ޝޯންކޮނެރީގެ މިލްކިއްޔާތުން އެއްވެސް ދަރިއަކަށް ދޭން ބޭނުން ނުވާކަމަށް ބުނެފި

ޖުލައި 23، 17:29 0 ޚިޔާލު

ސްކޮޓިޝް އެކްޓަރ އަދި މިލިއަނަރ ޝޯން ކޮނެރީ ބުނާގޮތުގައި އޭނާގެ މިލްކިއްޔާތުން އެއްވެސް އެއްޗެއް ދަރި ޖޭސަން ކޮނޮރީއަށް ދޭން ބޭނުންނުވާކަމަށް ބުނެފިއެވެ. ޝޯން ބޭނުންވަނީ ޖޭސަން އަމިއްލަ މަސައްކަތުން ކުރިއެރުމަށެވެ. އަމިއްލަ މަސައްކަތުން މީހަކަށްވާށެވެ. މި ޝޯންގެ މި ނިންމުމަކީ ބައްޕަގެ މުދަލުން ނުވަަތަ ފައިސާގެ އެހީހޯދައި އޭގެ ބޭނުން ގޯސް ގޮތުގައި ނުހިވުމަށްޓަކައި ނިންމި ނިންމުމެއް ކަމަށްވެއެވެ. ޝޯން ގެ ކުރީގެ އަނބި އަދި ޖޭސަންގެ މަންމަ ޑަޔަން ކްލިއެންޓޯ ހާމަކުރިގޮތުގައި މީގެ އަހަރުތަކެއް ކުރިން ޝޯން ވަނީ ޖޭސަން ކައިރީ އޭނާގެ މިލްކިއްޔާތުން އެންމެ ލާރިއެއްވެސް ޖޭސަންއަށް ނުލިބޭނެކަމަށް ބުނެފައެވެ. ޖޭސަން ޖެހޭނީ އަމިއްލަ މަސައްކަތުން މީހަކަށްވެ ކުރިއެރުން ހޯދާށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv