މިސްރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
މިސުރުގައި މިއަދު ފާހަގަ ކުރަމުންދާ އެޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މިސުރުގެ ރައީސް އައްސައްޔިދު މުޙަންމަދު ޙުސްނީ މުބާރަކަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ރައީސް ޙުސްނީ މުބާރަކަށާއި، މިސުރު ސަރުކާރަށާއި ރައްޔިތުންނަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، މިއުފާވެރި މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
މިސުރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މިސުރުގެ ބޮޑުވަޒީރު ޑޮކްޓަރ އަޙްމަދު މަޙްމޫދު ނަޒީފަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވިއެވެ.