އެމެރިކާގެ އަންހެންކުއްޖަކު ހިތާ ނުލައި 118 ދުވަހު ދިރިއުޅެފި
އެމެރިކާގެ ޓީނޭޖް އަންހެން ކުއްޖަކު އޭނާގެ ހިތާނުލައި 118 ދުވަހު ދިރިއުޅެފިއެވެ. ހާޓް ޓްރާންސްޕްލާންޓެއް ހެދުމުގެ ކުރީގައި އޭނާގެ ހަށިގަނޑަށް ލޭފޮނުވާފައިވަނީ އާޓިފިޝަލް ޕަމްޕެއްގެ އެހީގައެވެ. ޑޮކްޓަރުން ހާމަކުރާގޮތުގައި މީގެ ކުރިން މިގޮތަށްހަދައިގެން ދިރި ހުރި ކަމަށް އެގިފައިވަނީ ޖަރުމަނުގެ މީހެކެވެ. އޭނާ މިގޮތަށް ނުވަ މަސްދުވަހު ދިރިއުޅެފައިވެއެވެ. އެހެންނަމަވެސް މިއީ ކުޑަކުއްޖަކު މިގޮތަށް ލޭ ޕަމްޕް ކޮށްގެން ދިރިހުރި ފުރަތަމަފަހަރެވެ.
ޑިޒާނާ ސިމޮންސް ނަމަކަށްކިޔާ މިއަންހެންކުއްޖާ ބުނި ގޮތުގައި ލޭޕަމްޕްކުރާ މެޝިނެއްގެ އެހީގައި މިގޮތަށް ދިރއުޅުމަކީ ބިރުވެރިކަމެކެވެ. އޭނާ ހާމަކުރި ގޮތުގައި މިކަހަލަ ސިސްޓަމެއްގެ ބޭނުންކުރާއިރު އެސިސްޓަމް މައްސަލަޖެހޭނީ ކޮންއިރަކު ކަމެއް ނޭގޭނެކަމަށެވެ. ' އަހަންނަށް ހީވީ އަހަންނަކީ ފޭކް މީހެއްހެން. އަދި އަސްލުގައި އަހަރެންނަކީ ދިރިހުރި މީހެއްނޫންކަން. އެކަމަކު އަހަރެން ހިތާނުލާ މިދިރިއުޅުނީ' އޭނާ ހާމަކުރިއެވެ.
14 އަހަރުގެ ސިމޮން ހާޓް ފެއިލްވެފައިވަނީ ޑައިލޭޓެޑް ކާޑިއޯމަޔޯޕަތީ ކިޔާ ކޮންޑިޝަނެއްގެ ސަބަބުންނެވެ. އޭނާގެ ހިތް ބަދަލުކޮށްފައިވަނީ ޖުލައި 2 ވަނަދުވަހުއެވެ