ބޭންކް އޮފް މޯލްޑިވްސްއިން ކުންފުނިތަކަށް ހާއްސަ ވިސާ ކޯޕަރޭޓް ކްރެޑިޓް ކާޑެއް ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑު( ބީއެމްއެލް)އިން ކުންފުނިތަކަށް ހާއްސަކޮށްގެން ” ވިސާ ކޯޕަރޭޓް ކްރެޑިޓް ކާޑު“ ތައާރަފުކޮށްފި އެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މިއީ ދުނިޔޭގެ އެތައް ގައުމެއްގެ އޭޓީއެމްތަކުގައި ބޭނުންކުރެވޭ ގޮތައް ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށެވެ.
ބޭންކުން ބުނީ މިފަހަރު އަލަށް ތައާރަފުކުރިން ކާޑުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ކުދި ވިޔަފާރިވެރިންނަށް ދަތުރުގައި ފައިސާ މެނޭޖްކުރުމަށް ފަސޭހަވާނެ ކަމަށެވެ. މިކާޑާއި އާދައިގެ އެހެން ވިސާކާޑު ދޫކުރާ އުސޫލުތަކާއި ތަފާތުވާނެ ކަމަށާއި އެގޮތުން މިކާޑު ދޫކުރެވޭނީ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކަށް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ވިސާ ކޯޕަރޭޓް ކާޑު ދޫކުރުމުގައި ހަމަސްވުމަށްފަހު އެކައުންޓްގައި ފައިސާ ދައުރުނުކުރާ ފަރާތްތަކަށްވެސް ޑިޕޮސިޓް ބަހައްޓައިގެން މިހިދުމަތް ހޯދިދާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް 25 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ވާހަކަ ދައްކަމުން އެކުފުނިން ވަނީ އިންޓަނެޓް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ކަމަށްވާ ޕޭމަންޓް ގޭޓްވޭ އާއި ކޯޕަރޭޓް އަދި މާސްޓާ ކާޑުގެ ހިދުމަތް ވަރަށް އަވަހަށް ދޭންފަށާނެ ކަމަށް ބުނެފައެވެ.
-
ހޮނިހިރު، ޖުލައި 26 2008، 15:49
ވަރަށް މޮޅު ކާޑު ހެދިދާވެ. ތިކާޑުގެ ގަވާޢިދުވެސް އޮންނާނީ ކާޑުސެންޓަރުގެ މެނޭޖަރުގެ ހިތުތެރޭގއކަން ޔަގީން. އެއީ އެކައުންޓު ހުޅުވާތަނުންވެސް ވިސާ ޑެބުޓު ކާޑު 1000 ޑޮލަރަށް ހަދާފަ އެބަދޭ ވިއްޔާ .