ރޮނާލްޑޯ ރިޓަޔަރ ކުރުމާއި މެދު ވިސްނަނީ

މުބާރިކް ރަފީއު ނޮވެންބަރު 19 2008، 13:06 0 ޚިޔާލު

ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ތަރި ރޮނާލްޑޯ ފުޓުބޯޅައިގެ ދުނިޔެ އަށް އަލްވަދާއުކިޔުމާއި މެދު ވިސްނަމުން ދާ ކަމަށް އޭނާ ބުނެފިއެވެ.

32 އަހަރުގެ ރޮނާލްޑޯ އޭނާ އަށް އެންމެ ފަހުން ލިބުނު އަނިޔާ އަށް ފަހު މި ހަފްތާގައި ވަނީ އެކުވެރިކަމުގެ މެޗެއްގައި ބައިވެރިވެފައެވެ. ނަމަވެސް މާ ބޮޑަށް ފަލަވެ ގުނބު ހިލިފައި ހުރުމުން އެންމެ 22 މިނެޓަށް ފަހު އޭނާ ވަނީ ދަނޑުން ބާލާފައެވެ. މިލާނާއި އެކު ހަދާފައިވާ ކޮންޓްރެކްޓް މިއަހަރު ހަމަވުމުން އެނާ ލައްވައި ސޮއިކުރަން ބޭނުންވެގެން އުޅުނު ހަމައެކަނި ޓީމަކީ އިޓަލީގެ ސިއެނާއެވެ. ނަމަވެސް ރޮނާލްޑޯ އެޓީމަށް ދާން ބޭނުން ނޫން ކަމަށްވެއެވެ.

"އަހަރެން ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން، ހަގީގަތުގައި އަހަންނަކަށް ނޭގޭ މުސްތަގުބަލު އޮތީ ކިހިނެތް ކަމެއް" އޭނާ ބުންޏެވެ. "ކުޅޭނީ ކަމެއް ނުވަތަ ރިޓަޔަރ ކުރާނީ ކަމެއްވެސް ނޭގޭ، އަދިވެސް އެނިންމުން މުޅިއަކުން ނުނިންމަން، އެކަމަކު މާދަމާވެސް ވަކިގޮތަކަށް ނިންމިދާނެ"

މޮރޮކޯގައި އޮތް އެކުވެރިކަމުގެ މެޗަށް ފަހު ރޮނާލްޑޯ ބުނީ ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ސަބަބުން މުޅިން ބަރުހެލިވެފައިވާ ކަމަށެވެ.—ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv