ބްރެޒިލް ފެންވަރު ދައްކާލައިފި

މުބާރިކް ރަފީއު ނޮވެންބަރު 19 2008، 13:20 0 ޚިޔާލު

އެކުވެރިކަމުގެ މެޗެއްގައި ރޭ ބްރެޒިލާއި ޕޯޗުގަލް ބައްދަލުކުރި މެޗު 6-2 އިން ބްރެޒިލް ކާމިޔާބުކޮށްފިއެވެ.

ބްރެޒިލްގައި ކުޅެވުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޕޯޗުގަލުންނެވެ. އެޓީމު ލީޑު ނަގާފައިވަނިކޮށް ބްރެޒިލަށް އެއްވަރުކޮށްދިނީ ލުއިސް ފަބިއާނޯ އެވެ. އޭނާ ވަނީ މިމެޗުގައި ހެތްރިކެއްވެސް ހަދާފައެވެ. ފަބިއާނޯގެ އިތުރުން އެޑްރިއާނޯ އާއި ރޮބީނިއޯވެސް މިމެޗުގައި ލަނޑު ޖެހިއެވެ.

މީ އަމިއްލަ ރަށުގައި ބްރެޒިލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި އަދި ގޯލެއް ސްކޯ ކުރެވުނު ފުރަތަމަ މެޗެވެ.

އެކުވެރިކަމުގެ މެޗެއްގައި ރޭ އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު ނިމުނީ 2-1 އިން އިންގްލެންޑް މޮޅުވެގެންނެވެ. ޖަރުމަނުގައި ކުޅެވުނު މިމެޗުގައި އިނގްލެންޑަށް ލަނޑު ޖަހައިދިނީ މެތިއު އަޕްސަން އާއި ޖޯން ޓެރީއެވެ. ޖަރުމަނަށް ސުން ކަނޑުވާލަދިނީ ހެމްސްއެވެ. ރޭގެ މެޗުގައި ދެޓީމުންވެސް ވަރަށް ރީތި މޮޅު ކުޅުމެއް ފެނުނު ނަމަވެސް ދެޓީމަށް ނިސްބަތްވާ ތަރިން ނެތް ކަން ފާހނގަކުރެވުނެވެ. ޖަރުމަނުގެ ބަލަކާއި ފްރިންޖްސް ނުފެނުނު އިރު އިނގްލެންޑްގެ ޖެރާޑާއި ލަމްޕާޑެއްވެސް ރޭ ނުފެނެއެވެ.—ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv