
ޑީއާރުޕީއަށް ނާކާމިޔާބުވެ މަޖިލީހުގެ ރައީސްކަން ޝިހާބަށް
ދިވެހިރައްޔިތުންގެ ޕާޓީ ބޮޑު ބައްޔަކުން ބަލިވެ އިންތިގާލީ މަރުހަލާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރ މުހައްމަދު ޝިހާބަށް ލިބިވަޑައިގެންފިއެވެ.
މިއަދު ބޭއްވި, އިސްލާހު ކުރެވުނު ޤާނޫން އަސާސީގެ ދަށުން ބާއްވާ ފުރަމަ ޖަލްސާގެ ދެވަނަ ބައިގައި މަޖިލީހުގެ ރައީސަކަށް ޝިހާބު ހޮވިވަޑައިގަތީ މަޖިލީހަށް ވަޑައިގެންތިއްބެވި 48 މެންބަރުންގެ ތެރެއިން 25 މެންބަރަކު ޝިހާބަށް ވޯޓު ދެއްވައިގެންނެވެ. ޑީއާރުޕީން ތާއީދުކުރައްވާ މަޖިލީހުގެ ރައީސްކަމަށް ގެންނަން މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އަހުމަދު ޒާހިރު (ސީނާ ޒާހިރު) އަށް ލިބިވަޑައިގަތީ 22 ވޯޓެވެ.
މިއަދުގެ ޖަލްސާގައި ނެންގެވި ސިއްރު ވޯޓުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ތ. އަތޮޅު މެންބަރ ހަސަން އަފީފް ބައިވެރިވެވަޑައިނުގެންނެވި އިރު ހއ އަތޮޅު މެންބަރ އަބްދުއް ޝަކޫރާއި ދ އަތޮޅު މެންބަރ އަހުމަދު ސިޔާމް މުހައްމަދު ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.
މިދިޔަ އާދީއްތަ ދުވަހު ބެއްވި މަޖަލްސާގެ ފުރަތަމަ ބައިގައި ނެގި ސިއްރު ވޯޓުގައި ޝިހާބަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އެދުވަހު ކުރިހޯއްދެވީ މިއަދު ކާމިޔާބު ނުކުރެއްވުނު އަހުމަދު ޒާހިރެވެ. އެދުވަހު ޒާހިރަށް 25 ވޯޓު ލިބިވަޑައިގަތެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން ވިދާޅުވީ އެދުވަހު ނެގި ސިއްރު ވޯޓު ބާތިލް ކުރެއްވި ކަމަށާއި އަލުން ވޯޓު ނަންގަވާނެ ކަމަށެވެ. އެގޮތަށް ނިންމެވި ސަބަބެއް ކަމުގައި އަފީފް ވިދާޅުވީ ކުރިން ދުވަހު ދިމާވި މައްސަލައާ ގުޅިގެން ސާފުކުރި ކުރުމުން އެނގުނީ ޤާނޫން އަސާސީގެ 294 ވަނަ މާއްދާ ބުނަގޮތުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭނެ މެންބަރުން ބައިވެރިވެވަޑައިގެން ވޯޓު ދެއްވުމުން ކަމަށެވެ.
އަފީފްގެ ނިންމެވުން އެނގެވުމާއެކު ނިޒާމީ ނުކުތާއެއް ނަންގަވާ ފ އަތޮޅު މެންބަރ ޢަބްދުލް ޣަފޫރު ވިދާޅުވީ ރާއްޖޭގެ ދުވަހު ނޫހެއްގައި އޭނާގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ސާބިތު ދަރަންޏެއް ވަކަމަށް ލިޔެފައިވާއިރު އެއްވެސް މެންބަރެއްގެ ސާބިތު ދަރަންޏެއް އުޅޭތޯ ބެއްލެވިކަމަށެވެ. އަދި ޣަފޫރަށް އެނޫހުންކޮށްފައިވާ ތުހުމަތަކީ ދޮގެއް ކަމަށްވެސް އޭނަ ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ މަދަނީ ކޯޓުން ފޮނުވި ލިޔުމުގައިވާގޮތުން އެއްވެސް މެންބަރެއްގެ ސާބިތު ދަރަންޏެއް އަދި ގަވާއިދުން އަދާކުރަމުން ނުދާ އެފަދަ އެއްވެސް ދަރަންޏެއް ނެތް ކަމަށް ކަމަށެވެ.
އެއާއެކު ކުއްލިއަކަށް ފެނިގެން ދިޔައީ ކުރިން އިދިކޮޅު އެމްޑީޕީ އޮތް ހާލަތަށް ޑީއާރުޕީ ވެއްޓި ނިޒާމީ ނުކުތާގެ އޮއިވަރެއް މަޖިލީހުގައި ފެށިގެން ދިއުމެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރ މުހައްމަދު ސަލީމް ވިދާޅުވީ ވޯޓަށް ދިމާވީ ކޮންކަހަލަ މައްސަލަތަކެއްތޯއާއި މައްސަލަ އުޅެނީ ކޮން މެންބަރުންނެއްތޯ ހާމަކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއް މެންބަރެއްގެ ސަބަބުން މުޅި ވޯޓު ކެންސަލް ނުކުރެއްނެ ކަމަށްވެސް ސަލީމް ވިދަޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރ ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ މިފަދަކަމެއް ދިމާވެއްޖިއްޔާ ނިންމޭނީ ސްޕްރީމް ކޯޓުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އަހުމަދު މަހްލޫފް ވިދާޅުވީ ރިޔާސަތުގައި އިންނެވި ޤާބިލްކަމެއް ނެތްކަމަށާއި އަފީފް ނިސްބަތްވާ އެމްޑީޕީގެވެސް ޤާބިލްކަމެއް ނެތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރ މޫސާނިޒާރު ވެސް ވިދާޅުވީ އެކަކުގެ ވޯޓަކުން މުޅިވޯޓު ކެންސަލް ކޮށްގެން ނުވާނެ ކަމަށެވެ.
އަފީފް ވިދާޅުވީ ވޯޓެއް ނަގާއިރު އެއްވެސް ކަމެއް ޤާނޫނާ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިނގައިފިއްޔާ އެވޯޓެއް ބާތިލް ކުރަން ޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރ ޢަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ މިއަދު މިވޯޓު ނެގުމަށްފަހު މާދަމާ ބާތިލް ކުރަން ޖެހޭނެތޯ އެވެ.
ޖަވާބުގައި އަފީފް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ބޯޑު މެންބަރުކަމުން ދ. އަތޮޅު މެންބަރ ސިޔާމް ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވީ އާދީއްތަ ދުވަހުގެ ޖަލްސާ ކުރިއަށްދަނިކޮށް އެދުވަހުގެ 12:30 ގައި ކަމަށެވެ.
ޑީއާރުޕީން ހޫނަގަދަ ނިޒާމީ ނުކުތާތަކެއް ކުރިއަށް ގެންދަވަން ފެށުމުން އިދިކޮޅު ޕާޓީތަކުން ވެސް އޭގެ ރައްދުގައި ނިޒާމީ ނުކުތާ ނަންގަވައިގެން އޭގެ އަނެއްކޮޅު ދައްކަވަން ފެއްޓެވި އެވެ.
އެގޮތުން ޕީއޭގެ މެންބަރ އަދި ނ. އަތޮޅު މެންބަރ ޢަބްދުﷲ ޔާމީން ވިދާޅުވީ ރިޔާސަތުން ވަނީ މިހާރު ރޫލިންގެއެއް ދެއްވާފައި ކަމަށާއި އެއްގޮތަށް ކުރިއަށް ގެންދެވުމަށެވެ.
އެއްވެސް ޕާޓީއަކަސް ނިސްބަތްނުވާ ފ އަތޮޅު މެންބަރ އަހުމަދު ހަމްޒާ ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައި ބުނާގޮތުން މަޖިލީހުގެ ރިޔާސަތުން ރޫލިންގއެއް ދެއްވައިފިނަމަ އެނިންމުމަ ދެކޮޅަށް ނިޒާމީ ނުކުތާ ނަންގަވައިގެން ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މެންބަރ އަދި ދ އަތޮޅު މެންބަރ އަހުމަދު ނާޝިދު ވިދާޅުވީ ސިވިލްސަރވިސްގެ ގާނޫނުގެ ދަށުން ވަޒީފާގެއްލިގެން އެމީހުންނަށް ވޯޓު ދިނުމަށް ރައީސް އޮފީހުން އެންގެވި އެންގެވުމަށް އެމީހުންނަށް ވަޒީފާ ދެވިފައިވާނެ ކަމަށާއި އޭގެ ބައެއް މެންބަރުން މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންގެ ގޮތުގައި އެބަތިއްބެވި ކަމަށެވެ. އެމީހުން ވަޒީފާއިން ވަކިކުރެއްވީ ކޮންއިރަކުތޯ ނާޝިދު ސުވާލުކުރެއްވި އެވެ.
ޑީއާރުޕީ މެންބަރ އަދި ގދ އަތޮޅު މެންބަރ އައްބަސް އިބްރާހީމް ވިދާޅުވީ ޤާނޫން އަސާސީ ތަސްދީގު ކުރީ ބުރާސްފަތި ދުވަހެއްގައި ކަމަށައި ސާބިތު ދަރަންޏެއް ނެތްކަން ހޯދުމަށް ވަގުތު އޮތްކަމަށް ފެނިވަޑައި ނުގަންނަވަ ކަމަށެވެ.
30 މިނިޓްގެ ވަގުތެއް ނިޒާމީ ނުކުތައަށް ދެއްވުމަށްފަހު ވޯޓު ނެގުމަށް ރިޔާސަތުން މަސައްކަތް ކުރެއްވުމުން ޑީއާރުޕީގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ އަތްހިއްލަވަމުން ގެންދެވިއެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ ދެން އިތުރަށް ނިޒާމީ ނުކުތާ ނުދެއްވަނެ ކަމަށާއި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ހުރަސް ނޭޅުއްވުމަށެވެ. ނަމަވެސް ޑީއާރުޕީގެ ބައެއް މެންބަރުން ގޮތްދޫ ނުކުރައްވާ ވާހަކަދެއްކެވިއެވެ. އެގޮތުން ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި މ އަތޮޅު މެންބަރ އަނީސާ އަހުމަދުވަނި ތެދުވެވަޑައިގެންގޮސް ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އަހުމަދު މަހްލޫފް މައިތިރި ކުރައްވާފައެވެ.
މަޖިލީހުގެ ނައިބުރައީސަކަށް ހޮވުނީ ޑީއާރުޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ރައީސް އަދި މ. މެމްބަރު އަނީސާ އަހްމަދެވެ. އަނީސާއަށް ލިބިވަޑައިގަތީ 25 ވޯޓެވެ. އަނީސާއާ ވާދަކުރެއްވި ޕީޕަލްސް އެލައަންސްގެ ނައިބް ރައީސް އަދި މ. މެމްބަރު އަހްމަދު ނާޒިމަށް ލިބިވަޑައިގަތީ 21 ވޯޓެވެ. އެއްވޯޓު ވަނީ ބާޓިލް ވޯޓެއްގެ ގޮތުގައި މެންބަރަކު ލައްވާފައެވެ.
-
ބުދަ، އޯގަސްޓް 13 2008، 07:10
ޑީއާރުޕީއަށް ނާކާމިޔާބު ވީއެއްނޫން.ފައިސާދީފަ މެމްބަރުން ގަނެލީ.ރީތިކޮށް ބުނާނަމަ ވޯޓު ގަނެލީ.ފުރަތަމަ ދުވަހު އެމްޑީޕީއަށް ނާކާމިޔާބުވީ.އެދުވަހު ކުޑަކުދިން ތަކެއް ކުޅޭއެއްޗެއް ނުލިބިގެން އުޅޭހެން ކޮންވައްތަރު ތަކެއް އެޖެއްސީ.(ބެލުންތެރިއެއް)
-
ބުދަ، އޯގަސްޓް 13 2008، 07:15
ދެންއަބަދުވެސް އުޅޭނީ ކޮންމެވެސް ޕާޓީއެއްގެ ކޯޅުމެއް. އެމް.ޑީ.ޕީ، ޑީ.އާރ.ޕީ، ޖުމްހޫރީ، އެއް ކިޔާނެކަމެއް ނެތް. މިއޮތީވާ އާ، އަނެއް، ދިވެހިރާއްޖެއަށް ބަދަލުވެފައި ނުވަތަ އެމަގުމަތީގަޔޯ. އާއުސްމިންތަކަކަށް ނުވަތަ ތާހިރު ދިރިއުޅުމަކަށޯ މިއުޅެނީ ދާން. މިއީ ޑީ.އާރ.ޕީންނާއި އެމް.ޑީ.ޕީ އާއި އެނޫންވެސް ޕާޓީތަކުން ދައްކާވާހަކަޔަކީ. ހަމަޔަގީނުންވެސް އަޅުގަނޑެއް ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ނުވަތަ ކުރިން ސަރުކާރުގައި އުޅުނު މީހަކަށްވެސް ޥޯޓެއް ނުދޭނަން. އަމުދުން ދިވެހިންގެ ފެލާލާ ވިޔަފާރިވެރިންނަކަށްވެސް ނުދެވޭނެ. އަދިއެއް ވޯޓުދެވޭފެންވަރުގެ ސަޚްސިއްޔަތެއް ނުފެނޭ. އަނެއްކާ ފެންނާނެބާ. ނުފެނިއްޖެނަމަ މާދާމާ ދިވެހިންއުޅޭނީ މާއުހުގައި މާތާހިރެއްކޮށޯ.
-
ބުދަ، އޯގަސްޓް 13 2008، 08:24
ަވިޔަފާރިވެރި ޔަކު ރަޢިސަކައްނުހޮވާތި އެއީ ރައްޔަތުންނައް ހެޔޮއެދޭބައެއްނޫން އޭރުން އަހަރެމެން ބަޑައްޖައްސާފަ ހުރިހާ މޮޅެއްހޯދާނީ އެވެރިން 1 އެއީ ރައްޔަތުންނައް ހެޔޮއެދޭނަމަ އަގައާ އަތާ ދިމާނުކުރެވިގެން އުޅޭއިރު އެންމެ ކުޑަވެގެން ކާބޯތަކެތި އަގުހެޔޮ ކޮއްދޭންވީނު ! އާމިނާބީ
-
ބުދަ، އޯގަސްޓް 13 2008، 07:56
ބުނަންތަ. ގާސިމް ކަންނޭނގޭ މި އިންތިހާބު ކާމިޔާބު ކުރާނީ. ވިޔަފާރިވެރިންނޭ ކިޔައިގެން ޑީއާރުޕީން ވާހަކަ ދައްކާނެ ކަމެއް ނެތް. އެއީ ތިބުނާ ގާސިމަކާއި ޖާބިރެއް މިއަދު ޖުމްހޫރީ ޕާޓީން ފެނުނަސް ތިއީ ޑީއާރުޕީގައި ކުރިން ތިބި މީހުން.. އެމީހުން އެހެން ޕާޓީ އަކަށް ބަދަލުވީމާ ވިޔަފާރިވެރިންންށް ބަދަލުވީ. ބަލަ ޑީއާރުޕީގެ ރަނިންގ މޭޓަކީވެސް ވިޔަފާރިވެރިއެއް.
-
ބުދަ، އޯގަސްޓް 13 2008، 09:14
ދިވެހި ރާއްޖޭގައިވެސް އަދި އެހެން ގައުމެއްގައިވެސް ވިޔަފާރިއެއް ނުކުރާމީހަކު ސިޔާސީ ވަޒީފާއެއްގައެއް ނުހުންނާނެ، މައުމޫނުވެސް ގޯތި ކުއްޔަށް ދޫކުރައްވައިގެން ވިޔަފާރި ކުރައްވާ، ތަސްމީނު އަކީ ރާއްޖޭގެ ފުންނާބު އުސް ވިޔަފާރި ވެރިއެއް، ޤާސިމަކީ ރާއްޖޭގެ އެންމެ މުއްސަދި މީހާ، އޭޑީކޭ ނާޝިދަކީ ވެސް ވިޔަފާރި ކުރާމީހެއް، ހަސަން ސައީދުވެސް ލޯފާރމެއް ހިންގައިގެން ވިޔަފާރިކުރޭ، އިބްރާ ކިޔަވައިދޭ ތަނެއް ހިންގައިގެން ވިޔަފާރިކުރޭ، އުމަރު ވިޔަފާރިކުރޭ، އަންނި ވިޔަފާރިކުރޭ، މިހެން ބަލައިފިނަމަ ހަމަޖެހޭ ދިރިއުޅުމެއް އުޅޭ ކޮންމެ މީހަކީވެސް ވިޔަފާރި ކުރާމީހެއް، އެހެންވީމާ ވިޔަފާރި ވެރިންނޭ، ޖީބަށް ވެއްޓިއްޖެޔޭ، ގަނެފިޔޭ، ވިކިއްޖެއޭ، މިއީ ބޭނުންވާހަކައެއް ނޫން، ބޭނުންވަނީ އިޚްލާސްތެރި ޚިދުމަތް ތަކެއް ކޮށްދެވޭނެ، މިވޭތުވެ ދިޔަ ތިރީސް އަހަރު ރާއްޖެދިޔަ ދިމާނޫން ދިމާ އިދިކޮޅަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެވޭނެ މީހަކަށް ވެރިކަންދޭން، އެމީހަކަށް 5 އަހަރި ދުވަހަށްވުރެ ގިނަދުވަހަށް ވެރިކަންކުރެވޭނީ ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭފަދަ ޕާރފޯރމަންސެއް ދެއްކިގެން، އެހެންނޫނީ ޖެހޭނީ ވެރިކަމާއި ފެއަށްޖެހެން، މުއްސަދިންނޭ، ވިޔަފާރިވެރިންނޭ، ކުންފުންޏޭ ކިޔައިގެން ބަހަނާ ދައްކާނެ ކަމެއްނެތް. – އިބްރާހިމް-
-
ބުދަ، އޯގަސްޓް 13 2008، 10:26
މިހާރު ދެން ގާޢީމު ޑީއާރުޕީން އެމީހުން ބަލިވެއްޖެ ކަންގަބޫލު ކުރަންވެޖެ ޑީއާރުޕީ މެންބަރުން ރަނގަޅަށް ވިސްނާލތި މިވާގޮތް ވަގުތު ފައިތުނުވަނީސް ވަގުތީ އުފަލަކަ ވުރެން ދުރަށް ވިސްނުން ރަންގަޅުވާނެ
-
ބުދަ، އޯގަސްޓް 13 2008، 12:04
ޕާޓީ ނިޒާމެއްގަ ވޯޓް ދޭންވާނީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް. ހަސަން ސައީދުއަކީ މިހާރު ރާއްޖެ މިއޮތް ހާލަތުން އަނެއްކާ 30 އަހަރު ފަހަތަށް ގެންދަން އުޅޭމީހެއް. އެހެންވީމާ ޕާޓީއެއް ހިޔާރުކުރުން މުހިއްމު