ކުޑަބަނޑޮހަށް އެރުމަށްނަގާ ފީ ކަނޑާލާ ހިލޭ އެރޭގޮތަށް ހަމަޖައްސަނީ

ނޮވެންބަރު 16 2008، 18:43 0 ޚިޔާލު

މާލޭގެ ގިނަ އަދަދެއްގެ ބަޔަކު ދަތުރުދިއުމަށް ބޭނުންކުރާ ކ. ކުޑަބަނޑޮހަށް އަރަން ނަގާ ފީ ކަޑާލާ ހިލޭ އެރޭގޮތަށް ހަމަޖައްސާނެ ކަމަށް އެރަށުގެ ބީލަން ދެވަނަ ފަހަރަށްވެސް ކާމިޔާބުކުރީ ހ.ޑީންސްވިލާ މުހައްމަދު ވަހީދުދީން (ޑީން) ވިދާޅުވެއްޖެއެވެ.

” ފިކްނިކް އައިލެންޑް“ އެއްގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ މިރަށް ކުއްޔަށް ދީފައިވާ މުއްދަތު މުވައްދަތު ހަމަވުމާއި ގުޅިގެން ފަހެއް އޮކްޓޫވަރުގައި ބީލަމަށް ލުމުން އެރަށް ކުރިން ކުއްޔަށް ނަގާފައިވާ އަގަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ޑީން އެވެ.

ހަމައެކަނީ ޑީން ބީލަން ހުށަހެޅި ކުޑަބަނޑޮހުގެ ބީލަމަށް ޑީން ވަނީ ކުރިން ކުޔަށް ދޫކޮށްފައިވާ 6000 ޑޮލަރުގެ ބަދަލުގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް 180,582 ޑޮލަރު ހުށަހަޅާ ބީލަން ކާމިޔާބުވެކޮށްފަ އެވެ.

ކުރިންވެސް ޑީންގެ ބަނޑޮސް އައިލެންޑް ރިސޯޓުން ބަލަހައްޓަމުން ގެންގޮސްފައިވާ މިރަށުގެ އިންވެސްޓްމަންޓް ކޮސްޓްގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ދެވަނަ ފަހަރު ކުއްޔަށް ހިތްޕެވުމަށްޓަކައި ޓީން ވަނީ ދައްކާފައެވެ.

އިއްޔެ ޑީން އާއި ބަނޑޮސް ހަވާލު ކުރުމުގެ ލީޒް އެގްރިމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަލީ ސަވާދު ވެސް ބައިވެރި ވެވަޑައިގަތެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv