އެސިއަން ޗެލްސީއަށް ފަސްއަހަރަށް ސޮއިކޮށްފި

މުބާރިކް ރަފީއު ޖުލައި 23، 18:32 0 ޚިޔާލު

އިންގްލެންޑްގެ ޗެލްސީ އަށް ކުޅޭ ގާނާގެ މިޑްފީލްޑަރ މައިކަލް އެސިއަން އެކްލަބަށް އިތުރު ފަސްއަހަރު ކުޅެދިނުމަށް ސޮއިކޮށްފިކަމަށް ޗެލްސީން ބުނެފިއެވެ.

ޗެލްސީގެ ރަސްމީ ވެބްސައިޓްގައި ވަނީ އެސިއަން ސޮއިކޮށްފި ކަން ޔަގީން ކޮށްދިނުމަށްފަހު އެސިއަން އާއި ޗެލްސީންވެސް އެކަމާއި މެދު ހިތްހަމަ ޖެހޭކަން ހާމަކޮށްފައެވެ.

”އަހަރެން މިތާގައި އުޅެނީ ވަރަށް އުފަލުން, މީ ވަރަށް ރަނގަޅު ޓީމެއް, ޗެލްސީގެ ސަޕޯޓަރުން އަބަދުވެސް އަހަންނަށް ވަރަށް ރަނގޅު މެހެމާންދާރީއެއް ދަނީ ދެމުން“ އެސިއަން ބުންޏެވެ.

އެސިއަން އިތުރު ފަސް އަހަރަށް ސޮއިކުރުމުން ޗެލްސީގެ ކޯޗް ފެލިއްޕެ ސްކޮލާރީ ބުނީ އެސިއަން އަކީ ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރ ކަމަށާއި އެސިއަންގެ ކުޅުމަށް އޭނާ އަބަދަުވެސް ތައުރީފް ކުރި ކަމަށެވެ.

އެސިއަން އަކީ 2007 ސީޒަންގައި ޗެލްސީގެ ކުޅުންތެރިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އެސިއަންގެ އިތުރުން ޕީޓަރ ޗެކް އާއި ވޭޏް ބްރިގްސް ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ.--ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv