
ފައިރީތި ކޮށް ބެހެއްޓެވުމަށް ކިހާ މުހިއްމު ކަމެއް ދެއްވަންތޯ؟
އައިޝަތު ރިޒްނާ
ދުވާލުގެ ވަގުތުތަކުގެ ތެރެއިން ކޮންމެ ދުވަހެއްގެވެސް ވަގުތުކޮޅެއް “އަމިއްލަ ވަގުތުކޮޅެއް” ގެ ގޮތުގެއި ހާއްސަ ކޮށްލައްވަނީ ތީގެތެރެއިން ކިތައް ބޭފުޅުން ތޯ؟ އަޅުގަނޑުދެކޭ ގޮތުގައި މީ ހަމަ ވަރަށްވެސް މުހިއްމުކަމެކެވެ. މޫނާއި އިސްތަށުގަނޑު ގެ ރީތިކަމަށް ފަރުވާތެރި ވާ ފަދައިން އަތްތިލަޔާއި ފައިތިލައަކީ ވެސް ރީތިކޮށް ބަލަހައްޓަން ޖެހޭ ވަރަށް މުހިއެްމު ބައެކެވެ.
ސެލޫންއަކަށް ދިއުމުގެ ބަދަލުގައި ގޭގައިވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފައިތިލަ ރީތި ކޮށްލެއްވުމުގެ ގޮތުން ފަޔަށް ހާއްސަ ފަރުވާއެއް ( ޕެޑިކިޔޯ ) އެއް ދެވިދާނެގޮތް ތިރީގައި ހިމަނާލަމެވެ.
ދެފައި އެކީ ލެއްވޭ ވަރުގެ ފަތާ ބޯތައްޓެއްގެ ތެރެއަށް ހޫނުފެން އަޅުއްވާ، ބާތް ސޯލްޓް އަދި އެބޭފުޅަކަށް އެއްމެ ކަމުދާ ބާވަތެއްގެ މީރުވަސްދުވާ ތެލެއްގެ ( އެރޯމާތެރަޕީ އޮއިލް ) ހަތިކި ވަރު އެއްކޮށްލެއްވުމަށްފަހު 10 ވަރަކަށް މިނެޓް ވަންދެން ފައިތިލަ ފޯކޮށްލައްވާށެވެ. އެހެން ނަމަވެސް ފައިގެ ހަން ބޯ ނުވަތަ ފުންނާބުކޮޅު ފެޅިފައި ހުންނަ ނަމަ އެތަންތަން އެކީ މަޑުވެލަންދެން ބަހައްޓަވާށެވެ. އަދި އެއަށްފަހު ނިޔަފަތީގެ މަތީ ކައިރިފަށަށް އަރާފައި ހުންނަ ތުނި ހަން ފަށަލަ ނުވަތަ ކިއުޓިކަލް ފިލުވުމަށް ހާއްސަ ކިއުޓިކަލް ރިމޫވަރ އަކުން ކަފަ ކޮޅެއް ތެންމާލުމަށްފަހު ނިޔަފަތި ތަކުގެ ބުޑަށް ވަންނަވަރަށް އުނގުޅާލާ މިނެޓްއެއް ހާއިރު ބެހެއްޓެވުމަށްފަހު އޮރެންޖް ވުޑް ސްޓިކް އެއް ނުވަތަ ޓްވީޒަރ އަކުން ވަށްބުރަށް ވާގޮތަށް ނިޔަފަތި މަތީކައިރިފަށުގަ ހުންނަ ހަން ފަށަލަ މަޑުމަޑު ކައްސަވާ ލައްވާށެވެ. ބާކީވެ ސާފު ނުވެ ނުވަތަ އެކީ ނުފިލުވިވި ހުންނަ ހަންކޮޅުތައް ކިއުޓިކަލް ނިޕަރ އެއް ބޭނުން ކުަރައްވައިގެން މަޑުމަޑުން ފަރުވާތެރިކަމާއެކު އުފުރާ ލައްވާށެވެ.
ފުންނާބު ކޮޅާއި ފައިތިލައިގެ ދަށްފުށް އުގުޅުމަށް ހާއްސަ ހިލަ ( ޕިއުމިސް ސްޓޯން) ނުވަތަ ފީރެއް ( ފުޓް ފައިލް ) ގެ މައްޗައް އެކްސްފޮލިއޭޓިންގ ސްކްރަބް ކޮޅެއް އަޅުއްވާ ލުމަށްފަހު އޮމާންވަންދެން ސްކްރަބް ކޮށްލާ ފިނިފެނުން ދޮވެލުމަށްފަހު އިނގިލިތަކުގެ ދޭތެރެތަކާއެކީ ހިއްކާލާށެވެ. އަދި އެއަށްފަހު ފަޔަށް ހާއްސަ ފުޓް ކްރީމަ އަކުން މަސާޖް ކޮށްލާށެވެ.
ފައިގެ ނިޔަފަތި ކެނޑުމަށް ހާއްސަ ކުރެވިފައި ހުނަން ބާވަތުގަ ދައްޗަކުން (އިނގިލިތަކުގެ ހުރަހަށް ވާގޮތަށް ) އިނގިލި ތަކުގެ ކުރިއަށްވުރެ ދިގުކޮށް ނުހުންނަވަރަށް ރީތިކޮށް ނިޔަފަތިތައް ކަނޑުއްވާލައްވާށެވެ. އެއަށްފަހު ނިޔަފަތި ތަކުގެ ކުރި އޮމާންވެ އެއްވަރު ވެލަންދެން މަޑުމަޑުން ގާނުވާލައްވާށެވެ. މިގޮތަށް ގޭނުމުގައި ސަމާލުވެލައްވަން ޖެހިލައްވާ ކަންތައްތަކުގެ ތެރޭގައި، އެކި ކޮޅުކޮޅަށް ގޭނުމުގެ ބަދަލުގައި އެއްކޮޅަކަށް ގޭނުމާއި، ނިޔަފަތި ތަކުގެ ކަންތައް ކުޑަކޮށް ވަށްކޮށް ވާގޮތަށް ގޭނުއްވުމާއި، ގޭނުމަށް ދަނގަޑު ފީރެއް ބޭނުންކުރެއްވުމުގެ ބަދަލުގައި އެކަމަށް ޚާއްސަ އެމޮރީ ބޯރޑެއް ( ދެފުށް ދެގޮތަށް އިންނަ ފިލާ ފޮއްޗެއް ކަހަލަ އެތިކޮޅެއް ) ބޭނުން ކުރެއްވުން ހިމެނެއެވެ. ދަނގަޑު ފީރު ބޭނުން ކުރެއްވުމުން ނިޔަފަތި ތައް ވީދޭގޮތް މެދުވެރިވެއެވެ.
-
ހޮނިހިރު، އޮކްޓޫބަރ 18 2008، 15:08
ކީއްވެ އެއްވެސް ޖަވާބެއް ނުލިބެނީ އަވަސް ޖަވާބަކަށް އެދެން!