވަނީކަންނޭގެ ހޯމްމިނިސްޓަރަކީ ތަސްމީނޭ...

    ހޮނިހިރު، ނޮވެންބަރު 29 2008، 09:51
  6. ބަލަ ސަރުކާރު ބަދަލުވީމަ މުހާޒާހަރާތައް ކޮށް ގައުމު ހަލާކުގެ ތެރެއަށް ދަންދެން ފުލުހުން ތިބެންވީތަ ބަލަބަލާ، ތިކަހަލަ ނުވިސްނޭ މީހުން ދޭ ހަބަރުތައް ލިޔާތީވެސް ދެރަވޭ. ގައުމުގެ އިގްތިޞާދު އިތުރަށް ގޯސްކުރަން މަސައްކަތް ނުކުރައްވާ ބޭފުޅާ! =ނާނު=

    ހޮނިހިރު، ނޮވެންބަރު 29 2008، 10:17
  7. ކޮބާތޯ އެއްކަލަ ހެޔޮވެރިކަމޭ ކިޔާގެން ލެވި ހަޅޭ ތިމަންނަމެން ސަރުކާރެއްގެ މުގުރުބުރި ނުފެއްނާނެއޭ ކިޔާގެން ލެވިހަޅޭ..

    ހޮނިހިރު، ނޮވެންބަރު 29 2008، 10:24
  8. މުއައްޒަފުންގެބާރުހުރިކަން ފުލުހުންނަށް ދައްކާލުމަށް ރާއްޖޭގެ ހުރިހާރިސޯޓަކުންފަތުރުވެރިންނައްދޭޙިދުމަތް ހުއްޓާލުމަށްގޮވާލަން.އަސް ވީގޮތަކަށް ފުލުހުން ބޭރު ކުރޭ.އަދިމުޒާހިރާކުރަން މާލެގެ މަގުތަކަށް މިހާރުންފެށިގެން ނުކުނެ ހައްޤު ހޯދުމަށް ފަތުރުވެރިކަމުގެއާއިލާތަކަށް ގޮވާލަން.ނާޒީމް.ބައުންޓ.

    ހޮނިހިރު، ނޮވެންބަރު 29 2008، 10:26
  9. މީ ވަރަށްދެރަކަމެއް، ކުރީގެސަރުކާރެކޭވަކި ތަފާތެއްނެތް. ރައީސް އަންނިއަށް އަޅުގަނޑު މިގޮވާލަނީ، މިކަމުގައި ޒިންމާވާފަރާތަށް ޙައްގު އަދަބުދީ، ވަގުތުން މިކަނތައް ތަކުރާރުވިޔަނުދިނުމަށް! މިކަންތަކުރާރުވާނަމަ އަންނިވެސް ވެރިކަމުން ބާލާން އަޅުގަނޑުމެން މަސައްކަތްކުރާނަން! -ވަތަންގެ އަޙުލުވެރިއެއް-

    ހޮނިހިރު، ނޮވެންބަރު 29 2008، 10:31
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv