ކަރީނާ ބުނާގޮތުގައި ސައިފް އަކީ އޭނާޔަށް އެންމެ ފުރިހަމަ ފިރިހެނާ

ހަފްސާ އުމަރު ނޮވެންބަރު 2 2008، 14:04 0 ޚިޔާލު

ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްވެ އުމުރުން ދުވަސްވާ ވަރަކަށް ކަރީނާ ކަޕޫރު އޭނާގެ ޒަޓި ދިރިއުޅުމާ ބެހޭ ގޮތުން ކުރިޔަށް ވުރެން ހާމަކަން ބޮޑުކޮށް ވާހަކަ ދައްކަން ފަށައިފިއެވެ. މީޑިޔާ ގައި ކަރީނާގެ އަމިއްލަ ދިރިއުޅުގެ ޒާތީއެތައް ވާހަކަތަކެއް އޭނާ ހާމަކޮށްފިއެވެ.

ދާދި ފަހުންދިން އިންޓަރވިއުއެއްގައި ކަރީނާ ބުނެފައިވަނީ މިހާރު އޭނާޔަކީ ހިތްވަރުގަދ މަޑުމައިތިރި ރަގަޅު މީހެއްކަމަށްށެވެ. އަދި މިހާރު އޭނާޔަށް ކަންކަމާބެހޭ ގޮތުން ވާހަކަދައްކަން ކެރޭކަމަށާއި އޭނަޔަކީ ބޮޑުވެ ތަސައްރަފު ފުދިފައިވާ މީހެއްކަމަށްވެސް އޭނާބުންޏެވެ.

އެކްޓަރް ޝާހިދު ކަޕޫރު ރުޅިވުމަށްފަހު މިހާރު އެކްޓަރ ސައިފް އަލީ ޚާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަރީނާ ދާދިފަހުން ދިން އިންޓަރވިއުއެއްގައި ކުރީގެ ލޯބިވެރިޔާ ޝާހިދުއާ ބެހޭ ގޮތުން ބުނެފައިވަނީ އޭނާ ޝާހިދުއާ ދުރުވި ދުވަސްކޮޅަކީ އޭނާގެ ހަޔާތުގައި ދިމާވި ވަރަށްވެސް އަދުގޫ އަދި ހިތްދަތި ދުވަސްވަރެއްކަމުގައެވެ. އަދި ޝާހިދުއާއި އޭނާގެ މެދުގައި ހިނގި ކަންތަތައްތަކަކީ ވަރަށް ޒާތީ ކަންތައްތަކެއްކަމަށެވެ. އެހެން ނަމަވެސް އަބަދުވެސް ޝާހިދު އެއީ އޭނާގެ ދިރިއުޅުމުގެ ބައެއް ކަމުގައި ދެކޭނެ ކަމަށްވެސް ކަރީބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން ކަރީނާ އިތުރަށް ބުނެފައިވަނީ މިހާރު މިދެތަރިންގެ މެދުގައި ރަށްޓެހި ކަމުގެ ގުޅުން އޮންނަ ކަމަށެވެ. އަދި ޝާހިދުއާ އޭނާޔަށް އެންމެ ރަގަޅުވާނީވެސް ރަށްޓެހިންގެ ގޮތުގައި ތިބީމަކަމުގައިވެސް ކަރީނާ ބުންޏެވެ.

ކަރީނާ ބުނިގޮތުގައި ކޮންމެ ފަހަރަކަށް ކަމެއް ވާކަށް ވަކި ސަބަބެއް އަޮންނާނަކަށް ނުޖެހެއެވެ. ބައެއް ފަހަރު ސަބަބަކާނުލައިވެސް ބައެއް ކަހަލަ ކަންތައްތައް ވެއެވެ. ޝާހިދުއާ ކަރީނާ ދުރުވުމުގައި ސަބަބުތަކެއް ހުރިކަމުގައިވިޔަސް އެ ކަންތައްތައް ހާމަކުރުން އެއީ އެންމެ ރަގަޅުގޮތް އަދި ހުދު ކަރީނަ ބޭނުންވާ ގޮތްނޫންކަމަށްވެސް ވެއެވެ.

މިހާުރުގެ ލޯބިވެރިޔާ ސަައިފްއާ ބެހޭ ގޮތުން ކަރީނާޔާ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ސައިފް އަކީ އޭނާގެ ހަޔާތަށް އައި އެންމެ ފުރިހަމަ އަދި ކަރީނާ ބޭނުންވާ ހުރިހާ ސިފަތަކެއް އެކުލެވޭ ފިރިހެނާ ކަމުގައެވެ. ކަރީނާ ބުނާގޮތުގައި ސައިފް އަކީ މަޖާ އަދި އެހާމެ ތެދުވެރި އަދި ވަރަށް ސަޕޯޓިވް މީހެކެވެ. ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ކަރީނާ ބުނެފައިވަނީ ކުރިޔަށް އޮތް 2 ނުވަތަ 3 އަހަރު ތެރޭގައި ސައިފްއާ އޭނާ ކައިވެނި ކުރާނެއެވެ. ކައިވެނު ކުރަންދެން ކަރީނާ ބޭނުންވަނީ ސައިފްއާ އެއްކޮށް އުޅުމަށެވެ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv