ސިންގ އިޒް ކިންގ ދެވަނަ ބައި ކުޅެނީ
އެކްޓަރ އަކްޝޭ ކުމާރަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ހިޓް ފިލްމުތައް ބެލުންތެރިންނަށް ފޯރުކޮށްދޭ ތަރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަސްތޭ ލަންޑަން، ބޫލް ބުލައްޔާ، ވެލްކަމް އަދި ސިންގ އިޒް ކިންގ ފަދަ ފިމްތައް ކުޅެފައިވާ އަކްޝޭގެ އެންމެ ފަހުގެ ހިޓް ސިންގެ އިޒް ކިންގެ ކާމިޔާބަށްފަހު ޕްރޮޑިއުސަރު މި ފިލްމުގެ ދެވަނަ ބައި އުފެއްދުމާދޭތެރޭ ވިސްނަމުން ދާކަމަށް ބުނެފިއެވެ.
ސިންގ އިޒް ކިންގ ގެ ދެވަނަބައިގައިވެސް ލީޑް ތަރިއެއްގެ ގޮތުން ފެނިގެންދާނީ އަކްޝޭ ކުމާރު ކަމަށް ޕޮރޮޑިއުސަރ ވިޕުލް ޝާހް ހާމަކުރިއެވެ. ވިޕުލް ޝާހް ވަނީ މީގެ އަކްޝޭ ހިމަނައިގެން މީގެ ކުރިން އުފައްދާފައިވާ ފިލްމު ތަކުގެ ތެރޭގައި ވަގްތް، ނަމަސްތޭ ލަންޑަން އަދި ސިންގ އިޒް ކިންގ ފާހަގަ ކޮށްލެެވެއެވެ.
ވިޕުލް ހާމަކުރާ ގޮތުގައި ސިންގ އިޒް ކިންގ ދެވަނަ ބައިވެސް ޑައިރެކްޓް ކުރާނީ ފުރަތަމަ ބައިވެސް ޑައިރެކްޓް ކުރި އަނީސް ބާޒްވާނީއެވެ. އެހެން ނަމަވެސް މިދުވަސްވަރު އަނީސް ބާޒްވާނީ ވަރަށް ބުރަކޮށް އެހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާތީ އަދި މި ފިލްމުގެ މަސައްކަތް ފެށޭނެ ވަކި ދުވަހެއް ބުނަން ނޭގެއެވެ.