މޭކަޕްގެ ސިއްރު

އޯގަސްޓް 16 2008، 12:34 0 ޚިޔާލު

މޭކަޕޭ ބުނުމުން އެއީ ވަރަށް އުދަގޫ ކަމެއް ކަމަށް ހީވާ ފަހަރު އާދެ އެވެ. މުހިއްމު މުނާސަބަތު އަދި ހަފްލާތަކަށް ތައްޔާރު ވެލުމަށް މޭކަޕް އަކީ ވަރަށް މުހިއްމު އެއްޗެކެވެ. މޭކަޕް ކުރުމުން ހަން އޮމާކޮށް ތާޒާކޮށް ދައްކުވައި ދީ، މޫނުގައި ހުންނަ ބިހ،ލަކުނު ތައް ފޮރުވައި ދީ، ލޯކައިރި ރީތިކޮށް ދީ، އަދި އަމިއްލަ ހަން ދެނެގަތުމަށް މަގު ފަހިވެގެން ދެ އެވެ.

މޭކަޕް ކުރުމުގައި ސަމާލު ވާން ޖެހޭ މުހިއްމު ތިން ކަންތައްތައް

1 ސާފްކުރުން ( ކްލެންސިންގް ) : މޭކަޕް ރިމޫވަރ އެއް ނުވަތަ އެ ބާވަތުގެ، މޫނަށް ހާއްސަ ކްލެންސަރ އަކުން ވަށް ބުރަށް ވާގޮތަށް މަޑުމަޑުން މަސާޖް ކޮށްލުމަށްފަހު މޫނު ރަނގަޅަށް ސާފުވުމުންް ފިނި ފެނުން މޫނު އެކީ ސާފުވަންދެން ދޮވެލާށެވެ.

2 އެކްސްފޮލިއޭޝަން: ( މަރުވެފައިވާ ހަންތައް ފިލުވުން ) : ރަނގަޅު އެކްސްފޮލިއޭޓިންގ ފޭސް ޕެކެއް މޫނާ ކަރާއެކީ އުގުޅާލުމަށްފަހު ރަނގަޅަށް ހިކުނީމާ ފެނުން ދޮވެލާ މަޑުމަޑުން ހިއްކާލާށެވެ.

3 މޮއިސްޗަރައިޒިންގ: ހަމާ ގުޅޭ ބާވަތެއްގެ މޮއިސަޗަރައިޒިންގް ޓޮނިކަކުން ކަފަ ކޮޅެއް ތެންމާލުމަށްފަހު މަޑު މަޑުން މޫނުގައި ޖައްސާލާށެވެ. ބާރަށް އުގުޅުމުން ބައެއް ފަހަރު މޫނު ހިރުވާ ގޮތް މެދުވެރި ވެދާނެ އެވެ. ހިކިހަން ( dry skin ) ނުވަތަ އާދައިގެ ހަމެއް ( Normal skin ) ނަމަ މޮއިސްޗަރައިޒިންގ ޓޮނިކެއް ބޭނުން ކުރައްވާށެވެ. ތެޔޮ ނުވަތަ ގްރީސީ އަދި ކޮމްބިނޭޝަން ސްކިން އެއް ނަމަ ޑިސްކޭލިންގް ކްލެންސިން ޓޮނިކް ( Descaling cleansing tonic) އެއް ބޭނުން ކުރައްވާށެވެ.

ލޯ ކައިރި ކަޅުކޮށް ނުވަތަ ދޫކޮށް ހުން ނަމަ ލޯކައިރި އަށް ހާއްސަ ކްރީމް އެއް ހަމަ އެކަނި ލޯ ކައިރީގައި އުގުޅާލާށެވެ. އެއަށްފަހު ހަމާ ގުޅޭ ބާތުގެ މޮއިސްޗަރައިޒިންގް ކްރީމްއެއް އުގުޅާލާށެވެ.

މޭކަޕްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރެއިން އެއްމެ މުހިއްމު ކަމަކީ އެކްސްފޮލިއޭޝަން ( މަރުވެފއިވާ ހަންތައް ފިލުވުން ) އެވެ. މިހަން ފަށަލަ ނުފިލުވާ ނުވަތަ އެކްސްފޮލިއޭޓް ނުކޮށް ބެހެއްޓުމުން ހަމުގެ ތާޒާކަން ގެއްލި ކުލަ މަރުވެފއި ހުންނަކަމަށް ދައްކަ އެވެ. އަދި މީގެ ތެރެއިން މޫނު ސާފުކޮށް ( ކްލެންސިންގ ) އާއި މޮއިސްޗަރައިޒް ކުރުމަކީ ހަމަ ކޮންމެ ދުވަހަކު ވެސް ކުރުން ވަރަށް މުހިއްމު ދެކަންތަކެވެ.

ބިހި، ލަކުނު އަދި ލޯކައިރި ކަޅުކަން ( އައި ރިންގ ) ފޮރުވާލަމާ!

ލޯކައިރި ( އައި ރިންގ ) : އެންމެ ފުރަތަމަ މޫނުގެ ހަމާގުޅޭ ޝޭޑްއެއްގެ ފައުންޑޭޝަން އެއް ޚިޔާރު ކުރެއްވުމަށްފަހު މޭކަޕް ސްޕޮންޖް އަކުން ލޯކައިރީގައި ( އައި ރިންގް ރީޖަން ) ހާކާލާށެވެ. އަދި އެއަށްފަހު މޭކަޕް ބޭސްއަށްވުރެ ލައިޓް ޝޭޑްއެއްގެ ލޫސް ޕައުޑަރ އެއް ލޯކައިރީގައި ބޭނުން ކުރާށެވެ.

ބިހި އަދި ލަކުނު ތަކަށް : ބިހި އަދި ލަކުނުތައް ފޮރުވާލުމަށް ފައުންޑޭޝަން އަކަށް ވުރެ ރަގަޅީ މޫނުގެ ހަމަށް ހާއްސަ ކުރުވިފައި ހުންނަ ކަރެކްޓަރ ނުވަތަ ކޮންސީލަރ އެކެވެ. މިގޮތަށް ބޭނުން ކުރާއިރު ބިއްސަށް ހާއްސަ ކުރެވިފައި ހުންނަ- ބާވަތުގެ ކޮންސީލަރ އެއް ބޭނުން ކުރުމަށް ސަމާލުވުން މުހިއްމެވެ. އަދި އެއަށްފަހު ބޭނުން ކުރި ކޮންސީލަރ އާއި އެއް ޝޭޑެއްގެ ފުށެއް ބޭނުން ކުރާށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv