ދަތުރުވެރިޔާ 4
(ދަތުރުވެރިޔާ 3 އާއިގުޅޭ)
އެކަމަކު އިއްޔެ ބީޗަށްދާން އުޅުނު ކަންތައް ވަރަށް ސަ...ކަ...ރާތް...ކޮށް...ދިޔާ...މާ... “ ޝާހިދު ލަސްލަހުން ބުނަމުން ދިޔައެވެ. ހީވަނީ އެވާހަކަ ބުނާއިރަށް އެމީހުން ރުޅިއައިސްގެންއެއްޗެކޭ ބުނެފާނެތީ އުޅޭހެންނެވެ.
---
“ އަހަރެން ތިކަމާ އެއްޗެކޭ ބުނެފާނަން. ޝާހަކީ އެމެރިކާގައި އުޅެ ބޮޑުވި ކުއްޖެއް. އޭނައަށް އަނެއްކާ............”
“ ނޫނޭ ދަރިފުޅާ! އަސްލުގައި ވީ ތިހެންނެއްނޫން. އަހަރުމެން މިއުޅެނީ މާދަމާ ހުރިހާ ކުދިންނާ އެންމެން ގޮވައިގެން ދަތުރުދާން. އޭރުން ތިހުރިހާ ކަމެއްވެސް ހަމަޖެހިދާނެ.” ފަރުޙާން އަވަސް އަވަހަށް ވާހަކަ ރީތިކޮށްލަމުން ޝާހިދަށް ބުންޏެވެ.
“ އެތެދެއްތަ މަރީނާ ދައްތާ؟ “ ޝާހިދު އަގައިންވެސް ނުބުނެ އިން މަރީނާ ކުރެން އަހާލިއެވެ.
“ އަހަރެން ކީކޭތަ ބުނަންވީ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ހުރެދާނަން. “ މަރީނާ މޫނުމައްޗަށް ރޫއަރުވާލަމުން ފަތަރާސީ ގޮތަކަށް ދެއަތްފުޅާކޮށްލިއެވެ. މިތަން ފެނުމުން މާމަ އޭނާގެ އަނގަ ބަންދުކޮށްލިއެވެ. އަދި ޝާހިދާދިމާއަށް އެނބުރިލިއެވެ. އަދި އެންމެންވެސް ދަތުރުދާނެކަން އިޢުލާންކުރިއެވެ. މިއަޑު އިވުމުން މޭޒުކައިރީގައި އިން ސިތާރާއަށް އުފަލުންގޮސް ގަލަމުގައި ދަތްއަޅާލެވުނެވެ.
އަނެއްދުވަހުގެ ހެދުނެވެ. ކުޑަކުދިންތައް ބައިސްކަލް ތަކަށް އަރައިގެން ދަތުރުދާ ދިމާއަށް ދުއްވާލިއެވެ. މިކަހަލަ މަޖާކަމެއް ދިމާވުމުން އެމީހުން ތިބީ އުފަލުން ފޮޅިފައެވެ. އެހެންނަމަވެސް ސިތާރާގެ ހިތުގައި ސުވާލުމާކްތަކެއް ޖެހިފައިވާ ކަހަލައެވެ. ދަތުރު ދާންވީ ތަނަށް އާދެވުމާއެކު ޝާހިދު އަނގަ ތަޅުވަންފެށިއެވެ.
“ އަހަރެންކިހާ މޮޅު. އަހަރެން ކިހާ މޮޅަކަށް ވާހަކަދައްކައިގެންތަ ކަލޭމެންނަށް މިފުރުސަތު ހޯދަދިނީ. އަސްލުގައިވެސް ޝާހު ކަލޭދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. އަހަރެންގެ ހިތަށް އަރާ އޭނަ މިހާރު ކަލޭދެކެ އެހާ ލޯބިވަންޏާ ފަހުން ކިހާ ލޯތްބެއްވާނެހޭ. އަޅެ އެހެންނޫންތަ.” ޝާހިދު އެތައް ވާހަކައެއްދައްކަމުން ދިޔައެވެ. އެހެންނަމަވެސް ސިތާރާ އަގައަކުން ނުބުންޏެވެ. އޭނާގެ މޫނުމަތީގައިވާ ސީރިއަސްކަން ފެނުމުން ޝާހިދުގެ އަނގަ އޮޅޭގޮތްވެއްޖެއެވެ. އެންމެފަހުން ނުހުރެވިގެން ވެގެންއުޅޭގޮތެއް އޮޅުންފިލުވަން ސުވާލުކުރަންފަށައިފިއެވެ.
“ އަހަރެން ވާހަކައެއް އަހާލަންތަ؟ “ ސިތާރާ ޝާހިދާ ހަތަރުކަޅި ހަމަކޮށްލަމުން އަހާލިއެވެ.
“ އާން އަހާބަލަ. ކީއްވެ ނޭހެންވީ.”
“ އަހަންނަށް އެނގޭ ޝާހު އަހަންނާ ހެދި މޮޔަނުވާކަން. އަދި އޭނަ އަހަންނާހެދިއެއްވެސް ނޫޅޭ. ތީ އޭނަގެ ބޭބެ. އަދި ރަޙުމަތްތެރިޔާ. އެހެންނު. އެކަމަކު އަހަރުމެން ދެމީހުންގެ ދެމެދުގައިވެސް މިހާރުވަނީ ގާތްގުޅުމެއް އުފެދިފައި އެހެންނު. “
“ އަ އަ އަ އާ ސިތާރާ ބުނަން ތިއުޅެނީ ކީކޭތަ؟ “ ޝާހިދު އޭނާ ބުނަންއުޅޭ އެއްޗެއް ނޭގިގެން އަހާލިއެވެ.
“ އެހެންވީއިރު އެދެމީހުންނަށް ގުޅެވޭނީ ކޮންމެވެސް ވަރަކަށް ވާހަކަދައްކައިގެންނު. “
“ އާން. “
“ ދެން އެދެމީހުންނަށް ވާހަކަދެއްކޭނީ އެދެމީހުންނަށް ކުޑަކޮށް ނަމަވެސް ބައްދަލުވެ ފެނިދެނިވެގެންނު.”
“ އާން.” މާމަ ހުރިހާ ވާހަކައަކަށް އާނ ބަސް ބުނަމުންދިޔައެވެ. ޝާހިދު ވަރަށް ވިސްނުންތެރިކަމާއެކު ކިޔައިދެމުންދިޔައެވެ.
“ އެކަމު އަހަރެމެން ކީއްކުރަންތަ އެކަމާ ދެކޮޅުހަދަންވީ” ސަފިއްޔާ ވަގުތުން ބުންޏެވެ.
“ އާން. އަހަންނަށް އެނގޭ ދައްތަމެން ދެކޮޅުނަހަދާނެކަން. އެކަމަކު އިއްޔެ ބީޗަށްދާން އުޅުނު ކަންތައް ވަރަށް ސަ...ކަ...ރާތް...ކޮށް...ދިޔާ...މާ... “ ޝާހިދު ލަސްލަހުން ބުނަމުން ދިޔައެވެ. ހީވަނީ އެވާހަކަ ބުނާއިރަށް އެމީހުން ރުޅިއައިސްގެންއެއްޗެކޭ ބުނެފާނެތީ އުޅޭހެންނެވެ.
---
“ އަހަރެން ތިކަމާ އެއްޗެކޭ ބުނެފާނަން. ޝާހަކީ އެމެރިކާގައި އުޅެ ބޮޑުވި ކުއްޖެއް. އޭނައަށް އަނެއްކާ............”
“ ނޫނޭ ދަރިފުޅާ! އަސްލުގައި ވީ ތިހެންނެއްނޫން. އަހަރުމެން މިއުޅެނީ މާދަމާ ހުރިހާ ކުދިންނާ އެންމެން ގޮވައިގެން ދަތުރުދާން. އޭރުން ތިހުރިހާ ކަމެއްވެސް ހަމަޖެހިދާނެ.” ފަރުޙާން އަވަސް އަވަހަށް ވާހަކަ ރީތިކޮށްލަމުން ޝާހިދަށް ބުންޏެވެ.
“ އެތެދެއްތަ މަރީނާ ދައްތާ؟ “ ޝާހިދު އަގައިންވެސް ނުބުނެ އިން މަރީނާ ކުރެން އަހާލިއެވެ.
“ އަހަރެން ކީކޭތަ ބުނަންވީ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ހުރެދާނަން. “ މަރީނާ މޫނުމައްޗަށް ރޫއަރުވާލަމުން ފަތަރާސީ ގޮތަކަށް ދެއަތްފުޅާކޮށްލިއެވެ. މިތަން ފެނުމުން މާމަ އޭނާގެ އަނގަ ބަންދުކޮށްލިއެވެ. އަދި ޝާހިދާދިމާއަށް އެނބުރިލިއެވެ. އަދި އެންމެންވެސް ދަތުރުދާނެކަން އިޢުލާންކުރިއެވެ. މިއަޑު އިވުމުން މޭޒުކައިރީގައި އިން ސިތާރާއަށް އުފަލުންގޮސް ގަލަމުގައި ދަތްއަޅާލެވުނެވެ.
އަނެއްދުވަހުގެ ހެދުނެވެ. ކުޑަކުދިންތައް ބައިސްކަލް ތަކަށް އަރައިގެން ދަތުރުދާ ދިމާއަށް ދުއްވާލިއެވެ. މިކަހަލަ މަޖާކަމެއް ދިމާވުމުން އެމީހުން ތިބީ އުފަލުން ފޮޅިފައެވެ. އެހެންނަމަވެސް ސިތާރާގެ ހިތުގައި ސުވާލުމާކްތަކެއް ޖެހިފައިވާ ކަހަލައެވެ. ދަތުރު ދާންވީ ތަނަށް އާދެވުމާއެކު ޝާހިދު އަނގަ ތަޅުވަންފެށިއެވެ.
“ އަހަރެންކިހާ މޮޅު. އަހަރެން ކިހާ މޮޅަކަށް ވާހަކަދައްކައިގެންތަ ކަލޭމެންނަށް މިފުރުސަތު ހޯދަދިނީ. އަސްލުގައިވެސް ޝާހު ކަލޭދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. އަހަރެންގެ ހިތަށް އަރާ އޭނަ މިހާރު ކަލޭދެކެ އެހާ ލޯބިވަންޏާ ފަހުން ކިހާ ލޯތްބެއްވާނެހޭ. އަޅެ އެހެންނޫންތަ.” ޝާހިދު އެތައް ވާހަކައެއްދައްކަމުން ދިޔައެވެ. އެހެންނަމަވެސް ސިތާރާ އަގައަކުން ނުބުންޏެވެ. އޭނާގެ މޫނުމަތީގައިވާ ސީރިއަސްކަން ފެނުމުން ޝާހިދުގެ އަނގަ އޮޅޭގޮތްވެއްޖެއެވެ. އެންމެފަހުން ނުހުރެވިގެން ވެގެންއުޅޭގޮތެއް އޮޅުންފިލުވަން ސުވާލުކުރަންފަށައިފިއެވެ.
“ އަހަރެން ވާހަކައެއް އަހާލަންތަ؟ “ ސިތާރާ ޝާހިދާ ހަތަރުކަޅި ހަމަކޮށްލަމުން އަހާލިއެވެ.
“ އާން އަހާބަލަ. ކީއްވެ ނޭހެންވީ.”
“ އަހަންނަށް އެނގޭ ޝާހު އަހަންނާ ހެދި މޮޔަނުވާކަން. އަދި އޭނަ އަހަންނާހެދިއެއްވެސް ނޫޅޭ. ތީ އޭނަގެ ބޭބެ. އަދި ރަޙުމަތްތެރިޔާ. އެހެންނު. އެކަމަކު އަހަރުމެން ދެމީހުންގެ ދެމެދުގައިވެސް މިހާރުވަނީ ގާތްގުޅުމެއް އުފެދިފައި އެހެންނު. “
“ އަ އަ އަ އާ ސިތާރާ ބުނަން ތިއުޅެނީ ކީކޭތަ؟ “ ޝާހިދު އޭނާ ބުނަންއުޅޭ އެއްޗެއް ނޭގިގެން އަހާލިއެވެ.
“ އަހަރެން އަހަން މިއުޅެނީ ޝާހަކީ އަހަންނަށްޓަކައި އެންމެ ރަގަޅު ކުއްޖާހެއްޔޭ.؟”
“ މިހާ ދުވަސްފަހުން ތިސުވާލުކުރީ ކީއްވެތަ؟
“ އޭނަ އަހަންނަށް އެބަ ކޮންމެވެސް ކަމެއް ފޮރުވާ. އިއްޔެ އަހަރެން އޭނަގެ ފަޓްލޫނެއް އިސްތިރިކުރަނިކޮށް މިސިގިރޭޓް ފޮށި ފެނުނީ. މައްސަލައަކީ ސިގިރޭޓް ފޮށި ފެނުމެއްނޫން. އެކަމަކު އަހަންނަށް ސިއްރުކުރީމަ. ނިކަން ބުނެބަލަ މިނޫނަސް އޭނާގެ ކިބައިގައި އެހެން ކަމެއްވެސްވޭތަ؟ ޝާހިދު ތަންކޮޅެއް ރަގަޅަށް އަހަންނަށް ބުނެދީ . ކަލޭގެ މަޝްވަރާގެ ސަބަބުން އަހަރެންގެ ދިރިއުޅުން އާބާދުވެސް ކުރެވިދާނެ. އަދި ހަލާކުވެސް ކުރެވިދާނެ. އޭނާގެ ކިބައިގައި އެހެންކަމެއްވާނަމަވެސް ބުނޭ އޭރުން އަހަންނަށް ގޮތެއް ނިންމަން އެނގިދާނެ. “ ސިތާރާ ވާހަކަދައްކަމުން ގޮސް އިސްޖަހާލިއެވެ. މިތަން ފެނުމުން ޝާހިދަށް ބުނާނެއެއްޗެއް ނޭގުނެވެ. އެހެންނަމަވެސް އޭނާ ވަރަށް އަވަހަށް ވާހަކަ ހަމަޖައްސާލިއެވެ.
“ އަސްލުގައި ބުނަން ވާހަކައެއް. ތި ވިސްނަނީ މުޅިން ނުބައިކޮށް. އެކަމަކު ޝާހަކީ އެއްގޮތަކަށްވެސް ތިކަހަލަ ކަންތައް ކުރާމީހެއްނޫން. އޭނަ މިކަހަލަ އެއްވެސް ކަމެއްނުކުރާނެ. ނެތްތަ ލައިޓަރެއް “ ޝާހިދު ސިގިރޭޓެއް ނަގާ ތުބުގައި ޖަހާލަމުން އެހިއެވެ. އެހެންމަވެސް ދެވަނަ ސިކުންތުގައި ސިތާރާ އޭނާގެ ތުބުން ސިގިރޭޓް ނަގާ އެއްލާލައިފިއެވެ. އަދި އަމުރުވެރި ރާގަކަށް ބުންޏެވެ.
“ ޝާހިދުވެސް ސިގިރޭޓް ބޮއިގެން ނުވާނެ. ސިގިރޭޓް ޖަހާފއި ހުންނައިރު ހީވަނީ ނުބައިބައި މީހެއްހެން.” ސިތާރާ ސިގިރޭޓް ފޮށިނަގާ ފުނޑުކޮށްލިއެވެ. މިތަން ބަލަން ޝާހިދު ހިނިއައިސްފައި ހުއްޓެވެ.
އެދުވަހުގެ ދަތުރު ދިޔައީ އުފަލާ މަޖަލުގައެވެ. ސިތާރާއާއި ޝާހުގެ ގުޅުން ބަދަހިވަމުންދިޔައެވެ. އެކަކު އަނެކެއްގެ ކައިރީގައި ހުރެގެން އެތައްމިތާގައި ހިނގިއެވެ. ލަވަކިޔާ މަޖާކުރިއެވެ. ސިތާރާ އުފަލުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.
ހަފްތާއެއްވީއިރު ސޭޓް އަޙުމަދުވެސް އަނެއްކާ އަތުވެއްޖެއެވެ. ކައިވެނީގެ ތާރީޚްތައް ހަމަޖެއްސުމަށެވެ. ޝާހު އޭނާގެ ބައްޕަ ފެނުމާއެކު ކަރާ ކަރުޖައްސާ ސަލާން ކުރިއެވެ. އެރޭ ކެއުމަށްފަހު ޝާހިދާއި ޝާހު ސޭޓް އަޙުމަދުގެ ކޮޓަރިއަށް ގެނެވިއްޖެއެވެ. އޭނާ ބޭނުންވަނީ މިހާރު ކަންތައް ގޮސްފައިވާ ހިސާބު އޭނާ އަމިއްލައަށް އެނގި ދެކިލާށެވެ. އަޙުމަދު ގޮސް ކޮޓަރީގެ ބޭރަށް ހުޅުވެންހުރި ކުޑަދޮރުކައިރީގައި މަޑުކޮށްލިއެވެ.
“ ބައްޕާ! ޝާހު ކައިވެންޏާ ގަބޫލުވެއްޖެ. “ ޝާހިދު އޮޅުންފިލުވައިދޭން ފެށިއެވެ.
“ ޝާހިދު މަޑުކުރޭ! އަހަރެން ބޭނުމީ ޝާހުގެ އަނގައިން ތިކަންތައް އޮޅުންފިލުވަން. މިކަމާ ޝާހު ބުނަނީ ކީކޭތަ؟ “
“ އަހަރެންގެ މައްސަލައެއްނެތް. އެކަމަކު ސިތާރާ ދެމަހެއްވަރު އެމެރިކާގައި އަހަރުމެންނާއެކު މަޑުކޮށްލުން އެއީ އަހަރެން އެދޭގޮތެއް. އެތާގެ މާޙައުލާއި މީހުން ރަގަޅަށް ދަސްކުރުމަށްޓަކައި. އޭގެފަހުން ކައިވެނީގެ ކަންތައް ހަމަޖެއްސިދާނެ. “
“ ދަރިފުޅު ތިކަހަލަ ވިސްނޭ ވާހަކަ ދެއްކީތީ އަހަރެން ވަރަށް އުފާކުރަން. ތިޔައީ ވަރަށްބޮޑު ތެދެއް. އަހަރެން ފަރުޙާނާ ވާހަކަދައްކާނަން. “ ސޭޓް އަޙުމަދު ހިނިތުންވަމުން ހިތްހަމަޖެހުމާއެކު ބުންޏެވެ.
އަނެއްދުވަހުގެ ވަގުތެވެ. ކާގެ ތެރޭގައި އެންމެން މަސައްކަތުގައި އުޅެއެވެ. މާމަ މޭޒުމައްޗަށް ފަތްތަކެއް އަޅާލައިގެން ސާފުކުރަން އިނެވެ. ފަރުޙާން ދެއަތްފުރަގަހަށްލައިގެން އަންހެނުން ސަފިއްޔާގެ ޖަވާބަކަށް އިންތިޒާރުކުރަން ހުއްޓެވެ. ސަފިއްޔާ ހިތްހަމަނުޖެހުމާއެކު ފަރުޙާންގެ މޫނަށް ބަލައިލިއެވެ. ހީވަނީ އޭނާ ބޮޑު ކުށެއް ކޮށްގެން ހުރިހެންނެވެ.
“ ތިބުނަނީ އޭނާ އެ،މެރިކާއަށް ފޮނުވާވާހަކަތަ؟ އެއީ އަދި އެކަނި. ހާދަހެއްވައޭދޯ އަނެއްކާ ފަރުޙާންގެ ތަބީޢަތް ރަގަޅުތަ؟” ސަފިއްޔާ އެއްކަމެއް ކޮށްލާފައި އަނެއްކޮށްލާފައި ދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ. އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
“ ކީއްވެތަ؟ ނުބުނަންވީ އޭނަ އެދަނީ އަޙުމަދުމެންގެ ގެއަށް. އެގެއަކީ އަހަރުމެންނާ ދުރުގެއެއްނޫން. ދެންކީއްވެތަ ގޯސްވާންވީ. “
“ ދަރިފުޅާ ފަރުޙާން. އަންހެންކުދިން ކައިވެނީގެ ކުރިން އެގޭގެއަކަށް ނުދާނެ. އޭގެ މާނައަކީ ނުދާނެއޭ. ބުނަން. މީއަހަރެންގެވެސް ނިންމުން. “ މާމަ އެންމެފަހު ނިޔާ އިއްވިކަހަލައެވެ. ފަރުޙާން ހަދާނެ ގޮތް ހުސްވެގެން އެކެއްގެ ކައިރިން އަނެކެއްގެ ކައިރިން ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާ އަށް އެއްވެސް ގޮތެއް ނުފެނުނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ގޮތުގައި ހުރީއެވެ. ފަރުޙާން ހުރީ އޭނާގެ ރަޙުމަތްތެރިޔާއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްދޭންވެސް ތައްޔާރުގައި ކަހަލައެވެ.
“ އާނ. އެންމެރަގަޅު . އަހަރެން ބުނެފާނަން އަޙުމަދު ގާތުގައި މިކަމެއްނުވާނޭ. އޭރުން އެވީނު. މީކޮންމެހެން ކީއްކުރަންކުރާކަމެއް. އަނެއްކާ ޝާހުވެސް ކޮންމެހެން އެމެރިކާއިން މިތަނަށް ގެންނާނެކަމެއްނެތެއްނު. “ ފަރުޙާން ގޮތްހުސްވުމުން ހަޅޭއްލަވައިގަތެވެ. ބަދިގެ ތެރޭގައި އަޑުގަދަވެގެން އަޙުމަދުވެސް އެތަނަށް އަތުވެއްޖެއެވެ. އޭނާ ފެނުމާއެކު އެންމެން ހަމަހިމޭން ވެއްޖެއެވެ. އެހެންނަމަވެސް މާމަ ވާހަކަ ދައްކަންފެށިއެވެ.
“ ދަރިފުޅާ އަހުމަދާ އާދޭ އާދޭ. އިށީދޭ. މަންމަ މިބުނަނީ އަންހެންކުއްޖަކު ކައިވެނިނުކޮށް އެގޮތަށް ބޭރު ގައުމަކަށް ދިއުމަކީ ކިހާ ގޯސްކަމެއްހޭ. އަނެއްކާ ދަރިފުޅަށްވެސް އެނގޭނެ. މީހުން ކިހާ އެއްޗިހި ކިޔާނެކަން. އަނެއްކޮޅުން ބަލާއިރު އޭނާ ތިތަނަށްގޮސްފައި އައިސް ފަހުން ކައިވެނިނުކޮށްފިއްޔާ އަހަރުމެން ލަދުން މަރުވާވަރުވާނެ. މަންމައަށް ހީވަނީ ދަރިފުޅަށްވެސް މިކަން ވިސްނޭނެހެން. “ މާމަ އަހުމަދަށް ވިސްނައިދެވޭތޯ ބެއްޔެވެ. އެހެންނަމަވެސް އޭނާ އަގައިންވެސް ނުބުނެ މޭޒުމަތީގައި ހުރި ކެރެޓްތަކާ ކުޅެލަ ކުޅެލާ އިނެވެ.
“ އަހަންނަށް ވިސްނޭ އެބަ ރަގަޅުގޮތެއް. އެއީ މިހަފްތާގެ ތެރޭގައި ދެކުދިންގެ އެންގޭޖްމެންޓްގެ ކަންތައް ހަމަޖައްސާނީ. އެއަށްފަހު އެމީހުން އެމެރިކާއަށް ގޮއްސަ އައިމާ ކައިވެނީގެ ކަންތައް ކުލަގަދަ ގޮތެއްގައި ކުރާނީ އޭރުން މީހުންނަށްވެސް ކިޔޭނެ މާބޮޑު އެއްޗެއް ނޯންނާނެ. “
“ އެންމެރަގަޅު. ތިހެންވެއްޖިއްޔާ މާބޮޑު މައްސަލަތަކެއްވެސް ނޯންނާނެ. “ މާމަ ގޮތްދޫކުރަންފެށިއެވެ.
“ އަޅެ އަހަރެން މިބުނަނީ ކަލޭމެން އެންމެންވެސް ހިގާށޭދާން އަހަރުމެންނާއެކީ އެކަމަކު އެކަކުވެސް އެއެއް ގަބޫލެއްނުކުރޭ. ކީއްތަވާނީ ފަރުޙާންމެންވެސް ދިޔައްޔާ. ކިހާ މަޖާވާނެތަ؟ “ އަހުމަދު ޝަކުވާގެ ރާގެއްގައި ވާހަކަދެއްކިއެވެ. އޭނާ ބޭނުންވަނީ ގޭގެ ހުރިހާއެންމެންވެސް ދާށެވެ. އެހެންނަމަވެސް ފަރުޙާން އޭނާގެ ބަހަނާ ރީތިގޮތެއްގައި ހުށައެޅިއެވެ.
“ އަހުމަދު. އަހަރެންވެސް ބޭނުންދާން. އެކަމަކު މިފެއްޓެނީ އަހަރުމެންގެ ދަނޑުތަކުގެ ސީޒަން . މިދުވަސްވަރާ ދިމާކޮށް ދިޔައިމަ ވަރަށް ދަތިވާނެ. އަހަރުމެން އެހެންފަހަރަކުންދާނަން. މިފަހަރަކުނޫން. “
“ އެހެންވިއްޔާ މަރީނާދައްތަ ދާންވީނު. އޭރުން ސިތާރާވެސް އެކަންޏެއްނުވާނެނު. އޭނާއަށް އެއްވެސް ފޫހިކަމެއްނާންނާނެ. “ ޞަފިއްޔާ މަރީނާއަށް ބަލައިލަމުން ފަރުޙާނަށް ބުންޏެވެ. އޭނާ ބޭނުންވަނީ ގޭގެ ކޮންމެވެސް ބޮޑު މީހަކު ސިތާރާއާއެކުގައި ދާށެވެ. އަހުމަދު އޭނާ އަށް ގޯސްވާނެތީއެއްނޫނެވެ. އެކަމަކު އޭނާގެ ހިތުގެ އެއްބައިކަމުގައިވާ ދަރިފުޅު ފުރަތަމަ ފަހަރަށް އެހާ ދުރަށް ފޮނުވާލަންޖެހުމުން ޞަފިއްޔާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. މަރީނާ ދައްތަ ފުރަތަމަ ވަރަށް ދެކޮޅުހެދިއެވެ. އެހެންނަމަވެސް ފަހުން ދާންއެއްބަސްވެއްޖެއެވެ. މިކަމާ ސިތާރާ ވަރަށް އުފާވިއެވެ. ކާގޭގެ ބޭރުގައި ހުރެގެން އުފަލުން އޭނާ އަތްޖަހަންފެށިއެވެ. ދެއަތަކަށް ނަށާލާ އެނބުރިލިއެވެ. ސިތާރާގެ އުފާވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ޝާހުގެ ޚިޔާލުގައި ހުރެގެން އޭނާ އެނބުރެމުންދިޔައެވެ.
“ މިހާރު ހުރިހާ ކަމެއްހަމަޖެހުނީ . ސިތާރާގެ ކައިވެނީގެ އުފަލުގައި ފަހަރި އަހަރެންގެ އަނގަފޮނިކޮށެއް ނުދޭނަންތަ؟ “ އަހުމަދު ފަރުޙާނާ ކަރާ ކަރުޖައްސާ ސަލާމްކުރަމުން ޞަފިއްޔާއަށް ބުންޏެވެ.
ފަރުޙާން ސިތާރާއަށް ގޮވަމުން ބޭރަށް ނުކުތެވެ. އެއްވެސް ތާކުން އޭނާއެއް ނުފެނުނެވެ. ފަރުޙާން ގޭގެ އެތަންމިތަން ބަލައިފިއެވެ. އެހެންނަމަވެސް އެއްވެސް ތާކުން އޭނާ ނުފެނުމުން ގޭގެ ފަހަތުން ފެންނަން އޮތް ގަސްތަކާ ދިމާއަށް ހިނގައިގަތެވެ. ހެޔޮވަރުވަރަކަށް ވިނަފަޅާފައިވާ މިތަނުގައި ސިތާރާމެން ވަރަށް ގިނައިން ތިބެއެވެ. ފަރުޙާން އެންމެފަހުން އެތަނަށް އަތުވެއްޖެއެވެ. އޭރު ވިނަގަނޑުތެރޭގައި އިށީދެލައިގެން ސިތާރާ އޭނާ ގެންގުޅޭ ޅަ ބަކަރި ގޮވައިގެން އިނެވެ. ސިތާރާ ފެނުމާއެކު ފަރުޙާން ލޯބިން ގޮވާލިއެވެ. އޭނާގޭ އަޑު ޖެހުމާއެކު ސިތާރާ ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު އޭނާގެ މޫނުމަތީގައިވާ ކަރުނަތައް ފެނުމުން ފަރުޙާން ހައިރާންވިއެވެ. އޭނާގެ މޫނުމަތީގައިވާ އުފާވެރިކަން ވަގުތުން ފިލައިގެން ހިގައްޖެއެވެ. ދުވެފައިކަހަލަ ގޮތަކަށް ސިތާރާގެ ގާތަށް ހިގައްޖެއެވެ.
“ އައްދެ ދަރިފުޅު މިތާގައި އެކަނި ކީއްތަ ތިކުރަނީ. ބަލާބަލަ ކީއްވެތަ ތިރޮނީ. މިކޮޅުން ކައިވެނީގެ ކަންތައް ހަމަޖެހުމާއެކު ދަރިފުޅު ތިޔަ ރޮނީ. މުޅިން ސަކަރާތެއްނު. “ ފަރުޙާން އޭނާގެ ދަރިފުޅު ލޮއްސަން ވާހަކަދައްކާ ގޮތަށް ބުންޏެވެ.
“ އެނގިއްޖެ. ބައްޕަ ދޫކޮށްލާފައި ދާންޖެހޭތީ ދެރަވަނީދޯ .” އެއާއެކު ސިތާރާ ފަރުޙާންގެ ކަރުގައި އޮޅުލައިގެންފިއެވެ.
“ ބައްޕާ! އަހަންނެއް ނުދާނަން. މިބުނީނު އަހަންނެއް ނުދާނަން. “ ސިތާރާ ރޮމުންރޮމުން ވާހަކަދެއްކިއެވެ. އޭނާ ފަރުޙާންގެ މޭގައި ތަތްކޮށްލާފައިވާގޮތުން ހީވަނީ ހަމަ މިހާރު މިވަގުތު އޭނާ ދާންއުޅޭހެންނެވެ. ދަރިފުޅުގެ މިބޭގަރާރުކަން ފެނުމުން ފަރުޙާނަށްވެސް ރޮވިއްޖެއެވެ. އޭނާ ކުޑަކަކު ޖަހާލައިގެންއިނދެ ދަރިފުޅުގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ.
“ ދަރިފުޅާ! އަންހެންކުދިންނަކީ ކޮންމެވެސް އެއްދުވަހަކުން ފިރިމީހާޔާ އެކުގައި ދާންޖެހޭނެ ބައެއް. މިހާރު ދަރިފުޅު ތިގޮތަށް ރުއީމަ ބައްޕައަށް ވާނީ ކިހިނެއް. އެދުވަހަކުން މި ބައްޕަ ދޫކޮށްފާ ނުލާހިކު ދުރަށް ދަރިފުޅު ހިނގައިދާނެ. އެދުވަހަކުން އަދި ބައްޕަ މާދެރަވާނެ.! “ ފަރުޙާންގެ ލޮލުން ފެންއަންނަން ފެށުމުން ސިތާރާ އޭނާގެ ކަރުނަތައް ފޮހެލަމުން ބައްޕައަށް ބުންޏެވެ.
“ ކޮބާ . ބައްޕަ ތިޔަ ރޮނީނު.”
“ ދަރިފުޅު ބައްޕަ ރޮއްވާލީމަ ރޮވޭނެނު. “ ފަރުޙާން ހެވޭތޯ މަސައްކަތްކުރިއެވެ.
“ ނުވާނެ އެހެނެއް. ބައްޕަ އަހަރެން ރޮއްވާލީ.” ސިތާރާ އަނެއްކާވެސް ބުންޏެވެ. މިގޮތަށް ދެބަފައިން ވެގެން ކިޔަމުންދިޔައެވެ. އެންމެފަހުން ފަރުޙާން ދޫކޮށްލައިފިއެވެ. ކޮންމެފަހަރަކުވެސް އޭނާ ސިތާރާއާ މިގޮތަށް ހިފާލައެވެ. އެކަހަލަ ކޮންމެ ފަހަރަކުވެސް އެދެބފައިންގެ ދެމެދުގައިވާ ލޯބި އިތުރަށް ހަރުދަނާވެއެވެ. ސިތާރާ އޭނާގެ ބައްޕަ ދެކެ ވާލޯބި އިތުރުވެއެވެ. ބައްޕައަކީ އޭނާގެ ހުރިހާއެއްޗެކެވެ.
ފަރުޙާން ސިތާރާ ހަމައަކަށް އެޅުނީކަން އެނގުމުން ކައިވެނީގެ އެންގޭޖްމަންޓް އޮންނަ ދުވަސް ބުންޏެވެ. އެވަގުތު ސިތާރާގެ މޫނަށް ރަތްކުލަ އަރައިގެންދިޔައެވެ. ފަރުޙާން ހިނިއައިސްފައި އިދެގެން ކާޑުތައް ހެދިވާހަކަ ބުނުމުން ލަދުވެތި ފާޑަކަށް އެއީ ޝާހިދުގެ ކަންތަކޭ ބުނެ ބައްޕަގެ އުނގުގައި މޫނު ފޮރުވިއެވެ.
ހާޝިމް އޭނާގެ ގޭގައި ހުރެގެން ރުޅިއައިސްގެން ފުފެނީއެވެ. ކައިވެނީގެ ކާޑު ލިބުމުން އޭނާގެ ރުޅި އިންތިހާއަށް ހިނގައްޖެއެވެ. ވަގުތުން ކާޑު ހިފައިގެން ފަރުހާންގެ ގޭދޮށަށް ހިނގައްޖެއެވެ. ފަހަތުން އޭނާއަށް ތާއީދުކުރާ މީހުން ދަނޑިބުރިތައް ހިފައިގެން ދިޔައެވެ. ހާޝިމް އެގޭދޮށަށް ދެވުމާއެކު ހަޅޭއްލަވަން ފެށިއެވެ. މިއަޑަށް ޝާހިދާއި ޝާހުވެސް ނުކުމެއްޖެއެވެ. ޝާހު ފެނުމުން ހަޝިމްގެ ރުޅި އިތުރަށް ގަދަވިއެވެ. އަދި ވައިގެ ތެރޭގައި ކާޑު ހޫރުވަމުން ހަޅޭއްލަވާ ފާޑަށް ވާހަކަދެއްކިއެވެ.
“ ކަލޭމެނަށް އެނގޭތަ؟ މުޅި މިއަވަށުގެ އެންމެނަށް އެނގޭނެ ސިތާރާގެ ކައިވެނި އޮތީ އަހަރެންގެ ދަރިފުޅު ސިރާޖާއި ކުރަން ނިންމާފާއިކަން. އެކަމަކު ބަލާބަލަ. މިތިބަ ގޮތްކުޑަ މީހުންތައް އެތިބީ އެވައުދާ ޚިލާފުވެގެން. އެމީހުން އެ އަރައިގަތީ އަހަރެންގެ މުޅި އިއްޒަތާ އަބުރަށް. މިކަން އަހަރެން ރަގަޅަށް ބަދަލުހިފާނަން. “
“ ތީ ދޮގެއް. ބައްޕަ ތީން އެއްވެސް ވާހަކައެއް ބުނެފައެއް ނޯންނާނެ. “ ފަރުޙާންގެ ދޮށީ ފިރިހެންދަރިފުޅު ބައްޕަގެ ދިފާޢުގައި ނުކުމެ ބުނަންފެށިއެވެ. އެހެންނަމަވެސް ހާޝިމް ކަހަލަ މީހަކު ގަބޫލުކުރާނެ ހެއްޔެވެ؟ އޭނާ މުޅިތަނުގައި ހަޅޭއްލަވަމުން މީހުން އެއްކުރަމުން ދިޔައެވެ. އެވަގުތު އޭނާގެ ގާތުގައި ހުރި ދަރިފުޅު ސިރާޖުގެ އަތުގައި ހިފާ ދަމައިގެންފައި ބުންޏެވެ.
“ ބަލަ ކަލޭ ބަލާބަލަ. ތިހިރަފެންނަ ބޭރުމީހާގަނޑު އެއުޅެނީ ކަލޭގެ އަންހެނުން ސިތާރާ ޖަހައިގަންނަން. ނިކަން ގޮސް ހޭއަރުވާލަބަލަ.” މިއަޑު އިވުމުން ޝާހު ނުކުންނަން އުޅުނެވެ. އެހެންނަމަވެސް ޝާހިދު އޭނާ ހިފޭއްޓިއެވެ. އަދި ޚުދު އޭނާ ގޮސް ހާޝިމްގެ ކުރިމައްޗަށް އެރިއެވެ.
“ ބުނަން ރަގަޅު ވާހަކައެއް. ޝާހަކީ އެއްގޮތަކަށްވެސް ބޭރު މީހެއްނޫން. އޭނާ އަކީ ހަމަ މިފަސްގަނޑުގެ ދަރިއެއް. ދިވެހި ދަރިއެއް. އޭނާއަކީ ސޭޓް އަޙުމަދުގެ ދަރިއެއް. އެނގިއްޖެތަ.”
“ އެ ހަރާމްޒާދާ އަހުމަދަށް އަހަރެން މިއަދު ހޭއަރުވާލާނަން. އޭނާގެ ފުރާނަ ދުއްވާލާނަން. “ ސިރާޖު ގޮށްމުށްކަވާފައި މޭފުއްޕާލަމުން ކުރިއަށް ހިނގައިގަންނަމުން ބުންޏެވެ. އެހެންނަމަވެސް އޭނާގެ ޖުމްލަ ނިމުމާއެކު ޝާހިދު އޭނާގެ ލަފުގައި ހިފާ ދަމައިގަންފިއެވެ. އަދި މޫނު މަތިގައި ދެތިންބޮނޑި އަޅައިފިއެވެ. އޭނާ ހޫރެމުން ހޫރެމުންގޮސް ޝާހުގެ ކުރިމައްޗަށް ޖެހިއްޖެއެވެ. އެއާއެކު ޝާހު އަނެއްކާ އޭނާ ނަގާފައި ޖަހައިފިއެވެ. ސިރާޖު ފިނޑި ބުޅަލެއްހެން ދެމީހުންގެ ދޭތެރޭގައި ތެޅިތެޅިހުއްޓެވެ.
މިތަން ފެނުމުން ހާޝިމްގެ ބުއްދި ފިލައިފިކަހަލައެވެ. އޭނާގެ ވަށައިގެންތިބި މީހުންނަށް އާދޭސްކުރަން ފަށައިފިއެވެ. އެހެންނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެއްވެސް މީހަކުނުވިއެވެ. ކޮންމެ މީހަކުވެސް ދުރުގައި ބަލަންތިބީއެވެ. ވުމާއެކު އޭނާ ހަދާނެ އެއްވެސް ގޮތެއް ނެތުނުކަހަލައެވެ. ހަޅޭއްލަވަމުން ދެކޮޅަށް ދުވެދުވެ ހުއްޓާ ފަރުޙާން އައިސް ޝާހިދުގެ މެދުހަށީގައި ބައްދައިފިއެވެ. އަދި ދަމާފައި ދުރަށް ގެންދަން މަސައްކަތްކުރަން ފަށައިފިއެވެ. އެހެންނަމަވެސް ޝާހާ ދެމީހުންގެ ގާތަށް އައިސްފައިވާ ރުޅިވަނީ އޭގެ އިންތިހާއަށް ގޮސްފައިވާ ކަހަލައެވެ. އެހެންނަމަވެސް ފަރުޙާން އެތައް އާދޭހެއްކޮށް ގައިން ދޫކޮށްނުލުމުން ޝާހިދު ދުރަށް ޖެހިލައިފިއެވެ. އެވަގުތު ކަތީބު އައިސް ބުންޏެވެ.
“ މައްސަލަ ހޫނުވެގެން މިއުޅެނީ ކީއްވެގެންތަ؟ އަހަންނަށް ފެންނަނީ ހާޝިމް ބުނިހެން ދެބައިމީހުންގެ ދެމެދުގައި މުބާރާތެއް ބާއްވަން އޭގެ ތެރޭން ގަދަވާބަޔަކަށް ސިތާރާ ލިބޭނެ. އެންމެރަގަޅުތަ؟ “
“ އޭ ކަތީބު ހީކުރަނީ އަހަރެންގެ ދަރިފުޅަކީ މުބާރާތަކަށް ހުށައެޅިފައިހުރި ތަށްޓެއް ކަމަށްތަ؟ މޮޅުވާ މީހަކަށް އޭނަދޭން. “ ފަރުޙާން ޙައިރާންކަމާ ރުޅިވެރިކަމާއެކު ކަތީބަށް ބުންޏެވެ. އެހެންނަމަވެސް ހާޝިމް ހުރީ ކުރިންވެސް މިކަމަށް އެދި އެދި ކަމަށްވުމާއެކު ވަގުތުން އެއްބަސްވެއްޖެއެވެ. އެހެނީ އޭނާގެ ގާތުގައި ވަރުގަދަ ބޮޑެތި މީހުންތަކެއް ވެއެވެ. ވީމާ އޭނާގެ ބޭނުން ފުދޭނެކަމަށް ހާޝިމް ހީކުރެއެވެ.
“ އެހެންތަ. އެހެންވިއްޔާ ބުނަންވީނު ކަލެއަކީ މަކަރުވެރި ނުލަފާ މީހެކޭ. އަހަރުމެންނަށް އޮޅުވާލިއްޔޭ. ކީއްވެ ނުބުނާން ތިއުޅެނީ. ކީއްވެބާ އެއްބަސް ނުވެވެނީ .” ހާޝިމް ނުލަފާ ހިނިގަނޑަކާއެކު ވަށައިގެން ތިބި އެންމެނަށް ބުނެލިއެވެ.
“ މަކަރުވެރި ނުލަފާ މީހަކީ ފަރުޙާނެއް ނޫން. މަކަރުވެރި ނުލަފާ މީހަކީ ކަލޭ. ކަލޭގެ މަކަރުވެރިކަމާ ނުލަފާކަން މިއަދު ކަލެއަށް ދައްކާނަން. އަހަރުމެން ކަލޭގެ އަތުން ސިތާރާ އަތުލާނީ ހިތްވަރުގަދަ ކަމާއެކު. މިކަން އަހަރެންގެ ދަރިފުޅު ޝާހު ކަލެއަށް ސާބިތުކޮށްދޭނެ. ސިތާރާ ސަލާމަތްކުރާނެހާ ބާރު އޭނާގެ މުލައްދަނޑީގައިވާނެ. އެނގިއްޖެތަ.؟ “ ސޭޓް އަޙުމަދު ފަރުޙާންގެ އަތުގައި ހިފާލަމުން ހާޝިމަށް އިންޒިރާގެ އިނގިލި ދިއްކުރިއެވެ.
“ އަހަރެން ތިކަމާ ގަބޫލު. ސިތާރާ ލިބޭނީ އަހަރުމެންގެ ތެރެއިން މޮޅުވާ ބަޔަކަށްކަމުގައި އަހަރެން ނިންމައިފިން.” ޝާހު ހަރުދަނާ ކަމާއެކު ހާޝިމަށް ބުންޏެވެ. އޭނާގެ ވާހަކަކޮޅު އަޑުއިވުމުން ކަތީބާ ޙާޝިމްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިތަން ޝާހިދަށް ފެނުނެވެ.
“ އެންމެރަގަޅު. ބުނޭ ކޮންކަހަލަ މުބާރާތެއްތަ ބާއްވަންވީ . ކަލޭމެންބުނި ކޮންމެ ކަމެއް އަހަރުމެން ކުރާނަން. ބަނޑުމުސާރައަށް ބެއްދުންތަ. ނުވަތަ ތަޅާފޮޅުންތަ. ބުނޭ ބުނޭ ކޮންކަމެއްކުރަންވީ. “ ޝާހިދު ފޯރިއާއެކު ބުންޏެވެ.
“ އަހަރުމެން ކުޅޭނީ ބައިބަލާ. ބައިބަލާއިން މޮޅުވާ ބަޔަކު ބަލަންވީ.” ސިރާޖު އަތުކުރި އޮޅާލަމުން މޭފުއްޕާލިއެވެ.
“ އެންމެ ރަގަޅު . އަހަރުމެން ތައްޔާރު “
“ ކީކޭ. ބައިބަލާ ކުޅެނީއޭ. އެއީ ސިތާރާ ހޯދަން. “ މާމަ އާއި ޞަފިއްޔާ ކުޑޭމެން އައިސް މިދިން ޚަބަރަކުން އަޖައިބުވެ އަންތަރީސްވެއްޖެއެވެ. އެމީހުން ސިތާރާ ހޯދަން ބައިބަލާ ކުޅެނީހެއްޔެވެ؟ މާމަ ގާތަށް ވަރަށް ރުޅިއައެވެ. ޞަފިއްޔާ ވެސް އެތަނަށް ދާން ތެދުވިއެވެ. މިވާހަކަ އަޑުއިވުމުން ސިތާރާ އަޖައިބުވިއެވެ. އޭނާ ހޯދަން އެމީހުން ބައިބަލާކުޅޭ ވާހަކަ މިއިވުނީ ފުރަތަމަ ފަހަރަށެވެ. ސިތާރާ ކުޑަދޮރު ކައިރީގައި ހުރެގެން ވިސްނަމުންދިޔައެވެ. ކުޑޭމެން އައިސް މަންމަމެން ގާތުގައި ދެއްކި ވާހަކަ އޭނާއަށްވެސް އަޑުއިވުނީއެވެ.
ކުޅުން ފެށިއްޖެއެވެ. އެއްފަރާތުގައި ތިބީ ޝާހިދާއި ޝާހުއެވެ. ދެން ސިތާރާގެ ބޭބެ އާއި އެގޭ އިތުރު ދެމީހެކެވެ. އަނެއްފަރާތުގައި ހާޝިމްގެ ގާތުގައި އުޅޭ ބަޔަކާއި ސިރާޖެވެ. ކޮންމެ ބަޔެއްގައިވެސް ފަސްމީހުންނެވެ. ރަށުގެ ހުސްމައިދާނުގައި ދެބައިމީހުން ސަފުތައް ރުކުރުވާލިއެވެ. ސިތާރާއަށް އައިސް ހުއްޓެވުނު ވަގުތަކީ ކަށިގަނޑު ފުމެލި ވަގުތެވެ. އޭނާ ހާސްކަމާއެކު ދޯޕައްޓާ އަނގަޔަށް ލައިގެން ހަފާލަ ހަފާލަ އެކުވެރި ކުދިންގެ ގާތުގައި ހުއްޓެވެ. އެއްފަރާތުގައި ހާޝިމާއި އޭނާގެ ބައިވެރިންނެވެ. އަނެއްފަރާތުގައި ފަރުޙާނާއި ސޭޓް އަޙުމަދާއި އެމީހުންގެ ރަޙުމަތްތެރިންނެވެ. ކޮންމެ ބަޔަކުވެސް އެބަޔެއްގެ މީހުންނަށް ސަޕޯޓްކުރަނީއެވެ. މުޅިތަނުގައިވަނީ ރަށުގެ މީހުންތަކުން ފުރިބާރުވެފައެވެ.
ސިތާރާ ހާސްކަމާއެކު އެންމެންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. އޭނާގެ ނޭވާ ހީވަނީ އުފުރެން އުޅޭހެންނެވެ. މިއަދުގެ މުބާރާތުން އެމީހުން ބަލިވެއްޖެނަމަ ސިތާރާގެ ދުވަސްދިޔައީއެވެ. އޭނާ ހާސްވަނީ މިހެންވެއެވެ. ހަމައެޔާއެކީގައި ޝާހު އޭނާއަށް ގެއްލުމަކީވެސް ހިތަށް އިތުރު ހިތްދަތިކަމެއް ލިބގެންދާނެ ކަމެއްކަން ޔަގީނެވެ. އޭނާ ޝާހަށް ބަލައިލިއެވެ. މުޅިން ހުދުކުލައިގެ ޓީޝާޓެއް ލައިގެން ހުދުކުލައިގެ ސޯޓެއްލައިގެން ހުރިއިރު ޝާހު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ވަރަށް ނަލައެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ހާސްކަމެއްނެތް ކަހަލައެވެ. އޭނާ ވަރަށް އިތުބާރާއެކު ތައްޔާރުވެގެން ހުއްޓެވެ.
(ނުނިމޭ)
-
ހުކުރު، އޮކްޓޫބަރ 17 2008، 20:16
ވާހަކަ ވަރަށް ރީތހެން ހީވޭ. އެކަމަކު މި ވާހަކައިގެ ކުރީ ބައިތައް އަޕްލޯޑު ކުރުމަށް އެދެން.
-
ހޮނިހިރު، އޮކްޓޫބަރ 18 2008، 10:59
ވަރަށް ބޮޑަށް ޝުކުރިއްޔާ ވާހަކަ އަޕްލޯޑް ކޮށްދެއްވިކަމަށްޓަކާ!!!!!