

ރައްޔިތުންގެ މަޖިލީހުގެ ބާރު ވަކި ހައްދެއްގެތެރޭގައި ހިފެހެއްޓުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަލާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ބާރު ހިސާބަށް ވުރެ މާ ގަދަވެގެންގޮސްފައިވާތަން ފެނެއެވެ. މީގެ ނަތީޖާއަކީ ދިވެހިރާއްޖޭގައި ލިޔެފައިވާ ޤާނޫނުއަސާސީއެއް އޮތަސް، ޢަމަލުކުރެވޭތަން މިފެންނަނީ މަޖިލިސް ބާރުގަދަ ވާ އުޞޫލެއްގެ މަތިންނެވެ. މިއީ ލިޔެފައިވާ ޤާނޫނުއަސާސީތައް އޮންނަ ޤައުމުތަކުގައި ކަންތައްތައް ވަމުންދާ އުޞޫލާއި ޚިލާފަށް، ޤާނޫނު ހަދާ މަޖިލިހުގެ ބާރުގަދަވާގޮތައް ބައްޓަން ކޮށްފައިވާ ޤައުމުތަކުގައި ކަން ހިގާގޮތެވެ. މިއީ، ޑިމޮކްރަސީގެ މައިގަޑު ދަނބުކަމުގައިވާ ތިންބާރު ވަކިން އޮތުމުގެ މަފްޙޫމާއި ޚިލާފުކަމެއް މެއެވެ.
ޑިމޮކްރަސީގައި ބަޔާންކުރާ ތިންބާރަކީ، ޤާނޫނު ހެދުމުގެ ބާރާއި، ޤާނޫނުތައް ހިންގުމުގެ ބާރާއި އަދި ޤާނޫނުތަކާއި އެއްގޮތަށް ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރެވެ. މިގޮތުން މިތިންބާރު ރަމްޒުކޮށްދެނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާއާއި އަދި އުއްތަމަ ފަނޑިޔާރެވެ. ޑިމޮކްރަސީގެ މައިގަޑު އުޞޫލުކަމުގައިވާ މިތިންބާރު ވަކިން އޮތުމުގެ އިތުރުން މިތިންބާރުން އެއްބާރު އަނެއްބާރުގެ ތެރެއަށް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުފޫޒު ފޯރުވުމަކީ ޤަބޫލު ކުރެވޭ ހަމައެއް ނޫނެވެ. މިއާއިޚިލާފަށް، މިތިންބާރުން އެއްބާރު އަނެއްބާރާއި ދޭތެރޭ، ފާރަވެރިވެ އެބާރެއްގެ ބޭނުން ނުޤަވާޢިދުން ކުރޭތޯ ބެލުމަކީ އަދި މުޅިން ތަފާތު އެހެން ކަމެކެވެ. މިބޭނުނަށްޓަކައި، ޑިމޮކްރަސީގައި ބޭނުންކޮށް މިއުޅޭ އެކައުންޓެބިލިޓީއާއި، ޓްރާންސް ޕޭރެންސީއާއި، އަދި ކޮންސްޓިޓިއުޝަނަލިޒަމްއަކީ، ބާރުތަކުން އެބާރުތައް ނުޤަވާޢިދުން ބޭނުން ކުރޭތޯ ބަލަން ގެންގުޅޭ މިންގަޑު ތަކެކެވެ. މިގޮތުން، އެކައުންޓެބިލިޓީގެ ނުވަތަ ޒިންމާދާރު ކުރުވުމުގެ ނަމުގައި އެއްބާރުން އަނެއްބާރުގެ ސަރަޙައްދަވަދެ، ނުފޫޒުފޯރުވުމަކީ ޑިމޮކްރަސީގެ ބަހަނާއެއްކަމުގައި ހަދައިގެން ނުވާނެއެވެ.
އަޅުގަޑުމެންނަށް އިއްޔެ މިފެނުނު މަންޒަރަކީ ޑިމޮކްރަސީއެއްގައި ފެނުން އެކަށީގެން ނުވާ މަންޒަރެކެވެ. އެހެނީ ޑިމޮކްރަސީއާއި އަދި ޤާނޫނުއަސާސީގެ ދަށުން ސަރުކާރު ހިންގާނެ ވުޒާރާތަކާއި އެތަންތަނަށް އިސްކުރާނެ ވަޒީރުންނަކީ ޙުދު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ، ޑިމޮކްރަސީގެ ތިންބާރުގެ ތެރެއިން ހިންގުމުގެ ބާރުން އެކަން ކުރަންޖެހޭ ކަމެކެވެ. މިކަމުގެ ތެރެއަށް ޤާނޫނުއަސާސީގެ މާއްދާގެ ދަށުން ގަދަފަދަ ނުފޫޒުވައްދައި، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ލިބިދީފައިވާ ބާރުގެ ދަށުން، އޭނާގެ އިޚްތިޔާރުން ޚިޔާރުކުޅަ ވަޒީރުންގެ މަޖިލިސް، ވުޖޫދައްގެނައުން ހިފެހެއްޓުމަށް، ޤާނޫނުހަދާމަޖިލިހުން ކުޅަ ހޫނުގަދަ ބަހުޘަކީ ޑިމޮކްރަސީގެ އުޞޫލުން ބަލާއިރު، އެއްވެސް ތާކުންތާކު ޖެހޭ ކަމެއްނޫނެވެ. އޭއީ މަޖިލިހުގެ ބާރު އިންތިހާއަށް ގޮސް އެމަޖިލިހަށް ހުއްދަވެގެންވާ ދާއިރާއިން ބޭރުގައި މަޖިލިހުގެ ބާރު ބޭނުން ކުރިކަމުގެ އަލިގަދަ ދަލީލެއްވެސް މެއެވެ. ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިހުގައި އެދުމަކީ ‘މިއަރ ފޯމަލިޓީސް’ އެކެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އެކަށައެޅި ކެބިނެޓްގައި ހިމެނޭ އެއްވެސް މެންބަރަކީ، ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާއި ޚިލާފު ސިފައެއް ބޭރުފުށަށް ފެންނަން ހުރި މީހެއްކަމުގައި ނުވާނަމަ، މަޖިލިހުގެ ޒިންމާއަކީ ހަމަ އެކަނި ‘ރުހިއްޖައީމޭ’ ބުނެލުމެވެ. މިހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ހޮއްވަވާފައިވާ ކެބިނެޓަށް ފާޑުކިޔައި، ހޫނުބަހުޘެއްކޮށް، ތަޙުޤީޤުތަކެއް ކުރުމަކީ މަޖިލިހުގެ ބާރެއްނޫނެވެ. ތަޙުޤީޤަތަކެއް ކޮށްގެން ވަޒީރުންގެ ފަތްފުއްތައް ނިއުޅައިގެން ބަލަންވެއްޖެ ނަމަ އެކަން ކުރާނެ އެހެން އިދާރަށް ހުންނާނެއެވެ. އަދި ޝަރުޠު ހަމަނުވާނަމަ، ނުވަތަ ކަމަށް ނާޤާބިލުނަމަ، ފިޔަވަޅު އަޅާނެ އެހެން ގޮތްތައްވެސް ހުންނާނެވެ. އެއީ ރައްޔިތުންގެ މަޖިލިހުން ކުރައްވަންޖެހޭނެ ކަމެއްނޫނެވެ. ސަބަބަކީ މަޖިލިހަކީ ތަޙްޤީޤްކުރާ އިދާރާއެއް ނޫނެވެ. އަދި ޝަރީޢަތް ހިންގާ ކޯޓެއްވެސް ނޫނެވެ. މަޖިލިހުން، މިބާވަތުގެ މައްސައްކަތްތަކަށް މުޑިނަގާނަމަ، މުސްތަޤިއްލު އިދާރާތަކާއި ކޯޓުތަކާއި ފަނޑިޔާރުންގެ ބޭނުމެއްނެތެވެ. މަޖިލިސް އޮތީމަ ހުރިހާކަމެއް އެނިމުނީނޫންހެއްޔެވެ؟
ނަމަވެސް އެއީ ޑިމޮކްރަސީގައި މިބުނާ ތިންބާރު ވަކިން އޮތުމުގެ މަފްޙޫމާއި މުޅިން ޚިލާފު ކަމެކެވެ. އިއްޔެގެ މަންޒަރުން، އަޖާއިބުވެ އަންތަރީސް ކުރުވިކަމަކީ، މަޖިލިހުގެ މެންބަރުން، ފާޑުފާޑުގެ ހުށައެޅުންތައް ހުށައަޅާ، ކޮމެޓީތައް ނަގަން ބުނެ، ތަޙުޤީޤުތަކެއް ކުރަން ބޭނުންވާވާހަކަވެސް ދެއްކެވިޔަތީއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ހިންގުމަށްޓަކައި، 30 ދުވަހުގެ މުއްދަތެއް ދޭން ނިންމެވިޔަތީއެވެ. މިއީން އަންގައިދެނީ ދިވެހި ޤައުމުގައި ސަރުކާރެއް އުފެދުމާއި ނުއުފެދުން ބިނާވެގެން މިވަނީ މަޖިލިހުގެ އިޚްތިޔާރާއެވެ. މިއީ ބުއްދީގެ ހަމަތަކުންވެސް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ޤާނޫނުއަސާސީގެ އެއްވެސްމާއްދާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ކެބިނެޓެއްގެ އަޖުމަބެލުމަށް ނުވަތަ އެނޫންވެސް ގޮތަކުން ހިންގުމަށް މުއްދަތެއް ކަނޑައެޅުމުގެ ބާރަކީ މަޖިލިހަށް އަމުދުން ދީފައިވާ ބާރެއްވެސް ނޫނެވެ. ޤާނޫނުއަސާސީގައި މަޖިލިހަށް ބާރެއްދީފައި އޮވެގެން އެކަން ކުރިއަސް ކުރެވޭނެ މިންވަރަކީ ރުހޭނަމަ ރުހޭކަން ނުވަތަ ނުރުހޭނަމަ ނުރުހޭކަން ބުނެލުމެވެ. އެއްވެސް މިންވަރަކަށް މިކަމުގައި ބަހުޘަކަށް ނުދެވޭނެވެ. ސަބަބަކީ މިއީ ތިންބާރުގެ ތެރެއިން މަޖިލިހުގެ ބާރުން ބޭރުގައިވާ އަދި ޚުދު ރައީސުލްޖުމްހޫރިއްޔާގެ ބާރުގައިވާ ކަމަކަށްވާތީއެވެ. އިއްޔެކަންދިމާވި ގޮތުން ހީވެގެން ދިޔައީ، މިއުޅެނީ އަންހެންދަރި މީހަކާ ދެވަން ބާވައެވެ؟ ވާންއުޅޭ ފިރިމީހާގެ އަޖުމަބެލުމަށް މުދަތެއްދިނުމަށްފަހު، ރަގަޅުނަމަ، ވަލީއާއި ރުހޭބަސް ދޭނީއެވެ. ނުވަތަ ކަނޑަން އުޅޭ ރުކެއްގެ ވަކަރަށް ޖެހުންފަދަ ކަމެކެވެ. ބަންޑާރަ ނުވަތަ ރައްޔިތު ރުއްގަސް ކެޑުމުގައި ވަކަރަށް ޖެހުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ! ކޮންމެއަކަސް މިއީ ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު މަޖިލިހުންކުޅަ ރަގަޅުކަމެކޭ ނުދެންނެވޭނެއެވެ. މަރުޙަބާކިޔާ ތަޢުރީފުގެ ބަހެއްވެސް ނުދެންނެވޭނެއެވެ. މިއާއި ޚިލާފަށް މިއީ ޑިމޮކްރަސީގެ އުޞޫލުތަކަށް ހުރި ބިރެކެވެ. މަޖިލިހުގެ ބާރު ހިންގަންޖެހޭ ދާއިރާ މަޖިލިހަށް އޮޅި ރައްޔިތުންނަށްޓަކައި ތެދުވެރީންނަކީ ހަމައެކަނި މަޖިލީސްކަމަށް ހީވާކަމުގެ ފާލެކެވެ. ހަމަ އެހެންމެ މަޖިލިހުގެ މެންބަރުން ޑިމޮކްރަސީގެ ހަމަތަކާއިމެދު ތަސައްރަފު ފުދިފައިވާ މިންވަރާއި މެދު ބޮޑު ސުވާލުމާކެއް ޖެހުނު ކަމެއް މެއެވެ.
މިކަމުގައި މަޖިލީހުން ހޫނުބަހުޘްތަކެއް ކުރާހިތްވާނަމަ، ނުވަތަ ސަރުކާރާއި ވަޒީރުން އެކައުންޓެބަލް ކުރަން ބޭނުންނަމަ، އެކަން ކުރެވޭނެ ގޮތްތައް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައި އެވަނީ ސާފުސާފުކޮށެވެ. އެހެނީ ވަޒީރުން މަޖިލިހަށް ހާޟިރުކޮށްގެން އެބޭފުޅުންގެ ދާއިރާއިން ކުރައްވަވާ ކަންތައްތައް ގޯސްނަމަ، އެކަމާއިބެހޭގޮތުން، ގަދަފަދަ ސުވާލުތައްކޮށް، ހޫނު ބަހުޘްތަކާއި ހަމައަށް ދިއުމަށް ވަރަށް ސާފުސީދާ މަގެއް އެއޮތީ ޤާނޫނުއަސާސީގައި ބުނެފައެވެ. އެއީ ވަޒީރުންގެ މަޖިލިސް އެކުލަވާ ސަރުކާރު ހިގައިގަތުމަށްފަހުއެވެ. ސަރުކާރު ހިގައިގަތުމުގެ ކުރީގައި އެކައުންޓެބަލް ކުރާނެ އޮންނާނީ ކޮންކަމެއްތޯއެވެ. ދެންއޮތް އަނެއްގޮތަކީ އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔާއި، އެންޓިކޮރަޕްޝަންގެ މަސައްކަތުން ވުޒާރާތައް އޭގެ ޤާނޫނީ ތަރަހައިގެ ތެރޭގައި ހިފެހެއްޓުމެވެ. ދެންއެއަށްފަހު ކޯޓުތަކުން މައްސަލަތައް ނިންމުމެވެ. ސިސްޓަމަކީ މިއީއެއް ނޫންތޯއެވެ؟
ނިންމާލާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ބައެއްމާއްދާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޑިމޮކްރަސީގެ ތިންބާރަށް ލިބިފައިވާ ދާއިރާގެ ތެރެއަށް އަނެއް ބާރުތަކުން ނުވަނުމަށް ގޮވާލަމުންނެވެ. ކޮންމެ ބައެއްވެސް އެބައެއްގެ ހުއްދަވެގެންވާ ދާއިރާގެ ތެރޭގައި އެބައެއްގެ ބާރުގެ ބޭނުން ކުރުމަށް ހަދާންކޮށްދެމުންނެވެ. އަދި އަނެއްދެބާރުން އެދެބާރަށް ހުއްދަކުރެވިގެންވާ ދާއިރާއިން ބޭރުގައި އެބައެއްގެ ބާރު ބޭނުންކުރޭތޯ ބެލުމުގެ ޒިންމާއަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރާއި ޑިމޮކްރަސީގެ އުޞޫލުގެ މަތިން ޙަވާލުވެފައިވާ ޒިންމާއެއްކަން ބުނެލަމުންނެވެ. މިގޮތުން، ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުވެސް އޭގެ ދާއިރާއިން ފޭވެ އަނެއްދެބާރުގެ ސަރަހައްދަށް އަރައިނުގަތުމަށް ވިސްނުން ބަހެއްޓުމަށް އިރުޝާދުދެމުންނެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ، މާއްދާތަކުގެ ތެރެއިން މަޖިލިހުގެ ބާރު ގަދަވެގެންގޮސްފައިވާ މާއްދާތައް އިޞްލާޙުކޮށް މަޖިލިހުގެ ބާރުތައް ހައްދުތަކަށް ތިރިކުރުމަށް މަސައްކަތްކުރުމަށްޓަކައި، ކޮންސްޓިޓިއުޝަން ރިވައިޒްކުރާނެ ކޮމެޓީއެއް ނެގުމަށް އިލްތިމާސް ކުރަމުންނެވެ. އެހެންނާ، ދިވެހި ޤައުމުގައި އޮންނާނީ ޑިމޮކްރަސީއެއްނޫނެވެ. މަޖިލިހުގެ ނުފޫޒާއި އާރައި ބާރެވެ. މިގޮތުން، މިހާރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ބައެއްބާރުތަކަކީ، ޑޮމޮކްރަސީގެ އުޞޫލުންބަލާއިރު، ‘ހައްދުފަހަނަ އަޅާފައިވާ ބާރު’ ތަކެކެވެ.
-
ބުރާސްފަތި، ނޮވެންބަރު 13 2008، 14:34
ބައްލަވާ ( ކާކުކަންނޭގޭ ބޭފުޅާ ) ރައީސް ހުށަހަޅުއްވާ ވަޒީރުން އެއީ ހުރިހާ ގޮތަކުން އެންމެރަގަޅު ބޭފުޅުންކަމަށްނުވެދާނެ. ރައީސަކީ ޚުދްމުޚްތާރޭ މިކިޔާއުޞޫލުތައް ގެންގުޅުއްވާ ބޭފުޅަކަށްވެއްޖެއްޔާ ވަޒީރުންގެ މަގާމަށް އިސްކުރެވޭނީ ރައްޔަތުންނަށް އެންމެރަގަޅު ގޮތަށްބެލުމަށްވުރެބޮޑަށް އެމަނިކުފާނުގެ މަޞްލަޙަތު ރައްކާތެރިކުރުމަށެވެ. ރައްޔިތުންގެ މަޖްލިހުން މިކަން ބައްލަވަންޖެހެނީ މިހެންވެއެވެ. ވީމާ މަޖިލީހަށް ވަޒީރުންގެ ގޮތުގައިހުށަހެޅޭ ނަންތައް މަޖިލީހުން އެކިގޮތްގޮތަށް ބަލައި ދިރާސާކުރަންޖެހޭނެ!!! ޙަގީގަތުގައި މިމައްސަލާގައި މަޖިލީހުން ގެންގުޅުއްވާފައިވާ ރޫޙަކީ ތާރީފްޙައްގު ރޫޙެއް. ...ސލމ
-
ބުރާސްފަތި، ނޮވެންބަރު 13 2008، 15:14
އުޞޫލެއްގެ ގޮތުން ބަލާއިރު މިއާޓިކަލްގެ މައިނގަޑު ޕޮއިންޓް ރަނގަޅެވެ. އެކަމަކު ވިސްނާލަން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖްލިހަކީ ރައީސުލް ޖުމުހޫރިއްޔާއާއި އޭނާގެ ކެބިނެޓަށް ފާރަލެވެން އޮތް ހަމައެކަނި ބާރެވެ. ރައީސް އަޅުއްވާ ފިޔަވަޅުތަކަކީ ގާނޫނީ ހަމަތަކުގެ މަތީން ރައްޔިތުންނަށް ފައިދާ ހުރިގޮތެއްގައި ފިޔަވަޅު އަޅުއްވާތޯ ބަލަން އޮތް ހަމައެކަނި ބާރެވެ. ދެންހުރި އިދާރާތަކަކީ އޭގެ އަމިއްލަ ޒާތުގައި އެއްވެސް ކަމެއް ކުރެވޭ އިދާރާ ތަކެއްނޫނެވެ.މީގެ ތެރޭގައި އޮޑިޓަރ ޖެނެރަލްއާއި އެންޓިކޮރަޕްޝަން ކޮމިޝަން އަޅުގަނޑު ނުހިމަނަމެވެ.މިކަން މިހެން އޮތްއިރު ރައީސް ހުށަހަޅުއްވާ ކަންތައްތަކުގައި އާނބަސް ބުނުން ނޫން އެހެންކަމެއް ނުކުރެވޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖްލިސް ބައްޓަންވުމަކީ ޑިމޮކްރަސީއާ މުޅިން އިނދިކޮޅު ކަމެކެވެ. މިދެންނެވީ ރައިސް މަޖްލީހުގެ އެޕްރޫވަލްއެއް ހޯދަން ހުށަހަޅާ ކެބިނެޓްގެ މަގާމުތަކުގެ ބޭފުޅުން މަޖްލީހުން ކޮމިޝަން ހަދައިގެން ތަޙްގީގުކޮށް އެބޭފުޅުންގެ އައިބުތައް ހޯދައި މައިބަފައިގޮވައި ކާފައިންނާ ހޫރުކާފައިން ކޮށްފައިވާ ކަންތައް ބަލައި އެކަމުގެ އަދަބު އެބޭފުޅުންނަށް ދޭންވާނޭކަމަށް އަޑަށް ބާރުލާފައި ގޮވާން އޮތުމެއްނޫނެވެ. ނަމަވެސް ހުށަހަޅުއްވާ ބޭފުޅުންނަކީ ތަޢުލީމީގޮތުންނާ ގާބިލުކަމުގެ ގޮތުން ކުފޫ ހަމަވާ ބަޔެއްތޯ ސްކްރީންކުރުން އެންމެ ރަނގަޅު. އިނގިރޭސީ ބަހުގެ މާހިރަކަށް ކޮންމެބޭފުޅަކު ވާންޖެހޭނެކަމަށް ގަބޫލެއްވެސް ނުކުރެވޭ. އަޅުގަނޑު ދަންނަވާނީ މި ސަގާފަތަކީ 30 އަހަރުގެ ދިގު ސަގާފަތަކަށްވާތީ މިކަން ނެތިގެން ދާން ދުވަސްކޮޅެއް ނަގާނެއެވެ.މިހާރުގެ ޑިފެންސް މިނިސްޓަރާ ބެހޭގޮތުން މަޖްލީހުގައި ދެކެވުނު ވާހަކައަކީ އެގޮތަށް ދެކެވިގެންވާނޭ ވާހަކައެއްނޫނެވެ.އެވާހަކަ ދެއްކެވި ބޭފުޅާގެ ޒާތީކަމެއް އޮތްކަމަށް ވަރަށްބޮޑަށް ގަބޫލުކުރެވޭ ވާހަކަދެއްކެވި ގޮތުން. މިފަދަ ގޮތަކަށް މިހާރުގެ ރައީސްގެ އާއިލާއަށް ނިސްބަތްކޮށް ކުރީގެ ރައީސް މައުމޫނު ވިދާޅުވި ބަސްތައްވެސް އަޅުގަނޑުމެން އަޑުއެހިން. ނަޝީދުގެ މައިންބަފައިން ކުރިނަމަ ކުރި ކަމެއްގެ އަދަބު ނަޝީދަށް ދޭން ބޭނުންވެގެން ވާހަކަ ދެއްކި ބޭފުޅުން ވާހަކަދެއްކެވިއިރު ﷲ ގެ ބަސްފުޅުތައްވެސް ހަނދާންހުރިހެން ހިޔެއްނުވޭ.ކުށްކުރިމީހަކަށް އެކަމުގެ އަދަބު އޮންނަންވާނީ. އެހެންމީހެއްގެ ބޮލުގައި އެކަން އެޅުވުމަކީ ރަނގަޅުކަމެއްނޫން. ބާޣީ އެކޭ ނޮވެމްބަރު 3 އެކޭ ކިޔާއިރު އަނިޔާވެރިއެއްގެ ކިބައިން ގައުމެއް ސަލާމަތްކުރަން ނުކުންނަމީހުން ބާޣީވާނޭ ގޮތެއް ސަލާމަތް ބުއްދިހުރިމީހަކު ގަބޫލުނުކުރާނެ.އީރާނުގެ ޝާހުގެ ކިބައިން އެގައުމުގެ ރައްޔިތުން ސަލާމަތްކުރަން ނުކުތް މީހުންނަށްވެސް އެއިރު އެތާގެ ރަސްގެފާނު ޝާހު ދިންނަމަކީ ބާޣީން. އެމީހުން މަރާލީ. މިއަދު އެގައުމުގެ ރައްޔިތުން ދެކެނީ އެއީ ޣާޒީން ކަމަށް.އެދުވަސް ކުލަގަދަކޮށް އެމީހުން ފާހަގަކުރަނީ އުފަލާއެކު.ޒާތީ ގޮތް ދޫކުރައްވައި ގައުމީ މަސްލަހަތު އިސްކުރުމަށް ހަނދުމަފުޅުކޮށް އަރުވަން. - ހަސަނު-
-
ބުރާސްފަތި، ނޮވެންބަރު 13 2008، 15:24
ނަމަވެސް އެއީ ޑިމޮކްރަސީގައި މިބުނާ ތިންބާރު ވަކިން އޮތުމުގެ މަފްޙޫމާއި މުޅިން ޚިލާފު ކަމެކެވެ. އިއްޔެގެ މަންޒަރުން، އަޖާއިބުވެ އަންތަރީސް ކުރުވިކަމަކީ، މަޖިލިހުގެ މެންބަރުން، ފާޑުފާޑުގެ ހުށައެޅުންތައް ހުށައަޅާ، ކޮމެޓީތައް ނަގަން ބުނެ، ތަޙުޤީޤުތަކެއް ކުރަން ބޭނުންވާވާހަކަވެސް ދެއްކެވިޔަތީއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ހިންގުމަށްޓަކައި، 30 ދުވަހުގެ މުއްދަތެއް ދޭން ނިންމެވިޔަތީއެވެ. މިއީން އަންގައިދެނީ ދިވެހި ޤައުމުގައި ސަރުކާރެއް އުފެދުމާއި ނުއުފެދުން ބިނާވެގެން މިވަނީ މަޖިލިހުގެ އިޚްތިޔާރާއެވެ. މިއީ ބުއްދީގެ ހަމަތަކުންވެސް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ޤާނޫނުއަސާސީގެ އެއްވެސްމާއްދާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ކެބިނެޓެއްގެ އަޖުމަބެލުމަށް ނުވަތަ އެނޫންވެސް ގޮތަކުން ހިންގުމަށް މުއްދަތެއް ކަނޑައެޅުމުގެ ބާރަކީ މަޖިލިހަށް އަމުދުން ދީފައިވާ ބާރެއްވެސް ނޫނެވެ. ޤާނޫނުއަސާސީގައި މަޖިލިހަށް ބާރެއްދީފައި އޮވެގެން އެކަން ކުރިއަސް ކުރެވޭނެ މިންވަރަކީ ރުހޭނަމަ ރުހޭކަން ނުވަތަ ނުރުހޭނަމަ ނުރުހޭކަން ބުނެލުމެވެ. އެއްވެސް މިންވަރަކަށް މިކަމުގައި ބަހުޘަކަށް ނުދެވޭނެވެ. ސަބަބަކީ މިއީ ތިންބާރުގެ ތެރެއިން މަޖިލިހުގެ ބާރުން ބޭރުގައިވާ އަދި ޚުދު ރައީސުލްޖުމްހޫރިއްޔާގެ ބާރުގައިވާ ކަމަކަށްވާތީއެވެ. އިއްޔެކަންދިމާވި ގޮތުން ހީވެގެން ދިޔައީ، މިއުޅެނީ އަންހެންދަރި މީހަކާ ދެވަން ބާވައެވެ؟ ވާންއުޅޭ ފިރިމީހާގެ އަޖުމަބެލުމަށް މުދަތެއްދިނުމަށްފަހު، ރަގަޅުނަމަ، ވަލީއާއި ރުހޭބަސް ދޭނީއެވެ. ނުވަތަ ކަނޑަން އުޅޭ ރުކެއްގެ ވަކަރަށް ޖެހުންފަދަ ކަމެކެވެ. ބަންޑާރަ ނުވަތަ ރައްޔިތު ރުއްގަސް ކެޑުމުގައި ވަކަރަށް ޖެހުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ! ކޮންމެއަކަސް މިއީ ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު މަޖިލިހުންކުޅަ ރަގަޅުކަމެކޭ ނުދެންނެވޭނެއެވެ. މަރުޙަބާކިޔާ ތަޢުރީފުގެ ބަހެއްވެސް ނުދެންނެވޭނެއެވެ. މިއާއި ޚިލާފަށް މިއީ ޑިމޮކްރަސީގެ އުޞޫލުތަކަށް ހުރި ބިރެކެވެ. މަޖިލިހުގެ ބާރު ހިންގަންޖެހޭ ދާއިރާ މަޖިލިހަށް އޮޅި ރައްޔިތުންނަށްޓަކައި ތެދުވެރީންނަކީ ހަމައެކަނި މަޖިލީސްކަމަށް ހީވާކަމުގެ ފާލެކެވެ. ހަމަ އެހެންމެ މަޖިލިހުގެ މެންބަރުން ޑިމޮކްރަސީގެ ހަމަތަކާއިމެދު ތަސައްރަފު ފުދިފައިވާ މިންވަރާއި މެދު ބޮޑު ސުވާލުމާކެއް ޖެހުނު ކަމެއް މެއެވެ. މިކަމުގައި މަޖިލީހުން ހޫނުބަހުޘްތަކެއް ކުރާހިތްވާނަމަ، ނުވަތަ ސަރުކާރާއި ވަޒީރުން އެކައުންޓެބަލް ކުރަން ބޭނުންނަމަ، އެކަން ކުރެވޭނެ ގޮތްތައް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައި އެވަނީ ސާފުސާފުކޮށެވެ. އެހެނީ ވަޒީރުން މަޖިލިހަށް ހާޟިރުކޮށްގެން އެބޭފުޅުންގެ ދާއިރާއިން ކުރައްވަވާ ކަންތައްތައް ގޯސްނަމަ، އެކަމާއިބެހޭގޮތުން، ގަދަފަދަ ސުވާލުތައްކޮށް، ހޫނު ބަހުޘްތަކާއި ހަމައަށް ދިއުމަށް ވަރަށް ސާފުސީދާ މަގެއް އެއޮތީ ޤާނޫނުއަސާސީގައި ބުނެފައެވެ. އެއީ ވަޒީރުންގެ މަޖިލިސް އެކުލަވާ ސަރުކާރު ހިގައިގަތުމަށްފަހުއެވެ. ސަރުކާރު ހިގައިގަތުމުގެ ކުރީގައި އެކައުންޓެބަލް ކުރާނެ އޮންނާނީ ކޮންކަމެއްތޯއެވެ. ދެންއޮތް އަނެއްގޮތަކީ އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔާއި، އެންޓިކޮރަޕްޝަންގެ މަސައްކަތުން ވުޒާރާތައް އޭގެ ޤާނޫނީ ތަރަހައިގެ ތެރޭގައި ހިފެހެއްޓުމެވެ. ދެންއެއަށްފަހު ކޯޓުތަކުން މައްސަލަތައް ނިންމުމެވެ. ސިސްޓަމަކީ މިއީއެއް ނޫންތޯއެވެ؟ ނިންމާލާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ބައެއްމާއްދާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޑިމޮކްރަސީގެ ތިންބާރަށް ލިބިފައިވާ ދާއިރާގެ ތެރެއަށް އަނެއް ބާރުތަކުން ނުވަނުމަށް ގޮވާލަމުންނެވެ. ކޮންމެ ބައެއްވެސް އެބައެއްގެ ހުއްދަވެގެންވާ ދާއިރާގެ ތެރޭގައި އެބައެއްގެ ބާރުގެ ބޭނުން ކުރުމަށް ހަދާންކޮށްދެމުންނެވެ. އަދި އަނެއްދެބާރުން އެދެބާރަށް ހުއްދަކުރެވިގެންވާ ދާއިރާއިން ބޭރުގައި އެބައެއްގެ ބާރު ބޭނުންކުރޭތޯ ބެލުމުގެ ޒިންމާއަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރާއި ޑިމޮކްރަސީގެ އުޞޫލުގެ މަތިން ޙަވާލުވެފައިވާ ޒިންމާއެއްކަން ބުނެލަމުންނެވެ. މިގޮތުން، ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުވެސް އޭގެ ދާއިރާއިން ފޭވެ އަނެއްދެބާރުގެ ސަރަހައްދަށް އަރައިނުގަތުމަށް ވިސްނުން ބަހެއްޓުމަށް އިރުޝާދުދެމުންނެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ، މާއްދާތަކުގެ ތެރެއިން މަޖިލިހުގެ ބާރު ގަދަވެގެންގޮސްފައިވާ މާއްދާތައް އިޞްލާޙުކޮށް މަޖިލިހުގެ ބާރުތައް ހައްދުތަކަށް ތިރިކުރުމަށް މަސައްކަތްކުރުމަށްޓަކައި، ކޮންސްޓިޓިއުޝަން ރިވައިޒްކުރާނެ ކޮމެޓީއެއް ނެގުމަށް އިލްތިމާސް ކުރަމުންނެވެ. އެހެންނާ، ދިވެހި ޤައުމުގައި އޮންނާނީ ޑިމޮކްރަސީއެއްނޫނެވެ. މަޖިލިހުގެ ނުފޫޒާއި އާރައި ބާރެވެ. މިގޮތުން، މިހާރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ބައެއްބާރުތަކަކީ، ޑޮމޮކްރަސީގެ އުޞޫލުންބަލާއިރު، ‘ހައްދުފަހަނަ އަޅާފައިވާ ބާރު’ ތަކެކެވެ.
-
ބުރާސްފަތި، ނޮވެންބަރު 13 2008، 16:53
މަޖިލީހުގައި މިމައްސަލާ އިން ގެންގުޅުއްވީ މާކަ ރަނގަޅު އުސޫލު ތަކެއް ނޫނެވެ. މަޖިލީހުގެ ރުހުން ލިބުމަކީ، މަޖިލީހުން އެއިން ބޭފުޅެއްގެ އެއްވެސް މައްސަލަ އެއް ނެތްކަމަށް ނިންމުމެވެ. މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެއްބޭފުޅަކު ވަރަށް ސާފުކޮށް ބައެއް ބެފުޅުންގެ ނަންފުޅު ވިދާޅު ވަމުން އެބޭފުޅުން ވަޒީރުންގެ މަޤާމަށް އިސްކުރުމަށް ނުފެންނަ ސަބަބު ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވިއެވެ. އެހެރީ ފެންނަން ހުރި މައްސަލަ ތަކެވެ. އެމެމްބަރަކު އެވިދާޅުވި މައްސަލަ ތަކަށް މަޖިލިސްއިން ބައްލަވަން ޖެހޭނެއެވެ. މަޖިލިސްގެ ޖަލްސާ ލައިވްކޮށް ފޮނުވަމުން ގެންދިޔައިރު ރައްޔިތުން ދިޔައީ ބަލަމުން އަޑުއަހަމުން ނެވެ. މަޖިލިސްގެ ރައީސް މަޖިލިސްގެ މެމްބަރުންގެ ހުށަހެޅުންތަކުގެ އަޑު މާރަނގަޅަކަށް އައްސަވަން ބޭނުންފުޅު ނޫންކަން ފާހަގަ ކުރެވިގެން ދިޔައެވެ. މަސައްކަތް ކުރެއްވީ އެއްވެސް ބޭފުޅެއްގެ ހުށަހެޅުއްވުމުގެ އަޑެއް ނާއްސަވާ ރައީސުލް ޖުމްހޫރިއްޔާ ހުށަހެޅުއްވިގޮތަށް ފާސްކޮށް ދެއްވުމަށެވެ. ވީމަ، އަދިވެސް ވަކިބަޔެއްގެ ނުފޫޒާއި ބާރު ދިމަދިމާލުގައި ނެތެކޭ ދެންނެވޭކަށް ނެތެވެ. އަދިވެސް ތިޔަބުނާ އެއްބާރު އަނެއްބާރާ ވަކިކުރެވިއްޖެ ކަމަށް ޤަބޫލުކުރަން ދައްޗެވެ.
-
ބުރާސްފަތި، ނޮވެންބަރު 13 2008، 18:22
މިނިސްޓްރީތައް ހިންގުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަކީ ގާނޫނީ ނަޒަރަކުން ހަމައެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ މަޖްލީހުގެ ބާރެއް ނޫނެވެ. މަޖުލީހުން ކުރެވޭނެ ހާވެސް ކަމަކީ ރުހުމާއި ނުރުހުމުގެ ބަސް ދިނުމެވެ.
-
ބުރާސްފަތި، ނޮވެންބަރު 13 2008، 18:22
ރައީސުލް ޖުމްހުރިއްޔާ ވަޒީރުންގެ ރުހުން ހޯދުމަށް ރައްޔިތުންގެ މަޖްލީހަށް ހުށަހެޅުމުގެ ބޭނުމެއް ނެތްކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ވެރިކަން ހިންގުމުގެ ބާރަކީ ވަކި ބާރަކަށްވާހިދު އެބާރަށް ވެރިކަން ހިންގުމުގެ ފުރިހަ އިޚްތިޔާރު ދޭންޖެހޭނެކަށް ފެނެއެވެ.
-
ބުރާސްފަތި، ނޮވެންބަރު 13 2008، 18:23
ރައްޔިތުންގެ މަޖްލިހަކީ ރައީސުލް ޖުމުހޫރިއްޔާއާއި އޭނާގެ ކެބިނެޓަށް ފާރަލެވެން އޮތް ހަމައެކަނި ބާރެވެ. މިއީ ރަގަޅު ވާހަކައެކެވެ. ނަމަވެސް މިބާރު ފެށޭ ހިސާބަކާއި ނިމޭހިސާބެއްވެސް އޮންނާނެތާއެވެ. މިފަދައިން ފާރަލާންފަށާނީ ވަޒީރުންގެ މަޖިލިސް އެކުލަވާ ސަރުކާރު ހިގައިގަތުމަށްފަހުއެވެ. ސަރުކާރު ހިގައިގަތުމުގެ ކުރީގައި އެކައުންޓެބަލް ކުރާނެ އޮންނާނީ ކޮންކަމެއްތޯއެވެ.؟ ހަމައެކަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހަމަވީމާ އެނިމުނީ. އެކަންވެސް ބަލަންޖެހޭނީ ތަހުޤީޤުކުރުމަކާއި ނުލައި ހަމަ އެކަނި ބޭރު ފުށަށް. އެއަށްފަހު ސަރުކާރު ހިގައިގަތުމުން، ވަޒީރުންނަށް 'ޗިޓު' ފޮނުވައިގެން ގެނެސް މަޖިލިހުން ގަންނަ ގަޑެއް ގަތުމަކީ އެއީ މަޖިލިހުގެ ބާރުގެ ތެރޭގައިވާ ކަމެއް. ނަމަވެސް ކެބިނެޓް ނުވަތަ ސަރުކާރު ވުޖޫދައްގެނައުން ދަތިކުރުމުގެ އެއްވެސް ބާރެއް މަޖިލިހަށް ނޯންނާނެ.
-
ބުރާސްފަތި، ނޮވެންބަރު 13 2008، 18:24
މީގެންއަންގައިދެނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޑިމޮކްރަސީއަށް ކުފޫހަމަނުވާކަމެވެ. ކޮންމެމީހަކު ބޭނުންވަނީ ތިމްނައަކީ ރައްޔިތުން ތަމްސީލުކުރާ މީހެކޭބުނެ ރައްޔިތުންނަށް ތިމާއަކީ މާމޮޅު ވާހަކަ ދެއްކުންތެރިއެއްކަމަށް ހެދޭށެވެ. އެއީވެސް ފާޑެއްގެ ކެމްޕޭނެކެވެ. ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކައިރިވަމުން އަންނާތީއެވެ. ދެން ހެންނާފަހެ އެބައިމީހުން ހެދި ޤާނޫންއަސާސީ ރައީސުލްޖުމްހޫރިއްޔާގެ ކެޕްނެޓް ޤަބޫލުތޯ ނުވްތަ ނޫންތޯ ބެލުމަށް އޮންނައޮތުން އެއްކިބާކޮށް ތިމާމެންނަކީ ތަޙުޤީޤު ކުރާބަޔަކަށް ވާކަށް ނުޖެހެއެވެ. އެދުވަހު ފެނިގެންދިޔައީ ޑިމޮކްރަސީގެ ތިންބާރުއެއްކޮށްގެން، ވެރިކަން ހިންގާބާރު ޚިޔާލަކަށްއެދުމުން، އެކަން ތަޙުޤީޤަކަށް ގެންދާން މަސައްކުރިކުރުމެވެ.
-
ބުރާސްފަތި، ނޮވެންބަރު 13 2008، 18:38
ބިންގާ ކައްޗައް އެޅިނަމަ ކެއްޗާ ހަމަ އަށް ނެގިއަސް ކަތިވާނެ އޭ ބުނެ އުޅެއެވެ. ގާނޫން އަސާސީ ގެ 116 ވަނަ މާއްދާގެ (ހ) ޚާއްސަ މަޖްލީހުން ފާސް ކުރި އިރު އެ މާއްދާގައި ވަޒީރުން ނަށް މަޖްލީހުގެ ރުހުން ހޯދާކަށް ނެތެވެ. އެ މާއްދާ ބަދަލު ކޮށްފައި ވަނީ ސީދާ އެ މާއްދާ ހުށަ ހެޅުއްވި މެމްބަރު މި ކަމާ ދެކޮޅު ހައްދަވަނި ކޮށް ބްލޮކް ވޯޓަކަށް ގޮސް ގެންނެވެ. މި ކަން ގާނޫން އަސާސީ ފާސްކުރި ދުވަހުގެ ޔައުމިއްޔާ ކިޔާލާ ކޮންމެ ބޭފުޅަކަށް ވެސް ޔަގީން ވާނެއެވެ.