

ހަމަލާތައް ހުއްޓުވުމަށް ތާލިބާނުން މުޖާހިދުންނާ ވާހަކަ ދައްކަވަމުން ދާކަމަށް ކަރުޒާއީ ވިދާލުވެއްޖެ
އަފްޣާނިސްތާނުގައި ޠާލިބާން މުޖާހިދުންނާއި ނޭޓޯ ސިފައިން އަދި އަފްޣާނިސްތާނު ސިފައިންގެ މެދުގައި ބަދަލުކުރެވެމުންދާ ޙަމަލާތައް ހުއްޓުވުމަށް މުޖާހިދުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމުގައި ރައީސް ޙާމިދު ކަރުޒާއީ ވިދާޅުވެއްޖެއެވެ.
ފިދާޢީ ޙަމަލާތައް ގިނަވުމާ އަދިވެސް ބޮމުގެ ޙަމަލާތަކުގައި އަފްޣާނިސްތާނުގައި ގިނަ ޢަދަދަކަށް މީހުން މަރުވަމުންދެއެވެ. އަދި ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ.
ކަރުޒާއީ ވިދާޅުވި ގޮތުގައި މިގޮތަށް ހަމަޖެއްސީ ވާހަކަ ދައްކައިގެން މިކަމުގައި ޞުލްޙަވެރި ގޮތެއް ނިންމުމަށެވެ. އެހެންނަމަވެސް ޠާލިބާން މުޖާހިދުންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ބީބީސީން ޚަބަރުދެއެވެ.
އަފްޣާނިސްތާނުގެ ޕާލަމެންޓް ހައުސް ކައިރީގައި އިއްޔެ ބޮމެއް ގޮއްވާލާފައިވެއެވެ. އަދި އެޙަމަލާގައި ހަތްމީހުން މަރުވެ 22 މީހުން ޒަޚަމްވެފައިވެއެވެ.
އަދި މުޖާހިދުންގެ ބޮމުގެ ޙަމަލާއެއްގައި ނޭޓޯ ސިފައިންގެ ތެރެއިން ކެނެޑާގެ ހަމީހަކު މިހަފްތާގައި މަރުވެފައިވެއެވެ.
އެމެރިކާއިން ގޮވާލަމުންދަނީ އަފްޣާނިސްތާނަށް އިތުރު ސިފައިން ޔޫރަޕުގެ ޤައުމުތަކުން ފޮނުވައިދިނުމަށެވެ. އެހެން ނަމަވެސް ނޭޓޯގެ ގިނަ ޤައުމުތަކުން އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވުމަށް ދެކޮޅު ހަދަމުންދެއެވެ.
އެންމެފަހުން ސިފައިން އަފްޣާނިސްތާނަށް ފޮނުވުމަށް ނިންމާފައިވާ ޤައުމަކީ އޮސްޓްރޭލިޔާއެވެ. އެޤައުމުން އިތުރު 500 ސިފައިން ފޮނުވުމަށް މިހާރުވަނީ ނިންމާފައެވެ.
-
އާދިތްތަ، އޮކްޓޫބަރ 12 2008، 04:26
kqpDHc cfzzyguowmgu, [url=http://jfjdsmtbzhmc.com/]jfjdsmtbzhmc[/url], [link=http://klzfddlkfzmr.com/]klzfddlkfzmr[/link], http://loipgyvcjcgz.com/