ފިލްމް އުފެއްދުންތެރިޔާ ޗޯޕްރާ ނިޔާވެއްޖެ
އިންޑިޔަން ފިލްމު އިންޑަސްޓްރީއަށް އެތަކެއް މަސައްކަތްތަކެއްކޮށްދީ ބެލުންތެރިންނަށް ރީތި ފިލްމުތަކެއް ހުށަހަޅާދީފައިވާ ކުޅަދާނަ ޕްރޮޑިއުސަރ ޑައިރެކްޓަރ ބީ.އާރު ޗޯޕްރާ އުމުރުން 95 އަހަރުގައި ބަލިވެ އުޅުމަށްފަހު ނިޔާވެއްޖެއެވެ.
ބީ.އާރު ޗޯޕްރާ ޑައިރެކްކުރި ފުރަތަމަ ފިލްމު ނާކާމިޔާބުވީ ނަމަވެސް ފަހުން އޭނާ ވަނީ ކާމިޔާބު އެތަކެއް ފިލްމުތަކެއް އުފައްދާފައެވެ. އޭގެ ތެރޭގައި އަފްސާނާ،ނަޔާ ދައުރު، ސާދަނާ، ކާނޫން، ހަމްރާޒް، ގުމްރާހް އަދި ނިކާހް ފާހަގަކޮށްލެވެއެވެ.