
ބަޔަކު ވަޅިން ހަމަލަދީ ޒަޚަމްކޮށްލި ޝަނީދު ސްރީލަންކާގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
މިދިޔަމަހުގެ 27 ވަނަ ދުވަހު ހަވީރު ބަޔަކު ވަޅިން ހަމަލަދީ ޒަޚަމްކޮށްލި ތ ވިލުފުށީ ގުލްކޯޒް އަހުމަދު ޝަނީދު 14 އ, އިތުރު ފަރުވާއަށް ގެންގޮސް ސްރީލަންކާގެ އެޕޯލޯ ހޮސްޕިޓަލުގައި އޮއްވާ ނިޔާވެއްޖެއެވެ.
ޝަނީދުގެ އާއިލާއިން ބުނީ ޝަނީދު ނިޔާވީ އިއްޔެ 12:15 ގައި ކަމަށެވެ.
”ޑޮކްޓަރުން ވަކިއެއްޗެއް ނުބުނޭ. މިދެންނެވީ ފަރުވާ ލަސްވެގެންނެކޭ ނުބުނެއޭ. ޑޮކްޓަރުންވެސް ބުނީ ލިބިފައިވާ ޒަޚަމްތަކުގެ ބޮޑުކަމުންނޭ ނިޔާވީ.“ ޝަނީދުގެ އާއިލާއިން ބުންޏެވެ.
ޝަނީދު އައިޖީއެމްއެޗްގެ އައިސީޔޫގައި އޮތްއިރުވެސް އޮތީ ވަރަށް ސީރިއަސް ހާލަތެއްގައެވެ. އޭރުވެސް އޭނާއަށް ނޭވާލައްވަމުން ގެންދިޔައީ މެޝިންތަކުގެ އެހީގައެވެ.
ފުލުހުންވަނީ މާފަންނު ޝާއިއުވަރުދީ ހިނގުމުގައި ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް ޝައްކުކުރެވޭ ދެމީހުން ހިފަހައްޓާފައެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިފަހައްޓާފައިވާ ދެމީހުންނަކީ މ.ސީކޯ އަބުދުﷲ ޝާފިއު (28އ) އާއި މ.ލިލީޕާކު ފަޒީލު ހަމީދު (18އ) އެވެ.
ޝަނީދަށް ބަޔަކު ހަމަލާދިންކަމަށް ބުނެވެނީ އެމް ޑީ ޕީގެ ސީޑީތަކެއް ބަހަން އުޅެނިކޮށެވެ.
-
ހުކުރު، އޮކްޓޫބަރ 31 2008، 18:46
އެމީހުންނަށް ހައްގުއަދަބު ދެވެންޖެހޭނެ
-
ހުކުރު، އޮކްޓޫބަރ 31 2008، 18:47
އާ އުސްމިންތަކުގައި ކުޑަކުދިން ސިޔާސީ ވެގެން އުޅޭނަމަ ކަނޑައެޅިފައިވާ އަދަބަކީ މިއެވެ. ނަސބަކުން އަޅުގަނޑުމެންނަށް މިތިބީ އަނެއްރާއްޖެއަށް އާދެވިފައެވެ. އަންނިގެ ފަރާތުން މިހާރު ރައްޔިތުން އެދެނީ އިންޞާފާއި އަމަން ޢާއްމެވެ. ޕާޓޭންތައް މައިތިރި ކޮށް މަގުތައް އަމާން ކުރުމެވެ. ކުށްކުރާމީހުންނަށް އަދަބު ތަންފީޒް ކުރެވޭ ގޮތްވުމެވެ. މިފަދަ މާރާމާރީ ހިންގާމީހުންނަށް ޖަލުގެ ހިޔާވަހިކަން ރައްޔިތުންގެ ޚަރަދުގައި ދިނުމުގެ ބަދަލުގައި އެމީހުން އިސްލާމީ ޝަރީޢާގައިވާ އަދަބު ދިނުމެވެ. ނުވަތަ ދުނިޔަވީ ޤާނޫނުގައި ބުނާފަދައިން ބުރަ މަސައްކަތާއި އެކު މުޅި ޢުމުރު ޖަލުގައި ބޭއްތިއްބުމެވެ. މައުމޫނު ބުނިފަދައިން ޙައްދު ތަންފީޛް ކުރުމުން މީހުން ނުރުހުންވާނެކަމަށް އަންނި ދެކިއްޖެ ނަމަ މައުމޫނަށް ޖެހިފައިވާ ޙާލު ވަރަށް ކައިރިން މިއޮތީ ފެންނާށެވެ.އެވަރު ވިސްނުންތެރިން ޢިބްރަތް ލިބިގަތުމަށް ފުދެއެވެ.
-
ހުކުރު، އޮކްޓޫބަރ 31 2008، 18:58
ކުށްކުރާ ފަރާތްތަކަށް އަހަރެމެންގެ އޮށްދާހިއްލައިގެން ކުރާ މަސައްކަތުން ނަގާ ޓެކްސްއިން (ބައިތުލް މާލުން) ޚަރަދު ނުކުރުމަށް އައު ސަރުކާރަށް ގޮވާލަމެވެ. ޖަލުގައި ބައިތިއްބާއިތު ޞިނާޢީ މަސައްކަތް ކޮށް އެތަނުގައި ބަންދު ކުރެވިފައި ތިބޭމީހުންގެ ޚަރަދު އެތަނުން ނެރުމަށާއި،މީގެ ކުރިން މައުމޫނު މިކުށްކުރާމީހުން ރޮޓޭޓްވާގޮތަށް މުޖްތަމަޢަށް ނުނެރުމަށް ގޮވާލަމެވެ. އެހެނީ މަސްތުވާތަކެތި ބޭނުން ކުރާމީކަށް ދުވާލަކަށް އެން އެންސީބީއިން ބޮލަކަށް 750 ރުފިޔާގެ މަގުން ޚަރަދުކޮށް ޢުމުރަށް ނުވަތަ އެއަށްވުރެ ގިނަދުވަސްތަކަށް ޤާނޫނުގެ ދަށުން އަދަބު ދެވިފައިވަނިކޮށް ނެރެ 2 ވަނަ ފަހަރަކަށް އެމީހުންލައްވާ ކުށް ކުރުވަމުން މީގެ ކުރިން ވަނީ ގެންދެވިފައެވެ. ދައުލަތުގެ މަތީ ޑިރެކްޓަރ ލެވެލްގެ މީހަކަށް ވެސް ދުވާލަކަށް 750 ރުފިޔާ ނުލިބެއެވެ.ވީމާ ރައްޔިތުންގެ މަޖްލިހުން ހަދާފައިވާ ޤާނޫނެއްގެ ދަށުން އަދަބު ދެވޭ ވަކިބަޔަކަށް މަޢާފް ދެވޭގޮތް މިއޮންނަނީ ދައުލަތުގެ އެހެން މުއައްސަސާއަކުން ޤާއިމްކޮށްފައެވެ.ފަރުވާދޭން ޖެހޭމީހުންނަށް ފަރުވާދޭންވާނީ އަދަބާއި އެކުގައެވެ. އޭގެ ބަދަލުގައި މުޖްތަޢު ފަސާދަ ކުރާނީއެއް ނޫނެވެ.
-
ހުކުރު، އޮކްޓޫބަރ 31 2008، 21:39
އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީނިއުމަތްދެއްވުންއެދި ﷲގެޙަޒްރަތުގައި ދުޢާދަންނަވަން! ޤާތިލުންނަށް ޙައްޤުއަދަބުދެއްވުމަށް ސަރުކާރަށްގޮވާލަން!