އައިޝްވާރްޔާ – އެންމެ ފައިދާ ބޮޑު ތަރި

ހަފްސާ އުމަރު ނޮވެންބަރު 2 2008، 13:56 0 ޚިޔާލު

ބޮލީވުޑްގެ މާހިރުން ބުނާގޮތުގައި މިހާރު ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ފައިދާ ބޮޑު އެންމެ ބޭންކަބަލް އެއް ތަރިޔަކީ ތަރިޔަކީ އައިޝްވާރްޔާ ރާއީކަމުގައި ބުނެފިއެވެ. ފިލްމީކަންތައްތައް ދިރާސާކުރާ ތަރަން އަދާޝް ބުނާގޮތުގައި އައިޝްވާރްޔާގެ ފިލްމީ ކެރިއަރު ފެށުނީއްސުރެ އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރަމުން އަންނަ އަދި އެހެންމެ އައިޝްވާރްޔާއަކީ އިންޓަރނޭޝަނަލީ މީހުން ބަލައިގަންނަ ތަރިއެއްކަމުގައިވެސް އޭނާ ހާމަކުރިއެވެ.

އައިޝްވާރްޔާ އަކީ 1994 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީކަން ހޯދާފައިވާ އަދި އެހެންމެ މިހާރު އެތަކެއް އިންޓަރނޭޝަނަލް ބްރޭންޑްތައް ތަމްސީލުކުރާ ގިނަ ބަޔަކު ދަންނަ ރަށްޓެހި މޫނެކެވެ. މި ސަބަބާހުރެ އައިޝްވާރްޔާ ހަރަކާތްތެރިވާ ފިލްމުތައް އިންޑިޔާ ފިޔަވައި ދުނިޔޭގޭ އެކިއެކި ޤާއުމުތަކުގައި ހިނގައެވެ. އެހެން ކަމުން ފިލްމު ކާމިޔާބުވުމުގައި އައިޝްވާރްޔާގެ ހިއްސާ ބޮޑޫކަމުގައި ގިނަ ބަޔަކު ދެކެއެވެ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv