ސަލްމާން ކަޓްރީނާގެ ޑަބަލް ރޯލް ހޯދައިފި

ނޮވެންބަރު 9 2008، 16:53 0 ޚިޔާލު

ފިލްމު ލަކީގައި ސަލްމާންގެ ކޯ ސްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އައިޝްވާރްޔާ ރާއީގެ ދެލި ކޮޕީ ނުވަތަ ވައްތަރު ކުއްޖެއް ހޯދުމަށްފަހު، މިފަހަރު ސަލްމާން އާއެކު ފިލްމުކުޅުމަށް އޭނާ ހޯދާފައިވަނީ މިހާރުގެ ލޯބިވެރިޔާ ކަޓްރީނާ ކައިފްގެ ދެލި ކޮޕީ ކަމުގައި ހަބަރުތަކުން ބުނެއެވެ.

ޒަރީނާ ޚާން ނަމަކަށް ކިޔާ މި ކުއްޖާ ސަލްމާގެ ލޮލުގައި އަޅައިގަނެފައިވަނީ މިހާރު އޭނާ ކުޅެމުންދާ ފިލްމު ޔުވްރާޖްގެ ޝޫޓިންގ ތެރެއިންނެވެ. މި އަންހެން ކުއްޖާއަކީ ޔުވްރާގައި ކަޓްރީނާގެ ބޮޑީ ޑަބަލް ބައިކުޅޭ އަންހެން ކުއްޖާވެސް މެއެވެ. ޒަރީނާ އަކީ ކަޓްރީނާއަށްވުރެން އުމުރުގެ ގޮތުން ހަގު ކުއްޖެކެވެ. އެހެން ނަމަވެސް ޒަރީނާގެ ސިފަ ކަޓްރީނާއާއި ވައްތަރުވީލެއް ބޮޑުކަމުން ސަލްމާންވަނީ އޭނާގެ އަލަށް ފަށާ ފިލްމު ވީރުގައި ލީޑް އެކްޓްރެސްގެ ބައި ކުޅުމަށް ޒަރީނާ ހޮވާފައެވެ.

ބައެއް މީހުން ބުނާގޮތުގައި ޒަރީނާ ދުރުން ފެނުމުން އެއީ ކަޓްރީނޫންކަން ނޭގޭ ވަރަށް މިދެތަރިން ވައްތަރެވެ. އުމުރުން 21 އަހަރުގެ ޒަރީނާގެ ނަން ފިލްމު ރިލީސް ކުރުމުގެ ކުރިން ހިންދު ފަސޭހަ ނަމަކަށް ބަދަލު ކުރާނެ ކަމަށްވެސް ވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv