
ތީމު ގޭގައި ހިންގި މަސައްކަތްތަކާ ބެހޭ ލިޔެކިޔުންތަކެއް ކުރީގެ ރައީސް ތީމުގެއިން ނުކުންނެވުމުގެ އެއް ދުވަސް ކުރިން އަންދާލިކަމަށް ތީމުގޭ މުވައްޒަފުންތަކެއް ބުނެފި
ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ތީމުގެއިން ނުކުންނެވުމުގެ އެއް ދުވަސް ކުރިން ތީމުގެއިން ކުރާ މަސައްކަތްތަކާ ބެހޭ ބައެއް ލިޔެކިއުންތައް އަންދާލާފައި ވާ ކަމަށް އެތަނުގެ މުވައްޒަފުންތަކެއް ބުނެފި އެވެ.
ތީމުގޭގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ބުނީ މިމަހުގެ 9 ވަނަ ދުވަހު ތީމުގެއާ އިންވެގެން ހުންނަ ގަރާޖާއި މުލިއާގެއާ އިންވެގެން ހުންނަ ގަރާޖާއި ދެ ތަނުގައި ބަހައްޓާފައި ހުރި ލިޔެކިއުންތަކުގެ ތެރެއިން ގިނަ ލިޔުންތަކެއް އާ ރަށަށް ގެންގޮސް އަންދާލައިފާ ވާ ކަމަށެވެ.
އެ މުވައްޒަފުން ބުނީ މުލިއާގޭ ގަރާޖުގައި ކަޓިންގ މެޝިނެއް ބަހައްޓައިގެން އެތަނުގައި ހުރި ލިޔެކިއުންތައް ކޮށާ ފޮށިގަނޑުތަކަށް އަޅައިގެން ގޮސް ދޯންޏަކަށްލީތަން ފެނުނު ކަމަށެވެ. އަދި ހަމަ އެދުވަހު ތީމުގޭ ގަރާޖުގައި ހުރި ލިޔުންތައްވެސް ފޮށިފޮއްޓަށް އަޅައިގެން އެހެން ދޯންޏަކަށް ގެންދިޔަ މަންޒަރު ފެނިފައިވާ ކަމަށެވެ.
” މުލިއާގޭ ގަރާޖުގައި ބޮޑަށް ހުންނާނީ ފަރީއްކޮޅު ތަކާއި ބެހޭ ލިއެކިއުމާއި ހިސާބުތައް. ތީމުގޭ ގަރާޖުގައި ހުންނާނީ އެހީގެ ސިޓީތަކާއި އެހީދެވިފައިވާ ގޮތުގެ ލިއުންތައް. އަދި ކުދިކުދި ލޯނާއި އެހެނިހެން އެހީތަކުގެ ލިއުންތައްވެސް އެތަނުގައި ހުންނާނެ“ ތީމުގޭ މުވައްޒަފަކު ބުންޏެވެ.
އެ މުވައްޒަފުން ބުނީ މިތަކެތި އަންދާލާފައިވާކަން ޔަގީން ވަނީ އާރަށުގައި އުޅޭ ރައްޓެހިންތަކެއްގެ ފަރާތުން ކަމަށެވެ. އަދި މިތަކެތި އާ ރަށަށް ގެންގޮސްފައި ވަނީ ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުން އެމީހުން ކަމަށްވެސް ބުނެއެވެ.
މިކަމުގެ އިތުރު މައުލޫމާތު ސާފު ކުރުމަށް ތީމުގެއަށް ގުޅުމުން ބުނީ އެތަނާއި ބެހޭ މައުލޫމާތު ވަގުތީ ގޮތުން ދެމުން ދަނީ ރައީސް އޮފީހުން ކަމަށެވެ. ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ނުރަސްމީ ގޮތުން އެކަހަލަ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ރަސްމީ އެއްވެސް ހެއްކެއް ނުވަތަ ޝަކުވާއެއްވެސް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
” އަޅުގަނޑުމެން ތި ކަހަލަ މައްސަލަތައްވެސް ބަލާނަން. އަދި ހަގީގަތުގައިވެސް ކޮށްފައިވާ ކަމެއް ނަމަ އެކަމެއްގެ އަދަބުވެސް ދެވޭނެ“ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.
-
ހޮނިހިރު، ނޮވެންބަރު 15 2008، 18:37
ރައީސުލްޖުމުހޫރިއްޔާ ކަމުގެ ދައުރު ނިންމުމަށް ފަހު އޮފީހުން ނިކުމެ ވަޑައިގަންނަވާއިރު އެތަނެއްގައި އެއިރަކު ހުންނެވި ރައީސުލްޖުމުހޫރިއްޔާއަކު އަދި އެމަނިކުފާނުގެ އިސްއެހީތެރިން ކޮށްފައި ހުންނަ ގާނޫނާ ޚިލާފު ޢަމަލުތަކުގެ ލިޔެކިއުން ނުބަހައްޓާނޭ ކަމީ ސަލާމަތްބުއްދިހުރި ކޮންމެމީހަކުވެސް ގަބޫލުމުރާނޭ ކަމެއް.މިބާވަތުގެ ކަންތައްތައް ވިޔަނުދިނުމަށްޓަކައި ބައެއްގާނޫނުތައް ހެދުމަކީ މުހިންމުކަމެއް.މިސާލަކަށް ރައީސަކު އިންތިޚާބު ކުރުމަށް ކުރުމަށް މަސައްކަތް ފެށުމުގެ ކުރިން އެއިރު ހުންނެވި ރައީސްގެ ރަސްމީ ގެކޮޅުގައި އަދި އޮފީހުގައި ހުރި ތަކެތީގެ އިންވެންޓްރީ ލިސްޓްކޮށް އެހާހިސާބަށް ކޮށްފައިވާ ހޭދަތަކާބެހޭ ޑޮކިއުމަންޓްތައް އޮޑިޓަރޖެނެރަލް އަށް ހުށަހަޅައި ސީލްކުރުން.ނުވަތަ ހިސާބުތައް އޮޑިޓްކުރެވޭނެ ގޮތެއް ހަމަޖެއްސުން. ތިޔަވިދާޅުވިތަންނޫން ތަންތަންކަމުގައިވާ އެޓޮލްސް މިނިސްޓްރީންވެސް ލިއުންތައް އަންދާ އަދި ކޮށާލާފައިވޭ.އެހެންކަމާއެކު މިތަންތަނުގެ ފައިސާގެ ހިސާބުތައް ބެލެހެއްޓި ބޭފުޅުންނާ ސުއާލު ކުރައްވައިގެން އަދި ފައިލިންސިސްޓަމްތައް ބެލެހެއްޓި ބޭފުޅުންނާ ސުއާލުކުރައްވައި ކަންކަން ޔަގީން ކުރެއްވުމަށްފަހު ނޫނީ ރައީސްކަން ނިންމަވާލައްވާފައި ވަޑައިގަންނަވާ ބޭފުޅަކަށް ނިސްބަތްވާގޮތަށް ޚަބަރުތައް ނުފެތުރުމަކީ އެދެވިގެންވާ ގޮތެއް. އެހެންނޫނީ މާދަމާ މިހާރުގެ ރައީސް އެއްވެސް މުހިންމު ލިއުމެއް ނައްތާނުލައި ނުކުމެވަޑައިގަތަސް ހަމަ މިއަޑުތައް އިވޭނެ.
-
ހޮނިހިރު، ނޮވެންބަރު 15 2008، 19:05
ތިކަންތިގޮތަށް ކޮއްފައިވާނަމަ ތިކަން ބެލެންޖެހޭނެ ކޮންމެގޮތަކަށް ވިއަސް ތިލިއެކިއުން ތީވަކިމީހަކުގެ ދައުރުނިމުމުން އަންދާލަންޖެހޭ އެއްޗެއްނުން ވީމަތިކަންތަކުން ތިއެގެނީ ކޮއްފަވާގޯސްކަން އެހެންނޫންނަމަ ބަހައްޓާފަދާންވީނުން ތިކަމުގެ ހަޤީގަތްބަލާ ފިޔަވަޅުއަޅަން ޖެހޭވަރުވާނަމަ މިސަރުކާރުން އަޅަންޖެހޭނެ ތީއެންމެރައްޔިތުންގެ ހައްގެއް އެހެންނޫނީ ރައްޔިތުންގެ ސަރުކާރެއްނުން މިސަރުކާރުވެސްވާނީ ކޮންމެވެސްމީހެއްގެ ތަރިކައަށް
-
ހޮނިހިރު، ނޮވެންބަރު 15 2008، 19:13
ބިތުފަންގި ނެގުމުގެ ކުރިން ކެޔޮތޮށިތައް ވެސް ނައްތާލީ ދޯ؟ މިކަން ރަގަޅައް ތަހުގީގު ކުރެވެން ޖެހޭނެ، އަދި މިކަން ލަސްނުކޮށް ފެށުމަށް އައު ސަރުކާރައް އިލްތިމާސް ކުރަން.
-
ހޮނިހިރު، ނޮވެންބަރު 15 2008، 19:22
ތިމައްސަލަ ވަރަށްރަގަޅަށް ބެލެންޖެހޭނެ ހިޔެއްނުވޭ ލޯބީގެ ސިޓީތަކެއް ހުންނާނެހެންނެއް، އެލިޔުންތަށް ހުރީމަކަންނޭގެ އޮޑިޓަރ ޖެނެރަލް އެތަނަށް ވަނަނުދިނީ ކެޔޮކޭވަރުވެސް އެގޭނީ ބިތުފަންގި ނެގީމަ. =އައިޒެޑް=
-
ހޮނިހިރު، ނޮވެންބަރު 15 2008، 20:42
ޖަޒީރާއިން މިލިޔުން ލިޔެފައި މިއިތީ ބަޔަކު ބުންޏޭ ކިޔާއި. ކަމުގެ ހަގީގަތް ކުޑަކޮށްވެސް ބަލާލަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަ ކުރެވޭ. އަޅުގަނޑަކީ 24 ގަޑިއިރުހެން ތީމުގޭއި އުޅޭ މީހެއް. އަޅުގަނޑަށް ނުފެނި އެހެން ބަޔަކަށް ފެނުން އެއީ ވާނެކަމެއްނޫން. ކީއްވެބާ ކަމުގެ ހަގީގަތްހޯދަން މަސައްކަތް ނުކުރީ؟؟؟ ތިއީތަ ޒިންމާދާރު ނޫސްވެރިންނަކީ؟؟؟؟؟؟
-
ހޮނިހިރު، ނޮވެންބަރު 15 2008، 20:56
މިކަހަލަ ކޮންމެ ވާހަކައެއްގެ ޙަޤީޤަތް ހޯދުމަށްފަހު ހެކިސާބިތު ފެންނަގޮތަށް ވާހަކަ ދެއްކެވުމަށް ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން. ތެދުފުޅެއް ތިރީސް އަހަރުވަންދެން ވެރިކަންކުރެއްވި ބޭފުޅެއްގެ އަތްޕުޅުގައި އެހެންމީހުންނަށް ހާމަކުރަންބޭނުން ނުވާނެ ސިއްރުތައް ހުންނާނެ. އަދި އެބޭފުޅުން އެތަކެއް އަހަރު ވަންދެން އުޅުއްވި ތަންތަން ދޫކޮށްލައްވާފައި ވަޑައިގަންނަވާއިރު ކޮންމެހެން ބަހައްޓަން ބޭނުންނުވާނެ އަމިއްލަފުޅު ލިޔެކިޔުންތައްވެސް އަދި އެނޫން ތަކެތި ވެސް ހުންނާނެ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަމިއްލަ ސިއްރުތައް ހުންނާނެ. އެހެން މީހުންނަށް ފޮރުވަން ބޭނުންވާނެ ކިތަންމެ ކަންތައްތަކެއް ހުންނާނެ. ކުރީގެ ރައީސް ކީއްކުރަން ކޮންމެ ރައީސަކު އަޔަސް އެކަންއޮންނާނީ އެގޮތަށް. އުމަރު ބުނު ޢަބްދުލް އަޒީޒުގެ ރަސްކަން ހެނެއް ނުވާނެ. އެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ. އެމީހެއްގެ ވެރިކަމުގައި އެމީހަކަށް ހެދުނު އެއްޗެއް ހަދާނެ. އެއިންކަމެއް ބެލޭކަށެއްވެސް ނޯންނާނެ. ސާބިތެއްވެސް ނުވާނެ. އަހަރުމެން ރައްޔިތުން ބަލަންވީ ޒަކީ ވިދާޅުވިހެން އަހަރުމެންގެ ޖީބަށް ވަންނަނީ ކޯންޗެއްތޯ؟ ދެން ޝުކުރު ކޮށްލައިގެން ތިބީމަ އެނިމުނީ. އެވަރުން ފުދޭނެ. އަހަރުމެން ތެރޭ އެކެއްގެ ގޯސްވާހަކަ ދައްކާފަ އަނެކަކު ރަނގަޅޭ ބުނެވޭ ވަރުގެ ހަމައެކަކުވެސްނެތް. އަހަރުމެން ދުއާކުރަންޖެހެނީ، އަހަރުމެންނާ އަހަރުމެންގެ ދަރިންނަށް ސަލާމަތުން މިރާއްޖޭގައި ދިރިއުޅެވޭނެގޮތް މިންވަރުކޮށް ދެއްވުން އެދި.
-
ހޮނިހިރު، ނޮވެންބަރު 15 2008، 21:01
މި ކަހަލަ އިލްޒާމެއް ނޫހުގައި ލިޔާ އިރު އެ އިލްޒާމެއް ގެ ހެކި ނުވަތަ ސޯސް ހުށެ ނޭޅޭ ނަމަ މިއީ ނޫސް ވެރި ކަމެއް ނޫނެވެ. މިއީ މިއީ މި ވާހަކަ ނުހަށް ދިން ފަރާތައް ނުރައްކަލެއް ހުރި ދުވަސްވަރެއް ނޫނެވެ، ވީމާ ނަން ނުބުނެވޭނީ ސަބަބުތަކެއް ހުރީމައެވެ.
-
ހޮނިހިރު، ނޮވެންބަރު 15 2008، 21:24
ސާބަހޭ ތިހަބަރުދެއްވި ބޭފުޅަކަށް ލިޔެކިއުންކީއކުރަން ފާހާނާގައިހުރި ރަންއިސްކުރުތަށްވެސްވަނީގެންގޮސްފަ.
-
ހޮނިހިރު، ނޮވެންބަރު 15 2008، 21:36
އޮޑިޓަރޖެނެރަލްގެރިޕޯޓު ޝަރީޢަތަށްފޮނުވީމަ ތިކަހަލަކޫސަނިއަޑުތައް އިވުންހުއްޓިދާނެ! ގިނަދިމަދިމާލުން އަޑުތައްއިވުން އަދިއޮތީކުރިއަށް! އޮޑިޓަރޖެނެރަލްގެރިޕޯޓުރައް ތަޙުޤީޤުކުރާނެކޮމެޓީއެއް އޮތުންމުހިންމު! ޒިންމާދާރުކުރުވޭނީއޭރުން!
-
ހޮނިހިރު، ނޮވެންބަރު 15 2008، 22:00
ޖަޒީރާ ނޫހަކީވެސް މާއިންސަފު ވެރިނޫހެއްނުން ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ މިހާރުގެ ރައީސްގެ ގެ ކަންތަށް ކުރިއެރުވުމަށް ވަރަށްވެސް އަވަދިނެތިއުޅޭ އުސްތާޒު މައުމޫނުގެ ގޯސްކަމެއްނަމަ އިތުރަށް ބޮޑުކޮށްގެން އުޅޭ އަޅެ އިންސާފަށް ލޯބި ކޮށްބަލަ
-
ހޮނިހިރު، ނޮވެންބަރު 15 2008، 22:29
މީ ތެދެއްކަމުގައިވާނަމަ، ވަރައްވެސް ދެރަ ހިތާމަ ކުރަނޖެހޭ ކަމެއް. މީ ދައުލަތުގެ ލިޔެ ކިއުންތަކާ ރެކޯޜޑްތައް ނައްތާލުން، އަދުލު އިންސާފަށް ބޭނުންވާނެ ހެކިތަކެއް ހަލާކުކޮށް އަންދާލުން، އަދި އިންސާފުގެ މަގަށް ހުރަސްއެޅުން ނޫން އެހެންކަމެއްނޫން. މިކަން ކުރި ބައެއްގެ މައްޗަށް ޝަރީއަތް ކުރެވެން ޖެހޭނެ. މައުމޫނު ރައްޔަތުން ކިބައިން މަފަށް އެދިވަޑައިގަތީ، ފާޅުގައި އެގި ހުންނަވައިގެން ބޮޑެތި ޖަރީމާ ތައް ހިންގެވުމަށް ނިޔަތްގަނެ އެފަދަ ޖަރީމާތައް ހިންގެވުމުގެ ނިޔަތުގައި އެކަންތައް ކުރައްވާފައި ކަމުގައިވާނަމަ، ތިމަންނާޔަށް މާފު ކުރާށޭ ވިދާޅުވީ އެއީ ހަގީގީ މާނައިގާ ވިދާޅުވި ބަސްފުޅެއްކަމަށް ގަބޫލެއް ނުކުރެވޭނެ.
-
ހޮނިހިރު، ނޮވެންބަރު 15 2008، 22:58
މިފަދަ ކަންކަން މި ލޮބުވެތި ޤައުމުގައި ހިނގުމަކީ ވަރަށް ހިތާމަހުރި ކަމެއް. އަދި މިއަށްވުރެ ހިތާމަކަން ބޮޑީ މިފަދަ ޢަމަލުތަށް ކުރުމުގައި ޤައުމުގެ މަތީ ފަންތީގެ ބޭފުޅުން އަހުލުވެރިވެވަޑައިގަންނަވާތީ. މިފަދަ ކަންކަން މި ހިނގާ އާ ސަރުކާރުން ނުފެންނާނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާއެކީ ދިވެހި ރައްޔިތުން ތިބިކަން މި ސަރުކާރުން ހަނދުމަފުޅުނެތިކޮށްނުލައްވައިފިއްޔާ ކިތަންމެހާވެސް ރަނގަޅު..............
-
އާދިތްތަ، ނޮވެންބަރު 16 2008، 06:31
ހުދުމުހުތާރު ވެރިކަމެއް ނިމުމާއިއެކު ކޮންމެ ވެރިއެއްމެ ކުރަންޖެހޭ މުހިންމު ކަންކަން ހުންނާނެ، މީ ދުނިޔޭގެ ތާރީހްގެވެސް ހިނގައިފައިވާ ކަންކަން. އިންވެންޓްރީ ނުނެގުން އެއީވެސް މައްސަލައެއް.ކޮންމެ ކަމެއް ކުރިޔަދިނުމުން އާޙިރުގަ ޒިންމާ ނަގަން ޖެހޭނީ އެވަގުތަކު ސަރުކާރު ހިންގާ ބަޔަކު.މިކަން ހިގައިފައިވާ ގޮތް ރައްޔިތުންނައް އޮޅުންފިލުވާދިނުން ވަރަށް މުހިންމު.
-
އާދިތްތަ، ނޮވެންބަރު 16 2008، 07:32
އަންދާލާ ނައްތާލާ ކޮންމެ އެއްޗަކީ ކުށްވެރިވާ ފަދަ ލިޔުމަކަށް ވަނީ ކޮން ގޮތަކުންތޯ؟ ފަހަރުގައި އެ އެއްޗިއްސަކީ ބޭކާރު އެއްޗެހި ކަމަށް ވުން އެކަށީގެންވޭ. އަދި އަލަށް ޙަވާލުވާ ބޭފުޅެއްގެ ނުވަރަ އެ ބޭފުޅެއްގެ މުވައްޒަފުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެފަދަ ބޭކާރު ތަކެތި ނައްތާލާ، ތަން ސާފު ކޮށްލަދިނުންވެސް އެކަށީގެންވޭ. އެހެން ކަމުން، ކަންކަމުގެ ދެކޮޅުނުބަލާ ތިޔަ ފަދަ އިލްޒާމުތައް މީސްމީހުންގެ ބޮލުގަ އެޅުވުމަށް މިނޫހުން މަސައްކަތް ކުރަމުންދާތީ ވަރަށް ހިތާމަ ކުރަން. އަދި މިއީ ތިޔަ ނޫހުގެ ވަރަށް އަގުވެސް ވެއްޓޭ ކަމެއްކަން މިހާރު ގިނަ ބަޔަކު ބުނޭ. މިކޮމެންޓް ޖައްސަވާ ދެއްވިއްޔާ ސާބަސްފުޅު
-
އާދިތްތަ، ނޮވެންބަރު 16 2008، 07:34
މިއީ މުޅިދުނިޔޭގައިވެސް ހިނގާފަދަ ކަންކަން. ކްލިންޓަން ވައިޓްހައުސްގެ ހުރިހާ ކޮމްޕިއުޓަރެއްގެ 'ޑަބްލިޔު' އަކުރުތައް އުފުރާލި.
-
އާދިތްތަ، ނޮވެންބަރު 16 2008، 08:04
މިކަހަލަ އެތެއްވާހަކައެއް އަޑުއިވޭ. އެކަމަކު ސަރުކާރުން މިކަހަލައެއްވެސް ވާހަކައަށް އެއްވެސް ޖަވާބެއްނުދެއްވާ. މިދޭތެރެއިން އަޑުއިވުނު ތީމުގޭގައިހުރި ފަރުނީޗަރު ކަސްޓަމުން ހިފަހެއްޓެވިވާހަކަ. އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދު ކުރީގެ ރައީސްމައުމޫނަށް މަޢާފު ދެއްވިކަމުގާވިއަސް މިފަދަކަންތައްތަކަށް މަޢާފު ދެއްވައިގެން ނުވާނެޔޭ! އެމްޑީޕީން ހަރުއަޑުން ގޮވަމުން އައީ ދިވެހިސަރުކާރުގައިވަނީ ރައްޔިތުންގެ އެއްޗެހިކަމަށް. އަދި މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ ވެރިކަމެއްކަން. އެހެންވީމާ މިވެރިކަމެއްގައި ދިވެހި އެއްވެސް ރައްޔިތެއް މަޢާފެއް ނުކުރައްވާނެ. މިކަމާމެދު އިންސާފުން ފިޔަވަޅުއަޅުއްވާ ރައްޔިތުންނަށް ޙަޤީގަތް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަން =ޙަސަން ބުޝްރީ=