

މިފަހަރު ގާސިމް މި ހެއްދެވީ ކިހިނެއް؟
ބޮޑު ބާޣީގެ ގޮތުގައާއި ބޮޑު ޣާޒީގެ ގޮތުގައި ރާއްޖޭގައި އެންމެފަހުން ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ބޭފުޅަކީ މަޝްހޫރު ވިޔަފާރި ވެރިޔާ ޤާސިމް އިބްރާހީމެވެ.
ފުރަތަމަ ބާރަ ތޭރައަށްފަހު ހައްޔަރުކޮށް އެތައް ބަޔަކަށް ދެމުންދިޔަ އެހީތައް ހުއްޓުވާލި ޤާސިމަށް އެދުވަސްވަރު ބޮޑު ބާޣީގެ ގޮތުގައި އާޑު ފުރައްސާރަ ކުރައްވަމުން އައި މައުމޫނު ސަރުކާރުގެ އިސްވެރިން ފަހުން ޤާސިމަށް ހުޝާމަދުކުރައްވަމުން ގެންދެވީ ޣާޒީއެއްގެ ލަގަބައިގެންނެވެ. މުޅި މާލިއްޔަތު ޤާސިމާ ހަވާލުކޮށް މައުމޫނު ޒައީމަކަށް ހުންނެވި ޕާޓީގެ ނައިބު ޒައީމުކަންވެސް ދެއްވީއެވެ
ޤާނޫން އަސާސީ އިސްލާހު ކުރުމަށް އެއްކުރެއްވި ޚާއްޞަ މަޖިލީހުގެ ރައީސްކަން ޑީއާރުޕީގެ ސަބަބުން ޤާސިމަށް ފުރަތަމަ ލިބިވަޑައި ނުގަތްނަމަވެސް ފަހުން އެމަޖިލީހުގެ ރައީސްކަން ޤާސިމަށް ހޯއްދަވައިދެއްވީ ޑީއާރުޕީގެ ފުރިހަމަ ބާރުގައެވެ.
މަޖިލީހުގެ ރައީސްކަން ލިބުމާއެކު ޤާސިމް ހަށިފޮޅާލިއެވެ. ދެބަސްވުމާއި ކޯޅުމާއި އަރާރުމާއި ނިޒާމީ ނުކުތާގެ ސަބަބުން ފިރުކެމުން ކުރިއަށް އައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް ގާސިމުގެ ރިޔާސަތުގައި ދުއްވައިގަތެވެ.
ޤާނޫން އަސާސީ އިސްލާހުވެ ތަސްދީގް ވުމާއެކު ޤާސިމް ކޮޅު ބަދަލުކޮށްލެއްވިއެވެ. މައުމޫނުގެ ސަރުކާރާއި ޑީއާރުޕީވެސް ދޫކޮށް ކުރިންވެސް ހުންނެވި އިދިކޮޅު ބަޔަށް ވަޑައިގެން ޕާޓީއަކާ ގުޅިވަޑައިގަތެވެ.
ޖުމްހޫރީ ޕާޓީއާ ޤާސިމާ ދެންވެސް ޑީއާރުޕީގައި ޤާސިމާއެކު އުޅުއްވި ބައެއް ވިޔަފާރިވެރިން ގުޅިވަޑައިގަތުމުން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އަދި ދެކެވޭ ވާހަކައަކީ ”ވިޔަފާރި ކުންފުނި“ ވިޔަފާރިވެރިންގެ ޕާޓީ“ ”ޤައުމުގެ ހަލާކު“ ”އަމިއްލަ ވިޔަފާރި ކުރިއަރުވަން ހެދި ޕާޓީ“ ގެ ލަގަބު އެޕާޓީއަށް ލިބެން ފެށިއެވެ.
މިވާހަކަ އެންމެ ހަރު އަޑުން ގޮވަން ފެށީ އެމެންބަރުން އެޕާޓީގައި ތިއްބެވިއިރު އެޕާޓީއަކީ ވިޔަފާރި ކުންފުންޏަކަށް ނުވި ޑީއާރުޕީންނެވެ.
ޑީއާރުޕީގެ އިތުރުން އާއްމުންގެ ތެރެއިންވެސް އަދި އިދިކޮޅު އެހެން ޕާޓީތަކުންވެސް މިވާހަކަ ދައްކަމުން ދިޔައީ ހަމަ އެގޮތަށެވެ.
ބައެއް މީހުން ބުނަމުން ދިޔައީ ދެން އެއްކަލަ ނުނެގިއޮތް ޓެކްސެއްވެސް ނުނެގޭނެ ކަމަށެވެ. ދެން ވެގެން ދާނީ މުއްސަނދިން އިތުރަށް މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވެގެން ކަމަށެވެ.
ޤާސިމްގެ ކެމްޕޭން ފެށިރޭ ހެދިގޮނޑުދޮށުގައި އެތައް ބަޔަކު ހެކިކޮށް ވަރަށްގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. އޭނާގެ ސަރުކާރެއްގައި ކޮންމެހެންވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ޑެޑްލައިން ތަކަކާ އެކުގައެވެ. އެކަންކަން ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެގޮތަކީ ކޮބައިކަން ހާމަކޮށްދިނުމަށް ޤާސިމް ވިދާޅު ކަންތައްތަކަކީ ވިޔަފާރި ކުންފުންޏެއް ކަމާއި އަމިއްލަ ވިޔަފާރި ކުރިއަރުވަން އުޅޭ ބައެއްކަމަށް ބުނަމުންއައި މީހުންގެ އަނގަމަތީގައި ތަފާލެއް ޖެހުވި ފަދަ ކަމަކަށެވެ.
ރާއްޖޭގެ އެންމެބޮޑު މަހުޖަނުކަމަށް ބުނަމުން އަންނަ ޤާސިމް ވިދާޅުވީ މިކަންތައްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯއްދަވާނެއެއްގޮތަކީ 15 ޕަސެންޓުގެ ކޯޕަރޭޓް ޓެކްސްއެއް ނަގައިގެންނެވެ. އެކަން ސަރުކާރާ ހަވާލުވާތާ އެއްމަސްދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމެވެ. އަދި އެޤާނޫން ފާސްވާތާ އެއްމަސްދުވަހުގެ ތެރޭގައި އެއާމްދަނީ ސަރުކާރަށް ވެއްދޭނެގޮތް ހައްދަވާނެ ކަމަށެވެ.
ތިރީސް އަހަރުވާން ދިޔަ މައުމޫނުގެ ސަރުކާރަށް އަދިއަދަށްވެސް ނުވެއޮތް ޓެކްސް ނަގަން ޤާސިމް ނިންމެވީއެވެ. ވިޔަފާރިވެރިއަކަށް ހުންނަވާ ގިނައަދަދެއްގެ ވިޔަފާރިވެރިން ތިއްބެވި ޕާޓީއިންނެވެ.
ދެވަނަ ކަމަކަށްވެސް ޤާސިމްވިދާޅުވީ އާދައިގެ ކަމެއް ނޫނެވެ. އެންމެގިނަ ރިސޯޓުގެންގުޅުއްވާ އެއް ވިޔަފާރިވެރިޔާ ވިދާޅުވީ ތިންމަސްދުވަހުގެތެރޭގައި ޖީއެސްޓީ ޓެކްސެއް ޓުއަރިޒަމްގެ ދާއިރާއިން ނަގާނެ ކަމަށާއި އެއީ ރިސޯޓްތަކުން ލިބޭ ފައިދާގެ މައްޗަށް ބިނާކޮށް ރިސޯޓްތަކުން ނެގޭ ޓެކްސެއް ކަމަށެވެ. ކުރިން ސަރުކާރަށް ލިބޭ 8 ޑޮލަރުގެ ބަދަލުގައި ބޮޑު އެއްޗެއް ލިބޭނޭގޮތް ހައްދަވާނެކަމަށް ވިދާޅުވި ވިދާޅުވުމަކީވެސް ކުރިން ހީކުރި ގޮތާ ޚިލާފް ކަމެކެވެ.
ތިންވަނަ ކަމަކަށް ޤާސިމް ވިދާޅުވީ ބޮޑު މަސައްކަތެއް ކުރައްވާނެ ވާހަކައެވެ. ބޮޑު އިންޓަރެސްޓުގައި ބޮޑެތި ލޯނުތައް ނެގުމުގެ ބަދަލުގައެވެ.
ޤާސިމް ވިދާޅުވީ އުތުރުގެ ސަރަހައްދުގައި ތެޔޮ ހުރިކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި ކަމުގެ ތަޖުރިބާކާރުން ލައްވާ އެކަން ފުރަތަމަ ދުވަހުން ފެށިގެން ބަލައި, ހުރިނަމަ 3 އަހަރުތެރޭގައި ތެޔޮ ނެގޭތޯ ބައްލަވާނެ ކަމަށެވެ.
ކުރިން އިވެމުންދިޔަ އަޑުތަކާ ޚިލާފަށް މިފަދަ ކަންތައްތަކެއް ޤާސިމް ކުރައްވާނެކަމަށް ވިދާޅުވުމުން އުފެދޭ ސުވާލަކީ ޤާސިމް މިފަހަރު މިކުރެއްވީ އަނެއްކާ ކޮންކަމެއް ބާވައެވެ؟ ނޫނީ މިހައްދަވަނީ ކިހިނެތް ބާވައެވެ؟
މިއީ ޤާސިމްގެ އަމިއްލަ އެދުމަކަށް ދައްކާލި ވާހަކައެއް ބާވައެވެ. ނޫންނަމަ ޤާސިމް ވިދާޅުވާ އަމިއްލަ އެދުމައިގެން ދެއްކެވި ވާހަކައެއް ބާވައެވެ؟
ޤާސިމް ވިދާޅުވީ އޭނާ ރައީސްކަމަށް ކުރިމަތިލައްވަނީ ވަރަށްބޮޑު އަމިއްލަ އެދުމަކައިގެންނެވެ.
”އަޅުގަނޑުގެ ވަރަށް ބޮޑު އަމިއްލަ އެދުމެއް އެބައޮތް. އެއެދުމަކީ ދިވެހިރައްޔިތުން އެދޭ ބަދަލުތައް ދިވެހިރައްޔިތުންނަށް ގެނެސްދިނުމާއި ތިޔަބޭފުޅުން އެދިވަޑައިގަންނަވަމުންދާ ތަފާތު ކަންތައްތައް ހާސިލްކޮށްދިނުމާއި އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކަންތައްތަކަށް ދަތިވެފައިވާ, އުނދަގޫވެފައިވާ މީހުންގެ ދަތިތައް ފިލުވައިދިނުން. މިކަމަށް ބޭނުންނުވާ ދިވެހިރައްޔިތަކު ހުރިކަމަކަށް އަޅުގަނޑު ނުދެކެން. އެއީ އަޅުގަނޑުގެ އަމިއްލަ އެދުމަކީ“ ޤާސިމް ވިދާޅުވިއެވެ.
އެނގިދާނެތާއެވެ. ދަޅަދައްކައިގެންވެސް ދެނެއް ތިރީސް އަހަރު ވެރިކަމުގައި ދެމިހުރުމުގެ ފުރުސަތެއް ދިވެހިރައްޔިތުންނެއް ނުދޭނެއެވެ.
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 15:51
ވަރަށްބޮޑު ތެދުފުޅެއް ތިޔައީ..އަހުމަދު
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 15:13
ގާސިމް ތިހެއްދެވީ ހަމަރަނގަޅަށް. އަހަރެމެން ކިޔާނެ އެކެއް ޗެއްވެސް ނެތް. ވިޔަފާރިވެރިންއެއް ޕާޓީ އެއްގަ ތިއްބަސް މީގެ ކުރިން ތިހުރިހާ މީހުން ތިބީ ބްލޫ ޕާޓީގައި. ދެ ކޮން ވާހަކައެއް ދައްކާ ކަށް. .. ޒިހުނަތު މޫސާ
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 16:53
ދައްކާ ވާހަކަ އަކުން އަނގަމަތީގަ މިހާރަކު ތަފާލެއް ނުޖެހޭނެ. ކަންކުރާ ގޮތް އޮތީ ފެނިފަ. އިލްޔާސްގެ ގާތް ކަމުގަ މުއްސަނދިވެ ހިލޭ އެހީ ދިނި މައުމޫނަށް ފަހު ދެންވެސް ތިމާމެނަށް ފަހި ވެރިކަމެއް ކުރުމަށްކަން މިއޮތީ އެނގެން. ދެފަހަރު ދޭއްޗެއް ނުކިޔާ ދެދުވަހު އެއްގޮތެއްގައި ނުހުރެވިގެން އުޅުނު މީހަކަށް ކޮން އިތުބާރެއް. މައުމޫނު ކުރީ ވެރިކަން. ގާސިމު މެދުވެރިކޮއް އިލްޔާސް ކުރީ ފައިސާ ވެރިކަން. އަސްލު ގާސިމަކީ މިލިއަން ޑޮލަރު ހިފައިގެން ގައުމު ގަނެލުމަށް ނެރެފައި ހުރި އެމީހުންގެ ޕިޔޯނު. ރާވާއިގެން ނުކުމެ އެމްޑީޕީ ގައި ވެސް އުނގުޅިގެންފައި ފަހުން މި ހަރަކާތް ފުނޑާލުމަށް އޭގެ ތެރެއަށް ބޭނިގަނެގެން އުޅެ އެކަން ނުވީމާ ޕާޓީ ހެދީ . ހައްތާވެސް މައުމޫނު ބުނެގެން އޭނަ އަށް ކޮއްދޭ ކަންތައް. ހުސްރޭވުން.
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 14:46
ތީ ހަމަ ތެދެއް. ވެރިކަން ހޯދަން ކަރަދު ކުރަން ޖެހުނުވަރު ހީކުރިވަރަށްވުރެ ބޮޑުވެއްޖެ. ވެރިކަން ލިބުނަސް އެހާ ގިނަ ފައިސާ މިހާރު ޓެކްސް ނަގަމުންދާ މިންވަރު ކުޑަކަމުން 5 އަހަރު ލިބުނަސް ހޯދައި ނުގަނެވޭތީ ފީސަބަލް އެއް ނޫން . އެހެންވެ އިތުރު ޓެކްސް ނަގަން ހުށަހެޅީ.
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 15:16
ޤާސިމް ތިޔަ ނިކުމެގެން އުޅެނީ މައުމޫނަށް ތާއީދް ހޯދަދިނުމަށެެވެ. ތިޔައީ ވެރިކަމަށް އަރަން ކުރާކަމެއްނޫނެވެ.ޑްރާމާ ކުޅުނަސް ރައްޔިތުންނަށް އޮޅުވާލުން ތިޔައީ ތަންކޮޅެއްބޮޑުވަރެކެވެ.
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 16:22
މުހުސިން ތިވިދާޅުވީ ވަރަށް ތެދު ވާހަކައެއް. ވިޔަފާރިވެރިންގެ ކުންފުންޏެކޭ ކިޔަމުން އައި ފަރާތްތަކަށް ވަރަށް ސާފު ކޮށް ޤާސިމް ސާބިތުކޮށްދެއްވައިފި، ޖުމްހޫރީ ޕާޓީއިން ވިޔަފާރިވެރިންގެ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ ލާބައަށް ވިސްނާކަން.އިންކަމް ޓެކްސްގެ ގޮތުގައި 15% ނަގާނެކަމަށް ޤާސިމްގެ މެނިފެސްޓޯގައި ވަނީ. މިއީ ސަރުކާރަށް ބޭނުންވާ އާމްދަނީ ހޯދުމަށް ރިޔާސީ ކެނޑިޑޭޓެއްގެ މެނިފެސްޓޯގައި އޮތް އެންމެ ތަފްސީލް ކުރެވިދާނެކަމަށް އެންމެ ޤަބޫލުކުރެވޭ ކަންތައް.
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 17:39
ތިޔައީވެސް ވަސްވާހެކެވެ. ކުއްހީތަކެވެ. މިފަހަރުވެސް މައުމޫނު ނަގާ ގޮޑީގައި ވަޑުވާފަ އިންތަން އަހަރެމެން ދެކެންތިބޭނަމެވެ. ފައިސާޔާ ބާރު ހުރިކަމުގައިވާނަމަ، މިކަންވާނީ ހަމަމިގޮތަށެވެ.ރާއްޖޭގައި މިހާރި އޮތީ ގުންޑާއިންނާ ވަގުންގެ ވެރިކަމެވެ.
-
އާދިތްތަ، ސެޕްޓެމްބަރ 7 2008، 17:28
މައްސަލައަކީ ފައިސާ އާއި ފައިސާ ނިންމޭނޭ މައްސަލައެއް ނަމަ މައުމޫނު ޢަބްދުލް ޤައްޔޫމަށް ވުރެ ބޮޑު ފައިސާވެރިއެއް މިދިވެހިދީބުގައި ނުވޭ..މައްސަލައަކީ ބާރާއި ބާރުން ނިންމޭ މައްސަލައެއް ނަމަ މައުމޫނުގެ އަތުގައި އޭނަގެ އަޢުވާނުން ގިނަވެފައި އެމީހުން ބާރު މާގަދަ... މައުމޫނާއި އޭނާގެ އެންމެހާ ޢައުވާނުން ބަލި ކުރަން އެދޭނަމަ ކުރަންވީކަމަކީ ނަފްސަށް ތެދުވެރި ޤައުމަށް ވަފާތެރި ޢަޤިދާއަށް ބޯލަނބާ ބަޔަކަށް އަޅުގަނޑުމެން ދިވެހިން ވާންވީ.. މިއީ މައުމޫނާއި އޭނާގެ ޢައުވާނުންގެ ކިބައިގައި ކުޑަ ނަމަވެސް މިންވަރެއް ނުވާކަމެއް.. މައްސަލަ ނިންމާނީ ވޯޓުން..ދީބުގެ މަސްލަޙަތަށް ވޯޓުލައިގެން .. ދީބުގެ މަސްލަޙަތުވަނީ މައުމޫނާ ދެކޮޅަށް ވޯޓް ދިނުމުގައި ކަން ޔަޤީން..