އެޓޫ ހޯދަންވެސް މަސައްކަތެއް ނުކުރާ ކަމަށް ޗެލްސީން ބުނެފި

މުބާރިކް ރަފީއު ޖުލައި 23، 18:34 0 ޚިޔާލު

ސްޕޭނުގެ ބާސެލޯނާ އަށް ކުޅޭ ކެމަރޫންގެ ނުރައްކާތެރި ފޯވަޑް ސަމުއެލް އެޓޫ (ފޮޓޯ)ހޯދުމަށް އެއްވެސް އިރެއްގައިމަސައްކަތް ކޮށްފައިވނުވާނެ ކަމަށް ޗެލްސީން ބުނެފިއެވެ.

ޗެލްސީން މިހެން ބުނީ ޗެލްސީން ރަނގަޅު އޮފަރއެއް ލިބިފައިވާ ކަމަށް އިޓަލީގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި އެޓޫ ބުނިތާ މާގިނަ ދުވަހެއް ނުވަނީހެވެ. ޗެލްސީން ބުނީ އެކްލަބުން ހޯދަން ބޭޏުންވާ ކުޅުންތެރިންގެ ވާހަކަ ތަށް ބޯޑު މީޓިންތަކުގައި ވަރަށް ގިނައިން ދެކެވޭ ކަމަށާއި އެހެން ނަމަވެސް ދުވަހަކުވެސް އެޓޫގެ ނަން އެޖަލްސާ ތަކުގައި ނުގަންނަ ކަމުގައެވެ.

ބާސެލޯނާ އިން ބޭނުން ނުވެގެން ދޫކޮށްލަން ނިންމާފައިވާ އެޓޫ އަދިވެސް ހުރީ ދާނެ ކޮޅެއް ނޭގިފައެވެ. އިޓަލީގެ އިންޓަރ މިލާނުންވެސް ހުށައެޅުމެއް ލިބިފައިވާ ކަމަށް އޭނާ ބުނެއެވެ.

އިޓަލީގެ އޭސީ މިލާނަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ކަކާ ހޯދުމަށް ރެކޯޑް އަދަދެއް ކަމަށްވާ 160 މިލިއަން ޑޮލަރު ހުށައެޅި ކަަމަށް ދެކުވުނު ވާހަކަވެސް ޗެލްސީންވަނީ ދޮގުކޮށްފައެވެ.

ޗެލްސީ މިވަގުތު އުޅެނީ ދައްކާލުމުގެ މެޗްތަކެއް ކުޅުމށްޓަކައި ޗައިނާގައެެވެ. މި ޒިޔާރަތުގައި މަކާއޫ އަދި މެލޭޝިއާގައިވެސް ޗެލްސީން މެޗްތަށް ކުޅޭނެއެވެ.

ޗެލްސީގެ މިޒިޔާރަތުގައި ނުރައްކާތެރި ފޯވަޑް ޑިޑިއޭ ޑްރޮގްބާ ބައިވެރި ނުވާތީ އޭނާ ކްލަބް ޑުކޮށްލަން އުޅޭ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ޗެލްސީން ބުނީ ޑްރޮގްބާ ޓީމާއިއެކު ޗައިނާ އަށް ނައީ އަނިޔާވެފައިވާތީ ކަމަށެވެ.

އާ ސީޡަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީންވަނީ ޕޯޗުގަލްގެ ޑެކޯ ގެނައުމަށްފަހު ހޮލެންޑްގެ ހާލިދް ބުލަރޫޒް އާއި ފްރާންސްގެ ކްލައުޑިއޯ މަކަލެލޭވެސް ހިލޭ ޓްރާންސްފަރއެއްގައި ދޫކޮށްލާފައެވެ.--އޭއެފްޕީ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv