ފާޚާނާގައި ބޭނުންކުރާ އެޑްމިރެންޑާ ބްރޭންޑްގެ ސާމާނު ލެކިއުޓުން ތައާރަފްކޮށްފި
ލެކިއުޓުން ޔޫރަޕްގައި މަޝްހޫރު ” އެޑްމިރެންޑާ“ ބްރޭންޑްގެ ފާހާނާގައި ބޭނުންކުރާ ސާމާނު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ލެކިއުޓްގެ މާކެޓިން ޑައިރެކްޓަރ މުހައްމަދު މައުރޫފު ވިދާޅުވީ އެ ފަރާތުން އިއްޔެ ރާއްޖެއަށް ތައާރަފުކުރި އެޑްމިރެންޑާ ބްރޭންޑްގެ ޓޮއިލެޓްރީޒް ސާމާނަކީ އިޓަލީ ވިލާތުގެ އުފެއްދުމެއް ކަމަށެވެ.
” މިއުފެއްދުން ތަކުގެ ތެރޭގައި ހިމެނެތީ ދަތް އުނގުޅާ ބުރުސް, ސަވާޖެލް ފަދަ ސާމާނު. މީގެ އަގުތައް އުޅެނީ 50 ރ އިން ފެށިގެން 300 ރ އާއި ދެމެދުގެ އަގުތަކެއް ގައި.“ މައުރޫފް ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ އެފަރާތުން ރާއްޖޭގެ ބާޒާރަށް ފުރަތަމަ ފަހަރަށް ތައާރަފުކުރި މިއުފެއްދުމަކީ ޔޫރަޕުގައި ވަރަށް މަގުބޫލު އުފެއްދުމެއް ކަމަށާއި މިއުފެއްދުމުގެ އިތުރުން މިހާރުވެސް އެފަރާތުން ކުޑަކުދިން އުފަންވާ ދުވަހުން ފެށިގެން 16 އަހަރާއި ޖެހެން ދެންވެސް ބޭނުންކުރެވޭނެ ސެންޓުގެ ވައްތަރުތައް ވިއްކަމުން ގެންދާ ކަމަށެވެ.
ލެކިއުޓުން އެޑްމިރެންޑާ ބްރޭންޑްގެ މިއުފެއްދުން ރާއްޖެއަށް ތައާރަފު ކުރުމަށް ވަނީ ކުޑަކުދިންގެ ހަވީރެއްވެސް ލެކިއުޓްގައި ފާހަގަކޮށްފައެވެ. އެގޮތުން މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާނެ ތަފާތު ކުޅިވަރުތައްވެސް ބޭއްވި ކަމަށް ލެކިއުޓުން ބުނެއެވެ.