ޑެސްޓިނީސް ޗައިލްޑްގެ އެނބުރިއައުން

ޖުލައި 23، 17:30 0 ޚިޔާލު

އެތަކެއް މަޝްހޫރު ލަވަތައް ހަދިޔާކޮށްފައިވާ އެހެނަސް މިހާރު މިއުޒިކާ ދުވަސްތަކެއް ވަންދެން ދުުރުގައި އުޅެފައިވާ މިއުޒިކް ބޭންޑް ޑެސްޓިނީސް ޗައިލްޑް މި އަންނަ އާ އަހަރަށް އަނެއްކާވެސް ގްރޫޕްގެ ހުރިހައި މެމްބަރުން އެކުގައި ޝޯތަކެއް ދިނުމަށް އުޅޭ ވާހަކަ އެބަދެކެވެއެވެ. ބުނެވޭ ގޮތުގައި ގްރޫޕްގެ މެމްބަރުން ކަމުގައިވާ ކެލީ ރޯލޭންޑް، ބިޔޯންސޭ ނޮވެލްސް އަދި މިޝޭލް ވިލިއަމްސް ބޭނުންވަނީ ގްރޫޕް އަލުން އެއްވެ ކުރިން ރިލީސްކޮށްފައިވާ ލަވަތަކަށްވުރެވެސް ކާމިޔާބު އަދި އަޑުއެހުން ތެރިންނަށް ކަމުދާނެފަދަ ލަވަތަކެއް ހަދިޔާ ކުރުމަށެވެ. ބޭންޑްގެ އެއް މެމްބަރު ކަމުގައިވާ ކެލީ ހާމަކުރިގޮތުގައި ޑެސްޓިނީސް ޗައިލްޑްގެ އެއްވެސް މެމްބަރު ބޭންޑުން ވަކިވެފައި ނުވަތަ ބޭންޑް ރޫޅިފައި އަދި ނުވެއެެވެ. ހުރިހައި މެމްބަރުންވެސް އުޅެނީ ވަރަށް އެކުގައި ރަހްމަތްތެރިކޮށެވެ. ބޭންޑުން ބޭނުންވަނީ މި އަންނަ އަހަރަށް ރަގަޅު ރީތި ލަވަކެއް ނެރެންށެވެ. ޑެސްޓިނީސް ޗައިލްޑް މަޝްހޫރު ލަވަތަކުގައި ތެރޭގައި ސަވައިވަރ އަދި އިންޑިޕެންޑެންޓް ވުމަން ފާހަގަކޮށްލެވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv