ސުޕަޓޭންކަރުގެ ވެރިން ފޭރުނު މީހުންނާ ވާހަކަ ދައްކަނީ
ކަނޑުމަތިން ފޭރިގެން އަތުލައިގެންފައިވާ ސައޫދީ އަރަބިއްޔާގެ ތެޔޮ ޓޭންކަރުގެ ވެރިން ޓޭންކަރު ފޭރުނު މީހުންނާ ވާހަކަ ދައްކަމުން ގެންދާކަމުގައިސައޫދީ ޚާރިޖީ ވަޒީރު ސައޫދު އަލް ފައިސަލް ވިދާޅުވެއްޖެއެވެ. މިހާތަނަށް ފޭރުނު އެންމެ ބޮޑު ތެޔޮޓޭންކަރު "އެމްވީ ސައިރިއަސް ސްޓާރ" މިހާރު ވަނީ ސޯމާލިޔާގެ އައްސޭރި ފަށުގެ 'ހަރާރުދެރެ' ނަމަކަށްކިޔާ ބަނދަރަކަށް ގެންދެވިފައެވެ. މިބޯޓުގައި ދެ މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ އެބަހުއްޓެވެ. މި ތެލުގެ އަގު 100 މިލިއަން ޑޮލަރު ވަރު ވާނެކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ޚަބަރު ދެއެވެ. ސައޫދީ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ޓޭންކަރު ދޫކޮށްލަން ޓޭންކަރު ފޭރުނުމީހުންނާ އެކު އަގެއްގެ ވާހަކަ މަޝްވަރާކުރި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު އަތުލައިގެންފައި ވާ މިޓޭންކަރުގައި ދެ އިނގިރޭސިންނާ، ޕޮލެންޑްގެ ދެމީހަކާ، ކްރޮއޭޓުންގެ މީހަކާ، ސައޫދި މީހަކާ 19 ޕިލިޕިންސް މީހުން ތިއްބެވެ. 2008 ވަނަ އަހަރަކީ މަގުފޭރޭ މީހުންގެ އުދަގޫ ބޮޑު އަހަރެއްގެ ގޮތުގައި ފާހަގަކުރެވޭ އަހަރެކެވެ. ޚާއްޞަކޮށް މިފަހަރު މިފޭރިގަތް ޓޭންކަރުގެ ގެ ސަބަބުން މަގުފޭރޭ މީހުންގެ ނުރައްކާތެރިކަން ގޮސްފައިވާ މިންވަރާމެދު ޙައިރާންވެ ދުނިޔޭގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފްރިކާގެ ސޯމާލިޔާގެ އައްސޭރިފަށުން ކަނޑުގެ ގިނަ އުޅަނދުތަކެއް މިއަހަރު ފޭރިގެންފައި ވާއިރު ގަލްފް އޮފް ޢަދަން ސަރަހައްދުންވެސް މިއަހަރު ވަނީ އެތައް ބޯޓަކާ ފަޅުވެރިންނެއް ކަނޑުފޭރިގެންފައެވެ. ފަހުން އަތުލައިގެންފައި ވާ ގިނަ ބޯޓުތަކެއް އަތުލެވިފައި ވަނީފޭރޭ މީހުންނާމެދު ގައުމުތަކުގެ ގުޅިފައިވާ ބާރުތަކުން ގިނަ ތަފާތު އެތައް އޮޕަރޭޝަން ތައް ހިންގަމުންގެންދާ ވަގުތެއްގައެވެ.
އިންޑިޔާ އިން އަންގާ ގޮތުގައި އެގައުމުގެ ނޭވީ އިން ކަނޑު ފޭރޭ މީހުންގެ ބޯޓެއް ފައްތާލާ އަދި އޭގެ ކުޑަ ދެބޯޓެއް ފަހާލާފައިވެއެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާގޮތުގައި އެތައް މިލިއަން އަކަމޭލަކަށް ފެތުރި ފިލައިގެން ތިބޭ ކަނޑު ފޭރޭ މީހުން ހުއްޓުވުމަކީ ފަސޭހަކަމެއް ކޮންމެ އަހަރަކު މި މަގު ތަކުން ދަތުރު ކުރާ 21000 އުޅަނދުގެ ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ އެ އުޅަނދުތަކާއެކު އައުމަކީ ކުރެވޭނެކަމެއްނޫނެވެ.