ފަހުގެ ޚަބަރު: ސްޓެލްކޯގެ ޗެއަރމަނަކަށް ރާޑޯ ޒާހިރު, އެސްޓީއޯގެ ޗެއަރމަނަކަށް ފާރޫގު އުމަރު ހަމަޖައްސަވައި, އެ ދެކުންފުނީގެ ޑިރެކެކްޓަރުންގެ ބޯޑް އަލުން އެކުލަވާލައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕަނީ ލިމިޓެޑް (ސްޓެލްކޯ) ބޯޑްގެ ޗެއަރމަނަކަށް މ. ރަންފަސް ހަސަން ޒާހިރު,( ރާޑޯ ޒާހިރު,) ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ބޯޑްގެ ޗެއަރމަނަކަށް މ. އާދިއްލީގޭ ފާރޫގު އުމަރު ހަމަޖައްސަވައި, އެ ދެކުންފުނީގެ ޑިރެކެކްޓަރުންގެ ބޯޑް އަލުން އެކުލަވާލައިފި އެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ޚަބަރެއްގައި ބުނެފައި ވަނީ ޖުމްލަ އަށް ބޭފުޅުންގެ މައްޗަށް އެކުލެވޭ ސްޓެލްކޯގެ ބޯޑަށް ޗެއަރމަންގެ އިތުރުން ހަމަޖައްސާފައިވަނީ މީހަރުވެސް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ޑރ. ޒައިދު މުހަންމަދާއި, އެސިސްޓެންޓް ޑިރެކްޓަރ އަލީ އަޒްވަރާއި, މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ އަބްދުﷲ ވާހިދާއި, ގ. ދުވަރުސާ މުހަންމަދު ރަޝީދާއި, މ. މާޑު މުހަންމަދު ރަޝީދާއި, ހުޅުމާލެ ފުލެޓް 2308 މުހަންމަދު ރަޝީދާއި ހ. ބްލޫކޯނަރ ހަދީޖާ އަބޫބަކުރެވެ.
އެސްޓީއޯގެ ބޯޑަށް ހަމަޖެއްސެވީ ޗެއަރމަންގެ އިތުރުން އެކުންފުނީގެ ޗީފްއެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި މިހާރުވެސް ހުންނެވި އަހުމަދު މުހަންމަދާއި, ޑެޕިއުޓީ ޑިރެކްޓަރ ސަނާ މަންސުރާއި, މ. ސަންޝައިން އަހުމަދު ޝާހިދާއި, މ. ފޭމަންސް މުހަންމަދު އަހުމަދު ދީދީ އާއި މ. ވާރލްޑް ޑްރީމް އަހުމަދު އާރިފާއި, މ. ބަންދޫގޭ ރަހީމާ ސަލީމެވެ.
-
ބުރާސްފަތި، ނޮވެންބަރު 20 2008، 15:22
ކޮބާ ދެން އެހެން މުހައްމަދު ރަސީދެއް ނެތްތަ؟؟؟މުއްސަދިން ހަމަ މުއްސަދި ވަނީ!!
-
ބުރާސްފަތި، ނޮވެންބަރު 20 2008، 16:16
ހަރަދުކުޑަ ސަރުކާރެއްގައި ބޮޑު މުސާރަ ނަންގަވާ އާރައީސް ނަޝީދުއަށް ވެދުންސަލާމް، ހަރަދު ކުޑަކުރެއްވުމުގެ ގޮތުން މަނިކުފާނުގެ ކެބީނެޓް ކޮންމެ މިނިސްޓަރަކައް ސައިކަލެއް، އަދި ކޮންމެ ސްޓޭޓް މިނިސްޓަރަކައް ބައިސިކަލެއް ދެއްވަންވީ ނުންތޯ އޭރުން މާލެ ކަހަލަ ކުޑަތަނެއްގެ މަގުމަތީގެ ޓްރެފިކުވެސް ތަންކޮޅެއް ރަގަޅުވެ، ތިމާވެއްޓައްވެސް ކުރާ އަސަރުވެސް ކުޑަވާނެ14 ވަޒީރުންގެ 14 ކާރުން އަރާ ދުމައްވުރެ 14ސައިކަލާ ބައިސިކަލް ކިތަންމެހާވެސް ތަންރަގަޅުވާނެ ތިމަވެއްޓައްވެސް! ދރ
-
ބުރާސްފަތި، ނޮވެންބަރު 20 2008، 17:11
ރާޑޯ ޒާހިރު އެބޯޑުގެ ޗެއަރ އަކަށްލީ ހީވަނީ ސްޓެލްކޯގެ ފައިދާ އިތުރުކުރާނޭ ގޮތް ކިޔާދެންހެން. ޑރ. ޒައިދު މުހަންމަދު ކިޔަވާފައިވަނީ ބިޒްނަސް މެނޭޖްމަންޓް ބާއޭ ހިތަށް އަރާ.ޓެކްނިކަލް ނުވަތަ އެނަޖީގެ ވިޔަފާރި ހިންގާ ތަންތާގައި ޓެކްނިކަލް މީހަކު ބެހެއްޓިކަމުގައިވިޔަސް ބޮޑަށްބަލަންޖެހޭނީ ބިޒްނަސް ދާއިރާގެ މީހުން އެތަންތަނަށް ލެވޭތޯ. އެހެންނޫނީ ވާނުވާ ނޭގިތިއްބާ ތަންހުލިވާތަން ފެންނާނީ.އަމިއްލަ ވިޔަފާރިވެރިން ސަރުކާރުގެ ވިޔަފާރި ދާއިރާތައް މެނޭޖްކުރާބަޔަކަށް ނުވަތަ ގޮތްކިޔާ ބަޔަކަށް ހަދައިފިނަމަ އެކަމުގެ ނަތީޖާ ފިސާރި ހިތިގޮތަކަށް ގައުމަށް ކުރާނެ. މާޒީވެ ދިޔަތަނުން އިބްރަތް ހާޞިލިކުރަން ނޭގުނު ބަޔަކަށް މުސްތަގުބަލަށް ދެއްކޭނެ ރަނގަޅުކަމެއް އޮންނާނޭހެން ހިޔެއްނުވޭ.
-
ބުރާސްފަތި، ނޮވެންބަރު 20 2008، 18:51
ފާރޫގުގެ ކޮއްކޮ އަލީރަޝީދު އަކީ އެންޓި ކަރަޕްޝަން ބޯޑުގެ ރައީސް ވީމާ އެސްޓީއޯ އިން ފާރޫގު ބޭނުން ވަރަކަށް ކަރަޕްޓް ކޮށްލެވޭނެތާ؟ އެހެންނޫނަސް ފާރޫގު މީގެކުރިން ނިކަމެތި ވަކިފަރުދުންނަށް ހެދިގޮތްވެސް އެފަރުދުންގެ ހަނދާނުން ނުފޮހެވޭނެކަން ފާރޫގަށް އިގޭނެ.
-
ހުކުރު، ނޮވެންބަރު 21 2008، 08:35
މިހުރިހާ ތަންތަނުން މީހުން ބަދަލުކޮށް އާމީހުން އެތަންތަނަށް އިސްކުރަމުން ގެންދާއިރު، ދިރާގުގެ ޗެއަރމަނަކީ އަދިވެސް ޑީ.އާރު.ޕީގެ ޝާފިއު. އޭނަ ބަދަލު ނުކުރަނީބާ!