މިސީޒަންގައި ގިނަ ގޯލް ތަކެއް ޖަހައިދޭނަން
ވޭތުވެދިޔަ ސީޒަންގައި މާ އެދެދވޭ ކުޅމެއް ނުދެއްކުނު ނަމަވެސް ކުރިއަށް އޮތް ސީޒަންގައި ގިނަ ލަނޑު ތަކެއް ޖަހައިދީ ބާސެލޯނާގެ ސަޕޯތަރުން އުފާ ކޮށްދޭނެ ކަމަށް އެކްލަބަށް ކުޅޭ ފްރާންސްގެ ތިއެރީ އޮންރީ ބުނެފިއެވެ.
އަނިޔާ އާއި ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ނުލިބުމުގެ ސަބަބުން 30 އަހަރުގެ އޮންރީ އަށް ބާސެލޯނާ ޖޯޒީގައި ވޭތުވެދިޔަ ސީޒަންގައި ޖެހިފައިވަނީ އެންމެ 19 ގޯލެވެ. އެކަމަކު އޭނާ އާސެނަލްގައި ހުރި އިރު ސީޒަނަކު 25 އާއި 30 ގެ ދެމެދުގެ އަދަދެއްގެ ގޯލް ކޮންމެ ސީޒަނަކުވެސް ޖަހައެވެ.
އޮންރީ ބުނީ އަންނަ ސީޒަންގައި އޭނާ ކުޅޭނީ ސީދާ ސެންޓަރ ފޯވާޑަށް ކަމަށާއި ލަނޑު ޖެހުން ނޫން ކަމެއް މި ސީޡަންގައި ނޯންނާނެ ކަމަށެވެ.
”ވޭތުވެދިޔަ އަހަރު އަހަންނަށް ޖެހޭ ޑިފެންޑަރުންނަށްވެސް އެހީވާން, ނަމަވެސް މިސީޡަންގައި އަހަރެންގެ ވާޖިބަކީ ހަމައެކަނި ގޯލް ޖެހުން“ އޭނާ ބުންޏެވެ.
އަންނަ ސީޒަންގައި ބާސެލޯނާ ނުކުންނާނީ ކުރީގެކެޕްޓަން ޕެޕް ގާޑިއޯލާގެ ކޯޗްކަމުގެ ދަށުންނެވެ. ގާޑިއޯލާ މަގާމާއި ހަވާލުވީ ކުރީގެ ކޯޗް ރައިކާޑް މަޣާމުން އިސްތިއުފާ ދިނުމުންނެވެ.
ޔޫރޯ 2008ގައޮ އޮންރީގެ ޓީމް އެންމެ ފުރަތަމަ ބުރުން ކަޓައިގެން ދިޔައިރު ޖެހުނީ އެންމެ ގޯލެކެވެ. އެއީ ހޮލެންޑާއި ބައްދަލުކުރި މެޗްގައި އޮންރީޖެހި ގޯލެވެ. ނަމަވެސް އެ މެޗުންވެސް ފްރާންސް ބަލިވީ 1-4 އިންނެވެ.
އާ ސީޒަނަށްޓަކައި ބާސެލޯނާގެ ޕްރެކްޓިސް ކުރަމުންދަނީ ސްކޮޓްލެންޑްގައެވެ. މި ޓްރޭނިންގައި އޮންރީވެސް ދަނީ ބައިވެރިވަމުންނެވެ.--އޭއެފްޕީ