އެގާރަ ބޭފުޅަކަށް ދެއްވި މަތިވެރި ޝަރަފް
އޮފީހުން ނުކުމެގެން ގެއަށް ދަނިކޮށް އެކުވެރިޔަކާ ދިމާވެގެން ބުންޏެވެ.
” އެންމެ ފަހުން ބަލިވީމާވެސް މެޑަލްތައް ބަހާލީ ދޯ؟“ އެ އެކުވެރިޔާ ދެއްކި ވާހަކަ ސާފު ނުވުމުން އޮޅުންފިލުވާ ލީމެވެ.
” މިއަދު އާ ވައްތަރެއްގެ އިއްޒަތަކާއި ޝަރަފެއް ތައާރަފްކޮށްފިއެއްނު. 11 ބޭފުޅަކަށް އެވަނީ އެ އިއްޒަތް ދީފައި. އެހެންޏާ އިއްޒަތް ދީ އުޅެނީ ކޮންމެވެސް މުނާސަބު ކަމަކާ ގުޅުވައިގެން. ޚާއްސަކަމެއް ދިމާވެގެން. ފާހަގަކުރެވޭ ޝަރަފެއް ހޯދާދީގެން. މިފަހަރު މިވީގޮތަކީ ބަލިވީމާވެސް އިއްޒަތް ދިނީ. މެޑަލްތައް ބަހާލީ. ތިމާ ބޭނުން ނުވެގެން މަގާމުން ދުރުކުރީމާވެސް އެބޭފުޅާއަށް ވަފާތެރިވީ ފަރާތްތަކަށް އިއްޒަތް ދިނީ. އެކަމަކު އެއީ ބޮޑުވަރު.“ އެކުވެރިޔާ ބުނި ޖުމްލަ އޮޅުން ފިލުވުމަށް މަސައްކަތްކުރުމުން އަމުނާލީ ފަތިވަރެކެވެ.
އެކުވެރިޔާ ދެއްކި ވާހަކަތަކަކީ ވާނުވާ ނޭނގޭ ހާލު ދެއްކި ވާހަކަތަކެއް ކަން ފަހުން އެނގުނެވެ. ރައީސުލް ޖުމްހޫރިއްޔާ އިއްޔެ, 11 ބޭފުޅަކަށް ދެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަން)ނ,ޢ,ޢ,ވ( އިއްޒަތުގެ ލަގަބަކީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅު ވެވަޑައިގެންފި ހިނދެއްގައި, ބޭނުންފުޅު ވަވަޑައިގެން ފަރާތަކަށް ދެވިދާނެ އިއްޒަތެކެވެ. ނަމަވެސް އެއިއްޒަތް ދެވެނީ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ނެވެ. އެއިއްޒަތް ދެއްވާފައިވަނީ ގަނޫނޫގައި ބުނެފައިވާ ގޮތަށެވެ.
އިއްޔެ 11 ފަރާތަކަށް ރައީސް ދެއްވި އިއްޒަތަކީ ރާއްޖޭގައި ދެވޭނެ, ދެވަނައަށް އެންމެ މަތީ އިއްޒަތެވެ. ނުވަތަ ލަގަބެވެ. އެލަގަބަކީ )ނިޝާނުގެ އިއްޒަތަކީ( އެމީހެއްގެ ގައުމީ ޚިދުމަތް ފާހަގަކޮށް, ނުވަތަ ބައިނަލް އަގްވާމީ ޚިދުމަތް ވަޒަން ކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުންދޭ އިއްޒަތުގެ ނިޝާނެކެވެ. ނުވަތަ މެޑައްޔާއެކު ދޭ އިއްޒަތެކެވެ. މީގެ އިތުރުން މުޅި އިންސާނިއްޔަތަށް މީހަކު ކުރާ ޚިދުމަތް ވަޒަން ކުރުމުގެ ގޮތުންވެސް ނިޝާނުގެ އިއްޒަތް ދެވިދާނެ ކަމަށް ދިވެހި ރާއްޖޭގެ އިއްޒަތުގެ ގާނޫނުގައި ބުނެފައި ވެއެވެ.
ނިޝާނުގެ އިއްޒަތުގެ ގޮތުގައި ފަސް ކެޓެގަރީއެއް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެއީ ނިޝާނު ޣާޒީ އިއްޒަތުގެ ވެރިކަމާއި, ނިޝާނު އިއްޒަތްދީނުގެ އިއްޒަތުގެ ވެރިކަމާއި, ނިޝާން ދަރުމަވަންތަ މަހާރަދުންގެ އިއްޒަތުގެ ވެރިކަމާއި, ނިޝާން ޝަހީދު އަލީ އިއްޒަތުގެ ވެރިކަމާއި, ނިޝާން އިސްކަންދަރު އިއްޒަތުގެ ވެރިކަމެވެ. ނަމަވެސް އެ ގާނޫނުގައި މި އިއްޒަތްތައް ދެވޭނެ ގޮތްތަކެއް ކަނޑައަޅާ ބަޔާން ކޮށްފައެއް ނުވެއެވެ. މިދެންނެވި އިއްޒަތްތައް ނިސްބަތް ކޮށްފައި ހުރި ގޮތަށް ބަލާއިރި ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ގަބޫލު ކުރެވެ އެވެ. އުސޫލުތަކެއް ގެންގުޅެފައި ހުރިކަން ފާހަގަ ކުރެވެއެވެ.
އިއްޔެ އިއްޒަތް ދެއްވި 11 ބޭފުޅުންނަށް އިއްޒަތް ދެއްވާފައި ވަނީ އެބޭފުޅުންގެ ހިތްވަރުފުޅާއި މަސައްކަތްޕުޅުން އެބޭފުޅުންގެ ދާއިރާ ތަރައްގީ ކުރެއްވުމަށް ގައުމީ ފެންވަރުގައި ބަލައިގަނެވޭނެ ފަދަ މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައިވާތީ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ. ތެދެކެވެ. އެބޭފުޅުންގެ ޚިދުމަތް ގައުމަށް ލިބިފައިވަނީ ފިސާރި ބޮޑަށެވެ. އެ ބޭބޭފުޅުންގެ ގައުމީ ޚިދުމަތް އަޅުގަނޑުމެން ފާހަގަ ކުރަންޖެހެ އެވެ. އެއީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެކުވެރިޔާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް މަދެއް ނޫނެވެ. އެޝަރަފާއި އިއްޒަތް ދެވޭވަރުގެ އެހެން ބޭފުޅަކު ގައުމުގައި ނެތްތޯ އެވެ؟ އެފަދަ އެތައް ޚިދުމަތްތެރިން ތިއްބާ މަގާމުން ދުރަށް ވަޑައިގަތުމަށް 12 ގަޑިއިރަށް ވީމާ އެ އެގާރަ ބޭފުޅުންނަށް އެޝަރަފެއް ދެއްވީ ކީއްވެ ބާއެވެ؟ މިއޮތް ހުރިހާ ދުވަހު އެޝަރަފް ނުދެއްވާ މަޑުކުރެއްވީ އެންމެ ފަހު ވަގުތު ދެއްވާ ހަދިޔާއެއްގެ ގޮތުގައި އެކަން ބާއްވަންތޯ އެވެ؟ މިއިން އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެއެވެ.
މަޑުން އިނުމުން އަނެއްކާވެސް އެކުވެރިޔާ ވާހަކަ ފެށިއެވެ.
” ކުރިން ކޮލިލައިގެން އަބުދުއް ސައްތާރު މޫސާ ދީދީއަށް ކިލެގެކަން ދެއްވި. ނަމަވެސް ރައްޔިތުން މަޖިލީހުން އެކަން ވަނީ ނަންގަވާފައި. މިޒަމާނާ ނުގުޅޭތީ ކަންނޭނގެ. އެފަދަ ޚިދުމަތްތެރިއަކު މިވަގުތު މި ފަސްގަނޑުގައެއް ނެތް. އެބޭފުޅާއަށް އެވިދާޅުވާ މަގާމް ނުދެވި އެހެން ބޭފުޅަކަށް ދެވެންވީ އެއްވެސް ސަބަބެއް ނޭނގެ. އެއީ މިނިވަންކަން ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރެއްވި ބަތަލެއް. ގައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް މައުމޫނު ދައުރުގައިވެސް ކުރެއްވި އިއްޒަތްތެރިއެއް. އެބޭފުޅާގެ ޚިދުމަތާއި އިލްޔާސް އިބްރާހިމްގެ ޚިދުމަތާ އަޅާ ކިޔޭނެބާ؟ އެއީ ވާނެ ކަމެއް ނޫން.“ އެކުވެރިޔާގެ ވާހަކައަށް ޖަވާބެއް ދޭކަށް ނެތީމެވެ.
ގަބޫލު ކުރަން ޖެހެނީ މިއަދު ވެރިކަމުން ވަކިވެ ވަޑައިގެންނެވި ރައީސް މައުމޫނުގެ ޚިދުމަތާ އެ އެގާރަ ބޭފުޅުންނާ އެއް ހަމަ ނުކުރެވޭނެ ކަމެކެވެ. އެހެން ކަމަށް ވާނަމަ މައުމޫނަށް އަރުވަންޖެހޭ ޝަރަފަކީ ނިޝާނު ޣާޒީ އިއްޒަތުގެ ވެރިކަމުގެ ޝަރަފެވެ. އެއީ އަމިއްލަ ފުޅަށް އެރުވޭނެ ލަގަބެއް ނޫނެވެ.
-
ހޯމަ، ނޮވެންބަރު 10 2008، 02:23
އެއްގޮތަކަށްވެސް މި 11 މީހުންނަކީ ދިވެހިންނަށް ޚިދުމަތްކުރި ބައެއްނޫން. މައުމޫނު މި 11 މީހުނަނަށް އިނާމު ދިނުން ހައްޤު ސަބަބަކީ މި އަނިޔާވެރި ސަރުކާރު ހިންގައި ދިނުމަށް މައުމޫނަށް އެންމެ ބޮޑަށް އެހީވީ މި މީހުންކަމަށްވާތީ.
-
ހޯމަ، ނޮވެންބަރު 10 2008، 08:06
މިދެން މާހެއްވާ ކަމެއް މީނާ ބޭނުންވީމަ ބއަޔަކަށް އިނާމު ދީފަ ބޭނުން ނުވާ ބަޔަކަށް ނުދީފަ
-
ހޯމަ، ނޮވެންބަރު 10 2008، 08:39
ވަކިވައްތަރެއްގެ ޚިދުމަތެއްކުރައްވާފައިވާބޭފުޅުންއެއީ! އެއީމައުމޫނުރުއްސުމުގެޚިދުމަތް! ޢަބުދުއްސައްތާރު މޫސާދީދިއަކީ ޤައުމަށްޚިދުމަތްކުރެއްވުމުގެ ލާމަސީލުނަމޫނާއަކަށްވިއަސް އެއްވެސްބޭފުޅަކު ރުއްސަންމަސައްކަތްކުރައްވާބޭފުޅެއްނޫންއެއީ!ވަރައްތަފާތުއެހެންނޫންތޯ؟
-
ހޯމަ، ނޮވެންބަރު 10 2008، 09:48
ފާހަގަކުރެވުނީ ވަގުތީ ރައީސުގެ ބާރުތަށް މަގާމުގެ އެންމެ ފަހު ހިނދުކޮޅުގައި އާދަޔާއި ޚިލާފަށް ބޭކާރު ކަންކަމުގައި ހޭދަކުރިކަން. އެވަގުތުގައިވެސް ގައުމު ހިންގުމަށްވުރެ އިސްކަންދިނީ ރައްޓެހިންނަށް ލަގަބު ދިނުމާއި ފާދުފާޑުގެ ޕްރޮމޯޝަން ދިނުމަށް އަދި ޕްރޮޖެކްޓުތައް ފަރާތްފަރާތާއި ޙަވާލުކުރުމަށް. ހީވަނީ ކުރިއަށް އޮތް ސަރުކާރަށް ކުރެވުނު އުނދަގުލެއް ޖެއްސުމެއް ކޮށްފައި ފައިބަން ނިޔަތްގަނެގެން ހުރިހެން. އަދި ނޫސްވެރިޔާ ސާފުކޮށްދެއްވުން އެދެން އެދެއްވި މެޑަލްތަކުގެ އަގު. އެއީ ހަޤީޤީ ރަންތޯ، މިކަމަށް ބައިތުންމާލުން ހޭދަކުރަންޖެހުނީ ކިހާ އެއްޗެއްތޯ؟
-
ހޯމަ، ނޮވެންބަރު 10 2008، 09:50
ފުރަތަމަ، މައުމޫނަކީ 30 އަހަރުވަންދެން ރައްޔިތުން ބިރުވެރިކަމުގައި ބައިތިއްބާ، ވޯޓުގައި މަކަރާއި ހީލަތް ހަދައިގެން އަބަދުވެސް ފުރިހަމަ އަޢްލަބިއްޔަތުން ހޮވޭ މީހެއް. ވުމާއެކު ދޭފަރާތްތަކުން ކޮށްދިން ޙިދުމަތަކީ ކޮބައިތޯ ސުވާލުއުފެދޭ، ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބައިގެން ގޯނާކޮށް ފޭރުންތޯ؟
-
ހޯމަ، ނޮވެންބަރު 10 2008، 12:08
ކިތައްމެ އިއްޒަތެއް ދިނަސް މިއީ އިއްޒައްތެރި ބައެއްނޫން، ގަދަރުވެރި ބައެއްވެސް ނޫން. މެޑަލާ، ލަގަބާ، ގަދަރާ، އިއްޒަތަކީ ރައްޔަތުން ދޭއެއްޗެއް، ރައްޔަތުން އެކަން ބަލައިގަނެ އެގަދަރާ އެއިއްޒަތް އެބަޔަކަށް ނުދީ ތީވަގުންނޭ، ޚުދުމުޚުތާރު އަނިޔާ ވެރީންނޭ ތަކުރާރުކޮށް ބުނާނަމަ އެދިން އިއްޒަތް ވާނީ ބޭކާރު އެއްޗަކައް. މިސާލެއް ބުނެފަނަން. ރާއްޖޭގެ ކުރީގެ ރައީސް ނާސިރު އަކީ ވެސް އިއްޒަތުގެ ވެރިއެއް. ހޯއްދެވީ ދެކުނުގެ ދަޑުބަޑުގައި ރާއްޖޭގެ ރަށެއްގެ މުޅިރައްޔަތަކާ ދެކޮޅަށް ޖަރިމާ ހިންގުމުގެ ސަބަބުން. މިހާރުގެ މިންގަޑުން ބަލާނަމަ އެކުރެއްވިކަމަކީ ހަގުރާމައިގެ ޖަރީމާ ނޫނީ އެއީ އިންސަނިއްޔަތާ ދެކޮޅު އަމަލެއް. މިމީހުނައްވެސް މިދިން އިއްޒަތަކީ މިކަހަލަ ސަބަބުތަކަކުން ލިބުނު އެއްޗެއް. އެހެންކަމުން މިއީ ބަޔަކު ބަލައިގަންނާނެ އެއްޗެއްނޫން. ދެރަކަމަކީ ދައުލަތުގެ މިވަރުގެ ބޮޑެތި ޝަރަފު ޗަކަވަޅުގަޑައް އެއްލަލާކަން. ކުރިޔަށް އޮތްތަނުގައި ކުރަންޖެހޭ ކަމަކީ، މިގޮތަށް ދެވޭ ޝަރަފާ އިއްޒަތް ދިނުމުބެ ހަރުދަނާ ގާނޫނެއް މަޖިލިހުން ހަދާ މިއީވެސް ރައްޔަތުން އެގެ މައްޗަށް އިތުބާރުކޮށް، އެއަށް ހައްގު ގަދަރު ލެބިދޭފަދަ އެއްޗަކަށް ހެދުން.
-
ހޯމަ، ނޮވެންބަރު 10 2008، 15:14
އެންމެ ފަހުން ވެރިކަމުން ފައިބަމުންވެސް މައުމޫނު އެދެއްކީ އޭނަޔަކީ ގާނޫނު އަސާސީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދުވަސްވީ ތަޖުރިބާ. މި ތަޖުރިބާ މައުމޫނު ކާރިން އަންނި ނުހޯއްދަވާނެ ކަމަށް އުއްމީދުކުރަން.
-
ހޯމަ، ނޮވެންބަރު 10 2008، 20:16
އަދިވެސް މައުމޫނު ފަހަތުން އަޅައިގަނެގެން ނުނެއްޓިގެން ދޯ ތއުޅެނީ. ދެން ކާކާބާ ޖައްސާލާނީ؟ހަމަ ގައިމުވެސް އަންނި ގޯސް ކަމެއް ކުރިޔަސް ލިޔާކަށް ނުކެރޭނެ. ތިވެސް ވަކި ބަޔަކަށް ވިކިފަތިބޭ ބައެއްނު.....ފާތުން.