ބެންކޮކްގައި އޮތް އެއްވުމެއްގައި ބޮމެއްގޮއްވާލައިފި
ބެންކޮކްގައި އޮތް އެއްވުމެއްގައި ބޮމެއް ގޮއްވުމުގެ ސަބަބުން އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ. އެތައް ދުވަސްތަކެއްވަންދެން މިހާރުގެ ސަރުކާރާ ދެކޮޅު ޕީޕަލްސް އެލެއަންސް ފޮރ ޑިމޮކްރަސީ(ޕީއޭ ޑީ) އިން ކުރިއަށް ގެންދާ ދެކޮޅުހެދުމުގެ ހަރަކާތްތަކުގައި އެމީހުން ދަނީ ސަރުކާރުގެ ގަވަރމެންޓް ހައުސް ކަމްޕައުންޑް އިމާރާތުގެ ކައިރީގައި ކޭމްޕްޖަހާފއެވެ. ބޮންގޮވާފައި ވަނީ މިކޭމްޕް ތެރޭގައެވެ. މުޒާހަރާ ކުރާ އިދިކޮޅު ޕާޓީގެ ފަރާތުން މިހާރުގެ ބޮޑުވަޒީރު ޗޮންތާއީ ވޮންގސަވާތު ކުރީގެ ބޮޑުވަޒީރު ތަކްސިން އާ ބާއްވާ ގާތްގުޅުމާ ދެކޮޅުހަދާ އަދި ބޮޑުވަޒީރުގެ އިސްތިޢުފާ އށް ގޮވާލާފައިވެއެވެ.
މަންޒަރު ދުށް މީހުން ބުނާގޮތުގައި މިސަރަޙައްދުގައި ގޮއްވާލާފައި ވަނީ އަތު ބޮމެއްކަމަށެވެ. ތައިލެންޑްގެ ޕީއޭޑީ ޕާޓީ އަކީ ގައުމަށްއިސްލާހުގެނައުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށް ކާމިޔާބު ހޯދާފައި ވާ ޕާޓީއެކެވެ. ކުރީގެ ބޮޑުވަޒީރާ ތިން ކެބިނެޓް މިނިސްޓަރަކު މަގާމުން ދުރުކޮށް އަދި މިހާރުގެ އޮތް މިލިޓަރީ ވެރިކަންވެސް އެމީހުންގެ މަސައްކަތުން ކިރިޔާ ވައްޓާނުލެވި ދިޔައެވެ.
މިހާރުގެ ސަރުކާރުން ޕީއޭޑީއާއެކު ދަނީ ސުލްހައިގެ ވާހަކަތައް ބާއްވަމުންނެވެ.