
ދެކުނު އެފްރިކާއަތުން ވެސްޓް އިންޑީޒް ބަލިވެއްޖެ
ކްރިކެޓް ވޯލްޑްކަޕްގައި ރޭ ދެކުނު އެފްރިކާ އާއި ވެސްޓް އިންޑީސް ބައްދަލުކުރި މެޗް 67 ލަނޑުން ދެކުނު އެފްރިކާ ކާމިޔާބުކޮށްފިއެވެ.
ގުޔާނާގައި ކުޅެވުނު މިމެޗްގެ ޓޮސް ލިބިގެން ދެކުނު އެފްރިކާ ގެ ތަޖުރިބާކާރު ކެޕްޓަން ބްރިއާން ލާރާ ގަސްތު ކުރީ ހޮވަން އަރާށެވެ. ދެކުނު އެފްރިކާ ކުޅެން އަރާ އެޓީމުގެ އިތުބާރު ކެޕްޓަން ގްރޭމް ސްމިތް އެންމެ 7 ލަނޑަށް ނުބައިވިނަމަވެސް ޑި ވިލިއާސްގެ 144 ލަނޑުން ދެކުނު އެފްރިކާ ވަނީ 356 ލަނޑު ހަދާފައެވެ. ކަލިސްވެސް ވަރަށް އަވަހަށް 80 ލަނޑުހެދިއެވެ. ވެސްޓް އިންޑީސް އިން އެންމެ ރަނގަޅަށް އުކީ 2 ވިކެޓްނެގި ކޮލީމޯރއެވެ.
ޖަވާބުގައި ވެސްޓް އިންޑީސް އިން ކުޅެން އަރާ އެންމެން ނުބައިވެގެން ދެވުނީ އެންމެ 289 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 92 ލަނޑުހެދި ސަރުވަންއެވެ. އާންމު ގޮތެއްގައި ރަނގަޅަށް ކުޅޭ ޗެންދަރޕޯލް ނުބައިވީ އެންމެ 4 ލަނޑަށެވެ. ދެކުނު އެފްރިކާއިން އެންމެ ރަނގަޅަށް އުކީ 2 ވިކެޓްނެގި ޕޮލަކެވެ.
ރޭގެ މެޗުން ވެސްޓް އިންޑީށް ބަލިވިއަސް އަދި އެޓީމު މުބާރާޓަކުން ނުކަޓައެވެ. އެޓީމު ސެމީ އަށް ދާން އޮތް ހަމައެކަނި ގޮތަކީ ދެކުނު އެފްރިކާ ކުޅޭ ހުރިހާ މެޗަކުން ބަލިވެފައި ވެސްޓް އިންޑީށް ހުރިހާ މެޗަކުން މޮޅުވުމެވެ.--ކްރިކްއިންފޯ