

މައުމޫނު މިހާރު ދައްކަވަމުން ގެންދަވާ ޑިމޮކްރަސީގެ "ފުރިހަމަ ނަމޫނާ"އާ މެދު ސުވާލު އުފެދެއެވެ.
”ތިޔައީ ހުސް ފޭކް. ދެން އެނޫން ގޮތެއް ނޯންނާނެ. ތިޔަވަރުގެ ހިތްހެޔޮ ބޭފުޅެއް ނޫން އެއީކީ. އެހެންނަމަ ރައްޔިތުން މިގޮތަށް ބައިބައިވާކަށް ނުޖެހުނީސް“ މިދިޔަމަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނިއުސް ކޮންފަރެންސެއް ނިންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލިބުނު އެސްއެމްއެސް އެއްގައި އޮތެވެ.
އެކަކަށްވުރެ ގިނަ މީހުން ވާދަކުރެވޭގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނު ބަލިވުމާއި ގުޅިގެން ދައްކަވަމުން ގެންދަވާ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއާ މެދު ގިނަ ބަޔަކު ހިތުގައިވަނީ ސުވާލު އުފެދިފައެވެ. އެއްބަޔަކު ބުނަނީ އެމަނިކުފާނަކީ ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ”30 އަހަރުވީ ގަހެއްވެސް ކަނޑާ ބިމަ ހަމަކޮށްލީމާ ދެން ކުރާނެ ކަމެއް ނޯންނާނެ“ ކަމަށެވެ.
ރައީސް މައުމޫނުގެ ހެޔޮފުޅުކަމާއި ޑިމޮކްރަސީގެ ލާމަސީލު ނަމޫނާ ޤަބޫލުނުކުރެވޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ހުރިހާ ސަބަބެއް ލިޔުމަކީ ފަސޭހަކަމެއް ނޫނެވެ. އޭގެތެރެއިން ބައެއް ސަބަބުތައް ލިޔެލާނަމެވެ. މިހާރު މިގެންނަ އިސްލާހުތައް ގެންނަވާހަކަދެއްކީކީ އިއްޔެއަކު މިއަދަކު އެކަންޏެއް ނޫނެވެ. އޭގެކުރިން އެވާހަކަތައް ދެއްކި މީހުންނަށް ލިބުނީ ބަރުދާސްތުކުރަން ދަތި އަނިޔާތަކެވެ. އަނބިދަރިން ބިކަވެ އާއިލާތައް ރޫޅުނުއިރު ބައެއް މީހުން ދުނިޔެ އަޅާ ދިޔައެވެ. ރައްޔިތުންގެ މަޖިލީހުގައި އިސްލާހުގެ ވާހަކަތައް ދެއްކި މެންބަރުންނާ ކުރިމަތިލީ ސަރުކާރުގެ ބާރުލިބިގެން ނިކުތް ”ބިންބި“ ފޯސްތަކެވެ. ފުލުސްކޯޓުން ކުރި ހުކުމާއި, ޖަލާއި ހަވާލުވެގެން ހުރި އިސްތަފާ އިބްރާހީމް މަނިކުގެ ހިތުގައި އޮންނަ ޤާނޫނާއި ޤަވާއިދުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ނަތީޖާއެއްގެ ގޮތުން ޑރ މުހައްމަދުވަހީދު ހަސަންމަނިކު, ގޯގޯ ލަތީފްމެންފަދަ ބޭބޭފުޅުން ޖެހިވަޑައިގަތީ މަޖިލިސް ދޫކޮށް ޖާނު ސަލާމަތްކޮށް ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެވޭށެވެ. ޤާސިމް އިބްރާހީމް މެންނަށް ޖެހިވަޑައިގަތީ މަޖިލީހާ ވައިވެސް ނެޅި ފޭގައި ހުންނަވާށެވެ.
ސަރުކާރުން ފައިސާލިބިގެން މައުމޫނަށް ސަނާކިޔާފައި ލިޔަމުން އައި 3 ނޫހެއް ފިޔަވާ ކަންއޮތްގޮތަށް ޚަބަރު ފަތުރާނެ ވަސީލަތެއް ނެތެވެ. ނުވިތާކަށް ޤައުމީ ޓީވީއާއި ރޭޑިޔޯއިން ދިޔައީ ޚުދު މައުމޫނުގެ ކެންޕޭން ކުރަމުންނެވެ.
”އެއްދުވަހަކު ސޮއިކުރުވި ލައިވް ޕްރޮގްރާމެއްގައި ރަށުގެ ފަޅު ތިލަކަމުން ފަޅަށް ނުވަދެވެއޭ ބުނަން މީހަކަށް ފުރުސަތު ދީގެން.“ ސަރުކާރުގެ މީޑިޔާގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.
ވެދިޔަތަން މާޒީއަށް ދޫކޮށްލުމަށްފަހު ލައްކަދުވަހު ތިބެފައި ބޮޑު ޖެހުން ޖެހުނެވެ. އިސްލާހުގެ ވާހަކަ ގުގުމައިގަތެވެ. އަތުއަނދަގޮނޑިޖަހާފައި ފައިއަނދަގޮނޑިޖެހިއަސް ހެވޭ ބުނެ ނިކުތް ދިވެހިރައްޔިތުން ކެކިގަތެވެ. ނަތީޖާއެއްގެގޮތުން ސެޕްޓެމްބަރ 20 އާ އީވާންގެ މަރާ, ބާރަ ތޭރައައިސް ސަރުކާރާ ކުރިމަތިލިއެވެ. ދެނެކާދެނެއް ނެތެވެ. އެހާހިސާބުން އިސްލާހު ގެންނަން މަޖްބޫރުވިއެވެ. އެނޫންގޮތެއް ނެތުނެވެ. އެތެރެއާއި ބޭރުން ފިތި ބާރުވެގެންނެވެ. އޭރުވެސް މައުމޫނުގެ ވެރިކަމަށް 25 ހަކަށް އަހަރުވެފައި ވީނަމަވެސް ވެރިކަން ކުރެވުނުކަމަށް ޤަބޫލުކޮށްފައި ރައްޔިތުންގެ ލޯބިލިބިގެން އެއްފަރާތްވާކަށް މައުމޫނަށް ކެރިވަޑައެއް ނުގަތެވެ. ބަދަލުގައި މަސައްކަތް ކުރެއްވީ ދައުރު ފުރިހަމަ ކޮށް ދެން އޮތް ދައުރުގައިވެސް ވެރިކަމުގައި ހުންނެވޭނެ މަގު ފަހިކުރެއްވުމެވެ.
އިސްލާހުގެނައުމުގެ މަރުހަލާ ފެއްޓެވުމުގެ ގޮތުން ހުށަހެޅި އިސްލާހީ އެޖެންޑާގައި ހިމެނޭ އެންމެ ބޮޑު ބަޔަކީ ޤާނޫން އަސާސީ އިސްލާހުކުރުމެވެ. ނަމަވެސް އެމަސައްކަތް ފެއްޓެވީ މަޝްހޫރު 17 އަހަރުދުވަހުން ”އަމިއްލަ މީހާއަށް ފައިދާވާގޮތަށް“ ހައްދަވާފައިވާ ޤާނޫން އަސާސީން ލިބިދިން 29 މެންބަރުންގެ ބާރާއެކުއެވެ.
”އިޚްލާސްތެރިކަމާއެކު ރަނގަޅަށް މިކަން ކުރައްވާނަމަ 29 މެންބަރުން އުނިކުރެއްވީސް. ނޫންނަމަ ހުރިހާ ޕާޓީތަކަށް ބަހާލައިގެން އެމީހުންގެ ބާރުތައް ބަހާލީސް“ ޤާނޫން އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފެށިގެން އައިދުވަސްވަރު މެންބަރުން އާދޭސް ކުރިއެވެ.
ޤާނޫނުއަސާސީއަކީ އަމިއްލަ ގަޔަށް ހެޔޮވަރަށް ފަހާލެވޭ ލިބާހަކަށް ހެދުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޤާނޫން އަސާސީ އިސްލާހުކުރުން އިތުރު ދައުރެއް ނިންމާލެވެންދެން ދިގުދަންމާލިއެވެ. އިޚްލާސްތެރިކަމާއި ހެޔޮފުޅުކަމާއި ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާ އެއްކައިރިކޮށްފައި ދުރުގައި ބާއްވައިގެންނެވެ.
ޕާޓީސިސްޓަމް ހަދައި ސަރުކާރުގެ ހުރިހާ ބޮޑުން އެއްވެގެން ޕާޓީއެއް ހައްދަވާ އެޕާޓީއަށް ވަންނަ ފަރާތްތަކަށް 10 އަހަރުން 15 އަހަރުން ނުލިބޭފަދަ ޕްރޮމޯޝަންތައްދިނީ ކިޔަވައިގެން ތިއްބެވި އަދި ތަޖްރިބާގެ ގޮތުން އެތައް ދުވަހަކު އެދާއިރާތަކުގައި ތިއްބެވި ބޭބެފުޅުންގެ ލޯ ކުރިމަތީގައެވެ. އިންސާފު އޮތްތާ ބާއްވާފައި ރުހޭމީހުންނަށް މޮޅުގޮތް, ނުރުހޭ މީހުންނަށް ދެރަގޮތް އެއީ އޮންނަ ޤާނޫނުކަމަށް ބުނާ ބީދައިންނެވެ. އެއީ އިޚްލާސްތެރިކަމާއި ރައްޔިތުންނަށް ހުރި އޯގާވެރިކަމަކާއި ލޯތްބަކާއި ކުލުނޭ ކިޔާނަމަ އިދިކޮޅު ހެދި މީހުންނަށް ވަޒީފާތަކުގައި ނުތިބެވި އަނބިދަރިން ބެލެހެއްޓޭނެ ގޮތެއް ނެތްދަރަޖައަކަށް ވައްޓާލި ވައްޓާލެއްވުމަށް ކިޔާނީ ކޮންނަމެއް ހެއްޔެވެ؟
”ހިތަށް އަރާ އެދުވަހު ހެޔޮފުޅުވި ނަމައޭ. ޑިމޮކްރަސީ ވިސްނުނު ނަމައޭ. ހަމަ ޝުއޫރު ފާޅުކޮށްލީތީ. ހިތުގައި އޮތްގޮތް ބުނެލީތީ ވަޒީފާ ގެއްލުނީ“ ރަށެއްގެ ކަތީބަކު ބުންޏެވެ.
ޤާނޫން އަސާސީ ނިމުނީމާ ދެން ދިމާވީ ދައުރުގެ މައްސަލައެވެ.
މައުމޫނު ވިދާޅުވީ ”ތިމަންމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި 5 އަހަރުގެ ދެދައުރަށްވުރެ ގިނަދުވަހު އެކަކު ވެރިކަން ކުރެއްވުމަކީ ޑިމޮކްރަސީއާ ޚިލާފްކަމެކޭ“ އެވެ. ނަމަވެސް 9 ޖޫންގައި ވިދާޅުވި އެވިދާޅުވުން, ކުރިމަތިލައްވަންވީމާ ހަނދާނެއް ނެތެވެ. އާފެށުމަކުން ފެށުމަށް ޤާނޫން އަސާސީގައި ވަކިގޮތަކަށް ލިޔެގެން ތިމާމީހާގެ ބާރު އޮންނަފަދަ ސުޕްރީމް ކޯޓެއް ހޮއްވައިވައިގެން 5 އަހަރުގެ 6 ދައުރު ވެރިކަންކޮށްފައިވާއިރުވެސް ކުރިމަތިލެއްވީ ޑިމޮކްރަސީގެ ކޮންފަތެއްގައި ކޮންބާބެއްގައި އެހެން އޮވެގެންކަމެއް ދިރާސާ ކުރާ މީހުންނަކަށް ނުފެނުނެވެ.
ރައްޔިތުންނަށް ފައިދާހުރިގޮތަކީ, އިންސާފުވެރި ގޮތަކީ އަދި ކަންކުރަން އެންމެ ހެޔޮކަން ބޮޑު ގޮތަކީ, ވަގުތީ ސަރުކާރެއް ހަދާ ކުރިމަތިލައްވާ ބޭފުޅުން އެއްހަމައެއްގައި ތިބެގެން ރިޔާސީ ރޭސް ފެށުންކަމަށް އިދިކޮޅު ޕާޓީތަކުން ދިޔައީ ގޮވާ ނަގަމުންނެވެ. އެމީހުން ރޮއެ އާދޭސްކުރިކުރުން ބޮލާލާ ޖެއްސެވީ ޑިމޮކްރަސީގެ މިސާލެއްގެ ގޮތުންނަމަ އިޚްލާސްތެރިކަން ކޮބައިހެއްޔެވެ. ސަރުކާރުގެ އެންމެހާ ބާރުތަކާއި ދައުލަތުގެ މުދަލާއި ޤައުމީ ޓީވީއާއި ރޭޑިޔޯ ހިތަކަށް ލިބިގެން އަދި ސަރުކާރުގެ އެންމެހާ ބާރުތަކާއެކު ކެންޕޭން ކުރެއްވުން މިނާނީ ޑިމޮކްރަސީގެ ކޮންނާޅިއަކުން ހެއްޔެވެ؟ ރަށްރަށުގައި މަގުހުރަހަށް އަނބުރާނުލެވޭވަރުގެ މަގުތަކަށް ކާރުކޮޅު ގެންދަވައިގެން ރައްޔިތުންނަށް މަލާމާތްކުރީވެސް ރައްޔިތުންނަށް ހުރި އޯގާވަންތަކަމަކާއި ކުލުނަކުން ހެއްޔެވެ؟
ކޮންމެ 5 އަހަރަކުން ނަގާ ވޯޓުގައި 98 އިންސައްތައިގެ އަޣްލަބިއްޔަތަކުން ކުރަމުން އައިވެރިކަން ދެނެއް ބޭނުމެއްނެތޭ ބުނެ ފުރަތަމަ ބުރުގައި 60 އިންސައްތަ މީހުން ވޯޓު ދިނީމާވެސް ދެވަނަބުރުގައި ވާދަ ނުކުރެއްވިނަމަ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއެކޭ ބުނެވުނީސް ނޫން ހެއްޔެވެ؟ ރައްޔިތުން ފަހުބަސް ބުނީމާވެސް ކަޅުތުއްކަލާއަށް ވަޑައިގެން ދެން ކުރައްވަން އުޅުއްވިކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީގަތެއްނަމަ އެކަން ކާމިޔާބުނުވެގެން ބަލިޤަބޫލުކުރި ކުރުން އެއީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއަކަށް ވާނީ ކިހިނެތް ހެއްޔެވެ.
ރައްޔިތުން ކަންކުރަންވީގޮތް ބުނެފިއެވެ. މައުމޫނު ވެރިކަމާ ފެއަށް ޖެހިވަޑައިގަތުމަށެވެ. އަދި އާ ރައީސަށް ވެރިކަން ހަވާލު ކުރެއްވުމަށެވެ. މިނޫންގޮތެއްނެތެވެ. މިނޫންގޮތަކަށް ކަންކުރެވޭކަށްވެސް ނެތެވެ. މިމަގުން ކަންކުރުމަށްޓަކައި ނަޝީދަށްވެސް ހުވާކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ސެކިއުރިޓީއާއި އެކަންކުރާނެ ތަނެއް ބޭނުންވެއެވެ.
ރީތިގޮތުގައި ބާރުތައް ބަދަލު ކުރުމަށް ރައްޔިތުން މައުމޫނަށް މަޖްބޫރުކުރުވީއެވެ. އެނޫންގޮތަކަށް ކަން ނުކުރެވޭނެކަން ޚުދުމައުމޫނަށް އެނގިވަޑައިގަންނަވާނެއެވެ. އެނޫންގޮތަކަށް އެންމެ ފިޔަވަޅެއް އެޅިއަސް ވޯޓުދިން 54 ޕަސެންޓް މީހުންނެއް ނުތިބޭނެއެވެ. އަމީން ދީދީއަށް ވީގޮތް ރައްޔިތުން އަދި ހަނދާނެއް ނުނެތެއެވެ.
ރައްޔިތުން ފަހުބަސްބުނީމާ އެއާއިދިކޮޅަށް ރައްޔިތުންނާ ކުރިމަތިލައްވާ ތަން ބަލާކަށް މިއަދަކު ސަލާމަތީ ބާރުތަކުން ހަނުހިމޭނަކުން ނުތިބޭނެއެވެ. ބަދަލަކަށް ބޭނުންވެފައިވާ ފުލުހުންނަށް މިހާރުވަނީ ޤާނޫނަކުން ބާރު ލިބިދީފައެވެ.
މީގެއިތުރުން ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން ހޮވޭމީހަކަށް ހުވާކުރުމުގެ ކުރިން ދިމާވެދާނޭ ކަންތައްތަކަކުން ސަލާމަތް ކުރުމަށް ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ” އިންތިޚާބަށް ކުރިމަތިލީ މީހުންގެ ނަންތައް އިއުލާންކުރާ ދުވަހުން ފެށިގެން އެއިންތިޚާބުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުވާ މީހާ އެމީހާގެ މަޤާމާ ހަވާލުވަންދެން, ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެނޑިޑޭޓުންނަށާއި އެކެނޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެކެނޑިޑޭޓަކު ހުށަހަޅާފައިވާ މީހުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭންވާނެކަމަށް“ ބުނެފައި އޮންނާތީ އެޚިދުމަތް ދިނުމީ ރައީސްމައުމޫނު ނަޝީދުގެ މައްޗަށް ހުންނަ ހެޔޮފުޅުކަމުން ދެއްވި އެއްޗެކޭ ބުނާނެ ޖާގައެއް އޮތްހެއްޔެވެ؟
ދެން އޮތީ ހިލާލީގެ ދެއްވުމެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާގޮތުގައި ބައެއްފަހަރަށް ޤާނޫން އަސާސީގައި ކަނޑައެޅިފައި ނެތަސް ބައެއް ކަންތައްތަކަކީ އެގޮތަށް އެކަންކުރުމަކީ އެއިރެއްގައި އެންމެ ރަނގަޅުގޮތް ކަމަށެވެ. އެގޮތުން ބަލާއިރު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެވެރިކަން ކުރުމަށް ހަމަޖައްސަން ޖެހޭ ކަންތައްތައް ކުރުމަށްޓަކައި އިމާރާތެއް ހުރުމަކީ ރަނގަޅު ކަމެކެވެ. އެކަމަށްޓަކައި ހިލާލީގެ ދެއްވި ދެއްވުމަކީ މައުމޫނުގެ ހެޔޮފުޅުކަމާއި އޯގާތެރިކަމުން ދެއްވި ކަންކަމަށް ޤަބޫލުކުރާނެ ގިނަބަޔަކު މިއަދަކު ނެތެވެ.
ކޮންމެއަކަސް މައުމޫނަށް ބަލި ޤަބޫލުކުރެއްވުން ނޫންގޮތެއް ދެން އޮތްހެނެއް ހީއެއް ނުވެއެވެ. ތިރީސް އަހަރުވީ ވެރިކަމެއް އެއްވެސް ހަމަނުޖެހުމެއް, ލޭއޮހޮރުވުމަކާ ނުލައި އިދިކޮޅު ޕާޓީތަކުން ވޯޓަކުން ކާމިޔާބު ކުރީތީއެވެ. ސަރުކާރަށް ފާޑު ކިޔައިގެންނާއި ސަރުކާރު ބަދަލުކުރަން މަސައްކަތްކޮށްގެން ޖަލުގައި އެތައްފަހަރަކު އޮންނަންޖެހުނު އާދައިގެ މީހަކު ނިކުމެ 30 އަހަރުވަންދެން ޤައުމުގައިވެރިކަންކުރެއްވި ރައީސަކު އޭނާއަށް ލިބިދީފައިވާ ބާރުތައް ލިބިދީފައި އޮވެމެ ބަލިކުރެއްވި ކުރެއްވުމަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ. ބޮޑުބައްޔަކުން ބަލިކޮށް ބޮނދުބުޑަށް ސައި ކީމާ ބަލިޤަބޫލުކޮށް ”މަވާ ބަލިވެއްޖެއޭ ބުނެ“ ސަލާންކޮށްފައި ރާޒުވާގޮނޑިކައިރިން ތެދުވުން ނޫން ގޮތެއް ނޯންނާނެއެވެ.
-
އާދިތްތަ، ނޮވެންބަރު 2 2008، 15:07
މައުމޫނު މިހާރު އެދައްކަވާ ޑިމޮކްރަސީއަކީ، ޙަޤީޤީ އެއްޗެއްނޫނެވެ. އެއީ ޙަވާލުވާން އުޅޭ ސަރުކާރުގެ މޫނުމަތީގައި އަޅުވާ އަނދުނެކެވެ. މުސްކުޅިން ބުނަނީ "ސިންގާ މަރުވެފައި އޮތަސް އޭތީގެ ވަކި ތޫނުވާނެ." މިހެންނެވެ. އެކަމަށް ނުވިސްނައި، އޭނަޔަށް ބޭނުންވާ ހުރިހާ ކަމެއް ޙަވާލުވާ ސަރުކާރުންހަމަޖައްސަވައި ދެއްވައިފިނަމަ، އެކަންވެގެންދާނީ ހަމަ ޓައިމްބޮމަކަށެވެ. ދިވެހިޤަވްމުގައި ފިތުނައުފެއްދައި، އިތުރަށް ބައިބައި ކޮށްލަން ލިބޭފުރުޞަތަކަށްވެސްމެއެވެ. ވީސްނާށެވެ. މިހާރުވެސް ތަފާތު ކަންތައްތައްރޭވިގެން އެބަ ހިނގައެވެ.ވިސްނާށެވެ.
-
އާދިތްތަ، ނޮވެންބަރު 2 2008، 15:47
ަައެނުންގޮތެއްނެތުނީމާ ޖެހޭނީ ރަނގަޅުވެސް ވާން މަޖުބޫރުވެގެން ނޫނީ މައުމޫނު އިސްލާހެއްނުވާނެ ހަގީގީ އިހުލާސް ތެރިކަން ފެނުނީ އަންނި ފަރާތުން ބާރުހުރެ އިހުލާސްތެރިވާނީ ރަނގަޅުމީން އާރެއް ބާރެއްނެތުނީމާ މައުމޫނު އިހުލާސްތެރިވާން އުޅެނީ ގާނޫނުގަވެސް ނެތް މައުމޫނަށް ކުރިމަތިލެވޭކަށް އިހުލާސްތެރިކަން ނެތީމަކުރިމަތިލީވެސް އެހެންވިނަމަ ޑރ ހަސަން އާ އަންނި ވާދަކޮށް ޑރހަސަން ހޮވޭނީވެސް
-
އާދިތްތަ، ނޮވެންބަރު 2 2008، 16:29
ދިވެހިންނަށް ރަގަޅު ގޮތެއް އޮވޭތަ... ތިޔަ އައްނި ނުހޮވުނުނަމަ މިގައުމުގައި ލޭއޮހޮރުމެއް ހިގީސްކަން ކަށަވަރު. ނޮހޮވިއްޖެއްޔާ ތިބީ ތަޅާފޮޅާގަންނަށްވެސް ތައްޔާރުވެގެންވިއްޔަ. ކިޔޭ އެއްޗެއް ލިޔެވޭއެއްޗެއް ވިސްނާލުން ރަގަޅު. ރަށްޔެތުން ގަލާކުކުރަށް ވާހަކަ ދެއްކުމަކީ މިނިވަން ނޫސްވެރިކަމެކޭ ނުބުނެވޭނެ.
-
އާދިތްތަ، ނޮވެންބަރު 2 2008، 16:36
ތިރީސް އަހަރު (ދިހަހާސް ނުވަސަތޭކަ ފަންސާސް ދުވަސް) ވަންދެން ޚިޔާނާތްތެރިވެ، ރައްޔިތުންނަށް އަނިޔާކޮށް އިންސާފެއް އަދުލު ވެރިކަމެއް ނެތުމުގެ އިތުރަށް ޑިމޮކްރަސީއާވެސް ޚިލާފަށް ވެރިކަމެއް ކުރުމަށް ފަހު އެންމެ ދުވަހަކު ދެން ހަދާނެ އިތުރު ގޮތެއް ނެތިގެން ކުރި ކަންކަމަށް ތައުރީފު ކުރާނެ ޖާގައެއް މަގޭ ހިތަކު ހަމަ ގައިމުވެސް ނެތް.......
-
އާދިތްތަ، ނޮވެންބަރު 2 2008، 16:41
މައުމޫނެވެ! ބަލި ގަބޫލުކުރާށެވެ، 30 އަހަރުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް މިގެނައީ ރައްޔުތުންނެވެ، ދިވެހިރައްޔިތުންނެވެ، ދިވެހި ގައުމަށްޓަކައެވެ. ތިޔަވިދާޅުވާ ރީތިނަމޫނާގެ މޫވެސް މިގައުމުން ނައްތާލުމުގެ ބާރު ދިވެހި ރައްޔިތުންގެ ކިބައިގައި އެބަހުއްޓެވެ، ދަންނަވަންތޯއެވެ؟ ރައްޔިތުން މިތިބީ 24 ގަޑި އިރު ހޭލައެވެ.
-
އާދިތްތަ، ނޮވެންބަރު 2 2008، 16:49
އަދިވެސްބުނާތި މަމީ މިނިވަން ވަކިފަރާތަކަށް ނުޖެހޭ ނޫސްވެރިއެކޭ. ވެދާނެ ތިލިޔުނީ ހަގީގަތް ކަމަށްވެސް އެކަމަކު މިއިންތިހާބު އަންނި ކާމިޔާބުކުރީ އޭނާ އެކަންޏެއްނޫން. ބައިވަރު ލީޑަރުންތަކެއްގެ ގުރުބާނީ އަކުން. އަންނިއަކީ 25 ޕަސެންޓު ތާއީދު އޮތްމީހެއް.
-
އާދިތްތަ، ނޮވެންބަރު 2 2008، 16:50
އިހްލާސްތެރިންނަކީ ބާރުހުރިއިރު އެހެންމީހުންނަކީވެސް ތިމާފަދަ އިންސާނެއްކަންދަންނަ މީހުންނެވެ. މައުމޫނަކީ އެފަދަ މީހެއްނޫނެވެ. އަޅުގަނޑުގެ ނަސޭހަތަކީ މިހާރުދެން ރައީތުންގެ ކިބައިން މާފަށް އެދި ތައުބާވެ ފަސްވަގުތު ޖަމާއަތަށް ނަމާދަށްދާ މީހަކަށް މައުމޫނުވުމެވެ.މިއީ ދީނަށް ފުރައްސާރަކުރުމުގެ ނަތީޖާއެވެ.
-
އާދިތްތަ، ނޮވެންބަރު 2 2008، 17:23
ކާފިރުވީ މީހުންނަށް ކިތަންމެ ހެޔޮކަމެއް ކޮށްދިނަސް އެއީކީ ކޮށްދިން ރަނގަޅުކަމަކަށް ނުވާނެ. ރުޅިއަންނަ މީހަކު ކޮށްދޭ ރަނގަޅުކަމެއްވެސް ނޯންނާނެ. ތެދުވާހަކަ ތިދައްކަނީ. ތީ ތިކަންވާނެގޮތް. ތަންފުކެއް ބޮޑުވަރުތީ..،،،
-
އާދިތްތަ، ނޮވެންބަރު 2 2008، 17:28
ޖަޒީރާ ނޫހުގައި މިކަހަލަ ލިއުންތައް ލިޔާމީހުން ދެން މާމޮޅުބަޔަކަށް ހެދިގެން ހިތަށް އެރިހާ އެއްޗެއް ލިޔަމުން ގެންދަނީ ތިމާމެނަށް މާމޮޅުކަމެއް ކުރެވެނީ ހިތާހެއްޔެވެ. ޒިއްމާދާރު ނޫސްވެރިންނަކީ ތިޔައީ ހެއްޔެވެ. މިކަހަލަ ލިޔުންތައް ކިޔާލުމުން ހިތަށް ގެނެވެނީ މިއެއްޗިހި ލިޔާމީހުންގެ ފެންވަރެއް ނެތްކަމެވެ. ކޮލިޓީ ދަށްކަމެވެ. މައުމޫނަކީ، މިހާރުވެސް މިރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިގެން ހުންނެވި ބޭފުޅެކެވެ. ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ޤަދަރާ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ޢިއްޒަތްތެރި އެކެވެ. އެޤަދަރާ ޢިއްޒަތް ތިޔަބުނާ މުހުސިން މެންކަހަލަ ދެއުޅި އެއްނުވާ ސޮރަކު ލިޔާ އެއްޗަކުން ގެއްލިގެން ހިގައިދާނޭ ކަމަށް ހީކުރެވެނީ ހެއްޔެވެ!!! ތިޔައީ ކުއްހީއެއް. މައުމޫނަށް ވޯޓް ކާމިޔާބު ނުވާވާހަކަ ދައްކާއިރު ނިކަން ހަޤީޤަތް ޤަބޫލުކޮށް ބަލަ. ބަޔަކު ރޮއި ހޭރި، ރެޔާދުވާލު ނުނިދާ، ބޮޑެތިކިޔެވެލިކިޔަވާ، ވަކި އަދަދެއްނެތި ފައިސާބަހާ، ވޯޓް ކަރުދާސް ކޮޅު ފޮޓޯ ނަގައިގެން އައި ކޮންމެމީހަކަށް ހާހުން ހާހުން ރުފިޔާދީ، ރާއްޖޭގެތިބި ހުރިހާޕާރޓީ ތަކާއި ހުރިހާ މަހުޖަނުން އެއްކޮޅަށް އަރާތިބެ މައުމޫނާ ދެކޮޅަށް އެންމެންވެގެން އިއްތިހާދު ހަދައިގެން ކުރި މަސައްކަތުން ކިރިޔަކިރިޔާ ސަލާމަތްވާވަރު ވީމާ، އެއަށް މިކިޔަނީ ކާމިޔާބުވީއޭ، ލަދުވެސް ގަންނަންޖެހޭނެ. ޙަޤީޤަތުގައި ކާމިޔާބުވީ މައުމޫނަށް. ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު އަދިވެސް ތިބީ މައުމޫނާ އެކުގައިކަން ހަނދންކުރާތި. ފަސް ހަޕާރޓީ ބައިވެރިވެގެން އަތުގައި ހުރިއްޔާ ހުރިހުރިހާ އެއްޗެއް ދީގެން ކަނޑުފެތިފަ ތިބިބަޔަކު މަރުން ސަލާމަތްވީމަ އަދިވެސް ތިބެގެން ފޮނިއެބަ ކަނޑާ. މައުމޫނަށް އެނގޭނެ ނާކާމިޔާބުގަވެސް ހަމަޖެހެން. ތިޔަ ފޮނިކަނޑާ މީހުންނަށް ނާކާމިޔާބާ ކުރިމަތިމަތިލާން ނުޖެހުނީ މިރާއްޖޭގެ ރައްޔިތުންގެ ނަސިބު ރަނގަޅު ކަމުން. ދެން މިހާރު ތިތިބީ ގަހަށް އެރިފައި، ދެން ފެންނާނީ ގަހުން ވެއްޓޭތަން. ފުއްދަންބުނި ވައުދުތައް ނުފުއްދިގެން ކުރިހުވަޔާ ޚިލާފުވެ ސަލާމަތް ނުވެގެން އުޅޭތަން. މައުމޫނު އިރާދަކުރެއްވިއްޔާ އަދިވެސް އުޅުއްވާނީ ހެޔޮޙާލުގައި، ޢިއްޒަތުގައި، ރާއްޖޭގައި މިވަގުތުއޮތް ހަމައެކަނި އިދިކޮޅު ޕާރޓީ، އަދި ރާއްޖޭގެ އެންމެ ގިނަރައްޔިތުންގެ ތާއީދު އޮތް ޕާރޓީގެ ލީޑަރަކީ މައުމޫނު، މައުމޫނާ އެއެވެސް ބަޔަކަށް ނުކުޅެވޭނެ. ކުޅުމުގެ ފުރުސަތެއް ނުދޭނަން. އަދި އޮޑި ތަޅުވާލައިފިއްޔާ އަހަރުމެންވެސް މަޑެއްކޮށް ނުތިބޭނަން. މައުމޫނަށް ސަޕޯރޓް ކުރާ އެއްލައްކައަށް ވުރެ ގިނަމީހުންގެތެރެއިން އެކަކު މިކޮމެންޓް ތިޔަނޫހުގައި ޖަހަންކެރޭތޯ ބަލާނަން. އިންސާފުކުޑަނޫސް ވެރިޔާ
-
އާދިތްތަ، ނޮވެންބަރު 2 2008، 17:32
އަނީސާ ހުށަހެޅުއްވި ބިލާމެދު އެބަ ވިސްނަންޖެހޭ... ޤައުމަށްވުރެ އިސްކަންދެވެނީ އަމިއްލަ ފައިދާއަށް - ޤާނޫނު އަސާސީގެ 128ވަނަ މާއްދާ އަލުން އެނލައިޒްކޮށް އިސްލާހު ކުރަން އެބަޖެހޭ ... އައު ސަރުކާރަށްއޮތް ގޮންޖެހުން ބޮޑު -
-
އާދިތްތަ، ނޮވެންބަރު 2 2008، 17:46
ކުރިންވެސް މިނޫނަސް ޚިޔާލުފާޅުކޮށްފައިވާނެ ދެކޮޅަށްވެސް، ޚިޔާލުފާޅުކޮށްފައިޥާނީ ލިބިހުރި ޙަޤީޤީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް. އެކަމަކު މިނޫހަކުން އެއިން އެއްވެސް ޚިޔާލެއް ޕަބްލިޝް ކޮށްފައެއް ނެތް. މިއީވާ މިނިވަން ނޫސްވެރިކަމެއް. މުޙުސިންއަކީ މިހާރު މިޤައުމު ބައިބައިކުރަން މަސައްކަތްކުރާ މީހެއްހެން އެބަހީވޭ. ސަބަބަކީ މުހުސިންގެ ހުރިހާ އާޓިކަލެއް އަބަދުވެސް ލިޔަމުންދަނީ މައުމޫނާ ދެކޮޅަށްކަމުގައިވާތީ. އަޅެ މުހުސިން މައުމޫންދެކެ ތިހާ ރުޅި އަންނަ ސަބަބު ތިނޫހުގައި ހާމަކޮށްލަފާނަންތަ. އަދި މިޚިޔާލުވެސް ތިޔަ ނޫހުގެ މެނޭޖުމަންޓުގައި ހިތްވަރެއްހުރިއްޔާ ޕަބްލިޝްކޮށްލަދީބަލަ.
-
އާދިތްތަ، ނޮވެންބަރު 2 2008، 17:54
މައުމޫނު މިއަދު ރޯންވީ ރާއްޖޭގެ މިޒުވާން ޖީލުމަސްތުވާތަކެތީގެ ވަބާގައި ޖައްސާ ހަލާކުކޮއްލީތީ،ރާއްޖެތެރެ ހަލާކުކޮއްފި މުޅި ގައުމު ހަލާކު ކޮއްފި މިކަންތައްހުއްޓުވަން ހަމައެއްވެސް މަސައްކަތެއް ނުކޮއްފަ 30 އަހަރު ފަހުން ގައުމަށް ވާނެއެއްޗެއް ވީމާ ދެންމިކިޔަނީ 'ވޭކަޕް' ހޭލާށޯ ޑްރަގުގެ ވަބާގައި ޖެހިގެން ދިވެހި ރއްޔިތުންރޯތާ ކިތަންމެ ދުވަހެއް،މިއަދު މައުމޫނު އެރޮނީ ވެރިކަމުން ފައިބަން ޖެހިގެން
-
އާދިތްތަ، ނޮވެންބަރު 2 2008، 18:16
މުހުސިނުގެ ވާހަކަ އެއީ މުޅީން ހަޤީޤަށް. ދެން ހެދޭނެ އެއްވެސް ގޮތެއް ނެތި އޮތް އެންމެ ބުއްދިވެރި ގޮތަކީ މި ހާރު އެނިންމި ގޮތް ކަން އެނގޭތީ އެގޮތަށް މައުމޫނު އެ ނިންމީ. 30 އަހަރު ވެރިކަން ކުރި ވެރިއެއްގެ ބުއްދި ކިނބުލެއްގެ ބުއްދިއަކަށް ނުވާނެ ކަން ޔަގީން. ދެރަ ކަމަކީ ތާރީޚުގައި އަސްލު ކަންހިނގި ގޮތް އޮޅި މަތި އޮމާން ކޮށް ފަށުވި ޢިބާރތުން ލިޔެވޭނެތީ. މި ރާއްޖޭގަ ހިނގާފަ ހުރި ގިނަ ކަންތައް ހުރީ އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް އަސްލު އެ ޙާދިސާ އެއް ހިނގި ގޮތުގެ އަސްލު އޮޅޭހާ ވަރަށް މަތި އޮމާން ކޮށް ރީތި ކޮށްފަ އެވެ.މި ކަންތައް ގަނޑު ވެސް މި ދަނީ އެ ގޮތަށެވެ. -އފ-
-
އާދިތްތަ، ނޮވެންބަރު 2 2008، 18:37
އަސްލުގައި ހަގީގަތެއް ހާމަކުރިޔަސް އެކަން ނުދަންނަ ބަޔަކަށް ނޭނގޭނެ އެކަމެއް. ގިނަޕާޓީ ތަކެއް އެއްގަލަކަށް އެރުވޭނީ އެކަމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކަށް. ބައެއް ކޮމެންޓްކުރާ މީހުންނަށް އަދިވެސް އެތިބެވެނީ ދެބަދޭތެރޭގައި. ބައެއް ފަހަރު މިފަދަ މީހުންބުނާނެ ތިޔަބުނާކަމެއް ނިކަން ތިމަންމެންނަށް ދައްކަބަލާށޭ. އެކަން ދައްކައިފިނަމަ ބުނާނެ ތިޔައީ ކަލޭ ދެއްކި އެއްޗެއްކަމަށް މަށެއް ގަބޫލެއްނުކުރަމޭ. ވޯޓް ކާމިޔާބު ކުރިފަރާތުން ގިނަޕާޓީތަކާއެކުވެގެން ހޯދި ވޯޓަކީ އެޕާޓީތަކަށް ރައްޔިތުންގެ ރުހުން އޮވެގެން ލިބުނު ވޯޓެއް. ބަލިވިޕާޓީ ބަލިވެފައިވަނީ ހަގީގަތް ގަބޫލުނުކުރާ ގިނަޕާޓީތަކަށް ރައްޔިތުން ބޭނުން ނުވާކަން ދޭހަކޮށްދިން ކަމެއް.ރަނގަޅުގޮތަކީ ހެޔޮކަންތައްތަކަށް ގޮވާލާ އިސްލާހަށް މަސައްކަތްކުރާ ފަރާތްކާ ގުޅިގެން ގައުމުގެ ކުރިމަގަށް މަސައްކަތްކުރުން.އަމިއްލަ އެދުމުން ފޯވެފައިވާ ދެފުށްދެގޮތް މީހަކަށް ނުވުން.މައުމޫނު އިޚްލާސްތެރިކަމާއެކު ކަމެއްކުރެއްވިނަމަ އެކަން އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ ﷲ، ދެން މައުމޫނު. ދުރުތިބީންނަށް އޮތީ ކަންހިނގާގޮތް ދުށުން. މަކަރުވެރީންގެ ކިބައިން މިގައުމުގެ ރައްޔިތުން ﷲ ރައްކާތެރި ކުރައްވާށި.
-
އާދިތްތަ، ނޮވެންބަރު 2 2008، 19:00
މައުމޫނު ތިރީސް އަހަރު ނުފުއްދި ވައުދު ތަކުގެ ވާހަކަ ބުނަން ހަނދާން ނެތުނީމާ އެވާހަކަ ހަނދާން ކޮށްލަދެން. މައުމޫނުގެ ފަހަތުގައި ތިބި މީހުން ފައިސާ ބެހިވާހަކަވެސް ބުނެބަލަ. މައުމޫނުގެ ވެރިކަމުގަ ދައުލަތުގެ ފައިސާ ނަހަމަގޮތުގަ ދިން މީހުން ވޯޓްހޯދުމަށް ބެހި ވަގުނޫޓްތަކުން ފައިދާއެއްނުވި ވާހަކަވެސް ބުނެބަލަ. އެއްކަލަ އިލްޔާސް ވަގަށްނެގިކަމަށް މައުމޫނު ބުނި އެފްޕީއައިޑީގެ ފައިސާތަކުގެ ވާހަކަވެސް ބުނެބަލަ. ތަސްމީނު އިންވޮއިސް ދަށްކޮށްގެން އެތެރެކުރި ލޯންޗްގެ ވާހަކަ ވެސް ބުނެބަލަ. އަދި ގިނަ ވޯޓް ހޯދުމަށް މައުމޫނު ބެހި ވަޒީފާތަކުގެ ވާހަކަވެސް ބުނެބަލަ. މައުމޫނަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ލާބަޔަށް ނުވަތަ ރަގަޅަކަށް މަސައްކަތް ކުރިމީހެއް ނޫން. އޭނާ ރާއްޖޭގެ ވެރިކަން ކުރީ އަމިއްލަ ކުންފުންޏެއްހިންގާ އުސޫލުން. ހުރިހާ ގާތް ތިމާގެ މީހުނާއި އޭނަ ބުނާ ގޮތެއް ހަދާ ސަނާ ކިޔާ ބަޔަކަށް ހުރިހާ މޮޅެއް ހޯދަދޭން. ބަންގާޅުންވެސް މީހުން ގެނެސް އާއިލާއަށް ވައްދައިގެން ރައްޔިތުންގެ ފައިސާ އިން އެމީހުންގެ ޚަރަތުތައް ބަލަހައްޓާ އަދި ނުވީ ތާކަށް ފަޅުރައްތައް ހިބައިން ދިނީ. އެވަރުގެ މީހެއްގެ އިސްލާހުވީއޭ ބުނީމަ ގަބޫލުކުރާނި އޭނަގެ ފަރާތުން އެއްކަލަ ނާޖާއިޒް ފައިދާ ލިބިފައިތިބި މަދު މީހުންކޮޅު އެކަނި. ވޯޓްލުމުގެ ކުޑަދުވަސް ކޮޅެއްކުރިން އިއްތިހާދުގެ ސީޑި ބެހި ކުއްޖާއަށް ހަމަލަދީ ފުރާނަ ދުއްވާލީވެސް އެއީ ހަމަ މައުމޫނުގެ ހެޔޮކަންދޯ. އެވަރުގެ މީހެއްގެ ކިބައިގާ ހުރި ނުބައިކަމުގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާ. ޖަޒީރާ ނޫހުގައި ތިލިޔާ ޚަބަރުތަކުން ވަރަށް ގިނަ ހަގީގަތް ރައްޔިތުންނަށް ހާމައެބަވޭ. ތިޔަގޮތުގާ ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީގު މާތް ﷲ ދެއްވާށި. އެކަމާ ހިތްހަމަ ނުޖެހޭ ބަޔަކު ތިއްބަސް ނަސްރު ދެއްވާނީ ހައްގުގޮތުގައި މަސްކަތް ކުރާ މީހުނަށް. އެކަންމިވަނީ ދައްކަވާފަ. މުހުސިނަށް އައްސަރިބަހާ ސާބަސް. އިންސާފުން މަސައްކަތްކުރާ ނޫސްވެރިޔާ.
-
އާދިތްތަ، ނޮވެންބަރު 2 2008، 19:17
ހަމަރަގަޅަށްވެސް ޖަޒީރާ ނޫހަކީ އެއްފަރާތަށް ވިކިފައިވާ ނޫހެކެވެ؟ އަބަދުވެސް ފެންނަނީ ނޫނީ އަޑުއިވެނީ ނޫނީ ލިޔަންއެގެނީ މައުމޫން ކުރަށްވާ ކަންތަށްތަށް ގޯސްވެގެން ދޯ!
-
އާދިތްތަ، ނޮވެންބަރު 2 2008، 19:25
ބައެއްބޭފުޅުންނަށް ފެނިވަޑައިގަންނަވާގޮތުގައި ހުރިހާތަރައްޤީއަކީ މައުމޫނެވެ.ނަމަވެސް ޙަޤީޤަތަކީ ބިންގާއެޅުއްވީ ނާސިރެވެ. މައުމޫނަކީ އަމިއްލައަށް ސަނާކިއުއްވާ ހުރިހާރީތިނަމެއްބޭނުންވާބޭފުޅެކެވެ. ވީމާ އެހެންއެއްޗެއް ލިޔެފައޮންނާތީ ހަޖަމުނުކުރެވެނީއެވެ.
-
އާދިތްތަ، ނޮވެންބަރު 2 2008، 19:35
މައުމޫނޭ ކިޔައިގެންހަގީގަތެއް ހާމަކޮށްފިއްޔާ އެއޮތީ ދެން ބޮޑުތާޖެހިފަ...ބަލަ އެއީ ވަލީވެރިއެއްތަ؟...އިންސާފުކުޑަނޫސް ވެރިޔާ ނަމުގައި ކޮމެންޓް ކުރިމީހައަށް. ދެން މަހީހީ ހަލާކު...ޒހނ