

ޒައީމް ކެމްޕޭނާ ގުޅުމަށްފަހު ސުކުނާއި ނުކުތާ ވަކިކުރަންވެސް ޝޭހަށް ނޭނގެނީ ހެއްޔެވެ؟
މުސްލިމުންނާއި ކްރިސްޓިއަނުންނާއި ދެމެދު ގިނަ ބަހުސްތަކެއް ކުރެވޭއިރު ކްރިސްޓިއަނުން ބައެއް ފަހަރު ޤުރުއާނުގެ ދެ ތަރުޖަމާ އެއް ހިފައިގެން ޕޯޑިއަމަށް އަރާ މިތަނުން ރަނގަޅު އެއްޗަކީ ކޮބައިތޯ ސުވާލު ކުރެއެވެ. އަދި މިއީ ޤުރުއާނުގެ ތަފާތު ވާޝަންތައް ކަމުގައި ބުނެއެވެ. ނަމަވެސް މިފަދަ މީސްމީހުންގެ އަނގަ ބެދެނީ މި ދެފޮތުގައިވެސް، ޤުރުއާނުގައި (ޢަރަބިކް ޓެކްސްޓް) ވަނީ ހަމަ އެންމެ އަކުރެއްވެސް ފިއްޔެއްވެސް ތަފާތެއް ނެތް އެކައްޗެއްކަން ސާބިތުވުމުންނެވެ.
ނަމަވެސް ރާއްޖޭގައި އިހަކަށްދުވަހަކު ނެރުނު ޤުރުއާން ތަރުޖަމާއެއް ހިފައިގެން މިފަދަ ކްރިސްޓިއަނަކު މުސްލިމުންނާއި ބަޙުސް ކުރަން އަރައިފިނަމަ އެ ފަދަ މީހަކަށް އަހަރެމެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ މި ތަރުޖަމާގައި ޤުރުއާން ޢަރަބި ބަހުން ލިޔެފައިވާއިރު އެއްވެސް ޙާލެއްގައި ހުރެގެން ނުވާނެ ބޮޑެތި ކުށްތަކެއް އެބަހުރިކަން މިއަދު މިވަނީ ސާބިތުވެފައެވެ.
30 އަހަރުގެ މަސައްކަތާއި މުރާޖަޢާ ކުރުމަށްފަހު އިސްލާމް ދީން ޙިމާޔަތް ކުރާ ކަމަށް ވިދާޅުވާ ޒަޢީމް ނެރުއްވި ޤުރުއާން ތަރުޖަމާގެ ގިނަ އާޔަތްތަކެއްގައި (ޢަރަބިކް ޓެކްސްޓްގައި) “ނޫނު” މަދުކަން ވަނީ ސާބިތުވެފައެވެ. ގިނަ ދީނީ ޢިލްމުވެރިން ނިސްބަތްވާ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއް ސަލަފުން މި ތަރުޖަމާ މިހާރު މުރާޖަޢާ ކުރަމުން ދާއިރު އެ ބޭފުޅުން ވިދާޅުވާގޮތުގައި މި ތަރުޖަމާގައި ގިނަ ޢަދަދެއްގެ ކުށް އެބަހުއްޓެވެ. މިގޮތުން ނަބާ ސޫރަތުގެ 12 ވަނަ އާޔަތާއި 40 ވަނަ އާޔަތް, އަބަސަ ސޫރަތުގެ 5 ވަނަ އާޔަތާއި 36 ވަނަ އާޔަތް, މުޠަފިފީން ސޫރަތުގެ 27 ވަނަ އާޔަތް, ފަޖުރު ސޫރަތުގެ 24 ވަނަ އާޔަތް އަދި ޝަމްސު ސޫރަތުގެ 5 ވަނަ އާޔަތް ހިމެނެއެވެ. ސަލަފް ޖަމްޢިއްޔާއިން ވިދާޅުވާ ގޮތުގައި ޤުރުއާނުގެ އެންމެ ނުޤުތާއެއް ބަދަލުވިއަސް ތިލާވަތަށާއި އަދި މާނައަށްވެސް ބަދަލު އަންނާނެއެވެ.
މި ރިޕޯޓު ލިޔުމުގެ ކުރިން އެއްވެސް ޖަމާޢަތަކަށް އަދި ޕާޓީ އަކަށް ނިސްބަތްނުވާ ދީނީ ޢިލްމުވެރިންނާއި މި މައްސަލާގައި ސުވާލުކުރުމުން ވިދާޅުވީ ހަމަ ޤުރުއާނުގެ އެންމެ ނުޤުތާއެއް ބަދަލުވިޔަސް ތިލާވަތަށާއި މާނައަށް ބަދަލު އަންނާނެކަމަށެވެ. އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމުގައި އެބޭފުޅުން ވިދާޅުވާއިރު “މައުމޫން 2008” ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީ.އާރު.ޕީ. ގެ ޝެއިޚް ޤުބާދު ވިދާޅުވެފައިވަނީ މިއީ “ވަރަށް ކުދިކުދި މައްސަލަތަކެއް” ކަމަށެވެ.
ނޫނުގައި މަދުވެފައިވަނީ ސުކުން ކަމަށް ޤުބާދު ވިދާޅުވެފައިވާއިރު ސުކުނާއި ނުޤުތާ އަކީ ތަފާތު ދެ އެއްޗެއްކަން ޤުބާދަށް ހަމަ އެނގިވަޑައިނުގަންނަވަނީބާއެވެ؟ ދީނީ ޢިލްމުވެރިއަކަށް ވެ ހުންނަވައި މިފަދަ އޮޅުވާލުންތައް އޮޅުވާލާއިރު ހެއްދެވި ފަރާތާއި މެދު އެއްވެސް ވަރަކަށް ބިރުވެތި ނުވޭބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
ޤުރުއާނުގައި މިގޮތަށް “ނޫނު” ވެއްޓިފައި ހުރުމަކީ ކުޑަކުޑަ މައްސަލައެއް ކަމަށް އެއްވެސް ޖެހިލުމެއްނެތި ވިދާޅުވިއިރު މިކަމުގެ ސަބަބުން އައްތަޣާބުން ސޫރަތުގެ 6 ވަނަ އާޔަތުގައި “ފުދިވޮޑިގެންވާ” ގެ މާނަ ވަނީ “މަގުފުރެދުން” ނުވަތަ “މަގުފުރެދިގެންވާ” އަށް ބަދަލުވެފައެވެ. މިއީ ކިހާ ސީރިއަސް، ނުރައްކާތެރި މައްސަލައެއްތޯއެވެ؟ ޤުރުއާން ތަރުޖަމާ ދިވެހި ބަހުން ލިޔެފައިވާއިރު އާޔަތުގެ މާނަ ރަނގަޅަށް ލިޔެފައިވީނަމަވެސް ޤުރުއާނުގެ އަޞްލުކަމުގައި ޢަރަބިކް ޓެކްސްޓް ނުބައިކޮށް އޮތުމުން ޢަރަބި ދަންނަ މީހަކު ނަމަ ނުވަތަ ކްރިސްޓިއަނަކު މިކަން ނަގާނީ ކޮންފަދައަކުންތޯ އެވެ؟
އެހެންނޫނަސް ޤުރުއާނުގެ ތަރުޖަމާ އަކީ ޙުއްޖަތެއް ނޫންކަމަށް ވިދާޅުވީވެސް ހަމަ އަޅުގަނޑުމެންގެ ލޮބުވެތި ޒަޢީމެވެ. އެއަށްފަހު ޤުރުއާނުގެ ޢަރަބިކް ޓްކްސްޓްގައި “ފުދިވޮޑިގެންވާ”، “މަދުފުރެދިގެންވާ” އަށް ބަދަލުވެފައިވާއިރު އެއީ ކުޑަކުޑަ މައްސަލައެއް ކަމަށް ވިދާޅުވީވެސް ހަމަ ޒަޢީމްގެ ކެމްޕޭންގެ ފަރާތުން ވާހަކަ ދެއްކެވި ޝޭޚެކެވެ.
ކޮންމެ ކަމެއްގައިމެ، ކޮންމެ ބަޔަކަށްވެސް ކުށެއް ކުރެވިދާނެކަމަށް ޤަބޫލުކުރަމެވެ. ނަމަވެސް 30 އަހަރުގެ މަސައްކަތަށްފަހު ނެރުނު ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި ޤުރުއާން ލިޔެފައިވާ ޢަރަބިކް ޓެކްސްޓުގައި މިފަދަ ގިނަ ކުށްތަކެއް ހުރުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ޕްރިންޓުކުރުމުގައި ދިމާވި މައްސަލައެއްކަމަށް ރައީސް އޮފީހުންނާއި ނޮވެލްޓީންވެސް ވިދާޅުވެފައިވީނަމަވެސް ޕްރިންޓު ކޮށްގެން ގެނައި އިރު މިފަދަ މައްސަލަތަކެއް ހުރުމުންވެސް މި ތަރުޖަމާ ނެރި، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ބަހަން ޖެހޭހެއްޔެވެ؟ ނުވަތަ ޕްރިންޓު ކޮށްގެން ގެނައި ފަހުން މީގައި އެއްވެސް މައްސަލައެއް ހުރިތޯ ހަމަ
އެއްފަހަރުވެސް ޗެކް ނުކުރަނީ ބާއެވެ؟ ނުވަތަ ރަމަޟާން މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ތަރުޖަމާ ނެރޭނެކަމަށް ސިޔާސަތު ޕްރޮގްރާމްގައި ޒަޢީމަށް ވިދާޅުވެވުނީމައި ވަޢުދު ފުއްދެވުމުގެ ގޮތުން ނެރުނީބާއެވެ؟ ޒަޢީމަކީ ވަޢުދު ފުއްދުމުގައި އެފަދަ ދެވަނައެއް ނުވާ ޒަޢީމެއްކަން އެންމެންވެސް ދަނެއެވެ.
މި މައްސަލަ ޢާއްމުންގެ ސަމާލުކަމަށް ގެނެސް ތަރުޖަމާގައިވާ ކުށްތައް ހޯދުމަށް ސަލަފް ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތަށް ތަޢުރީފް ޙައްޤެވެ. ތަރުޖަމާ ޢާއްމު ކުރިއިރުވެސް މިހާ ގިނަ މައްސަލަ މީގައި ހުރިކަން ހަމަ ސަރުކާރަށް ހަމަ ނޭނގެނީބާއެވެ؟ އިސްލާމް ދީން ރާއްޖޭގައި ބާއްވަން ބޭނުންނަމަ ޒަޢީމަށް ވޯޓުލުމަށް ބުނަމުންދާއިރު މިފަދަ މައްސަލަތައް ޖެހުމުން، މިކަންކަން ދިފާޢުކުރުމަށް ޒަޢީމްގެ ކެމްޕޭނުގެ ފަރާތުން ވާހަކަ ދެއްކެވި ޝޭޚްގެ ވާހަކައަށްފަހު މި ބޭބޭފުޅުންގެ އިޚްލާޞްތެރިކަމެއް ނެތް ކަމާއި މެދު ގިނަ ބަޔަކު ކުރަމުން ގެންނާ ޝައްކުތައް ޔަޤީނަށް ބަދަލުވުންވެސް އެކަށީގެންވެއެވެ.
އަދި އެންމެ ބޮޑު ވާހަކައެވެ. އިދިކޮޅު އިއްތިޙާދަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި އިސްލާމް ދީން ނޯންނާނެކަމަށް “މައުމޫން 2008” ގެ ފަރާތުން ބުނަމުންދާއިރު، ކީރިތި ޤުރުއާނުގައި އަކުރުތަކެއް މަދުވުމުގެ ސަބަބުން މާނަތައް އެކޮޅު ކޮޅުން ޖެހިގެން ގޮސް، އަދި ކުރިން ދެންނެވިގޮތަށް މިއީ ކްރިސްޓިއަނުންނަށާއި ދީނުގެ ޢަދުއްވުންނަށް ލިބިފައިވާ ރަނުގެ ފުރުޞަތަކަށް ވާއިރު އަދި މިފަދަ ތަރުޖަމާއެއް ޢާއްމުކޮށް މިއީ “ކުޑަކުޑަ މައްސަލައެއް” ކަމަށް ވިދާޅުވީ މުޙައްމަދު ނަޝީދު (އަންނި) އާއި އިދިކޮޅު އެންމެހާ ފަރާތްތަކަކުންނޫނެވެ.
-
ހޯމަ، އޮކްޓޫބަރ 20 2008، 19:19
ވަރަށް މޮޅުވާހަކައެއް ތިޔެވުނީ ބަލަ ތިބޭފުޅާއަށް ނޭގޭތަ ޤުރުއާން ފުރަތަމަ ލިޔެވިފައިވަނީ ފިއްޔެއް ނުގުތާއެއް ނުޖަހާކަން އެހެންކަމުން ކުރިން އޮތީ ބާޠިލު އެއްޗެއް ކަމަށްދޯ ދައުވާތިކުރަނީ ގުބާދު ވިދާޅުވީ އެއީ އަރަބީންނަށް މައްސަލައެއްނޫނޭ އަހަރެމެންނަށް އެއީ މައްސަލައެކޭ ،ވީމާ މީހުން ދައްކާވާހަކަ ދޭހަނުވާމީހުން ނޫސްވެރިކަމާދުރަށް ދާންވީ ،
-
ހޯމަ، އޮކްޓޫބަރ 20 2008، 19:25
ދެން "ފުދިވޮޑިގެންވާ" އާއި "މަގުފުރެދިގެންވާ" މިއީ އެއްމާނަ ދޭހަވާ ދިވެހި ބަސްކަމަށް އައްބާސް ވިދާޅުވީމަ ހުންނާނީ ރަގަޅަށް - ޗާލްސް
-
ހޯމަ، އޮކްޓޫބަރ 20 2008، 20:10
މިމައްސަލަ ވީއެންމެ އަވަހަކަށް ސައުދީ ރަސްގެފާނަށާއި މުސްލިމ އުންމަތުގެ އިސްއިމާމުންގެ ސަމާލުކަމަށް ގެނައުމަށް އަދާލަތުޕާޓީއަށް ގޮވާލަމެވެ. އެހެނީ ގުބާދުބުނަނި މިޔަކީއެހާބޮޑުކަމެއްނޫންކަމުގައެވެ. ގުބާދަށް ވާނީވެސް އެހެންނެވެ. ކިޔެވަން އައި އަންހެންކުއްޖާއާއި ކައިވެނިކުރީ އެކުއްޖާގެ ޢުމުރުން ކިހާވަރއްގަބާއެވެ! އެއިރު ތިމާގެ ޢުމުރުން ކިހާދުވަހެއްބާއެވެ.ވާހަކަދައްކަން މުޖުތަމަޢަށް ނިކުންނައިރު ތިމާމެންގެ ތާރީޙްދިރާސާކުރާނަމަ ރަގަޅެވެ. =ނިކްސް=
-
ހޯމަ، އޮކްޓޫބަރ 20 2008، 20:53
ބަލަ އަހަރުމެން މިއުޅެނީ ރަސޫލު ޒަމާނުގައެއް ނޫނޭ، އަރަބިން ލިޔެފަ ހުންނަ އެއްޗެހި ފިލި ނުޖަހާ ހުއްޓާވެސް ކިޔަން. އެހެން ވެގެންތާ އުއްމަތުގެ ބޮޑެތި ޢިލްމުވެރިން އެހާ ބުރމަސައްކަތުން ފިއްޔާއި ނުކުތާފަދަ އެއްޗެހި ޖައްސަވާފައިވަނީ. ހަމަ އަހަރުމެންނަށް ފަސޭހަކޮށްދެއްވުމަށެވެ. ދެން ނޫނުގަ ނުޤުތާ ނެތީމަ ނުވަތަ ފިލި ނެތީމަ ކިޔަން އެނގެނީ ކިތަށް ދިވެހިންނަށް ބާ؟ އަހަރުމެން މިއުޅެނީ ހަމައަށް ނުޤުތާއާއި ފިލި ޖަހާފަ ހުންނައިރުވެސް ރަނގަޅަށް ކިޔަން ނޭންގި ގެން............. ނ ނާޒް
-
ހޯމަ، އޮކްޓޫބަރ 20 2008، 21:01
ފުކެއްސަރަކަބޮޑު، ހުރިހައި ފަރާތަކުންވެސް މިއޮންނަނީ ކަންހިނގާފައި އޮތްގޮތް ހާމަކޮށްދިނުމުގެ ބަދަލުގައި ލަފުޒުތަކުގައި ހިފާފައި ދެމުމާއި މާނަކުރުން. ހުސެއިން ރަޝީދު ވިދާޅުވެފައި ހުންނަ ހުރިހައިވާހަކައެއް ނެރެ އޭގެ އަކުރުތަކުގައި ހިފަންފެށިއަސް ލައްކަ ކަންތައް ފެންނާނެ. ކުފުރުކަމަށް ހީވާކަހަލަ އިބާރާތްތައްވެސް ފެނުމަކީ ދުރުކަމެއް ނޫން. ދެން ފުދިއްޖެ މީހުންގެ މައްޗަށް ހުކުމް ކުރުމަކީ ކެމްޕެއިންބާއޭ ހިތަށްއަރާ.
-
ހޯމަ، އޮކްޓޫބަރ 20 2008، 21:10
އަޅުގަނޑަށް ހީވަނީ މިނޫހަކީ ވަކި މީހަކު ބަދުނާމުކުރަން ބަޔަކު ދޮގުބުހުތާން ލިޔަން ނެރެގެން އުޅޭ ދެއުޅިއެއްނުވާ ނޫހެއް ހެން. އަދި މި ނޫހުގައި ލިޔާ ބޭފުޅުންނަކީ ތަންދޮރު ވަކިކުރަން އެނގޭ ބައެއްހެނެއްވެސް ހީނުވޭ... ލިރުމުގެ ފެންވަރާއި ތެދުވެރި ކަމެއްނެތް ލިޔުންތަކެއް... ތަންދޮރު ދަނެގެންތިބެ ލިޔުންތައް ޝާއިއު ކުރެއްވުން އެދެން.....
-
ހޯމަ، އޮކްޓޫބަރ 20 2008، 21:17
މިހިރަ ކޮމެންޓް ލިޔާ މޮޔަމީހަގަނޑާ، ޤުރުއާން އެއްމެ ކުރިން ލިޔުނުއިރުވެސް ނުކުތާ ޖަހާ، ފިލި ނުޖަހަނީ. ފިލިޖަހަންޖެހޭ އަކުރުތަކު ފިލި ނުޖަހާހުރިއްޔާ ކިހިނެއްތަ ކިޔަވާނީ. ހަސަން
-
ހޯމަ، އޮކްޓޫބަރ 20 2008، 22:33
މައުމޫނު ނެރުނު ތަރުޖަމާއަކީ ޢަރަބީންނަށް ނެރުނު އެއްޗެއް ނޫން. އެއީ ދިވެހީންނަށް ނެރުނު އެއްޗެއް. އެހެންކަމުން ޢަރަބީންގެ ވާހަކަ އެތާ ގެންނާކަށް ނުވެސްޖެހޭ. އެއީ އޮޅުވާލުމުގެ ބޮޅަކަށް ނޫނީ ނުވާނެ. ޤުރުއާނުގައި ހުރިހާ އަކުރާއި، ފިއްޔާއި އަދި ނުޤުތާ ހަމައަށް ޖަހާފައިވާއިރުވެސް ބަލާގެން ރަނގަޅަށް ކިޔަވަން ނޭނގޭ މީހުން މިހާރުވެސް ދިވެހިންގެ ތެރޭގައި އުޅޭކަމީ އެންމެން ދަންނަކަމެއް. ހިތްވަރުގަދަ ރަނގަޅު މީހުންނަކީ ތިމާމެން އަތުން ކުށެއްކުރެވުނީމާ އެކުށަކަށް އިޢުތިރާފުވެ ދެން އެފަދަ ކުށްތަކުރާރު ނުކުރާ މީހުން. އަދި އިސްލާޙުކުރެވޭފަދަ ކުށެއް ކަމުގައިވަނީނަމަ އިސްލާޙުކުރާ މީހުން. އަދި މަޢާފަށް އެދެންޖެހޭ ޙާލަތްތަކުގައި މަޢާފަށްވެސް އެދޭމީހުން. ކުށެއްކުރެވުމުން އެކުށް ދިފާޢުކޮށް ވާހަކަދައްކާ މީހުންނަކީ އަމިއްލަ ނަފްސަށް މަލާމާތް ރައްދުކުރާ އެންމެބޮޑު ފިނޑިމީހުން. ކުށަށް އިޢުތިރާފުވުމާއި މަޢާފަށް އެދުމަކީ މައުމޫނުގެ ކިބައިންވެސް ފެނިފައިވާ ސިފައެއް ނޫން. އެހެންކަމުން އޭނާގެ އަޢުވާނުންގެ ކިބައިންވެސް އެސިފަ ފެންނާނެކަމަށް އަޅުގަނޑުމެން ދިވެހިން އުއްމީދެއް ނުކުރަން. - ޢަލީ -
-
ހޯމަ، އޮކްޓޫބަރ 20 2008، 22:36
ޤުރުއާން ތަރުޖަމާ ގޭގެއަށް ވައްދަން ހެޔޮނުވާނޭ އަދާލަތުޕާޓީގެ ޙުސައިންރަސީދު ބުނުމުން އެއީ ހަމަރނގަޅުވާހަކައެއްދޯ. ބަލަ ޤުރުއާނުގެ އެންމެ އަކުރެއްވެސް ގޭގައި ބެހެއްޓުމަކީ ފައިދާހުރިކަމެއްކަން ތިޔަކަހަލަ ގުބޯލުންނަށް ނޭގެނީބާ ؟
-
ހޯމަ، އޮކްޓޫބަރ 20 2008، 22:58
ބަލަ ގުބާދު ވިދާޅޫވަނީ މާނަ އޮޅުމަކީ އަރަބިންނަށް މައްސަލައެއް ނޫނޭ. ދެން ކޮންކަމެއް، އެއީ މައްސަލައެއް ނޫނޭ. މައުމޫނު ވިދާޅުވީ ގުރުއާން އެއީ ހުއްޖަތެއް ނޫނޭ. ދެން ކޮންމައްސަލައެއް. އެހެންވީމާ، ކްރިސްތިއަން ދީން އަުވެދާނީ ކޮން މައްސަލައެއް މައުމޫން ޖައްސަންވީ. ކްރިސްތިއަނުންވެސް ބުނަނީ މައްސަލައެއް ނޫނޭ.
-
އަންގާރަ، އޮކްޓޫބަރ 21 2008، 00:19
މައުމޫނުހީފުޅުކުރެއްވީތޯ މިއީ މިސުރުކަމަށް، އަރަބިންނަކަށް މާބޮޑުކަމަކަށް ނުވާނެއޭ ބުނީމާ؟
-
އަންގާރަ، އޮކްޓޫބަރ 21 2008، 02:08
1-ސަލަފުން މަދުދުވަސްކޮޅެއްގެ ތެރޭގައި މުޞްޙަފުން ކުށްހޯދި އިރު ސަރުކާރަށް އެކަން ނުކުރެވުނީބާވައެވެ.؟ 2-ޢަރަބިން މިހާރުވެސް ލިޔަނީ ނުޤުޠާ ނުޖަހައިބާވައެވެ.؟ 3-ނުޤުޠާ ނުޖަހައި ޢަރަބި ލިޔަނީ ކޮންބައެއް ބާވައެވެ.؟ 4-ޢުޘްމާނީ ޚިލާފަތުގައި ޤުރުއާން ޖަމާކުރަން ޖެހުނު ސަބަބު މެދުވެރިވީ ކޮންކަމެއް ނުކުރެވި އޮތީމައިހެއްޔެވެ.؟ 5-ޢަރަބި ލިޔުމުގައި ބައެއް އަކުރުގައި ނުޤުޠާ ޖަހަފައި އަނެއްބައި އަކުރުގައި ނުޤުޠާ ނުޖަހައިލިޔިނު ޒަމާނެއް ދިޔަބާވައެވެ.؟ 6-ނުޤުތާ މަދުވާހަކަ ނުދައްކައި އެގޮތަށް ބޭއްވުނު ނަމަ ކިޔަވާމީހުން ރަގަޅަށް ކިޔެވީސް ބާވައެވެ.؟ 7-ނުޤުޠާ ނުޖެހި މުޞްޙަފު ލިޔެވުނު ދުވަސް ވަރު ޤިރާޢަތް ތަކަށް ކިޔެވުމުގެ ފުރުޞަތު ދިނުމަށް އެކަން ކުރެވިފައި ވަނީނޫން ބާވައެވެ.؟
-
އަންގާރަ، އޮކްޓޫބަރ 21 2008، 02:39
ްގުރުއާން ފުރަތަމަ ބާވައިލެއްވިއިރުވެސް ފިލިނެއްކަމުގަވިއަސް ނުކުތާ ހުއްޓެވެ.މިސާލަކަށް ބާ އާއި ތާ އަކުރު އެއްވައްތަރެވެ،ނަމަވެސް މިދެއަކުރު ތަފާތުކޮށްދެނީ އެދެއަކުރުގެ ތިރީގަޔާ މަތީގަވާ ނުކުތާއިންނެވެ.ވީމާ ނުކުތާ ނެތުމަކީ ވަރަށްބޮޑު މައްސަލައެކެވެ.
-
އަންގާރަ، އޮކްޓޫބަރ 21 2008، 03:04
ހަޤީޤަތުގައި އެންމެ ރަނގަޅުގޮތަކަށް ދެންވެސް އިތުރަށް ޤުރުޢާނުގެ ތަރުޖަމާ ނުބަހައި، މިހާރު ބަހާފައި ހުރި ކޮޕީތައްވެސް އަނބުރާ ހޯދައިގެން ގެނެސް، އަލުން ދިރާސާކޮށް ކުށްތައް އިޞްލާހުކޮށް އަލުން ޕްރިންޓުކުރުން. ނަމަވެސް ހިތާމައަކީ އެގޮތަށް ޢަމަލު ކުރުމުގެ ބަދަލުގައި އެކުއްތަށް އެއީ ކުދި ކުދި ކުށްތަކަށް ހަދައި ރައްޔިތުންނަށް އޮޅުވާލަން އުޅުން. ކީރިތި ޤުރުއާނުގައި ކުށް ހުރި މައްސަލަ ދިފާޢުކުރުމުގެ ބަދަލުގައި މައުމޫނު ހަޤީޤަތުގައި ކުށް ހުރިކަން ޤަބޫލުކޮށް ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށް އެދެންޖެހޭނެ.
-
އަންގާރަ، އޮކްޓޫބަރ 21 2008، 07:06
ނުކުތާ ޖަހާފައިވާ ލުޔުމެއްގައި ނުކުތާއެއް ނެތަނަމަ އޭގެ މާނަ ބަދަލުވާނެ. އެއީ ނުކުތާ ޖަކާ ލިޔުމެއްގައި ނުކުތާ ނެތުމުން ވަކި މާނައެއް ދޭހަވާތީ. ކުރީގައި އޮންނަގޮތަށް ނުކުތާއެއް ފިއްޔެއް ނެތި ނިޔުން ނަމަ ރަނގަޅު. އެކަމަކު އޭރުން ޚުދު އެމީހުންނަކަށްވެސް އެ ކިޔާކަށް ނޭނގޭނެ ވިއްޔާ! ޤުބާދުމެން ވިދާޅުވަމުންދާ ވާހަކަތަކުގެ ރައްދު ވަރަށް ފުރިހަމައަށް ޖަމިއްޔަތުއް ސަލަފުން ވަނީ ދެއްވާފަ.
-
އަންގާރަ، އޮކްޓޫބަރ 21 2008، 07:25
ފުރަތަމަ ކޮމެންޓް ލިޔުއްވި ބޭފުޅާއަށް: ނުޤުތާ ޖަހާފައިވާ ލިޔުމެއްގައި ނުޤުތާއެއް މަދުވުމާއި އެއްގޮތަކަށްވެސް ނުޤުތާ ނުޖަހާ ލިޔުމުގެ އުޞޫލާއި ކިޔުމުގެ އުޞޫލާއި ހަމައަކީ ތަފާތު ދެ ކަމެއްކަން އެނގިވަޑައިނުގަންނަވާ ބޭފުޅުން މިފަދަ މައްސަލަތަކުގައި ހަނުހިމޭނުން ތިއްބެވުމަކީ އެބޭފުޅުންނަށް އެންމެ ހެޔޮކަން ބޮޑު ގޮތެވެ. ނުޤުތާ ޖަހައިފައި ހުންނަ ލިޔުމުގައި ނުޤުތާއެއް ވެއްޓިފައި އޮތުމީ ކުށެއް ކަމުގައި ނުބެލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.
-
އަންގާރަ، އޮކްޓޫބަރ 21 2008، 08:09
ބޭބެބުނަންއޮތްހައިވެސް ވާހަކައަކީ ތިކަންދިފާޢު ކުރަންކީއްތޯ އަދި ތިތައަށްވުރެ ބޮޑެތިކަންތައްވެސް އެމީހުން ދިފާޢު ކުރާން މަސައްކަތް ކުރާނެ ، ޢިލްމުވެރިންގެ ނަމުގައި ތިބޭ އެތައްބަޔަކު މީގެކުރިންވެސް ދީނުގެ ކަންތައް ތައް އެއިރެއްގައި ހުންނަ ވެރިއަކު ބުނާހާ ގޮތަކަށް ބަދަލު ކޮށްފައިވާކަން އިސްލާމީ ތާރީޚް ހެކިދޭ ':މުގައްރިރު :
-
އަންގާރަ، އޮކްޓޫބަރ 21 2008، 08:14
އެންމެ ފުރަތަމަ ޚިޔާލު ފާޅުކޮށް ފައިވާ ބޭފުޅާއަށް ބުނެލަންބޭނުމީ މީ އަރަބިން ކިޔަން ނެރެފައި އޮތް ތަރުޖަމާއެއް ނޫނޭ. ދިވެހިން ކިޔަން ހަދާފައި އޮތް ތަރުޖަމާއެކޭ. އެހެންވީމާ މިކާނީވެސް ދިވެހިންނޭ. ދިވެހިންގެތެރެއިން ޢަރަބި ބަސް ނުދަންނަ ކިތަންމީހުން އުޅޭތޯއޭ. ދިވެހިން ކިޔަން މިފަދަ ތަރުޖަމާއެއް ނެރުން ހެޔޮނުވާނެ. =ވއ=
-
އަންގާރަ، އޮކްޓޫބަރ 21 2008، 08:15
ގުރުއާނުގައި އެއްމެ ފުރަތަމަ ނުކުތާއެއް ނެތްކަމަށް ވަކާލާތު ކުރައްވާ ބޭފުޅާއަށް އަޅުގަނޑު ދަންނަވަނީ ތިބޭފުޅާއަށް ގުރުއާނުގައި ކީއްތޯ އެހެން އެއްޗެއްގައި ނުކުތާނެތެސް ޢަރަބިން ލިޔެފައި ހުންނަ އެއްޗެތި ވިދާޅުވަން އެނގި ވަޑައި ގަންނަވާތޯއެވެ؟ މިއީ ދެންކިހާ ވަރުގަދަކަމެއް މީހުންނަށް ޚުޝާމަދުކުރުމާއި ސަނާކިއުމާއި ދިފާޢުގައި ވާހަކަ ދެއްކުންވެސް އޮންނަށް ޖެހޭނީ ވަކިހައްދެއްގެ ތެރޭގައިކަން ހަނޑާކުރައްވާބައްލަވަ! އޖ
-
އަންގާރަ، އޮކްޓޫބަރ 21 2008، 08:57
ބަލަ ޤުބާދު ދެކޮޅު ހެދިޔަސް ކުށެއްވާނީ ހަމަ ކުށަކަށް! އަޅުގަނޑު ހަމަ ޙައިރާންވޭ ޤުބާދުމެން ދީނީ ޢިލްމު ކިޔަވައިގެންތިބެ މިކަހަލަ ކަންތައް އޮޅުވާލާތީ! ދެން ވިދާޅުވީ ޢަރަބިންނަށް މައްސަލައެއް ނޫނޭ....މިޤައުމުގަ ތިބީ ޢަރަބިންނެއްނޫނޭ އިންގޭތޯ! އަދި ޢަރަބި ބަސް ކިޔަވައިގެން ހުރެ، އެންމެ ކުރިން ޤުރްއާނުގައި ފިއްޔާ އަކުރު ނުޖަހާ ކަމަށް ބުނެ ހަދާއިރު ނުކުތާއެއްނެތި އެ ކިޔެވޭނެތޯ! އަޅުގަނޑަށް ހީވަނީ ޤުބާދުއަށްވެސް ޖީމު އާއި ޙާ ވެސް ވަކި ކުރަންނޭންގެނީ ހެން...އޮޅުވާލަން އުޅުނަސް ތަންކޮޅެއް ބޮޑުވަރު...."އެސް"
-
އަންގާރަ، އޮކްޓޫބަރ 21 2008، 08:57
ދިގު މުއްދަތަކަށް ފަހު ނެރުނު މި ތަރުޖަމާގެ މިފަދަ ކުށްތައް ހުރުމަކީ ދެރަކަމެއް، އެކަން މަތި ޖަހަން އެއީ ކުދި ކަންތަކޭ ބުނުން އެއީ އަދި މާ ދެރަކަމެއް.ޑރ. އަޙުމަދު ޢަބދުﷲ ދީދީ ވާހަކަ ފުޅު ގައި އިޝާރާތް ކުރައްވާ މަޤުޞަދު ގޯސް ނޫން ކަމަށް ވެސް ވެދާނެ. ހުރިހައި ޢަރަބިންނަށް ނޫނަސް ބައެއް މީހުނަށް މައްސަލަ އަކަށް ނުވެދާނެއެވެ. އަދި ދިވެހިންގެ ތެރެއިން ރަނގަޅު ގޮތް އެނގިލައްވާ ބޭފުޅުންނަކަށް ވެސް އޮޅުން އަރާ ވަރު ގެ މައްސަލައަކަށް ނުވެއެވެ. އަދި ޤުބާދު ވާހަކަ ފުޅުގައި ވެސް އެކަން އިސްލާޙު ކުރެއްވުމަށް ކަޅު ގަލަމެއް ނަންގަވާ ވިދާޅުވަމުން ވަޑައިގަންނަވާ އިރު އެފަދަ ތަނެއް ދިމާ ވުމުން ނުގުތާ ޖައްސަވަން ވިދާޅު ވުމުން އެތަރުޖަމާ އަމާޒު ކުރައްވާފައި ވަނީ ރަނގަޅަށް އެކަން އެނގިލައްވާ ބޭފުޅުން ތަކަށްކަން އެނގެ އެވެ. ދެން އޮތީ އަސްލު މިތަރުޖަމާގެ މަޤުޞަދަކީ ޤުރުއާނުގައި އެކުލެވޭ މާނަ ފޯރުކޮށް ދިނުން ކަމަށްވުމުން އެމާނަ ނުބައި ނުވާނަމަ ތަރުޖަމާ ގޯސް ކަމަކަށް ނުބުނެވޭނެއެވެ. އަދި ނުގުތާ އޮތަސް ނެތަސް އަޅުގަނޑު މެން އަރަބި ބަހުގެ މާނަ ނުދަންނަ މީހުނަށް މާބޮޑު ތަފާތެއް ނުދައްކާނެއެވެ. އެކަމަކު ޤުރުއާން ކިޔަވާ ވިދާޅު ވުމަށް އެތަރުޖަމާ ބޭނުން ފުޅު ނުކުރެއްވެވިދާނެއެވެ. ނުވަތަ ޢަރަބި ބަސް އެނގި ލައްވާ ބޭފުޅަކު ބެއްލެވުމުން އަރަބި ބަހުން ހުރި އެއްޗެކާ ދިވެހި ބަހުން ހުރި އެއްޗެކާ ދިމާ ނުވާކަން އެނގިލައްވަފާނެއެވެ. އެހެންކަމުން މިއީ ތަރުޖަމާ އަކަށް ވުމުން ބޮޑަށް ބައްލަވަންވީ ޤުރުއާނުގެ އެކުލެވޭ މާނަ ނުބައިވެފައި އޮތްތޯއެވެ؟ ނަމަވެސް ރައީސް މައުމޫން ވިދާޅުވެފައިވާ ފަދައިން އިންޑިއާ ނުވަތަ އެނޫން ތަނަކުން އުރުދޫ ބަހުން ކުޑަ ދުވަސް ކޮޅަކު އިސްލާމް ދީން ކިޔަވާ ވިދާޅުވުމަށް ފަހު ކޮންމެވެސް އެހެން ތަނަކުން އަރަބި ބަސް ދަސް ކުރުމުގެ ނަމުގައި ދުވަސް ކޮޅެއްހޭދަ ކުރައްވަފައިވާ ބޭފުޅަކަށް މިކަން ބެއްލެވޭނެ ކަމަށް ޤަބޫލުކުރެވިދާނެބާވައެވެ.ދިވެހިންނަކީ އިސްލާޙު ކުރުމަށް ފާޑު ވިދާޅުވާ ބަޔަކު ކަމުގަ އާއި އެފަދަ ގޮތަކަށް ވިދާޅު ވާ ފާޑު ގަބޫލު ކުރައްވާ ނުވަތަ ކުށް ގަބޫލު ކޮށް އިސްލާހު ކުރެއްވުމުގެ ޤާބިލު ކަން ހުރި ބަޔަކު ކަމުގައި ލައްވާށިއެވެ. އަޙުމަދު
-
އަންގާރަ، އޮކްޓޫބަރ 21 2008، 09:16
ނުކުތާ ނެތީވިއްޔާ ޢަރަބީންނަކަށްވެސް އެ ޤުރުއާނެއް ރަގަޅަކަށް ނުކިޔޭނެއވެ. އެއީ އޭގައި ތަޝްދީދު ނެތިގެންވެސް އަރަބިން ޢަރަބި ޢިބާރާތް ނުބައިކޮށް ކިޔާފައިވެއެވެ. މުނާފިޤުންގެ ސިފަތަޢް ބަޔާން ކުރަށްވާފައިވާ ޙަދީޘް ގައި ވެއެވެ. (އިޛާ ޙައްދަޘަ ކަޛަބަ)އެމީހާ ވާހަކަ ދައްކާއިރު ދޮގު ހަދައެވެ. ޢަރަބިމީހާ ކިޔަނީ (އިޛާ ޙަދަޘަ ކަޛަބަ) މާނައަކީ ޙަދަޘް ވެރި ވެއްޖެއްޔާ ދޮގުހަދައެވެ. ނުކުތާ އަކީ އެއިގެ ސަބަބުން މާނަވެސް ބަދަލު ކޮށްލާ އެއްޗެކެވެ. އެއީ ޚައްޞަކޮށް އަހަރެމެން ދިވެހިންނަކީ ނުތުކާ ނެތް އެއްޗެއް ގައި ނުކުތާ އަމިއްލައަށް ޖަހައިގެރން ކިޔަން ދަންނަ ބަޔަކަށް ނުވާތީއެވެ. އަދި ކިޔާނީ ވެސް ނކުތ ޖަހާފައިވާ މިންވަރަކަށް އެގޮތަށެވެ. ޢަޖައިބަކީ ޑރ. އަޙުމަދު އަބުދުﷲ އަށް އެކަން ނޭނެގުނީތީވެއެވެ. ކިޔެވީ މިޞްރުން ނޫން ހެއްޔެވެ. އެއީ ވާނެގޮތެވެ.
-
އަންގާރަ، އޮކްޓޫބަރ 21 2008، 09:27
އަޅުގަނޑަށް ހީވަނީ ފުރަތަމަ ކޮމެންޓްކުރި ބޭފުޅާއަށް ޤުރުއާންއެއީ ކޯޗެއްކަންވެސް ނޭނގެކަންނޭނގެ. އެފެންވަރުގެ ބޭފުޅުން ރަނގަޅުވާނީ މަޑުން ތިބިއްޔާ. ދުވަޖަކުވެސް ޤުރުއާން އާޔަތެއްވެސް ދުލުން ނުކިޔަނީ ކަންނޭންގޭ. ނޭނގޭ ކަންތައްތަކަށް އަނގަ ބޭނުމަކީ ފަހުން ވަރަށް ލަދުގަންނަންޖެހޭ ކަމެއް... ފުރަތަމް ކޮމެންޓްކުރި މީހާޔަށް ހެޔޮއެދޭ މީހެއް...